ސިމްޑީ ގްރޫޕުން ހުޅުމާލެ 2 ގެ ބީޗުގައި 100 ގަސް އިންދައިފި އެވެ.
މިދިޔަ ބުދަ ދުވަހު ފާހަގަކުރި މި އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ބޭއްވި އެ ހަރަކާތުގައި އެ ކުންފުނީގެ މުވައްޒަފުންގެ އިތުރުން ސްކޫލުތަކުގެ ކުދިންނާއި ބެލެނިވެރިންނާއި އަމިއްލަ ޖަމިއްޔާތަކާއި ހުޅުމާލޭގައި ދިރިއުޅޭ މީހުން ވެސް ބައިވެރިވި އެވެ.
ސިމްޑީ އިން ބުނިގޮތުގައި އެ ކުންފުނީގެ އިސްވެރިންނާއި ކުންފުނީގެ އެކި ފަންތީގެ 100 މުވައްޒަފުންނާ އެކު، މި ހަރަކާތުގައި ހާހަކަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. އެއީ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ގަސް އިންދުމަށް އާއްމުންނަށް ހިތްވަރުދީ، ސަރުކާރުން ފެށި ފަސް މިލިއަން ގަސް އިންދުމަށް ޕްރޮގްރާމަށް އެހީތެރިވާން ހިންގި ހަރަކާތެއް ކަމަށް ވެސް ސިމްޑީ އިން ބުންޏެވެ.
މި ހަރަކާތް ސިމްޑީއިން ކުރިއަށް ގެންދިޔައީ ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސާ ގުޅިގެންނެވެ.