01 އޯގަސްޓް 2023 - 10:00
މެންޗެސްޓާ (އޯގަސްޓް 1) - ޖަރުމަންގެ އެޑިޑާސް ކުންފުންޏާ އެކު މެންޗެސްޓާ ޔުނައިޓެޑުން އިތުރު 10 އަހަރަށް 1.1 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
ކުޅިވަރު ސާމާނު އުފައްދާ ކުންފުންޏާ އެކު ޔުނައިޓެޑުން ކުރިން އޮތް އެއްބަސްވުން ހެދީ 2015 ގަ އެވެ. އޭގެ ކުރިން ޔުނައިޓެޑަށް ކިޓް ފޯރުކޮށް ދީނީ ނައިކީންނެވެ.
ޔުނައިޓެޑާއި އެޑިޑާސް ގުޅިގެން ނެރުނު ބަޔާނުގައި ބުނީ އާ އެއްބަސްވުމަކަށް ދިއުމަށް އެންމެ ބޮޑަށް މަގުފަހިވީ، އެ ކްލަބްގެ އަންހެން ޓީމު 2018 ވަނަ އަހަރު އަލުން ތައާރަފް ކުރި ފަހުން އެ ޓީމަށް ދޭ ސަމާލުކަން އިތުރުވެފައިވާތީ ކަމަށެވެ.
އެޑިޑާސް އާ އެކު ޔުނައިޓެޑުން ހެދި އެއްބަސްވުން ހަމަވާނީ 2035 ގަ އެވެ.
ކޯޗު އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން އަލުން ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދި ޓީމު ކުރިއަށް އޮތް ސީޒަނުގައި ވިއްކާލަން އެ ކްލަބްގެ ވެރިން ކަމަށްވާ ގްލޭޒާ އާއިލާއިން ވިސްނަ އެވެ.
އެޑިޑާސްއާ އެކު ހަދި އެއްބަސްވުމުގެ ދަށުން ޗެމްޕިއަންސް ލީގުގައި އެ ކްލަބުން ވާދަކުރާނަމަ އަހަރަކު ދައްކަން ޖެހޭ ފައިސާގެ ބައެއް އެއާ ގުޅިފައިވާ ކަމަށް އެ ކުންފުނީގެ އެންމެ ފަހުގެ އަހަރީ ރިޕޯޓުގައި ވެ އެވެ.
އެގޮތުން ވިދިވިދިގެން ދެ ސީޒަން ނުވަތަ އެއަށް ވުރެ ގިނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ނުކުޅެވިއްޖެ ނަމަ އެ ކްލަބަށް އަހަރަކު ދައްކަން ޖެހޭ ފައިސާގެ 30 ޕަސެންޓް ދަށްވާނެ ކަމަށް އެއްބަސްވުމުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު.
02 August 2023
މެންސުއްޓާ ތިޔައީ ބޮޑުއަނގައެއް
ގަނާސް ހުސޭނުބޭ (ލަންޑަނު)
01 August 2023
ހަރަދު ކޮއްގެން ތައްޓެއް ލިބޭނަމަ ޔުނައިޓެޑަށް މިހާރު ލިބެންވާނެ. ފާއިތުވެ ދިޔަ 10 އަހަރު އެންމެ ގިނަ ފައިސާ ހަރަދުކުރި ޓީމުގެ ލަގަބު ލިބިފައިވާއިރު އެންމެ ތަށްޓެއް މި ލިބުނީ.. ވާދަވެރި ކުލަބުތަށް އަލުން އަތުނުވާ ހިސާބައް ޖެހިލައިފި. މިފަހަރު ގަދަ 4 އެރިޔަސް ލައްކަވަރު
މެންޗެސްޓަރ މެދު ދެކުނު ދާއިރާ
01 August 2023
ރަނގަޅު ވާހަކައެއް. ހަރަދުކުރާ ކަމަށް ނަން މިވަނީ އެހެން ކުލަބުތަށް. ރަނގަޅައް ބަލާލީމާ މިމީހުން ކޮއްލާފަ ހުންނަ ހަރަދު މިފެންނަނީ