58 ވަނަ މިނިވަން ދުވަހު މުނާސަބަތުގައި ޒަމާނީ ވަސީލަތްތަކާއެކު ސިފައިން މާލޭގައި ބޭއްވި ޕެރޭޑް: 60 ވަނަ މިނިވަން ދުވަހު ހަވީރުު މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
24 ޖުލައި 2025 - 16:22
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް އަންނަ ހޮނިހިރު ހަވީރު މާލެ ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމާފައި ވާތީ، އެ ވަގުތުތަކުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވެހިކަލް ދުއްވުން ސަރުކާރުން މަނާކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް މާދަމާ އާއި އަންނަ ހޮނިހިރު ދުވަހު އަދި އާދިއްތަ ދުވަހު ގިނަ ހަރަކާތްތަކެއް މާލެ ސަރަހައްދުގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެ ހަރަކާތްތައް ކުލަގަދަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާތީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް އަދި ސެކިއުރިޓީ މަސައްކަތްތަކަށް ފަސޭހަކުރުމަށް މާލޭގެ މަގުތަކުގައި އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.
• މާދަމާ - ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދުތައް ދުއްވުން މެންދުރުފަހު 1:00 އިން ހަވީރު 6:00 އަށް މަނާވާނެ.
• ހޮނިހިރު ދުވަހު - ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދުތައް، މެންދުރުފަހު 3:00 އިން އިރުއޮއްސި 6:30 އަށް ދުއްވުން މަނާވާނެ.
• އާދިއްތަ ދުވަހު - ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދުތައް ހަވީރު 6:00 އިން މެންދަމު 12:00 އަށް މަނާވާނެ.
މިނިސްޓްރީން ބުނީ މަނާ ވަގުތުތަކުގައި ދުއްވާ ވެހިކަލްތަކަށް އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ނަމަވެސް، ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި އެމްބިއުލެންސާއި ޕަބްލިކް ޓްރާންސްޕޯޓް ނުވަތަ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުތައް ދުއްވުމުގެ ހުއްދަ އެ ވަގުތުތަކުގައި ވެސް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރާއްޖެ ވަޑައިގަންނަވާތީ، މާލޭގެ ގްރީން ޒޯނު މިހާރު ވެސް ވަނީ ވެހިކަލްތަކަށް ބަންދުކޮށްފަ އެވެ. އަދި އަންނަ ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވާތީ، އެއާޕޯޓަށް ވެސް އާންމު ވެހިކަލްތައް ވަދެނުކުތުމަށް ވަނީ ވަކި ވަގުތުތަކެއް ކަނޑައަޅައިފަ އެވެ.
އަންނަ ހޮނިހިރު ދުވަހު ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ބާއްވަން ވަނީ ނިންމައިފަ އެވެ. މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވަނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 8:30 ގައި ސޯޝަލް ސެންޓަރުގަ އެވެ.
އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުގެ ހަވީރާއި ރޭގަނޑު މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ޕެރޭޑާއި ފުޅަނދުބުރާއި އެހެން ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
25 July 2025
ދަތުރު ފަތުރު ކުރުމުގެ މިނިވަންކަން ގެއްލުނީ. ޝުކުރިއްޔާ
ޑޮކްޓަރު
25 July 2025
5 ޖަހާ އިރު ޑިއުޓީ ނިންމާފަ ގެއަށްދާންވީ ހިނގާފަތޯ؟
ޑރ ވާންޗޯ
25 July 2025
ބުންވަރެއް ހުރިއްޔާ އޯކޭ ދުވެފަދިޔަސް.
ބޮޑުބެގެ ބެއްޔާ
25 July 2025
ސީ ޑީ އީ އެފް ނުލިޔެ، އުޅަނދުގެ ބާވަތްތަކުގެ ނަންތައް ލިޔުނުނަމަ ބެއްޔާމެން ކަހަލަ އަސާސީ ތައުލީމުގެ މީހުންނަށް ތަންކޮޅެއް ފަސޭހަވިސް.
ށސ11
24 July 2025
ކިހާބޮޑު އުނދަގުލެއްތަ. ޙުރިހާ އުނދަގުލެއް އާދައިގެ މީހުނަށް.
ައައްފާރު
24 July 2025
މިނިސްޓްރީންވެސް ތިޔައްވުރެ ޒިންމާދާރުކޮށް ތިކަންކުރަންވެއްޖެ..ހަބަރުން މިފެންނަނީ މިނިސްޓްރީން ނެރުނު ނޫސްބަޔާނެކޭކިޔާފަ.. ނޫސްބަޔާން ހޯދަން މިނިސްޓްރީގެ ރަސްމީ ވެބްސައިޓު ، ރަސްމީ ފޭސްބުކް ޕޭޖު ، ރަސްމީ އެކްސް ހެންޑްލް ބަލައިފިން ނެތްފެންނާކަށް.. ޢަނެއްކާ މިނޫސްބަޔާންމީ ހަމައެކަނި ނޫސްވެރިނަށް ފޮނުވި އެއްޗެއްބާ ؟؟؟
ކޮރަލް
24 July 2025
މިނިސްޓަރާ ވެރީންގެ ފޮޓޯ ތައް ސަރުކާރުގެ ވެބް ސައިޓް ތަކުގަ ހުންނާނެ އެވެ. އެމީޙުން ކުރާ ކަމަކީ އެއީ އެވެ.
ކިމް
24 July 2025
ހާދަ ދެރައޭ
ހަކީމ
24 July 2025
ޢަލްހާ އީދުގަ ވެސް ތިޔައިއްވުން އިއްވި. އަމަލު ކުރީ މަދު ބަޔަކު. ސިފައިން ތަންތަން ކޮޅުގަ ޗެކް ވެސް ކޮށްލި. ޗެކް ކުރަން ތިއްބާ އަރިމަތީން އަރަ ދުއްވާފަ ދާތަން ވެސް ފެނުނު އަދި މަޑު ކުރަން ބުނީމަ މަޑު ނުކޮށް ބާރަށް ދުއްވާފަ ދިޔަ ޒުވާނެއް ވެސް ދުށިން ސިފައިންގެ މީހާ އަށް ކުރެވުނު ކަމެއް ވެސް ނެތް. މުޅި މާލޭގަ ހުރިހާ މަގެއްގަ ދުއްވުން މަނާ ނުކޮށް ބޮޑެތިމަގު/ މީހުން އެއްވާ މަގު/ ހިސާބު ތަކުގަ ދުއްވުން މަނާ ކުރަން ވެއްޖެ ނު.