ސޯލާ ހަކަތައަށް ހާއްސަ ބެޓްރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމްކުރުމުގެ އެއްބަސްވުމުގައި، އެންވަޔަރްމަންޓް މިނިސްޓަރު ޝައުނާ އަދި ޗައިނާ ކުންފުނީގެ ސީނިއާ ޕްރޮޖެކްޓް މެނޭޖާ ވަންގް ޕެއިޓާ ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ
17 އޯގަސްޓް 2023 - 13:30
ރަށްރަށުގައި ސޯލާ ހަކަތައަށް ހާއްސަ ބެޓްރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމްކުރަން ޗައިނާގެ ކުންފުންޏަކާ 23.9 މިލިއަން ޑޮލަރު (368 މިލިއަން ރުފިޔާ) އަށް މިއަދު ހަވާލުކޮށްފި އެވެ.
ވޯލްޑް ބޭންކުގެ އެހީގައި ގެންދާ އެރައިސް ޕްރޮޖެކްޓުގެ ދަށުން 24 ރަށެއްގައި 40 މެގަވޮޓް އަވަބެޓްރީ ސްޓޯރޭޖް ސިސްޓަމް ގާއިމްކުރަން ހަވާލުކުރީ ޗައިނާ ނޭޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓު ކޯޕަރޭޝަނާއި ގުއަޑިން ނަންޖީންގް އޮޓޯމޭޝަން ކޯ ލިމިޓެޑާއި ސީނޯ ސޮލާ ހައިބްރިޑް (ބެއިޖިން) ޓެކްނޮލޮޖީ ކޯ ލިމިޓެޑް ހިމެނޭގޮތަށް އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ.
އެ އެއްބަސްވުމުގައި އެންވަޔަރްމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އަދި ކުންފުނީގެ ސީނިއާ ޕްރޮޖެކްޓް މެނޭޖާ ވަންގް ޕެއިޓާ ވަނީ ސޮއިކުރައްވައިފަ އެވެ.
އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމްކުރަން ހަމަޖައްސާފައިވަނީ އައްޑޫގެ ހަ ރަށާއި ފުވައްމުލަކު، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ބ. އޭދަފުށީ، ޅ. ހިންނަވަރު، ޅ. ނައިފަރު، ގއ. ވިލިނގިލީ، ށ. ފުނަދޫގެ އިތުރުން ލ. އަތޮޅުގެ 10 ރަށުގަ އެވެ.
The BESS installations are intended to bolster the high renewable energy penetration of the islands' grids, as well as ensure the efficient operation of existing diesel generators in the solar PV/Diesel hybrid generation mix. pic.twitter.com/7cg4Y92ZE3
— Min. of Environment, Climate Change and Technology (@MoEnvmv) August 17, 2023
މިނިސްޓްރީން ބުނީ ސްޓޯރޭޖް ސިސްޓަމް ގާއިމްކުރުމުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެ ވަގުތެއްގައި ބޭނުންކޮށް، އިތުރުވާ ކަރަންޓު ރައްކާކޮށްދޭނެ ކަމަށެވެ. އަދި އެ ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތަ، އެ ރަށެއްގެ ޑިމާންޑުގެ ނިސްބަތް ޖުމްލަ 30 ޕަސެންޓަށް ވުރެ މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާއްމުކޮށް ކަރަންޓު ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ލުއެއް ލިބޭނެކަމަށް ބުންޏެވެ.
އެ މަޝްރޫއުން، 40 މެގަވޮޓްގެ އެނާޖީ ސްޓޯރޭޓް ސިސްޓަމް ގާއިމްކުރުމުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 36 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމްތައް ގާއިމްކުރުމަށް ވެސް ރާވާފައިވެ އެވެ. ސޯލާ އަދި ބެޓްރީ ނިޒާމް ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމަށް ވެސް މަޝްރޫއުގެ ތެރެއިން ރާވާފައިވެ އެވެ.
މިނިސްޓްރީން ބުނީ ބޭރުގެ އެހީއާއެކު ހިންގާ މި ފަދަ މަޝްރޫއުތަކުގެ ބޭނުމަކީ ސަރުކާރުން ތެލަށްކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާ ރައްޓެހިގޮތަކަށް ކަރަންޓު އުފެއްދުން ކަމަށެވެ. ހަކަތައިގެ ދާއިރާއިން މި ސަރުކާރުން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓްރީޒޯ އެމިޝަން ގައުމަކަށް ހެދުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހުންވާނީވަގުން
18 August 2023
ވެރިކަންނިމެން 4 ހަފްތާޔަށްވީމަ ބިޑަކާނުލައި 368 މިލިއަން ރުފިޔާ.
ސޯލިހް ކިޔަސް ސޯލިހެއްނޫން
18 August 2023
އެހެންވީމަ މިގައުމައް އިންޑިއާއިން އަތްގަދަކުރުން ހުއްޓުވަންވީ. އިންޑިއާ ކުންފުނިތަކާ ހަވާލުކުރީމަ މަސައްކަތް ނުނިމޭކަން މިހާރު މިތިބަ ދޯހަޅި ވެރިންނަށްވެސް އެބަ ވިސްނޭ މިހާރު. އެކަމް ދެން ދިވެހިން ބޭނުމީ ހަމަ އެހެން ގޮތެއް. ހަމަ އެކަނި ނަމުން ސޯލިހް ވިޔަސް ކަމަކުނުދޭ.
މަނިކުބެގެދަރި
17 August 2023
މިކަމަށް ދިވެހި ކުންފުންޏެއް ނުވި ދެއްތޯ؟
ދަމާކެނޑުން
18 August 2023
ދިވެހި ކުންފުންޏަކަށް ދިނަސް އެކަން ކުރާނީ ބޭރުގެ ބަޔަކުލައްވާ. ދިވެހި ކުންފުނި މިޑިލްމޭން އަކަށް ވެގެން ޕްރޮޖެކްޓުގެ އަގު ބޮޑުވުން ނޫން ކަމެއް ނުވާނެ.