ޚަބަރު / ދިވެހި ސަރުކާރު

މި އަހަރުގެ ޝިއާރު: އިގްތިސާދީ ފުދުންތެރިކަން- އިޖުތިމާއީ ހަމަޖެހުން

ރައީސް ޔާމީން ކެބިނެޓްގެ ބައްދަލުވުމެއް ކުރިއަށް ގެންދަވަނީ: މި އަހަރުގެ ޝިއާރު ކަނޑައަޅާފައި ވަނީ އިގްތިސާދާ ގުޅުވައިގެން: --ރައީސް އޮފީސް

އިގްތިސާދީ ފުދުންތެރިކަމާއި ހަމަޖެހުން ރައްޔިތުންނަށް ހޯދައިދޭން އަމާޒު ހިފައި ސަރުކާރުން މި އަހަރަށް ހާއްސަ ޝިއާރެއް ކަނޑައަޅައިފި އެވެ.

މި އަހަރަށް ކަނޑައެޅީ "އިގްތިސާދީ ފުދުންތެރިކަން- އިޖުތިމާއީ ހަމަޖެހުން" މި ޝިއާރެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ޝިއާރު ކަނޑައެޅީ ސަރުކާރުގެ އިގްތިސާދީ ތަސައްވަރުގައިވާ ގޮތަށް ރާއްޖެ އަކީ ފުދުންތެރި ވިޔަފާރި އަށް ފަހި މާހައުލެއް އޮތް ގައުމަކަށް ހެދުމަށް ކުރާ މަސައްކަތް ގައުމީ ފެންވަރެއްގައި ފާހަގަ ކުރުމަށެވެ. ސަރުކާރުގެ ރަސްމީ ސިޓީތަކާއި އެކި ލިއުންތަކުގައި އަންނަ މަހުގެ 15 އިން ފެށިގެން އެ ޝިއާރު ބޭނުންކުރަން މުއައްސަސާތަކަށް ރައީސް އޮފީހުން ވަނީ އަންގައިފަ އެވެ.

މި ޝިއާރުގެ ތައްގަނޑެއް ހެދުމާ ބެހޭ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީން ދިނުމުން، އެ ތައްގަނޑު ސަރުކާރުގެ އެކި ލިއުންތަކުގައި ބޭނުންކުރަން ވެސް ވަނީ އަންގައިފަ އެވެ.

މިދިޔަ އަހަރު ޝިއާރުގެ ބަދަލުގައި ބޭނުންކުރީ ޓޫރިޒަމާ ގުޅުން ހުރި ލޯގޯއެކެވެ. ރާއްޖެ އަކީ ޓޫރިޒަމަށް ފަހި މަންޒިލެއް އޮތް ގައުމެއް ކަން ދައްކައިދިނުމަށެވެ.

7 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުމަރު

01 February 2017

ތިޔަ ޝިއާރު ހާސިލްކުރެވޭނީ، ދިވެހިންނަށް ފުރުސަތު ހުޅުވާލައިގެން، ދިވެހިންގެ ވަޒީފާ، ދިވެހިންގެ ވިޔަފާރި، ދިވެހިންގެ ދިރިއުޅުން، ދިވެހިންގެ ގެދޮރުވެރިކަން، ދިވެހިންގެ ޖީބަށް ލުއިކޮށްދީގެން ދިވެހިންނަށް ހެދިފައިވާ އެތަކެއް ސަތޭކަ ގާނޫނާއި ގަވައިދު އުވާލައިގެން އަދި ކޮރަޕްޝަނާއި ފަސާދަ ނައްތާލައިގެން

The name is already taken The name is available. Register?

GAN Island

31 January 2017

އިކޮނޮމިސްޓްގެ ވެރިކަމާއި ގުޅޭ ޝިޔާރުތައް އަދި ވަރަށްގިނަ. 2018 ވަނަ އަހަރުގެ ޝިޔާރަކަށް ''ލިބޭތާ ލިބިގަންނާށެވެ - ނުދީފީއްޔާ ޖަހައިގަންނާށެވެ'' ރަނގަޅު ވާނެހެން ހީވޭ.

The name is already taken The name is available. Register?

ދަންތޫރަ

31 January 2017

ކިހާފުދުންތެރިތޯ މުވައްޒަފުންގެ މުސާރަވެސް ޖަމައެއް ނުވި

The name is already taken The name is available. Register?

އިންސާފް

31 January 2017

ސިޔާސީ މަގާމް ތަކުގައި ތިއްބެވި ބޭފުޅުންނަށް ފުދުންތެރި ކަމާއި ރައްކާތެރިކަން.ނިކަމެތިން ތިބީ ޑިލީޓް ކޮށްލާފައި ސަރުކާރުން...

The name is already taken The name is available. Register?

ފަގީރުކޮއި

31 January 2017

ރަނގަޅު ވާހަކައެއް..ޓާޓާ ފްލެޓް ލިބުނުމީހުންވެސް ތިބީ ޑިލީޓްކޮށްލާފައި..ގުރުނަގައި ފްލެޓް އެމީހުނަށް ދައްކައި އޭގެ ފަހުން ޑިލީޓް ކޮށްލީ.އެމީހުން ތިބިކަން އެނގޭބަޔަކުވެސް އެކަމާއި ހަވާލުވެގން ބަޔަކު ތިބިކަމެއްވެސް ނޭންގޭ..

The name is already taken The name is available. Register?

އައްބެ

31 January 2017

ތިސިޔާރަކާ މިވެރިކަމަކާ އެއްވެސް ގުޅުމެއްނެއް

The name is already taken The name is available. Register?

76ޖހ

31 January 2017

ގައުމަކަށް ތަނަކަށް ރަށަކަށް ހަމަޖެހުން އަންނާނީ އިންސާފު އޮވެގެން. އެނެތި ކިތަންމެވަރަކަށް ލާރި މަތިން އޮއްސިއަސް ހަމަޖެހުމެއް ނާންނާނެ، އެއީ އިންސާފު ނެތްތަނެއްގައި އެ ލާރި އޮހޭނީ އެންމެ ބޭނުން ޖެހިފައިވާ މީހަކަށްނޫން. އެއާ ޚިލާފަށް ބާރު ގަދަ ނުފޫޒުގަދަ މީހުންނަށް. ފްލެޓަށް ވީގޮތަށް ވާނި. އިންސާފު ވީދާ ކުދި ކުދި ކޮށްފައި ކިތަންމެ ވަރަކަށް ހަމަޖެހުމޭ ކިޔަސް އެއެއް ނާންނާނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454