ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަން ސްރީ ލަންކާގެ ދެ މަސްބޯޓު.-- ފޮޓޯ: އެމްއެންޑީއެފް
23 ޖޫން 2025 - 19:44
ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަން ސްރީ ލަންކާގެ ދެ މަސްބޯޓެއް ކޯސްޓް ގާޑުން ރޭ ހިފަހައްޓައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި، ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ ދެ މަސްބޯޓެއް ސިފައިންގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ދެ މަސްބޯޓު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެއްގައި ރޭގެ ވަގުތެއްގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ނަމަވެސް، އެ ބޯޓުތައް ފެނުނު ސަރަހައްދު ސިފައިން އަދި ނުބުނެ އެވެ. ސިފައިން އާންމުކުރި ފޮޓޯތަކުން އެނގޭ ގޮތުގައި، އެ ދެ މަސްބޯޓު ލޮކޭޓް ކުރަން އެމްއެންޑީއެފުން އަސްކަރީ ޑްރޯން ބޭނުންކޮށްފައިވެ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަން ސްރީ ލަންކާގެ ދެ މަސްބޯޓު ޑްރޯން އިން ލޮކޭޓްކޮށްފައި.-- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީފެއުން ބުނީ، އެ ދެ މަސްބޯޓާ މެދުގައި ގާނޫނުގައިވާ ގޮތުގެ މަތިން އަމަލު ކުރުމަށްޓަކައި ފުލުހުންނާ ހަވާލު ކުރުމަށް މިހާރު މާލެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅޭ ބޭރުގެ މަސްބޯޓުތައް ދޭތެރެދޭތެރެއިން ކޯސްޓްގާޑުން ހިފަހައްޓަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން
23 June 2025
ލަންކާ ރައްޔިތުން އުޅެނީ ވަރަށް ދަތި ހާލުގައި މިނިކަމެތި މަސްވެރިން ހައްޔަރު ކުރުމުން އެމީހުންގެ އާއިލާތައް ވަރަށް ބިކާރީ ވާނެ ، ލަންކާ މަސްވެރި އާއިލާ ތަކަކީ ވަރަށް ފަޤީރު ބަޔެއް ރައީސް މިކަން ކަމަށް ރިއާޔަތް ކުރައްވާ އެވެރިން އެމްބަސީ މެދުވެރިކޮށް ދޫކޮށްލުމަށް ގޮވާލަން
ސަދްސދ
24 June 2025
ކިތަންމެ ފަޤީރަކަސް އެއްގައުމުން އަނެއް ގައުމަށް އަހާލުމެއް ކަހާލުމެއް ނެތި ވަދެ ނުކުމެވޭ ގޮތަކަށް ނޫން އޮންނަނީކީ.
ޗދަސސސދދޗ
23 June 2025
އޮއިގަދަކަމުން ވަދެނީ... އެކީ ކުރިން ހައްޔަރު ކުރި ބޯޓުތަކުން ދީފައިވާ ޖަވާބެއް. ބައެއް ފަހަރު ބުނާނެ އިންޖީން ހުއްޓުނީކަމަށް ވެސް.
އޮނަރަބްލް އަފީފު ދީދީ
23 June 2025
އަދިވެސް ބޯދާޒަމާނުގައި ކަންކުރިގޮތަށް ރާއްޖޭގެ ކޮންމެރަށަކުން މާވަހަރެއް ފެނުނުކަމަށް ވިޔަސް 21 ވަނަ ޤަރުނުގައި ރަށަކުން ކިނބުލެއް ފެނުނުކަމަށް ވިޔަސް އަދި ތުރާކުނުން ނުވަތަ އައްޑޫސިޓި ކަނޑުގެ ސަރަޙައްދުން ބޮއްކުރައެއް ފެނުނު ކަމަށްވިޔަސް މާތްވެގެންވާ މުޤައްދަސް ރަށްކޮޅަށް ގެންގޮސްގެންތޯ ގޮތްނިންމަން ޖެހެނީ؟! ތިޔަ ބޯޓެއް ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެރަށެއްގައި އޮތްކަމަށްވިޔަސް ރާއްޖޭގެޤާނޫނު އެއާއި އޭގައި ތިބިމީހުންގެމައްޗަށް ހިންގޭނެނޫންތޯ.
ކީކޭބުނާނީ؟
23 June 2025
ރާއްޖޭގެ ކޮންމެ ރަށެއްގައި އެބަހުރިތޯ، ރާއްޖޭގެ ސަރަހައްދަށް ޤަވާއިދާ ޚިލާފަށް ވަދެގެން އުޅުނު ބަޔަކު ހިފަހައްޓައި ހައްޔަރުކޮށް ގެންގުޅޭނެ ތަންތަނާއި ސާމާނު.... އެފަދަ މީހުންނާއި މެދު ކަންކުރާނެ ގޮތުގެ ތަމްރީނާއި ތަޢުލީމު ހުރި ބަޔަކު އެބަތިބިތޯ؟ ކޮންތާކުތޯ އެފަދަ ބަޔަކު ނިދަން ބައިތިއްބާނީ؟ ބޭފުޅާގެ ގޭގައި ކުއްޔަށް ދޭން ހަދާފައި ހުންނަ ކޮޓަރީގައި އެފަދަ ބަޔަކު ގެންގުޅުމަކީ އެންމެ ރައްކާތެރިގޮތްތޯ؟
ސަސޗވސދ
23 June 2025
ރޭގަނޑު އެމީހުން ނިދަން ބައިތިއްބައިގެން ފާރައަށް ހުންނަނީ މަނިކުފާނުތޯ؟ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން އެބަތިބިތޯ؟ ކާންބޯންދީ އެމީހުން ބަލަހައްޓާނެ ގޮތް އެބަހުރިތޯ؟ ރަށު ކޯޓުން ހުކުމްކޮށް ތަންފީޒު ކުރާނެ ވަޞީލަތް އެބަހުރިތޯ؟
ބެއްޔާަ
24 June 2025
ކަލޭމެންކުދިން އަފީފުދީދީ ބޮލާފޮށާ ނާޅުވާބަލަ. އަހަރެމެން ކުދުއިރު އަޑުއަހާލަވެއް ކިޔާ. އެއީ ދީދީއެކޯ އަހަންމަދުބޭގެނާ، އެއީރޯނުއެދުރެކޯ ކެލާ ގައިމުލަނީތޯ އެއީމޮޅުމީހެކޯ އަނގަވެސް ވަށްކުރާ ނަނާފާލުބެލީތޯ ކެލާ ގައިމުލަނީތޯ