ވިޔަފާރި / ސިމްޑީ

ހުޅުމާލޭގައި ސިމްޑީގެ ފިހާރައެއް ހުޅުވައިފި، ހުރިހާ ވައްތަރެއްގެ ޕްރޮޑަކްޓެއް ލިބޭނެ

ސިމްޑީ ރިކްރިއާ ފިހާރައިގެ އެތެރެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

13 އޯގަސްޓް 2023 - 08:44

ހުޅުމާލޭގައި ސިމްޑީގެ ފުރަތަމަ ފިހާރަ ހުޅުމާލޭގައި ރޭ ހުޅުވައިފި އެވެ.

ހުޅުމާލެ 1 ގެ ރީތިގަސް މަގުގައި "ސިމްޑީ ރެކްރިއާ" ފިހާރަ ހުޅުއްވައި ދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޔޫޝައު ސައީދެވެ.

އެއީ ސިމްޑީ އިން ވިއްކާ އެންމެ ގިނަ ބްރޭންޑުތަކުގެ އެންމެ ގިނަ ޕްރޮޑަކްޓުތައް އެއް ތަނަކުން ގަންނަން ލިބޭނެ ޝޯރޫމް ކަމަށް އެ ކުންފުނިން ބުންޏެވެ.

ސިމްޑީ އިން ބުނީ، ހުޅުމާލޭގައި އެ ކުންފުނީގެ ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް ސިމްޑީގެ ގިނަ ޕްރޮޑަކްޓުތަކެއް އެއް ތަނަކުން ފަސޭހައިން ގަނެވޭނެ ގޮތް ފަހިކޮށްދިނުން ކަމަށެވެ. އެ ކުންފުނިން މަސައްކަތް ކުރަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިހާރަތައް ހުޅުވައި، ކަސްޓަމަރުންނަށް ވީހާ ވެސް ފަސޭހައިން ސިމްޑީގެ ޕްރޮޑަކްޓުތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ވެސް ބުންޏެވެ.

ހުޅުމާލޭގައި ހުޅުވި ދެ ފްލޯގެ "ސިމްޑީ ރެކްރިއާ" ގެ ގްރައުންޑް ފްލޯގައި ޝޭމްޕޫ އާއި ޝަވާ ޖެލް ފަދަ ޕާސަނަލް ކެއާގެ އައިޓަމްތަކާއި ކުޑަކުދިންގެ ނެޕީ އާއި އެކި ވައްތަރުގެ ބޭބީ ޕްރޮޑަކްޓްތުތައް ހުރެ އެވެ. އެ ސިމްޑީ އިން ވިއްކާ މޮނިން ބްރޭންޑުގެ ސިރަޕާއި ބޮން ކެފޭގެ ބުއިންތަކާއި ދިލްމާ ޓީ އާއި ދުނާރު ރައިސް އަދި ނޫރު ސަންފްލާވާ އޮއިލް ފަދަ ކެއުންބުއިމަށް ހާއްސަ ބްރޭންޑުގެ އެކި ޕްރޮޑަކްޓުތައް ވެސް ހުޅުމާލޭގެ ފިހާރަ އިން ލިބޭނެ ކަމަށް ސިމްޑީ އިން ބުންޏެވެ.

ކަސްޓަމަރުން އަލަށް ހުޅުވި ސިމްޑީ ފިހާރަ ބަލާލަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ތަނުގެ ފުރަތަމަ ފްލޯ ހާއްސަ ކޮށްފައި ވަނީ އިލެކްޓްރޯނިކްސް އަދި ހޯމްއެޕްލަޔަންސަށެވެ. އޭގެ ތެރޭގައި ސިމްޑީ އިން ވިއްކާ އިލެކްޓްރޯލަކްސްގެ ވެކިއުމް ކްލީނާ އާއި ދޮންނަ މެޝިނާއި ކަރަންޓު ސައިކުރާ ފަދަ އެޕްލަޔަންސް ހިމެނެ އެވެ. އިލީގެ އެކި ވައްތަރުތަކުގެ ކޮފީ މެޝިނާއި ޖޭބީއެލް ސްޕީކަރު އަދި ގޮޑޮކްސްގެ ލައިޓް ފަދަ އިލެކްޓްރޯނިކްސްގެ ގިނަ ޕްރޮޑަކްޓުތަކެއް އެތަނުގައި ހުރެ އެވެ.

ސިމްޑީއިން ވަނީ އަލަށް ހުޅުވި ފިހާރަ އިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް "އޮޕަނިން ވީކް ޕްރޮމޯޝަން"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފަ އެވެ.

ސިމްޑީގެ މެނޭޖިން ޑިރެކްޓަރު ޔޫޝައު ސައީދު ފިހާރަ ބައްލަވާލައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެ ފިހާރަ އިން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ތިން ނަސީބުވެރިއަކު ހޮވާނެ އެވެ.

ޕްރޮމޯޝަނުގައި ގުރުއަތުން އެއް ވަނަ އަށް ހޮވޭ ކަސްޓަމަރަކަށް ސިމްޑީ އެޕްގެ 3،000ރ. ގެ ގިފްޓް ވައުޗަރެއް ވަނީ ހުށަހަޅައިފަ އެވެ. ދެ ވަނަ އަށް 1،500ރ. ގެ ސިމްޑީ އެޕްގެ ގިފްޓު ވައުޗަރެއް އަދި ތިން ވަނަ އަށް 500ރ. ގެ ސިމްޑީ އެޕްގެ ގިފްޓު ވައުޗަރެއް ވަނީ ހުށަހަޅައިފަ އެވެ.

ޕްރޮމޯޝަނުގެ ގުރުއަތު ނަގާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 33%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454