ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނަށް ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
10 އޯގަސްޓް 2023 - 23:13
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އޮތީ ވަރަށް ބޮޑު އަނދަވަޅެއްގެ ތެރޭގައި ކަމަށް ވިދާޅުވެ، ޔާމީންގެ ވެރިކަމުގައި ޕީޕީއެމުން ވަކިކުރި ވިލިނގިލީ ދާއިރާގެ މަޖިލިސް މެމްބަރު ސައުދު ހުސައިން މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ސައުދު ޕީޕީއެމުން ވަކިކުރީ ޔާމީނާއި އެ މަނިކުފާނުގެ ސަރުކާރުން ކުރި ބައެއް ކަންކަމަށް ފާޑުވިދާޅުވުމުންނެވެ. އޭގެ ފަހުން އޭނާ ގުޅިވަޑައިގަތީ އެމްޑީޕީއާ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނަށް މިރޭ ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ސައުދު ވިދާޅުވީ، ދިވެހި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ޒިންމާ ވާން ޖެހޭނީ މި ސަރުކާރުން ނޫން ކަމަށެވެ. އެ ސިނާއަތް މިއަދު އެ ހާލަތަށް ދުއްވާލުމުގެ ޒިންމާ ނަގަން ޖެހޭނީ ކުރީގެ ސަރުކާރުތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ، މަސްވެރިންގެ އެންމެ ބޮޑު ޝަކުވާ އަކީ ބާނާ މަސް ކިރޭނެ ގޮތެއް ނެތުން ކަމަށެވެ.
ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނަށް ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"މި ފަސް އަހަރާ ހަމައަށް އައިރު 1996 ގައި ހުޅުވުނު ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ އިތުރު ނުވެ 27 އަހަރު ވެގެން ދިޔައިރު، މިއަދާ ހަމައަށް އެކަން ނުވެ އޮތުމަކީ މި ސަރުކާރުން ޒިންމާ ނަގަން ޖެހޭ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
"ޔާމީންގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އޮތީ އަނދަވަޅެއްގެ ތެރޭގައި."
ޔާމީންގެ ވެރިކަން ނިމުނުއިރު މަސްވެރިންނަށް ނުދީ ބިލިއަނެއްހާ ރުފިޔާ އޮތް ކަމަށް ސައުދު ވިދާޅުވި އެވެ.
"މަސްވެރިން ދިޔައީ ސަލާން ޖަހަމުން، ލާރިކޮޅު ކޮބާހޭ ކިޔަމުން،" އޭނާ ވިދާޅުވި އެވެ.
ސައުދު ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން 2018 ގައި ފެށިއިރު، އަހަރެއްގެ މައްޗަށް މަސް ގަނެވޭ ކެޕޭސިޓީއަކީ 29،000 ޓަނުގެ މަހެވެ. އެކަމަކު މި ފަސް އަހަރު ނިމޭއިރު އެ އަދަދު ހުރީ 70،000 ޓަނުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ބޭނި ވަރަކަށް މަސް ކިރޭނެ ކެޕޭސިޓީ މިހާރު އެބަހުރި: މެމްބަރު ސައުދު
ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނަށް ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި އިން އުމުރުން ދުވަސްވީ މީހެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ބޭނި ވަރަކަށް މަސް ކިރޭނެ ކެޕޭސިޓީ މިހާރު އެބަހުރި،" އޭނާ ވިދާޅުވި އެވެ.
މަސްވެރިން އެދޭ ކަންތައްތައް ކޮށްދެނީ މި ސަރުކާރުން ކަމަށާއި މީގެ ކުރިން ދުވަހަކު ވެސް ކޫއްޑު އަށް ނާންނަން ވަރުގެ ތަރައްގީއެއް މި ސަރުކާރުން ގެނެސްދީފައިވާ ކަމަށް ސައުދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާރު ބޭނުންވަނީ މަސްވެރިންގެ އެއްބާރުލުން ކަމަށެވެ. މި ސިނާއަތް އިތުރު ހަރުފަތަކަށް ގެންދެވޭނެ އޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްވެރިންނަށާއި މަސްއޮޑިތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި އެހީ އާއި ލޯނު މި ސަރުކާރުން ހަމަޖައްސައި ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާލިހް
12 August 2023
ނިމިގެން މިދަނީ ރ ޔާމީންގެ ވެރިކަމެއް. އެހެންވީމާ މިމީހުންގެ ދުލުން އަދިވެސް ގޮވަމުންމިދަނީ ރ ޔާމީންގެ ވާހަކަ
އެހުންދޯ
12 August 2023
އެއްވެސް ކަމެއް މަސްވެރިންނަށް ނުކޮއްދެވުނީމަ ދެންކީކޭ ތިކިޔަނީ
ޔާމީންއަކައް ނުވާނެ
11 August 2023
މަސްވެރިކަމުން އެކަނިވެސް މި ސަރުކާރުގެ ތަފާތުފެނޭ
ޢެޑްމުންޑޯ
11 August 2023
ސައުދު ކޮބާތޯ ކޫއްޑޫ ވިލިގިލި ބްރިޖް ، ކިހާހިސާބެއްގައިތޯ ތަނބުތައް ފެނުން މައްޗަޙިއްލާލެވޭނީ
ޣަނިއަ
11 August 2023
ވެރިކަމަށް އަންނަނަންވެގެން މަސްކިލޯއެއްގެ އަގު 30ރ ހަދާނަމޭބުނި ވެެރިކަންލިބުނީމަ 20ރ ހުރި މަސްކިލޯ 15 ހަދާލި އަނދަވަލަކަށްވެއްޓިފައޮތީ ކުރީގަތަ ނޫނީ މިހާރުތަ.
ޙަބީބު.
11 August 2023
އިބޫނުހޮވޭނެކަން ޔަގީންވާތީ ވަރައް ކަޑަވެއްޖެދޯ
އިބޫހިންިގޮތް
11 August 2023
ވެރިކަމާއި ހަވާލްވިއިރު ބްލެކުން 15.8ރ އަށް ޑޮލަރުލިބުނު. މިއަދު 17.75ރ އަށްވެސް މިއުޅެނީ ޑޮލަރެއް ނުލިބިގެން. އިބޫ މިހިރީ ފޭލިވެފައި.
ދެއަނގަސައުދު
11 August 2023
ޢެމްޑީޕީ ވެރިކަން ވެއްޓި ވަހީދު ވެރިކަން ނިމި ޔާމީނުވެރިކަން ފުރިހަމަކޮށް އިބޫ ވެރިކަން %75 ފޫއަޅުވާލިއިރު މިބޭފުޅަކު ހުންނެވީ ތިޔަ އެމްޑީޕީއަކަށް ކަމެއް ނުކުރެވޭ ކިޔާލަ ކިޔާލަ. އެސިނާއަތުގައި އިބޫ ސަރުކާރުން ކުރެވުނު ކަމަކީ ޔާމީނު ސައީދީން ހޯދި 800 މިލިޔަން ޑޮލަރ ގެނެސްގެން ހަޑިހޭވުން. ފެލުވަރާ ކޫއްޑޫ ފެކްޓަރީތައް ހަދާނީ އޭކިޔައިގެން ޑޮލަރަށް ހެދި އެއްޗެއް ސައުދަށް ފެނުނީމާ ކުއްލިއަކަށް އެމްޑީޕީއަށް ސޮއިކުރީ. ދެން މިހާރު ޔާމީނު ކުރިކަމެއް ނެތް.
އަލި
11 August 2023
ނިމެނީ އިންޝާ ﷲ
ކީކޭ ކިޔާބައެއްތަ މިއީ ؟.
11 August 2023
ރޔާމީނުގެ ވެރިކަން ނިމުނު އިރު ކަނޑުގައި މަހެއްވެސް ނެތް. އަދި އޭގެ ފަހުން މި ވެރިކކަމުގައި ރައްޔިތުން ކައިހެދީ އެއްގަމު މަސް. އަދި މަސް ކިރާ ބޯޓުތަކަށް ގޮސް ކިރަނީ ވެސް އެއްގަމު މަސް.