ވިލާ ކޮލެޖުން ގްރެޖުއޭޓްވި ދަރިވަރުންތަކެއް. -- ފައިލް ފޮޓޯ: މިހާރު
13 އޯގަސްޓް 2023 - 14:59
ވިލާ ކޮލެޖުން ހިންގާ ޓޭލާސް ޔުނިވާސިޓީގެ ކޯސްތަކަށް ހުޅުވާލި ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 31 ގައި ހަމަވާނެ އެވެ.
މި ސްކޮލާޝިޕަކީ ވިލާ ފައުންޑޭޝަނުން ވިލާ ކޮލެޖުގައި ހިންގާ ޓޭލާސް ޔުނިވާސިޓީގެ ފަސް ކޯހަކަށް ދޭ ސްކޮލާޝިޕުތަކެކެވެ. ޓޭލާސް ޔުނިވާސިޓީގެ އެކި ކޯސްތަކަށް ބަހާލައި، 30 ސްކޮލަޝިޕް ފުރުސަތެއް ވިލާ ފައުންޑޭޝަނުން ވަނީ އިއުލާނު ކޮށްފަ އެވެ.
ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް އެ ސްކޮލާޝިޕުގެ ދަށުން ޓިއުޝަން ފީގެ 50 ޕަސެންޓު ކަވަރު ކުރާނެ އެވެ.
ބެޗެލާ އޮފް ކަލިނަރީ މެނޭޖްމަންޓް ޕްރޮގްރާމް: 10 ފުރުސަތު
ބެޗެލާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ ޕްރޮގްރާމް: 5 ފުރުސަތު
ބެޗެލާ އޮފް މާސް ކޮމިއުނިކޭޝަން ޕްރޮގްރާމް: 5 ފުރުސަތު
މާސްޓާސް އޮފް ކޮމިއުނިކޭޝަންސް ޕްރޮގްރާމް: 5 ފުރުސަތު
މާސްޓާސް އޮފް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމަންޓް ޕްރޮގްރާމް: 5 ފުރުސަތު
Villa College
As the leading private college in the Maldives, Villa College is dedicated to ensuring high-quality education and the best student experience for its students.
Villa College
މި ލިންކުން ސްކޮލާޝިޕާއި ގުޅޭ މައުލޫމާތުތައް ހޯދޭނެ.
މި ސްކޮލާޝިޕް ދިނުމުގައި ބަލާނީ އެކަޑެމިކް މެރިޓަށެވެ. ސްކޮލާޝިޕަށް ކުރިމަތިލެވޭނީ ވިލާ ކޮލެޖުގެ ޓޭލާސް ޔުނިވާސިޓީގެ ކޯހަށް ހުށަހަޅާ، ކޯހުގެ ޕްލޭސްމަންޓު ލިބިފައިވާކަމުގެ ލިޔުން ލިބިފައިވާ ދިވެހި ދަރިވަރުންނަށް އެކަންޏެވެ.
މި ސްކޮލާޝިޕަށް އޮންލައިންކޮށް ވެބްސައިޓް މެދުވެރިކޮށް އަދި ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހަށް ފޯމު ހުށަހަޅައިގެން ކުރިމަތިލެވޭނެ އެވެ.
މި ސްކީމްގެ ދަށުން ފުރުސަތު ލިބޭ ދަރިވަރުންގެ ކިޔެވުން އަންނަ މަހު ފެށޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމިއްޓެ
13 August 2023
ތާކުންތާކު ނުޖެހޭގޮތަށް ކުރާކަމެއް. ނިކަން ކެރެންޏާ ޓެކްނިކަލް ދާއިރާތަކުން ހޯދަދީބަލަ.