ޚަބަރު / ދައުލަތުގެ ދަރަނި

އަންނަ އަހަރުގެ ދަރަނިތައް ނުދެއްކޭނެ ކަމުގެ ޝައްކުތައް ފިލައިފި: ތޯރިގް

ތޯރިގް ވިދާޅުވީ އަންނަ އަހަރުގެ ދަރަނިތައް ދެއްކުމަށްޓަކައި ސަރުކާރުން އަންނަނީ "އަރިއަކަށް ފައިސާ ޖައްސަމުން" ކަމަށް.

ރައީސް މުއިއްޒު އިއްޔެ މަހިބަދު އަށް ވަޑައިގަތުމުން އެ ދާއިރާގެ މެމްބަރު ތޯރިގް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

08 އޮކްޓޯބަރ 2025 - 08:35

27 comments

މި ސަރުކާރުން އަންނަ އަހަރު ދައްކަން ޖެހިގެން އުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގެ ދުވަސްވަރު ނެގި ދެ ލޯނެއް ކަމަށާއި އިގުތިސާދަށް ބުރަ ބޮޑުވެގެން އުޅޭ އެއް ސަބަބަކީ އެއީ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ 10 ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަހިބަދޫގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަން ބޭއްވި ޖަލްސާގަ އެވެ.

"އެއީ ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި ނަގާފައި ހުރި 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑާއި އަދި ރައީސް އިބޫ ސޯލިހުގެ ވެރިކަމުގެ ތެރޭގައި އޭގެ މައްޗަށް ނަގާފައި ހުރި 250 މިލިއަން ޑޮލަރު، ޖުމުލަ 500 މިލިއަން ޑޮލަރުގެ ދަރަނި މި އަންނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވަން ޖެހިވަޑައިގަންނަވަނީ،" ރައްޔިތުންގެ މަޖިލިހުގައި ތިން ވަނަ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާ ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ 500 މިލިއަން ޑޮލަރުގެ ދަރަނި ނުދެއްކި އަންނަ އަހަރު ސަރުކާރު "ޑިފޯލްޓަކަށް" ދާނެ ކަމަށް ވިދާޅުވެ ޔާމީނާއި އިބޫ ވާހަކަފުޅު ދައްކަވާ ކަމަށެވެ. އެކަމަކު، މި ސަރުކާރުން ގެންދަނީ އެ ދަރަނިތައް ދެއްކުމަށްޓަކައި "އަރިއަކަށް" ފައިސާ ޖައްސަމުން ކަމަށް ތޯރިގް ވިދާޅުވި އެވެ. '

ކުރީގެ ދެ ރައީސުން ކަަމަށްވާ ޔާމީނާއި އިބޫ ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރެއްވި ދުވަސްވަރު މަޖިލިހުގެ ތަޅުމުގައި މަޝްވަރާއެއްގައި.

"އަދި ނުވިތާކަށް ކައިރި ގައުމުތަކުން، ހާއްސަކޮށް ރާއްޖެއާ އަވަށްޓެރި ބޮޑު ދެ ގައުމެއް، އޭގެ ތެރޭގައި އިންޑިއާ އާއި ޗައިނާ އިން ހާރިޖީ ގުޅުންތަކުގެ ތެރެއިން މަޝްވަރާ ކުރުމަށް ފަހު، އެ ގައުމުތަކަށް ދައްކަންޖެހޭ ދަރަނީގެ ތެރެއިން ބޮޑު ބައެއް މިއަދު މި ވަނީ އެހެން ދުވަސްވަރެއްގައި ދައްކާ ގޮތަށް ފަސްކުރެވިފައި،" އޭނާ ވިދާޅުވި އެވެ.

އިންޑިއާ އާއި ޗައިނާގެ އިސްވެރިންނާ ރައީސް މުއިއްޒު މަޝްވަރާ ކުރެއްވުމަށް ފަހު އެ ކަންކަން ފަހިވެފައިވާތީ، އަންނަ އަހަރު ދައްކަންޖެހޭ ދަރަނި ނުދެއްކޭނެ ކަމުގެ ޝައްކުތައް މިހާރު ފިލާފައިވާ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.

"މި އަންނަ އަހަރު އަޅުގަނޑުމެން އެ ދައްކަންޖެހޭ 800 މިލިއަން ޑޮލަރު ދެއްކުމުގެ ތެރެއިން ބޮޑު ބައި އަޅުގަނޑުމެން އަމިއްލަ އަށް މި ސޭވް ކުރާ ނުވަތަ ރިޒާވަށް ލެވޭ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑާ އެކު ދެއްކުމަށް ފަހު އަދި ދެން ނުދެއްކި އޮތް އަދަދު ކުރިން އެމްޑީޕީ [ސަރުކާރުގައި] ނަގާފައި ލޯނުގެ ރޭޓަށް ވުރެ ކުޑަ އަދަދެއްގައި މާތް ﷲ ގެ ވާގިފުޅާ އެކު ނަގައި މި އަންނަ އަހަރު އިގުތިސާދީ ގޮތުން ސަލާމަތްވާނެ ކަމުގެ ފޮނި އުންމީދު މިހާރު އަޅުގަނޑުމެންނަށް އެބައޮތް،" އޭނާ ވިދާޅުވި އެވެ.

ޗައިނާގެ މިހާރުގެ ދައުލަތް ގާއިމްކުރިތާ 76 އަހަރު ފުރުން ފާހަގަކުރަން މި މަހުގެ އެއްވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންވާ އިއުލާން ކުރައްވާފައިވާ ގޮތުގައި ރާއްޖޭން ނަގާފައިވާ ދަރަންޏަށް ލުއިދޭނެ ގޮތްތަކެއް ވަނީ "ފައިނަލް" ކޮށްފަ އެވެ.

"ދަރަންޏަށް ލުއިދިނުމުގެ އެރޭންޖުމެންޓްތަކާ މެދު އަޅުގަނޑުމެން ދެ ފަރާތުގެ ކަމާ ބެހޭ ފަރާތްތަކުން ފުރިހަމަ އަށް ގޮތް ނިންމާފައިވާ ކަން އަޅުގަނޑު އުފަލާ އެކު އިއުލާން ކުރަން. މި އެއްބަސްވުންތަކުން ދޭހަކޮށްދެނީ ދިވެހިރާއްޖޭގެ ފައިނޭންޝަލް އަދި ފިސްކަލް ހަމަޖެހުމަށް ޗައިނާއިން ވެދޭ އެހީތެރިކަން އެކަންޏެއް ނޫން،" ޗައިނާގެ ސަފީރު ވިދާޅުވެފައި ވެ އެވެ.

"ދިވެހި ސަރުކާރުން އެޅި އިސްލާހީ ފިޔަވަޅުތަކަށާއި ރާއްޖޭގެ އިގުތިސާދުގައި ހުރި ވަރުގަދަ ޕޮޓެންޝަލް އަށް ޗައިނާ އިން ކުރާ އިތުބާރު."

ރައީސް މުއިއްޒު މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާގައި އެ ދާއިރާގެ މެމްބަރު ތޯރިގް ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ތޯރިގު ރޭ ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރުން އަންނަ އަހަރު ޖުމުލަ 800 މިލިއަން ޑޮލަރު ރާއްޖެ އިން ބޭރަށް ދައްކަންޖެހެ އެވެ. އެ ލޯނުތައް ދައްކަން ދައުލަތަށް ފަސޭހަ ކުރުމަށްޓަކައި މި ސަރުކާރުން އެޅި އެންމެ ބޮޑު އެއް ފިޔަވަޅަކީ ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ، ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމް ކުރުމަކީ މިހާތަނަށް އެއްވެސް ރައީސަކަށް "އަތްލާން" ކެރިވަޑައިނުގެންނެވި ކަމަކަށް ވާއިރު އެއީ ރައީސް މުއިޒަށް ވެސް ފަސޭހަފުޅު ކަމެއް ނޫން ކަމަށެވެ.

"ޑޮލަރު އެކްސްޗޭންޖާ ކުޅެން ނުކެރެނީ ރާއްޖޭގެ އިގުތިސާދުގެ މައިނާރު ކަމަށްވާ ޓޫރިޒަމްގެ ސިނާއަތުގައި ތިބި މަދު ވިޔަފާރިވެރިންނަކީ ވަރަށް ނުފޫޒު ގަދަ ސިޔާސީ ގޮތުން ވެސް ފައިސާގެ ގޮތުން ވެސް ވަޒީފާގެ ގޮތުން ވެސް މުޅި ގައުމުގެ އިގުތިސާދުގައި ވެސް ވަރަށް ނުފޫޒު ގަދަ ފަރާތްތަކަކަށް ވާތީ އެ ފަރާތްތަކުގެ ނުރުހުން ނުވަތަ ސިޔާސީ ގޮތުން ވެސް އެއްބާރުލުން ނުލިބިދާނެތީ އެ ބިރުވެރިކަމަށްޓަކައި މިހާތަނަށް ހުރިހާ ރައީސުންނަށް ވެސް އެ ކަންތަކުގައި އަތްލުމަށް ނުކެރުނީ،" ތޯރިގް ވިދާޅުވި އެވެ.

އެ ބަދަލުތަކާ އެކު ވެސް އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ އަގު ބޮޑުކޮށް ޑޮލަރު ވިއްކާ މައްސަލައާ ގުޅޭ ގޮތުން ތޯރިގް ވިދާޅުވި ގޮތުގައި އެކަން ހައްލު ވާނީ ދިވެހި ވިޔަފާރިވެރިން ވެސް ރާއްޖޭގެ އިގުތިސާދުގެ ތެރެއިން ކޮންމެވެސް ވަރަކަށް ޑޮލަރު މާރުކުރަން ފެށުމާއި އަންނަ އަހަރު ސުކޫކް ދެއްކުމަށް ފަހު، އެމްއެމްއޭ އަށް ވަންނަ ޑޮލަރު ބޭންކުތައް މެދުވެރިކޮށް ވިޔަފާރިވެރިންނަށް ދޭން ފަށާ ހިސާބުންނެވެ.

"އެއީ އަޅުގަނޑަށް ފެންނަ ގޮތުގައި މި ޑޮލަރަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ،" އޭނާ ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ، އަންނަ އަހަރު ރާއްޖެ އިން ބޭރަށް ދައްކަންޖެހޭ 800 މިލިއަން ޑޮލަރު ދައްކައި އަދި ހިންގަން ކަނޑައަޅާފައިވާ މަޝްރޫއުތަކާ އެކު، ރައްޔިތުން 2028 ގައި އިތުރު ދައުރަކަށް ރައީސް މުއިއްޒު އިންތިހާބު ކުރާނެ ކަމަށެވެ.

"ދަރަނިތައް ނަގަނީ ޒިންމާދާރުކޮށް ނޫން ކަމަށް ދެންނެވިން"

ތޯރިގް ރޭ ވިދާޅުވި ގޮތުގައި ޕީޕީއެމް/ޕީއެންސީން އިދިކޮޅު ޕާޓީގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު މަސައްކަތް ކުރިއިރު ވެސް ޒިންމާދާރުކަމާ އެކު ދަރަނިތައް ނަގަން ތަކުރާރުކޮށް އެދެމުން އައި ނަމަވެސް ދިނީ ބީރު ކަންފަތެކެވެ. މިއަދު ފެންނަނީ އޭގެ ނަތީޖާ ކަމަށް ތޯރިގް ވިދާޅުވި އެވެ.

އަދި ނުވިތާކަށް ކައިރި ގައުމުތަކުން، ހާއްސަކޮށް ރާއްޖެއާ އަވަށްޓެރި ބޮޑު ދެ ގައުމެއް، އޭގެ ތެރޭގައި އިންޑިއާ އާއި ޗައިނާ އިން ހާރިޖީ ގުޅުންތަކުގެ ތެރެއިން މަޝްވަރާ ކުރުމަށް ފަހު، އެ ގައުމުތަކަށް ދައްކަންޖެހޭ ދަރަނީގެ ތެރެއިން ބޮޑު ބައެއް މިއަދު މި ވަނީ އެހެން ދުވަސްވަރެއްގައި ދައްކާ ގޮތަށް ފަސްކުރެވިފައި،"--- ތޯރިގް

އިބޫގެ ސަރުކާރުގެ ދުވަސްވަރު އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލް އަދި އޮލިމްޕަސް ފަދަ ތަންތަން ރަހުނުކޮށް ލޯނު ނުނަގަން ޕީޕީއެމް/ޕީއެންސީން އެދެމުން ދިޔަ ކަން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ނެގި 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑުގެ ދަރަނި ދެއްކުމަށާއި އިތުރަށް ފައިސާ ހޯދަން ވެގެން އިބޫގެ ސަރުކާރުގައި 500 މިލިއަން ޑޮލަރުގެ ސުކޫކު ބައިނަލްއަގްވާމީ މާކެޓަށް ވިއްކި ކަމަށެވެ.

"މިއަދު އަޅުގަނޑުމެން އެ ދަރަނި ދައްކަންޖެހި އޭގެ އުނދަގޫ މުޅި އިގުތިސާދަށް ފޯރައިގެން މިދަނީ،" ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑާ ގުޅިގެން އިގްތިސާދު އެންމެ ބޮޑަށް ދަތިވި ދަނޑިވަޅުގައި ވެސް އެސްޓީއޯ މެދުވެރިކޮށް 150 މިލިއަން ޑޮލަރު ކުރީގެ ސަރުކާރުން ނެގި އެވެ. އެކަމަކު، އެ ފައިސާގެ ތެރެއިން ވެސް ބޮޑު އަދަދެއް މި އަހަރު ދައްކާފައިވާ ކަމަށް ތޯރިގް ވިދާޅުވި އެވެ.

27 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 8%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތީ ހަމަ ހުސް ޗަރުކޭސް

08 October 2025

ތިގޮތަށް ކުރީ ވެރިކަމެއްގަވެސް އަރިމައްޗަށް ކަހާލި 2 ބިލިއަނެއްހާ ރުފިޔާ. ކަހާލާފަ ބެހެއްޓީ ނައިބުރައީސް ގެ ގޭގަ. ދެން އިއްޒަތްތެރި ސިޔާސީ ލަޝްކަރުގެ އެންމެން ފަހަރަކު މީހަކު "އެއްޗެއް ދެއްވާ" އޭ ކިޔައިގެން އާދޭސް ކުރަމުންގޮސް ، އެކަހެރިކޮށްލި އެތިކޮޅު ދަވާލީ. މިފަހަރު ކިހިނެއްވާނެ؟

The name is already taken The name is available. Register?

ޚާލިދު ނައީމް

08 October 2025

މިހާރު ހުރީ ގައުމު ހިންގަން އެނގޭ ވެރިއެއް، އެ ވެރިޔާއަށް އެނގޭ ގައުމުގެ އިގްތިޞާދަށް ވާންވީގޮތް

The name is already taken The name is available. Register?

ފިނޑިޔާރު

08 October 2025

"ނާރާނެ މައްޗަކަށް" ބުނިހެން، ޝައްކު ފިލާނެ ކަމެއް ޔަޤީން ވީމާވެސް. މިސާލަކަށް ނުދެއްކޭނެ ކަމުގެ؟

The name is already taken The name is available. Register?

އަދުހަމް މުހައްމަދު

08 October 2025

އިދިކޮޅަށް ޔާމީންމެންނަށް ހަޖަމެއް ނުވާނެ މިކަންކަން. ޑރ.މުއިޒްއަށް މިކަން ވާނެކަން އޭރުވެސް މަށަށް އެގުނު.

The name is already taken The name is available. Register?

ޝަހުމް އާދަމް

08 October 2025

އޭރުވެސް އިނގޭ ރައީސް މުއިޒް މިކަން ކުރާނެކަން. މި ރައީސްއަށް މަ އެ އިތުބާރު އޮތް އޭރުވެސް

The name is already taken The name is available. Register?

ޝޮކްތެރަޕީ.

08 October 2025

ދަރަނި ދައްކަމުން ގައުމު ތަރައްގީ ކުރަމުން އެންޑީޕީ ހޭވި ހަޑިތަ ފިލުވަމުން ދިއުމަކީ އުދަގޫ ކަމެއް.

The name is already taken The name is available. Register?

މިއައު

08 October 2025

އެއްވެސް އިރެއްގަ ނުބުނެ އެކަހަލަ ށައްކެއް ވާކަމެއް. އަދި އުޅޭ ވައްތަރަކުންވެސް ހިއެއް ނުވެ އެކަހަލަ ކަމެއް އުޅުނު ހެނެއް. އަބަދުވެސް ދޮގެއް ނޫންތަ ކުރީ؟؟؟؟ ދެން މިހާރު ތިކިޔަނީ؟

The name is already taken The name is available. Register?

ފަންވަތް

08 October 2025

ރައްރަށުގެ ތަރައްގީއަށޭ ބުނެ ބޮޑެތި ލޯނުތައް ނަގައި މަގުތަކަށް ތާރު އޮއްސުމަކުން އެއީ ތަރައްގީއެއް ނޫން. ލޯނުތައް ނަގާއިރު އެދެއްކޭނެތޯ ވެސް ބަލަންޖެހޭ. ތަރައްގީ ގެނެވޭނީ ދުޅަހެޔޮ، އަހުލާގާއި ޙުލްގްހެޔޮ ތައުލީމީ ޖީލެެއް ބިނާކުރެވިގެން.

The name is already taken The name is available. Register?

ވަތަންގެ ދަރި

08 October 2025

އަޅުގަނޑުގެ ހިޔާލު ލޯނު ދެއްކުމެއްނެތް. ލޯނު ނެގިމީހުން ލޯނުދައްކަން ބޭއްވީމަ ރަގަޅުވާނެ. ލިބޭ ޑޮލަރ ރައްޔިތުންގެ މެދުގަ ބެހިގެންދާގޮތަށް ހެއްދެވީމަ ރަގަޅުވާނެ.

The name is already taken The name is available. Register?

ޖިބްރީލް އަމީން

08 October 2025

އަދި ކިރިޔާ ދައްކަން ޖެހޭ ވާހަކަ ތި ދެއްކީ. އިގްތިޞާދީ ގޮތުން ގައުމަށް އަންނަ ލޮޅުން މިފަދަ ގޮތަކަށް ކިޔައި ދެވުމަކީ ވަރަށް ވެސް މުހިންމު ކަމެއް. އަދި ޑޭޓުޑޭ އަޕްޑޭޓް ލިބެންޏާ ރައްޔިތުންގެ އިތުބާރު ބޮޑުވާނެ. ރައީސް ނަންގަވަމުން ގެންދާ ފިޔަވަޅުތަކަށް ޝުކުރު ހައްގު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454