ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ސްރީ ލަންކާގެ މަސްބޯޓު -- ފޮޓޯ: އެމްއެންޑީއެފް
16 އޯގަސްޓް 2023 - 21:34
ރާއްޖޭގެ އިގްތިސޯދީ ހާއްސަ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ސްރީ ލަންކާގެ މަސްބޯޓެއް މިއަދު އަތުލައިގެންފި އެވެ.
އެމްއެންޑީއެފުން ބުނީ، އެ މަސްބޯޓު އަތުލައިގަތީ ހއ. ފިއްލަދޫގެ އިރުން 15.2 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެކަން އެމްއެންޑީއެފަށް ރިޕޯޓު ކުރީ އެ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ "ދުރުރާސްތާ 10'' ނަމަކަށް ކިޔާ ދޯންޏަކުން ކަމަށް ބުންޏެވެ.
އަތުލައިގަތް ބޯޓުގައި ހަތް މީހުން ތިބިއިރު، އެ ދޯނި މިހާރު ކުޅުދުއްފުށި ބަނދަރަށް ވަނީ ވައްދައިފަ އެވެ. އެމްއެންޑީއެފުން ބުނީ އެ ބޯޓު މާލެ ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން، ލަންކާގެ މަސްބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މަސްވެރިކަން ކުރަމުންދަނިކޮށް ކޯސްޓްގާޑުން ހިފަހައްޓާފައިވެ އެވެ. އަދި ބައެއް ފަހަރު ހާލުގައި ޖެހިފައިވާ މީހުންނާ އެކު ވެސް ލަންކާގެ ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
18 August 2023
ލަނަކާ އައުޓް
ނަރުބަކުރު
17 August 2023
ދުވަހަކުވެސް އިންޑިއާ ބޯޓެއް މިސަރުކާރަކަށް ނުހިފޭއްޓެ