ސިފައިންގެ ފްލެޓެއްގެ އެތެރެ: މި ތަން ނުނިމި ވަނީ ދިގުލައިގެން ގޮސްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
10 އޯގަސްޓް 2023 - 10:47
ނުނިމި ދިގުލައިގެން ގޮސްފައިވާ ސިފައިންގެ ފްލެޓްތައް މި މަހުގެ ފަހުކޮޅު ހަވާލުކުރަން ނިންމައިފި އެވެ.
ހުޅުމާލޭގައި ނޮވެމްބަރު 26، 2014 ގައި ސިފައިންގެ ފްލެޓުތަކުގެ ބިންގާ އެޅީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް، ތަފާތު އެކި ސަބަބުތަކާ ހެދި ނުވަ އަހަރު ވެގެން ދިޔައިރު ވެސް އެ ތަނުގައި ދިރިއުޅޭކަށް ނުފެށުނެވެ.
އެހެންވެ، އެ ތަންތަން ނިންމުން އެންމެ ފަހުން މި ސަރުކާރުން ހަވާލުކުރީ ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އާ އެވެ.
ސިފްކޯގެ ފްލެޓްތައް ލިބުނު މީހުންނަށް މައުލޫ ދިނުމުގެ ސެޝަނެއް މިރޭ ބާއްވަން ވަނީ ނިންމައިފަ އެވެ. ކަޅުތުއްކަލާ ކޮށީގައި މިރޭ 8:30 ގައި ބާއްވާ އެ ބައްދަލުވުމުގައި މަޝްރޫއުގެ އިތުރު ތަފުސީލްތައް ހާމަކުރާނެ ކަމަށް އެނގިފައި ވެ އެވެ.
ފްލެޓްތަކަށް ފައިސާ ދެއްކި މީހުންނަށް ލިބޭ ފްލެޓްތައް ކަނޑައެޅުމުގެ ކަންކަން ވެސް ކުރިއަށް އޮތް ހަފުތާގައި ފަށާނެ ކަމަށް ވެ އެވެ.
ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަން މިދިޔަ ޖޫން މަހު ބޭއްވި ޖަލްސާގައި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ސިފްކޯ ފްލެޓްތަކަށް މިދިޔަ މަހު ވަދެވޭނެ ކަމަށެވެ. އެކަމަކު، އެ މުއްދަތު ފަހަނައަޅައިގެން ދިޔައިރު ވެސް ވަދެވޭ ގޮތެއް ނުވި އެވެ.
ސިފައިންގެ ތިން ޓަވަރުގައި ތިން ކޮޓަރީގެ 330 ފްލެޓު އަދި 20 ޕެންޓް ހައުސް ހުންނާނެ ކަމަށް ކުރިން ބުނެފައި ވެ އެވެ. ނަމަވެސް، އެ ސްޓްރަކްޗާއަށް ފަހުން ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. ފަހުން އިތުރުކުރި ފްލޯތަކުގައި ޖާގަ ތަނަވަސް ފަސް އެޕާޓްމަންޓް ހުންނާނެ އެވެ. އެހެން އެޕާޓްމަންޓުތަކަށް ވުރެ އެ ތަންތަން އަގުބޮޑު ވާނެ ކަމަށް ސިފްކޯއިން މީގެ ކުރިން ބުންޏެވެ.
ސިފައިންގެ ތިން ޓަވަރަށް 548 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީޔ
10 August 2023
ތީގެ ގިނަ މީހުނަށް ހިޔާފްލެޓް ލިބި ކުއްޔަށްދީފަ ހުރީ. ޢަދި ބައެއް ދެމަފިރިން ހިމެނޭ ފ1 އާ2 ގަވެސް ފްލެޓް
އަސްލީ
10 August 2023
އަވަހަށް ވޯޓަށް ހަވާލުކުރީމަ އަސްލު ވަދެވޭނީ އަދި ކިތައް މަހުންބާ؟
ޑޮކްޓާރ. ބަނާނާ
10 August 2023
ބަލަ ތިޔާ ސިފައިންގެ އިއްޒަތް ތެރި އިހަުލާސްތެރި ވެރިން ތިޔަކަން ނިންމަން ގަދަ އަޅައި މަސަކަތް ކުރިނަމަ ތިޔަ ފުލެޓުތައް އެއިރުވެސް މިހާރުވެސް އޮންނާނީ ނިމިފަ! މިއަދު ސަރުކާރު ތަކާއި ސަރުކާރު ތައް ހިންގި ވެރިން ބޮލުގައި ތިޔަ ބަދުނާމު އަޅުވާ އެބޭފުޅުންނަށް ބަވާނެކަމެއްނެތް! ޝުކުރިއްޔާ!
ހަވާލޭވަތަން
10 August 2023
ހަވާލުކުރެވިދާނެ. ތަންހުރީ ނުނިމި. ލިފްޓެއް ނުބަހައްޓާ. ތިރީބައި އެއްގޮތަކަށްވެސް ނުނިމޭ. ތަނުގަ ހުރި ކުނިތައް އުކާލަންވެސް 2 މަސް ނަގާނެ. ތިރި ހީވަނީ ކުނިގޮނޑެއްހެން.
ޙަލީމު ބާއި
10 August 2023
ޙިޔާ ފްލެޓާ ވިނަރެސް ފްލެޓު ލިބުނު މީހުންވެސް މީގެ ތެރޭގައި އުޅޭ ކަމަށް ވަނީ
ސިފްކޯ ހިޔާ
10 August 2023
ފައިސާގެތަފްސީލާ މީހުންނަށް ތިތަން ދޫކުރާ އުސޫލުގެ ތަފްސީލުތައް ހިމަނާލިނަމަ ސަޅިވީސް އަޑުއަވެނީ ތީ ސަރުކާރުން ނަގާ ލޯނެކޭ ދިގުމުއްދަތުގައި އަނބުރާ ދައްކާގޮތަށް
މެސީ1
10 August 2023
ގައުމީ މަސްލަހަތައް ނުރައްކާވާނެ ހާމަ ކޮއްފިޔާ
އަސްރަފަ
10 August 2023
އަނެއްކާ ސިފައިންނަށް އޮޅުވާލަނީ މި. މިކަން ރައްޔިތުން ނިކުމެ ހުއްޓުވަން އެބަޖެހޭ. މިގައުމު ސަލާމަތް ކުރަން ރައްޔިތުން ނިކުންނަން ޖެހޭ
ފުރަތަމަ 100 ދުވަހުގެ ކަމެއް
10 August 2023
100 ދުވަސް އެއްވަރީ 5 އަހަރާ. މި ސްޕީޑަށް ތާއީދު ކުރާ ބޭފުޅުން އިބޫއަށް ވޯޓު ދޭންވީ. ދެން އޮތީ މުއިއްޒު. މުއިއްޒު ހިންގުންތެރި، އެކަކަމު މުއިއްޒުވެސް ވަނީ ތަރައްޤީގެ ޕްރޮޖެކްޓުތަކުން ކޮރަޕްޝަންގައި ހޭކިފައި. ސުވާލަކީ، ކޮރަޕްޝަން ނައްތާނުލެވޭނެހޭ؟ އެހެންނަމަ ޝައްކެއްނެތް ޗޮއިސް ވަރަށް ސާފު. މުއިއްޒު އަށް ކަންކަން ކުރެވޭނެ ކުރާނެ. މިހާތަނަށް އެންމެ ފިއްތުންބޮޑުކޮށް އޮވެ އެއްމެ ބޮޑު މަސައްކަތްތަކެއް މާލެ ސިޓީއަށް ކޮށްދިނީ މުއިއްޒު.
ސަތޭކައޭ
10 August 2023
ކަލޭގެ އަސުރުމާ ލީޑަރު ކަމިޝަން ނަގައިގެން 4 އަހަރު ވީއިރުވެސް ނުނިމި ހުރިތަނެއް. މިސަރުކާރާއި ލައިގަތީ ކޮވިޑުގެ 2 އަހަރުވެސް. ބާކީ އިން 3 އަހަރުގެ ތެރޭގައި އެކިމީހުންނާއި ހަވާލުކޮށްގެން އެނިންމަނީ. ކޯޗެއް އޮޅުވާލަން ތިއުޅެނީ
މޯޑް
10 August 2023
ޔާމިނު ކުރިކަމެއް ނޫންތީ. ބޯގޮސް ވާހަކަ ނުދައްކާ 12 އަހަރުވީ ތިތަން އަޅާނުލާ ތިހެން ހުންނަތާ. ސޯލިހު ތިކަންވެސް ތި ނިންމަ ދިނީ ސުކުރުވެރި ވެބަލަ
އާރީ
10 August 2023
ރައީސް ސޯލިހުއަށް ސެލިއުޓް ކުރަށް. އެއްވެސް ވެރިޔަކު ނުނިންމަ ދިންތަނެއް. ގޮންޖެހުންތަކާ އެކުވެސް ތިހާ ފުރިހަމަޔަށް ނިންމާދިނީތީ. ވަރަށް ބޮޑަށް ސުކުރިއްޔާ
ބަސަންޓޭ
10 August 2023
ބަލަ ޔާމީނަށް ފުރުޞަތު ދިންނަމަ ތިތަން ނިމޭނެތާ ކޮން ދުވަހެއް. ވާނުވާ ނޭގި ވާހަކަ ނުދައްކާ
ގަލަންޓޭ
10 August 2023
އެކަލޭގެ ވެރިކަމުގައި އެމަސައްކަތްކުރާތާ 4 އަހަރުވި!