އެންމެ ފުރަތަމަ ގޯތި ލިބުނު މީހާގެ ބިން ފާހަގަ ކުރުމަށް ހައުސިންގެ ސްޓޭތް މިނިސްޓަރު އަކްރަމްއާއެކު: ގޯތި ލިބިފައިވާ އެންމެނަށް ގޯތިދީ ނިމެންދެން ކޮންމެ ދުވަހަކު ވެސް ރަޖިސްޓްރީ ދޫކުރުން އޮންނާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި ..-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
27 އޯގަސްޓް 2023 - 18:55
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނަށް ބިން ކަނޑައި އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި އެވެ.
ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުން ކުރިއަށް ދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ. މިއަދު އެންމެ ފުރަތަމަ ގޯތިތައް ދީފައި ވަނީ ހުޅުމާލެ ފޭސް ދޭއްގެ، ވިނަރެސް ފްލެޓްތަކުގެ ބިތްދޮށުގައި އޮންނަ ހުސް ބިމުންނެވެ.
އެއީ 1،200 އަކަފޫޓުގެ 13 ގޯއްޗެވެ.
ރަޖިސްޓްރީ ހަވާލުކުރަން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ރަޖިސްޓްރީ ދޫކުރަން ހަމަޖެހިފައި ވަނީ ގްރޫޕުތަކަށް ބަހައިގެން ކަމަށެވެ.
"ވަރަށް ގިނަ ފަރާތްތަކުން އެބަ ބުނޭ އަޅުގަނޑުމެން މި ދެނީ ނުހިއްކާ އޮތް ބިމަކުންނޭ. އަޅުގަނޑުމެން ރަޖިސްޓްރީ ހަވާލުކުރާނީ ބިން ކަނޑައިފަ ދީފައި،" އޭނާ ވިދާޅުވި އެވެ.
ގޯތި ލިބިފައިވާ އެންމެންނަށް ގޯތި ދީ ނިމެންދެން ކޮންމެ ދުވަހަކު ވެސް ރަޖިސްޓްރީ ދޫކުރުން އޮންނާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
"ގުޅިފަޅާއި ގިރާވަރު ފަޅުން ވެސް ގޯތި ކެންޑެމުން ދާނެ. ރަޖިސްޓްރީ ވެސް ހަވާލު ކުރެވެމުން ދާނެ. މި ރަޖިސްޓްރީއަކީ ގާނޫނީ ގޮތުން ސައްހަ ރަޖިސްޓްރީއެއް، މިއަކަށް އިތުރު ސުވާލެއް ނުއުފެދޭނެ. އަޅުގަނޑުމެން މި ރަޖިސްޓްރީ ކޮށްދެމުން މި ދަނީ އެގްރިމެންޓާ އެެއްގޮތަށް. މޮޓޮރައިޒްކޮށްދެއްވަނީ ގާނޫނީ ވަކީލުން،" އޭނާ ވިދާޅުވި އެވެ.
ގޯތި ލިބުނު މީހަކު ރަޖިސްޓްރީގައި ސޮއި ކުރަނީ.-- ފޮޓޯ: ފަޔުާޒް މޫސާ/ މިހާރު
ހައުސިން މިނިސްޓްރީން ބުނީ އެއްބަސްވުމުގައި ސޮއިކުރުމަށް ގޯތި ލިބުނު މީހާ ނޫން އެހެން މީހަކު ފޮނުވާ ނަމަ، "ގެދޮރުވެރިން ޕޯޓަލް"ގައި އެޓޭޗްކޮށްފައިވާ "ޕަވާ އޮފް އެޓާނީ" ފުރިހަމަކުރުމަށް ފަހު ސޮއިކޮށް، ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފޮނުވާ މީހާއާ ހަވާލުކުރަން ވާނެ ކަމަށެވެ.
ބަދަލުގައި ސޮއި ކުރަން ދާ މީހާ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އައްޔަން ކޮށްފައިވާ މީހާ އެނގޭ ޕަވާ އޮފް އެޓާނީގެ އަސްލާއި، އައިޑީކާޑުގެ ކޮޕީ ގެންދަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގެ ނަމޫނާ އާއި ޕަވާ އޮފް އެޓާނީ މިއަދުން ފެށިގެން "ގެދޮރުވެރިން ޕޯޓަލް" އިން ފެންނަން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ގޯތީގެ ބިން ކެނޑުމަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މިއަދު ރަޖިސްޓްރީ ދޫކުރަން ފަށާފައިވާއިރު އިއްޔެ ވަނީ ހައުސިން މިނިސްޓްރީ މެދުވެރިކޮށް ގޯތީގެ ރަޖިސްޓްރީ ހަދައިދެވޭ ގޮތަށް، "ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯތި އަދި އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓްރީ ކުރުމުގެ ގަވާއިދު" އިސްލާހު ކޮށްފަ އެވެ.
މާލޭގެ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ބިން ދޭން ގޯތި ލިބުނު މީހުންގެ މެދުގައި ގުރު ވެސް ވަނީ ނަގައި ނިންމައިފަ އެވެ. އެ ސްކީމްގެ ދަށުން 18،955 މީހަކު ގޯއްޗަށް ޝަރުތު ހަމަވާއިރު، އެއީ 9،003 ގޯތި ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފަރު
28 August 2023
ރާއްޖެއިން ގެއްލެމުންދިޔަ މާލެ ރާއްޖެތެރެ މީހުންގެ ފަރަޤު އަނެއްކާވެސް އިޔާދަކޮށް، މާލޭގައި މުޅި އުމުރު ހޭދަކޮށް، މާލޭގައި ދިރިއުޅެމުންދާ ރާއްޖެތެރެ މީހުންނަށް ހަނދާންކޮށްދިނީ، ހަޤީޤަތުގައިވެސް ރާއްޖެތެރެމީހުންގެ އެއް ކުޅަނދުމަދުކަން. މާލެ ޕީޕަލް އަރ ސުޕީރިއަރ ހިއުމަން ބީންސް
ދެރަ
28 August 2023
އިބޫ ވެރިކަމުގެ ދަހިވެތިކަމުގަ މުޅިގައުމުގެ ރައްޔަތުންގެ އެތަށް ސަތޭކަ މިލިއަން ރުފިޔާ ބަޔަކަށް ބަހާލީ ފްލެޓްވެސް ހަމަ އަގުގަނަމަވެސް ހައްގުވާމީހުންނަށް ވިއްކަނީ ގޯތިވެސް ހަމައެގޮތަށް ހަމައަގުގަ ވިއްކިނަމަ އޯކޭވެދާނެ މުޅި ދުނިއެއަށް ބެލިއަސް ކެޕިޓަލް ސިޓީއިން ހިލޭ ބިންދޭ ގައުމެއް މިދުނިއޭގަ އޮތްހެނެއް ހިއެއްނުވޭ ސަލާމަތްނުވާވަރަށް މުޅިދައުލަތް ދަރުވާފަ ނަގާ ލޯނުފައިސާ ވަކިބަޔަކަށް ހިލޭތިބަހާލީ ހަމައެކަނި މިކަމުންވެސް އިބޫ ވެރިކަމަށް ކުފޫހަމަނުވޭ
އަކުރޭ
28 August 2023
ހުޅުމާލޭއިން ގޯތި ދޫކުރިލެށް އަވަސްކަމުންތަ ރައްޔިތުން ގޮވެލިފަތި އެއީ ރަގަޅު ވާހަކައެކެވެ. ތިކަހަލަ މީހުންނަކީ ދޮގުވެރީންނެވެ. ރައީސް ސޯލިހު ވެރިކަމުގައި ހުޅުމާލެއިން ގޯތި ދިނުމަށްޓަކައި މިހާތަނަށް ހިއްކައިގެން ހުޅުމާލެގައި ބިންކޮޅޮއް އެބައޮތްތޯއެވެ. މީގެ 3 އަހަރު ކުރީން ވެސް ތި ބިމުން ގޯތި ނުދީ ލަސްކުރީ ވޯޓަށް ތޯއެވެ. ގިރާވަރު ފަޅުން ގޯތި ދޭވަހަކަ ތި ދައްކަނީ ހިއްކާފައި ރިވެޓްމަންޓް ވެސް އަދި ފެނާއި ނަރުދަމާ ނިންމައިފައި ވޭތޯއެވެ.
ޢަދަދު
28 August 2023
މިޤައުމުގައި މީގެކުރިން ދުވަހަކުވެސް ނުއުފެދޭ ވަރުގެ ފިތުނައެއް ތިޔަކަމުގެ ސަބަބުން އުފެދިގެންދާނެ. މާލޭ މީހުންގެ ވޯޓް ހޯދަންކުރިކަމެއް. އެކަމަކު ހަލާކުވެގެންދާނީ ޤައުމުގެ ކުރިމަގު. މިހާރު ރާއްޖޭގެ އެއްވެސް ހިސާބަކުން ހިލޭ ގޯތިބަހާކަށް ނުޖެހޭ. ޤައުމު މިވަނީ އެއަށްވުރެ ކުރިއަރާފައި. މާލޭމީހުންނަށް ހިލޭ ރަންބިން ބަހަންޏާ މަގޭ ފުލެޓަށް މަވަވެސް ފައިސާނުދައްކާނަން. އެއީ ޖައްވުގައި ހުރި ތަންކޮޅެއް. ބިމެއްނޫން.
ޢަޖައިބެއް
28 August 2023
ހުޅުމާލެއިން މާލެމީހުންނަށް ބިންލިބުނީމަ ރުޅިއަންނަމީހުން ކިޔާ އެއްޗެއް ވިސްނޭ. ރާއްޖޭގެ އެހެން ސަރަޙައްދުތައް ތަރައްޤީނުކޮށް މިގޮތަށް ކަންތައްކުރީމަ ގޯސް. އެކަމަކު ގުޅިފަޅާއި ގިރައިވަރުން ލިބިގެން މާލެމީހުންދެކެ ރުޅިއަންނަންވީ ސަބަބެއް ނޭނގުނު. އެއީ އަދި އެއްވެސް ވަސީލަތެއް ހުރި ރަށްތަކެއް ނޫން. ބޮޑުބައި އޮތީ ކަނޑުއަޑީގަ. މިދާ ރޭޓުގަ ތިޔަ ބްރިޖު ނޭޅޭނެ ކުރިއަށް އޮތް ދިހައަހަރު ނިމޭތާވެސް. އަދި މިބިންތަކުގައި އަގެއް ނެތެންނު؟
މަފަކީރު
28 August 2023
މާލޭމީހުންނޭ ދޯ މިކިޔަނީ. ގުޅީފަޅު މީހުންނެއްނޫން. ގިރާވަރުމީހުންނެއްވެސްނޫން. ހުޅުމާލޭ މީހުންނެއްނޫން. ދެން ކީއްވެހޭ ހަމައެކަނި މާލޭ މީހުންނަށް އެތަންތަން ހިބަކޮށްދޭންވީ؟ ދެންޏާ ހުރިހާ ދިވެހީންނަށް ނުދޭންވީ ކީއްވެ؟ މީ ކިހާބޮޑު އަނިޔާއެއް. މިޤައުމުގައި މިހާ އަނިޔާވެރި ވެރިއެއް އަޔަނުދެއްވާނދޭވެ. އާމީން
ޢަޖައިބު.
28 August 2023
ފަކީރަށް ނޭނގެނީތާ. މާލެއިން އެހެން އަތޮޅުތަކުގެ މީހުންނަށް ބިން ދީފަ އޮތީ. މާފަންނުން ގިރައިވަރު މީހުންނަށް ދިން. ދެންވެސް އެހެން އަތޮޅުތަކުން އައިސް ސަރުކާރުގަ މަސައްކަތްކުރި މީހުންނަށް ގޯތި ލިބިފަހުރީ. ދެންކީއްވެ މާލެމީހުންނަށް ނުލިބެންވީ؟
ހޮޓްކިންގ
28 August 2023
ގޯތި ދިނީމާ އެތާ ބައެއްމީހުން ފައްޖެހިނދު ބަހައްޓައިގެން ނިދާހަދަޔޯވެސްކިޔާ. އެކަމަކު ގިރާވަރުފަޅުވެރިން ތިބީ ކުރިޔަށް އޮތް 12 އަހަރުތެރޭވެސް އެތަނުގެ ދިރިއުޅެވޭނެ އަސާސީ ޚިދުމަތެއްވެސް ނުލިބޭނެކަމަށް ދެކޭތީ ކަރުތާ ފެނަށްއެރި. ސަރުކާރަށް ތާއީދުކުރާ ބައެއް ބޮޑުންނަށްވެސް ހުޅުމާލޭން ގޯތިލިބުނީ ހަމަ އިއްތިފާގުންކަމާމެދު ހިތުގާ ވަހުމުތައްހިނގާ. އެއްބަޔަކު ހުރިހާ ވަސީލަތްހުރިތާކުން ގޯތިލިބި އަނެއްބަޔަކު ކަނޑުވީމީ ތިބީ ބޮޑު މާޔޫސްކަމެއްގަ.
ހުޅުދޫ ކަޅޯ
28 August 2023
ދެކޮޅުޖެހޭ ކަމެއްނޫ ... މުޅިރައްޔަތުންގެ ނަމުގަ ބޮޑެތި ލޯނުނަގަވާ ވަކިބަޔަކަށް ހިލޭ އަގުބޮޑެތި ބިންދިނުމީ .... ތިޔަ މައްސަލަ ށަރުއީނިޒާމުން ގޮތެއް ހޯދުމަަށް މިދަނީ ކޯޓަށް ވައަދަން ތައިޔާރުވަމުން. ގުދުތަރުން ހިކިފައިވާ ބިމަކާއި ލޯނުން ހިއކިބިމެއް އެއްހަމަ ކުރާނެ އުސޫލެއް ނުވިސްނޭ ...... ތިޔައީ އިންތިހާބަށް ދެއްވި ފަސާދައެކެވެ.. ؛
ފަޤީރުކަލޯ
28 August 2023
ޤައުމު ހަލާކުކޮށްފި މީހަކު މީގެކުރިން ދުވަހަކުވެސް ވެރިކަން ހޯދަންވެސް މިވަރަކަށް ޤައުމަށް ޣައްދާރެއްނުވޭ. ތިޔަ ތަންތަން ބުރިބުރިއަށް ނަގާފައި ތިޔަތަން ލިބޭމީހުން އުޅޭނީ ތަން ކުއްޔަށްދީފައި ޔޫރަޕް ޤައުމުތަކުގައި. އަތުންފައިން އެއްވެސް މަސައްކަތެއްނުކޮށް މުޅި ދަރިފަސްކޮޅަށް އުޅެވުނީ. އަދި އިތުރު ފުލެޓްތަކަށް އިއުލާނުކުރިއަސް އެމީހުންނަށް އެތަންތަނުންވެސް ފުލެޓް ލިބޭނެ. މިޤައުމުގައި ހަމައެއްލަމައެއްނެތް
މުޖުތަބާ ޖަލީލު
28 August 2023
ތިޔަގޯއްޗަށް ވާނީ ރާއްޖެތެރޭގެ ރަށްރަށުގައި އިބޫ ހުޅުވާ ރީތި ފެނުގެ ނިޒާމަށްވާގޮތައް! ފެނުގެ ޒިމާމު ހުޅުވައިދެއްވި އެއްވެސް ރަށަކުން ފެނެް ނުލިބޭ!
އެމް8
28 August 2023
ރާއްޖެ ތެރޭވިއްޔަ މިޖެހެނީ އަމިލްއަށް ރަޖިސްޓްރީކުރަން ހުށަހަޅަން. އެވެސް ނަމެއްފާސްކޮށްގެން. އެކަމު ވޯޓަށް މާލެއިން މިދެނީ މިނިސްޓްރީއިން ކަންޖެހުމާއެކު ރަޖިސްޓްރީމިދެނީ. މީތޯ ހަމަހަމަކަމަކީ. އަނެއްކާ ތި ރަޖިސްޓްރީތަކުގައި ގޯތީގެ ނަން އިދޭތޯ؟ ފޮޓޯއަކުންވެސް ރަޖިސްޓްރީ ސާފްކޮށް ފެންނަން ނެތީމަ ސުވާލު އުފެދޭ. ނޫނީ ގޯޗައް މިނިސްޓްރީއިން ނަންދިނީ " ވޯޓް 1" "ވޯޓް 2" މިގޮތައްތޯވެސް ސުވާލު އުފެދޭ
ރެޓޭ
28 August 2023
މިއީ މިހާތަނަށް ރާއްޖޭގެ ވެރިޔަކު ކުރި އެންމެ ވިޔާނުދާކަންތައް! ނަސްލީއިމްތިޔާޒުގެ ލާމަސީލު މިސާލެއް! 14 މިލިޔަން ރުފިޔާގެ އަގުހުރި މުދަލެއް ހިލޭ މި އަގުބޮޑު ސަރަހައްދުން ވަކި ބިމިކަށް ނިސްބަތްވާ ބަޔަކަށް، މަސްނޫއީ އެހެން ބިމަކުން ހަމައެކަނި ލިބޭގޮތަށް ބަހާލުމަކީ އިންސާފާ ޢަދުލުވެރިކަމާ ހަމަހަމަކާ ރާއްޖޭގެ ޤާނުނު އަސާސީގެ ރުހާ އިންސާނީ ކަރާމަތާއިވެސް މުޅިންޚިލާފަށް ހިންގަމުންދާ ވަރަށްބޮޑު ޖަރީމާއެއް!