ކުރިމިނަލް ކޯޓު --
08 އޯގަސްޓް 2023 - 11:30
ރެޑްބުލް ދަޅެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، ބަންދު ޖަހައިފި އެވެ.
މި ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި 26 އަހަރުގެ މީހާ ކޯޓުގައި ބުނީ އޭނާ ވައްކަންކުރީ "ބަނޑުހައިވެގެން" ކަމަށެވެ.
މި މީހާ ކުރީ ކުޑަ ވައްކަމެއް ނަމަވެސް ބަންދަށް 15 ދުވަސް ދިނީ އޭނާ އަކީ ކުށުގެ ރެކޯޑް ގިނަ މީހަކަށް ވާތީ އެކަމަށް ބަލައިފަ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން އެ މީހާ ބަންދުކުރުމަށް ނިންމީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަކަށްޓަކަ އެވެ.
އާދައިގެ ކުދި ވައްކަންތަކުގައި ހައްޔަރުކުރާ ގިނަ މީހުންނަކީ މަސްތުވާތަކެއްޗަށް ދެވި ހިފާފައި ތިބޭ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަލީ ކުރުސީ
08 August 2023
މިލިޔަނުން ދަރާފަ ތިބި މީހުން ރައީސްގެ ކެމްޕެއިންގަ!
އައްދު
08 August 2023
40 ރުފިޔާގެ ރެޑްބުލް ދަޅު ގަވަށް ނެގި “ކުށުގެ ރެކޯޑު ގިނަ” ވަގުކަލޭގެއަށް 15 ދުވަހު ކެއުމާއި ހުރުން ހިލޭ. ޓެކްސް ފައިސާއަށް ބާރުކުޑަ ކުރަން ޕަބްލިކް ސާވިސް ހިލޭ ކުރުވަން ނެރުން މާ ބުއްދިވެރި. 2 މަސްދުވަހު ސަރުކާރު މުއަސްސަސާއެއްގެ އޮފީސް މޮޕުކުރަން ހަވާލުކޮށްލާ. ފައިސާއެއް ދޭކައް ނުޖެހޭނެ، ފިލާވަޅެއް ލިބޭނެ
އަންދަލޫސިޔާ
08 August 2023
15 ދުވަހުގެ ކޮއްތު ޔަ
ޓަކް
08 August 2023
ތިބާވަތުގެ ކަންތައްކުރާމީހުންގެ ކަންތައް ވަރަށް ބޮޑު.