ޔާމީން: އެމަނިކުފާނުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުން ބުރާސްފަތި ދުވަހު ބާއްވަން ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
08 އޯގަސްޓް 2023 - 15:28
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކޮށްފައިވާ ހުކުމްތަކުގެ އިސްތިއުނާފް ޝަރީއަތް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ހައި ކޯޓުން ނިންމާފައިވާ ކަމަށް އެ މަނިކުފާނުގެ ވަކީލް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ހިފައި މަނީ ލޯންޑަރިން ހިންގި ކަމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ޔާމީންގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ނިމެންދެން އެ މަނިކުފާނުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ވަކީލުން މިހާރު ވަނީ އެދިފަ އެވެ.
އިސްތިއުނާފް ޝަރީއަތް ލަސްވާތީ އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅުންނާ އެކު ހައި ކޯޓަށް މިއަދު ވަޑައިގަތުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށް ހައި ކޯޓުން މިހާރު ބުނެފައިވާ ކަމަށެވެ. އަދި މިހާރު މައްސަލަ ކުރިއަށް ގޮސްފައި އޮތް ހިސާބަށް ބަލާއިރު އެ މައްސަލަ ލަސްތަކެއް ނުވެ އަވަހަށް ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
"އިރާދަކުރެއްވިޔާ ދެން މައްސަލަ ހިނގައިގަތް ކަމަށް އަޅުގަނޑުމެން މި ބަލަނީ. އެއާ އެކީގައި އަޅުގަނޑުމެން މި އުއްމީދު ކުރަނީ މާ ގިނަ ދުވަސްތަކެއް ނުވެ ހުކުމަކާ ހަމައަށް ވާސިލްވެވޭނެ ކަމަށް." ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ އިސްތިއުނާފް ނުނިމި އޮތުމުގެ ސަބަބުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ޔާމީނަށް ބައިވެރިނުވެވޭ އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޔާމީން ޖަލު ހުކުމް ދެމި އޮތުމުގެ ސަބަބުންނާއި އެ މައްސަލާގައި އިއްވާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކަވާ އޮތުމުގެ ސަބަބުން އެމަނިކުފާނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ވަނީ ގެއްލިފަ އެވެ.
އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވިޔަސް، އެ ކޯޓުން ވެސް ނިންމީ ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
08 August 2023
ޔާމީނު މިނިވަން ވިޔަސް ދެން ޔާމީނު އާ ޕާޓީއެއް ހަދަން ޖެހޭނީ. މިހާރު ޕީޕީއެމް ޕީއެންސީ ޑިފެކްޓޯ ލީޑަރަކީ މުއިއްޒު. ހަބަރުތަކުގެ ކޮމެންޓްތައް ކިޔާލީމަ އެނގޭ މިހާރު ޕީޕީއެމް މީހުންގެ ތާއީދު ޔާމީނަށްވުރެ މުއިއްޒުއަށް ބޮޑުކަން. ބައެއް މީހުން ކޮމެންޓް ކުރޭ މުއިއްޒު ވެރިކަމަށް އައިސް ޔާމީނު މިނިވަން ކުރާނޭ. އެކަމު ވަރަށް ހީނުވޭ މުއިއްޒުއަށްވެސް ބާރު ލިބުނީމަ ދޫކޮއްލަން ބޭނުންވާނެހެން.
ބައިރޯ
08 August 2023
ޔާމީނު ކުޅަދާނަ ޔާމީނައް1 ނވަގަށް ގޮވި ޖަމީލުގެ ނައިބް ރައީސް ކަން ދެވަނަ ފަހަރަޓް ފުޑާ ލައިފި ސާބަހޭ
ދޮގުވެރިޔާ
08 August 2023
ދެންހެޔޮ ދޫކޮށްލިޔަސް
ދޫކުރުން
08 August 2023
ދެންވެސް ނުކެރޭނެ ދޫކުރާކަށެއް
ގަނަރިއްޔާ
08 August 2023
ހަޔާތްކުޑަ
ޖަމަލު
08 August 2023
ތިކިޔަނީ ޖަމީލަ ރަނިންމޭޓުކަން ނުލިބޭ އިންތިހާބެ އިންސާފުވެރިނުވާނޭ ކޮންޔާމީނެކޭކިޔާކަ ޔާމީނައް އެއްމެގިނައިން ވަގައްގޮވިއެކަކު ޖަމީލަކީ ބޮޑުއިސްކްރީންނައް އަރާހުރެގެން ކޯންޗެއް ކިޔާކަ
ވިން
08 August 2023
ޔާމީނަކީ ކުއްވެރިއެއް. ހުރިހާ ކުއްވެރިންނަށް އޮންނަ ހަމަހަމަކަން ކޮބާ؟
ވިންތަ
08 August 2023
ހޯރަ އިއްބެ ދޫކޮށްލިއިރު ހުރިހައި ޖަލުތަކެއްގައިތިބި ގައިދީން ދޫވަނީ ދޫކޮށްލާފަ
އިސްތިއުނާފް
08 August 2023
ޢެމްޑީޕީ އަކީ ލައިސަންސެކޭކިޔައި އުމުރުދުވަސް ތަޢްލީމީދާއިރާގައި ހޭދަކުރި އެތައްހާސް މުދައްރިސުން މަގުމަތިކުރުވަން ހަނި 1 ސެޓްފިކެޓަކަށް ބަލަންނިންމި ޕާޓީ. މިރާއްޖޭގެ ސެޓްފިކެޓް ވިއްކާ ކޮލެޖްތަކުން ތިޔަބުނާ ހަނި ޑިގްރީ 4 އަހަރުން ކިޔަވައިދޭނެ ފައިސާހޯދަން. ކިތައް ގައުމުގައިތޯ 4 އަހަރުގެ ފޭސް ޓު ފޭސް ޓީޗިން ޑިގްރީއަކަށް ނަގައިގެން ނޫންގޮތަކަށް އުގަންނައިދިނުން މަނާ ކިޔަނީ؟ ކޮރަޕްޓްވީމަ ގަވައިދު ފުޅާވާނެ
އަައްޔަ
08 August 2023
ޔާމީނު ބައިވެރިނުވެވޭ އިންތިޚާބެއް އިންސާފެއްނުވާނެޔޯ, ޔާމީނަކީ އިންސާފުތޯ, ޔާމީނަކީ އިންސާފު ނަމަ ސުޕްރީމްކޯޓުގެ ފާނޑިޔާރުންގެ ކުރިމަތީގަ އެވަރުބޮޑު ދޮގެއްހެއްދެވީކީއްވެތޯ,އިންތިޚާބުގަ މުއިއްޒު އައް ވެރިކަން ލިބިއްޖިއްޔާ ވަރައްބޮޑައް އިންސާފުވާނެ. އަނެއްކޮޅައް ކާމިޔާބުވެއްޖިއްޔާ ނަތީޖާގަބޫލެއްވެސް ނުކުރާނެ,
ހީރާ
08 August 2023
ނޫނޭ! އިންސޯފު ހޯދަދޭން ވެރިކަމަށް އަރާހުރި މީހާ އަދި ހުރީ ވެރިކަމުގައޭ...ޖަލުގަ ތިބި އެންމެނަށާއި މަރުތަކަށް އިންސޯފު ހޯދަދޭން އައީ...ވެރިކަމަށް އައިސް ސްޕްރީމް ކޯޓުން ކޮށްފައިން ހުކުމްތައް ހަމަ އެސޕުރީމް ކޯޓުން ބަދަލު ކުރީމާ ދެން އިންސޯފުގެ ވާހަކަދެއްކުމެއްނެތް...ގައުމުގެ އެންމެ ބޮޑު ޙިޔާނާތުގައި ޖަލުގަ ތިބި މީހުނާ ޑީލް ހެދާ އެމީހުނަށް ލުއިދިނީމާ އެވާހަކަ ދައްކާނެ ކަމެއްނެތޭ...ޖަލުގަ ތިބި ޕާޓުނަރުންނަށް މިހާރު އިންސޯފު ހޯދަދެވިއްޖެޔޯ..ލޮލް..
ގެދާށޯމޮސް
08 August 2023
ދޮގުހެދިނަމަ ކުށްވެރި ވާނެއެވެ. ނުވަނީ އެބުނާ މާނަޔަށް އެދޮގު ނުވާތީ އެވެ. ގާނޫނީ ކަންކަމުގަ ވާނުވާ ނޭންގޭ މީހުން އެބައުޅެއެވެ.