ޚަބަރު / ރިޔާސީ އިންތިޚާބު 2023

އަދިވެސް ނުދަރާ، މި ހުށަހެޅީ ދުވެލި ބާރު ބަދަލެއްގެ ސިޔާސަތުތަކެއް: ފައްޔާޒް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ސޯޝަލް ސެންޓަރުގައި ބޭއްވި "ޒަމާނަކުން އައި ޒަމާނޭ" ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވާހަކަ ދައްކަވަނީ .-- ފޮޓޯ: ނިޝާން އަލީ | މިހާރު

ސަރުކާރުތަކުން ހާވާފައި ހުރި ހަޑި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ފަސް އަހަރުގެ ތެރޭގައި ސާފުކޮށްފައި ކަމަށާއި ދެވަނަ ދައުރަކަށް ހުށަހެޅި މެނިފެސްޓޯގެ ފަސް ސިޔާސަތަކީ "ދުވެލި ބާރު ބޮޑު ބަދަލެއް" ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއާ ގުޅިފައިވާ އިއްތިހާދުގެ މެނިފެސްޓޯގެ އެންމެ ފަހު ބައި "އިގްތިސާދީ ބޮޑު ބަދަލު" އިއުލާންކުރަން ރޭ ބޭއްވި ޖަލްސާގައި ފައްޔާޒް ވަނީ ކުރިއަށް އޮތް ފަސް އަހަރު އިގްތިސާދު ކުރިއަރުވާނެ މިސްރާބު ސާފުކޮށްދެއްވައިފަ އެވެ. މި ފަސް އަހަރު ދަރަނި ބޮޑުވެ ގައުމު ބަނގޫރޫޓްވެދާނެ ކަމަށް އަމާޒުވި ފާޑުކިއުންތަކަށް ރައްދު ދެއްވައި ވިދާޅުވީ "އަދިވެސް އަޅުގަނޑުމެން ނުދަރާ" ކަމަށެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ފަސް އަހަރު މި ސަރުކާރަށް މައިގަނޑު ގޮތެއްގައި ކުރަން ޖެހުނު ކަމަކީ އެތައް ޒަމާނެއް ވަންދެން މި ގައުމުގައި ބަޔަކު ހާވާފައި ހުރި ހަޑި ސާފުކޮށް މި ގައުމު 21 ވަނަ ގަރުނާ ހަމައަށް ގެނައުމުގެ މަސައްކަތެވެ.

"ނުދަރާ އަޅުގަނޑުމެން އަދިވެސް. ކޮވިޑް ވެސް އައިސް ދިޔައީ އަޅުގަނޑުމެން ނުދަރާ. ކުރިއަށް ވުރެން މާވަރުގަދަ އިގްތިސާދަކަށް މިއޮތީ މި އިގްތިސާދު ބަދަލުވެފައި," ފައްޔާޒް

ރޭގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒްއާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭގެތެރޭގައި ގައިން ތާހިރުވާނެ ގޮތްތަކެއް ހޯދައިދިނުމާއި ތައުލީމީ ނިޒާމުގެ ތެރެއިން ފަސޭހަކަމާ އެކު ތައުލީމް ހާސިލްކުރެވޭނެ ގޮތްތަކެއް ހެދުމުގެ އިތުރުން ސިއްހީ ދާއިރާ އޮތް ހާލަތު ކުރިއަރުވައި ރައްޔިތުންނަށް ބޭސްފަރުވާގެ ފަސޭހަކަން ހޯދަިއދިނުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"ވޭތުވެދިޔަ ހަތަރު އަހަރު އަޅުގަނޑުމެންނަށް މިކުރެވުނު އިންވެސްޓްމަންޓްގެ ނަތީޖާއަކީ މިއަދު އަޅުގަނޑުމެން މި ހުށަހެޅި ފަސް ސިޔާސަތާ އެކު ދިވެހިރާއްޖެ އެހެން ހިސާބަކަށް ގެންދިއުމަށް ވީ ތައްޔާރީތައް," ފައްޔާޒް ވިދާޅުވި އެވެ.

އިގްތިސާދީ ބަދަލަށް މެނިފެސްޓޯގައި ހިމެނި ބައެއް ކަންކަން

ކުދި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކުރުން

ޓޫރިޒަމް އެންމެންނަށް ހުޅުވާލުން

އިގްތިސާދު އަސްދަނޑިން ބޭރަށް ގެންދިއުން

ފައިނޭންސް ހޯދުމާއި އިންވެސްޓްކުރުމުގެ ލުއި

އިންސާނީ ވަސީލަތްތައް ފުޅާކޮށް ދެމެހެއްޓެނިވި ވަޒީފާގެ ބާޒާރެއް ގާއިމްކުރުން

ދަނޑުވެރިކަމާއި މަސްވެރިކަމުގެ ނަފާ އިތުރުކުރުން

ދަތުރުފަތުރާއި އުމްރާނީ ސިނާއަތަށް މާނަވީ އިންވެސްޓްކުރުން

ޑިޖިޓަލް އިންގިލާބް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ސޯޝަލް ސެންޓަރުގައި ބޭއްވި "ޒަމާނަކުން އައި ޒަމާނޭ" ޖަލްސާގައި އާންމުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފައްޔާޒް ވިދާޅުވީ ރާއްޖެ ގެންދަން ޖެހޭ ތަނަށް ގެންދިއުމުގެ ގާބިލްކަމާއި ހިލްމާއި އިލްމާއި ހަމަ ދެންވެސް އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކުގައި ކަމަށް ވިދާޅުވި އެވެ.

"އިއުލާންކުރި މެނިފެސްޓޯގެ އެ ސިޔާސަތުތަކަކީ ރިސޯޓެއްގައި ގްރޫޕެއް އެއްކޮށް ތިބެލާފައި ހުށަހަޅާ އެއްޗެހިތަކެއް ނޫން. އެއީ ސަރުކާރުގައި ވީ ފަސްއަހަރާއި މަގުމަތީގައި ހޭދަކުރި ވިއްސަކަށް އަހަރާއި ރައްޔިތުންނާ އެކު އުޅެ އިހްސާސްތަކާއި ބޭނުންތައް އެނގިގެން ފަސް އަހަރު ސަރުކާރުގައި އެކަންކަން ތަންފީޒުކުރަމުން ގޮސް ލިބިފައި ހުރި ތަޖުރިބާއާ އެކު މި ގައުމު ދެން ގެންދަން ޖެހޭ މިސްރާބަށް ވިސްނައި ފިކުރުކޮށް ކަންކަމާ ބެހޭ ބޭފުޅުންނާ ވާހަކަ ދައްކައިގެން ހުށަހަޅާ ސިޔާސަތުތަކެއް," ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނުދަރާ, އިގްތިސާދު ދެގުނަކުރާނަން"

އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް އަމާޒަކީ އިގްތިސާދު ދެގުނަ ކުރުން ކަމަށެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ ދަރަނީގެ ބޮޑެތި ތުހުމަތުތަކެއް އަޅުވަމުން އައިސް 2026 ގައި ދަރާނެ ވާހަކަ ދައްކަމުންދާ ކަމަށް ވިދާޅުވި އެވެ.

"ނުދަރާ އަޅުގަނޑުމެން އަދިވެސް. ކޮވިޑް ވެސް އައިސް ދިޔައީ އަޅުގަނޑުމެން ނުދަރާ. ކުރިއަށް ވުރެން މާވަރުގަދަ އިގްތިސާދަކަށް މިއޮތީ މި އިގްތިސާދު ބަދަލުވެފައި," ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ސޯޝަލް ސެންޓަރުގައި ބޭއްވި "ޒަމާނަކުން އައި ޒަމާނޭ" ޖަލްސާގައި އެމަނިކުފަނާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިނިސްޓަރު ވިދާޅުވި ގޮތުގައި ދަރަނި ބޮޑުވަމުންދާ ވާހަކަ މި ސަރުކާރަށް ނިސްބަތްކޮށް ދައްކަމުންދާ އެއްވެސް ބަޔަކަށް އެ ބައެއްގެ ސިޔާސަތަކީ ކޮބައިކަމެއް ސާފުކޮށެއް ނުދެވެ އެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ތަކުރާރުކުރަމުން އަންނަނީ ދަރަނީގައި ޖެހި ބަނގުރޫޓް ނުވާނެ ކަން ކަމަށާއި އެކަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި މި ސަރުކާރުން އެކި ކަންކަން ތަންފީޒުކުރަމުން އައިއިރު ކަނޑައެޅިގެން ބޮޑެތި ދޮގުތަކާއި ފިތުނަވެރި ވާހަކަތައް ދިޔައީ ދައްކަމުންނެވެ. ރައްޔިތުން މިހާރު ވިސްނަންވީ އެ ވާހަކަތަކާ އެކު ވެސް ސަރުކާރުން މިހާތަނަށް ކޮށްފައިވާ ކަންކަމާ ދޭތެރޭގައި ކަމަށް ވިދާޅުވި އެވެ.

29 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާލުސޮރު

26 August 2023

ކާޅު ގުއިރޯނަކުން ނުފޭބުނު. ހަމަ އެރޯނުގައި އިނދެގެން އެއަޑުން އެރާގު އެގޮވަނީ. އާކަމެއް ނެތް. މިހާރުވެސް ފައިސާ ހުސްވީރުން ޗާޕު ކުރަނީ. ކުއެރުވޭނީ އައު ސިޔާސަތެއް އަލަކުން ނުނެރެވޭ. ހަމަ އެގްޒިމް ބެންކުން ލޯނު ނަގަން ޖެހޭނީ.

The name is already taken The name is available. Register?

ޖަންބޭ

26 August 2023

ކަލޭމެންކުރިތަރައްގީއާއިއެޅިތާރަ ރައްރަށުގެނަމާއެކުލޯތަކަށްދައްކާލަބަލަ އެމީހުންއެދައްކާގޮތަށް ބުރިޖާ އެޅިތާރާ ވަޅުލިނަރުދަމާއާއި ހިމާޔައްކުރިގޮޑުދޮއްތަކާއި އެޅފުލެޓްތަކާއި ހުޅުވިހޮސްޕިޓާތަކާ ދައްކާލަބަލަ

The name is already taken The name is available. Register?

ދޮން

25 August 2023

2026 ގައި 1000މިލިޔަން ލޯނަށް ދައްކަންޖެހޭ ނެގިލޯނުން ފައިދާ ލިބޭ ކަމެއް ނުކުރެވޭ .މެމްވަރުން ނާއި ސިޔާސީ މީހުންނަށް ޚަރަދު ކުރަނީ ..ނަތީޖާ ދިވެހިން ބަޑަށް ޖެހުން

The name is already taken The name is available. Register?

ބޮޑުމީހާ

25 August 2023

ކަލޭމެން ނުދެރިޔަސް ރައްޔިތުން މިތިބެނީ ބޭންކަށް، ދިރާގަށް، ފެންކުންފުންޏަށް، ސްޓެކްކޯއަށް، ކަންމަތީ ފިހާރައަށް، ސައިކަލް ލޯނު، މޯބައިލް ފޯނު ލޯނު، ގެދެރޮ ލޯނު، މިހެންގޮސް ދަރާ ހުލިވެފައި. ހުރިހާ ދަރަނިތަކެއް ދައްކާ ނިންމާފަ، ދެން ނޯވޭ ހަމަޖެހިލައިގެން 3 އިރު ކެވޭކަށް. 5 އަހަރު ދުވަހުން މިގައުމު 60 ބިލިއަން ދަރުވާލި، އިގްތިސާދީ ބޮޑު އެންމެ ޕްރޮޖެކްޓެއްވެސް ނުހިންގުނު ބަޔަކު ސަޅިބައިސާ ކަނޑާނެ ކަމެއް ނެތް

The name is already taken The name is available. Register?

ޓެރޭ

25 August 2023

މަނިކުފާނުގެ ބޭބެ އިބްރާހިމް އިސްމާއީލު (އިބްރާ) އަށް 15 މިލިއަން ރުފިޔާގެ ބަދަލު ދޭން ޖެހުނު ސަބަބު ބުނެދީބަލަ. އެއިރުން ތިވާހަކަ ގަބޫލު ކުރެވުނީސް

The name is already taken The name is available. Register?

އެހެންތޭ

25 August 2023

ފުރަތަމަ ތަމެން ބަލަންވީ ނޫންތޭ އަސާސީ ކާބޯތަކެތީގެ ބާވަތްތައް އިންޑިއާގެ ވަގުންނާއި ގުޅިގެން ކަޓް ނުޖައްސާ އެތަކެތި ހަމައަގުގައި ކުޑަ އަގެއްގައި ރައްޔިތުންނަށް ލިބޭނެ ގޮތް ހަދަން އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި އަސާސީ ކާބޯތަކެތީގެ އަގުބޮޑުކުރެއޭ ރައީސް ޔާމީންގެ ވެރިކަމުގައި އަގުބޮޑު ނުވޭ ދުވަހަކު ވެސް އެސްޓީއޯ އިން ފިޔާ އަލުވި ޓަނުން ގަންނަން ދިޔަ ނަމަވެސް ލިބޭނެއޭ މަމެންނަށް ޔަގީނޭ ގާސިމް ވެރިކަމަށް އަތުވެއްޖެނަމަ ފިޔާ އަލުވި އަގުބޮޑު ނުވާނޭއޭ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

25 August 2023

ވަޒީރު އެބުނާ ގޮތަށް ދިވެހިރާއްޖެ "ދެރުމަކީ" އަހަރު ތަކެއް ކުރިން ޔޯރޮޕްގެ ދުޅަހެޔޮ އިޤްތިސޯދެއް އޮތް Gurerk އާއި ދިވެހިން އެތަނަކަށް ފަރިތަ އަދި އަހަރުމެންގެ ދެވަނަ ވަޒަން ކަމުގައި ދެކެމުން އަންނަ ސިލޯނަށް ދާދިފަހުން ދިމާވިގޮތްމެދުވެރިވުމަށް ކިޔާނަމެއްނަމަ ވެރިކަމުގައިތިބިމީހުން އެކަން ސިއްރުކޮށްގެން ތިބިކަމަށްވިޔަސް "ރާއްޖެ އޮތީ ބަޤުރޫޓް ވުމުގެ މަގުމަތީގައި" ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ދަނީ ރަގަބީލު ޖަހަމުން. މިއީ އެންމެނަށް އިގޭ ކަމެއް.

The name is already taken The name is available. Register?

ވަރަވެސް ބިންދާލި

25 August 2023

އެމީހުނަށް ލިބޭބޮޑު މުސާރައިން ނުދަރާ އުޅެވޭވަރު ވެއޭ . ގައުމުދަރުވާލަން ނުކުރެވިހުރި މަސައްކަތް ، ކުރާނަމުގަ އެޅިގެން ތަންތަން ކޮޅު ހާވަމުން ކޮންނަމުން 300 މީހުން ގެ އާބާދީ ތަކުގަ ކަން ކުރާކަން ދައްކަމުން . ތަކެތީގެ އަގު މިއިން ޒަމާނަކު ނުދާވަރަށް ދުއްވާލި ޒަމާނަކުން އައި ޒަމާނެކޭ . ރައްޔިތުން ތިބީ ޒަމާނަކުން އައި ޒަމާނަކުން ދަރާވަރު ކޮއް ބޯހިކޭނެތް ވަރު ކޮއްފަ . ޑޮލަރ ގެ އަގު ބޮޑުވާވަރަކަށް އާއްމު ކޮއް ކައި އުޅޭތަކެތީގެ އަގު ބޮޑު ވީ ޒަމާނެކޭ

The name is already taken The name is available. Register?

ކޮރަލް

25 August 2023

ނިއަންނަ އަހަރު ސަރުކާރަށް އާމްދަނީގެ ގޮތުގަ ސަރުކާރަށް ލިޞޭނެ ވަރާ ލޯންގެ ގޮތުގަ އެއަހަރު ދައްކަން ޖެހޭ ވަރު ހާމަ ކޮށްލަ ބަލާށެވެ. ކޮންމެ އަހަރަކު ސަރުކާރުގެ ހަރަދު ތައް ބަލަހައްޓަނީ ބިލިއަނުން ލޯން ނަގައިގެންނެވެ. ދެން ނުދަރަ އެއް ނެތެވެ.

The name is already taken The name is available. Register?

އެލެކުސް ބުލޫ

25 August 2023

ޔާﷲ މިގައުމުގެ ރައްޔިތުންނަށް ހެޔޮވިސްނުންދެއްވަައި ހެޔޮނުބަަަަައި ވަކިކުރުމުގެ ގާބިލްކަންދެއްވާށި. މަކަރުވެރިންގެ ރޭވުންތަކުން ދިވެހި ގަައުމު ސަލާމަތްކޮށްދެއްވާށި..އާމީން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454