ބިންވެރިޔާ ސްކީމްގެ ދަށުން، މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ އެއްބަސްވުމުގައި ސޮއިކޮށް، އިން ކަނޑައި، ގޯތި ލިބުނު މީހެއް: ގޯތި ލިބޭ މީހުންގެ ލިސްޓު އާންމު ކުރުމާއެކު ގޯތީގެ ޑިޒައިން ކޮށް ޕްލޭން ތައްޔާރު ކުރަން ފަށާފައިވާ ކަމަށް އޭނާ ބުނި.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު
28 އޯގަސްޓް 2023 - 06:24
އުފަންވީ މާލެ އަށެވެ. ތޮއްޖެހިފައިވާ މި ރަށުގައި ދަރިންނާ އެކު ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅޭ އެތައް ބައެކެވެ. އެ މީހުން މި ހުވަފެން ދެކެމުން އަންނަތާ އެތައް ދުވަހެކެވެ: މާލެ އިން ބިމެކެވެ.
އިއްޔެ އަކީ އެ ހަގީގަތް ފެންނަން ފެށި ދުވަހެވެ. މާލޭގެ ރައްޔިތުންނަށް ދޭން މި ސަރުކާރުން ވައުދުވި ގޯތިތަކުގެ ތެރެއިން ބައެއް ގޯތިތަކުގެ އިން ވަކިކޮށް، ރަޖިސްޓްރީ ދީ، ބިން ކަށަވަރުކޮށްދީފި އެވެ.
"ވަރަށް އުފާވެއްޖެ. ގަބޫލު ވެސް ކުރަން ދަތި ކަމެއް މިއީ. ކޮންމެ ފަހަރަކު ފްލެޓަށް ވެސް ފޯމު ލަން އެކަމަކު ނުލިބޭ، ލައްވައެއް ނުލާ. ޝަރުތު ހަމައެއް ނުވޭ ދުވަހަކު ވެސް." ހުޅުމާލެ ފޭސް ދޭއްގައި އިއްޔެ ހަވީރު ބިން ކަނޑަން ފެށި ސަރަހައްދުން ފުރަތަމަ ބިން ލިބުނު މީހާ ބުންޏެވެ.
އޭނާ ގޯއްޗަށް އެދި ހުށަހެޅީ މީގެ ކުރިން ފްލެޓަށް ވެސް ހަމަ ހުށަހަޅާ ޑޮކިއުމެންޓްތަކެވެ. އޭނާ އަށް ގޯތި ލިބިއްޖެ އެވެ.
"ގަބޫލު ކުރަން ދަތި ނަމަވެސް މިއީ ހަގީގަތް،" އޭނާ ބުންޏެވެ.
އެންމެ ފުރަތަމަ ގޯތި ލިބުނު މީހާގެ ބިން ފާހަގަ ކުރުމަށް ޖަހާފައިވާ ބޯޑުކައިރީ ފޮޓޯއަކަށް ހުއްޓިލައިގެން: ގޯތި ލިބިފައިވާ އެންމެންނަށް ގޯތިދީ ނިމެންދެން ކޮންމެ ދުވަހަކު ވެސް ރަޖިސްޓްރީ ދޫކުރުން އޮންނާނެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިއްޔެ ދޫކުރި ގޯތިތަކުގެެ ކޮންމެ ބިންވެރިއެއްގެ މޫނުމަތިން ވެސް ފެނުނީ އާދަޔާހިލާފު އުފާވެރިކަމެކެވެ.
"ވަރަށް އުފާ ވެއްޖެ، ވަރަށް ވަރަށް އުފާ ވެއްޖެ. ވަރަށް ދުވަހުގެ އިންތިޒާރު މިއީ،" ހުޅުމާލެއިން ދޫކުރަން ފެށި ގޯތިތަކުން ފުރަތަމަ ބިން ލިބުނު މީހުންގެ ތެރޭގައި ހިމެނޭ ފާތުމަތު ރަޝީދާ ބުންޏެވެ.
އޭނާއަށް ކުރެވުނީ އެތައް ދުވަހެއް ވަންދެން ކުރި އުންމީދުތަކަށް ނިމުން އައި ކަމުގެ އިހުސާސްތަކެވެ. މާލޭގައި އުޅެމުން އައި ހިތްދަތި ދިރިއުޅުން، އެއީ މާޒީ ކަމަށް ބަދަލުވުމުގެ ހުވަފެންތަކެވެ. ކުދި ތަންތަންކޮޅުގައި އުޅުނު ދިރިއުޅުން ނިމުމަކަށް އައިސް އަމިއްލަ ބިމެއްގައި އަމިއްލަ އިމާރާތެއް ހުންނާނެ ދުވަހަކީ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި އެއް ދުވަސް ކަމަށް ބުންޏެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން، މާލެ ސަރަހައްދުން ގޯތި ލިބުނު މީހަކު ހުޅުމާލެއިން ގޯތި ދިން ސަރަޙައްދުގައި-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"އަޅުގަނޑު އަބަދުވެސް އުންމީދު ކުރިން ގޯތި ލިބޭނެ ކަމަށް، މި ސަރުކާރުން ގޯތި ދޭ ވާހަކަ ދައްކަން ފެށީއްސުރެ ވެސް. ގުޅިފަޅުން، ގިރާވަރުން ނޫނީ ހުޅުމާލެއިން ކޮންމެ ތަނަކުން ލިބުނަސް މައްސަލައެއް ނެތް،" ފާތުން ބުންޏެވެ.
ގޯތި ލިބޭ މީހުންގެ ލިސްޓު އާންމު ކުރުމާއެކު ގޯތީގައި އިމާރާތް ހުންނާނެ ގޮތުގެ ޑިޒައިންކޮށް ޕްލޭން ތައްޔާރު ކުރަން ފަށާފައިވާ ކަމަށް އޭނާ ބުންޏެވެ.
ގޯތި ލިބުނު މީހެއްގެ ގޯތީގެ އިން ވަކިކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ ސަރަހައްދުގައި ހުރެ ވާހަކަ ދެއްކި އެހެން މީހަކު ބުނީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ މީގެ ކުރިން އެއްވެސް ސަރުކާރަކުން އަޅާ ނުލާ އޮތް ކަމެއް ކަމަށެވެ. އިއްޔެ ގޯތި ކަނޑަން ފެށިޔަސް، އެއީ ދުވަހަކު ވެސް އަތުވެދާނެ ކަމަށް އުންމީދު ކުރި ދުވަހެއް ނޫން ކަމަށް އޭނާ ބުންޏެވެ.
"އެންމެ ފަހުން މާލެއިން ގޯތި ދޫކުރީ މީގެ 40 ވަރަކަށް އަހަރު ކުރިން ކަންނޭނގެ. މަންމަ ނޫނީ ބައްޕަގެ ގެ ބަހައިގެން ކުދި ތަންކޮޅުކޮޅުގައި އުޅެން މި ޖެހުނީ. އެކަމަށް ހައްްލެއް މި އައީ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އޭނާ ބުންޏެވެ.
ގޯތި ލިބުނު މީހަކު ރަޖިސްޓްރީގައި ސޮއިކުރުމަށްފަހު ބިން ލިބޭ ސަރަހައްދުގައި، ގޯތީގެ ރަޖިސްޓްރީ ބަލާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިއްޔެ ދޭން ފެށި ގޯތިތަކާއެކު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށާއި ވަރަށް ގިނަ ދުވަހު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެގެންދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.
ގޯތި ކަނޑަން ދިޔަ ސަރަހައްދުގައި ހުރި ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އުފާވެރި ކަމެވެ. އެތައް އަހަރަކަށްފަހު އަމިއްލަ ނަންމަތީ ބިންކަނޑައި، ރަޖިސްޓްރީ ދިނުމުން ބައެއް މީހުން އުފަލުން ރުޔެވެ.
މިއަދަކީ މާލޭ މީހުންނަށް އުފާވެރި ދުވަހެއް ކަމަށް ވެސް އެ މީހުން ބުންޏެވެ.
ހުޅުމާލެއިން ގޯތި ލިބޭ މީހުންގެ އެއްބަސްވުމުގައި އިއްޔެ ހަވީރު ސޮއިކުރަން ފަށައިފައި ވާއިރު، އިއްޔެ 30 މީހަކަށް ގޯތީގެ ރަޖިސްޓްރީ ދިނެވެ. އެއީ 1،200 އަކަފޫޓުގެ ގޯއްޗެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔަތުން
29 August 2023
އަމިލަޔައް ނުހިކުނުތާ ފުލެޓެވެސް އަޅާ ނުލެވު ވު. ޔާމީނު ހިއްކި ތަނެއް ބަހާލީ. ތިކަމުން ވޯޓް ހައްގީ ޔާމީނަަ އަދި މުއާޒު އަށް
ނަސޭހަތް
28 August 2023
ކޮންމެއަކަސް މިސަރުކާރުން ދޭނެ ގޮތަކަށް ގޯތި ދީ ނިންމައިފި. ދޭން އޮތް ނަސޭހަތަކީ ހިސާބަށްވުރެ ދަހިވެތިނުވެ، އެހެން މީހުންނަކީވެސް އިންސާނުންކަމަށް ދެކިގެން އެ މީހުންގެ ލޭކޮޅު ދެމޭވަރަށް ބޮޑު ކުއްޔަކަށް ތަންތަން ހަދާފަ ނުދޭން. ޞަދަގާތެއްގެ ގޮތުންވެސް އެހެން މީހުންނާމެދު ހަމްދަރުދީވެ އެ މީހުން އަތުން ބޮޑު ފައިސާގަނޑެއް އަތުނުލާ އެމީހުންނަށްވެސް ފޯރާނެ މިންވަރުން ކުއްޔަށް ދޭން ވިސްނަންވާނެ. ދެންވެސް ތިބީ ހަމަ މުސްލިމް އަޚުންނާ އުޚުތުން
އަންދަލޫސިޔާ
28 August 2023
ޑރ. މުޢިއްޒު އަދި ދެންތިބި ހުރިހާ ކެނޑިޑޭޓުން ވެސް ބޭނުންވަނީ މާލޭ މީހުންނަށް ގޯތިދޭން. އަދި ޑރ. މުޢިއްޒު ބޭނުންވަނީ ޢިމާރާތްވެސް ކޮށްދޭން. ގޯތި ދިނުމާ ދެކޮޅުވީމާ އިބޫއަށް ވޯޓުދޭން ނުޖެހޭ ސަބަބެއް ނެތް. ގޯތި ދޭން ހުރިހާ ކެނޑިޑޭޓުން ތާއީދުކުރޭ!
ރިއަލްއެސްޓޭޓް
28 August 2023
އެހެންތާ ވާނީ. މުއިއްޒުވެސް، އިބޫވެސް އަދި ނާޒިމް އަކީވެސް އެމީހުންގެ މާލޭ ބިންތައް އަތޮޅުތެރޭ މީހުންަށް ކުއްޔައްދީގެން މުއްސަދިކަން ހޯދާ ބައެއް. މިފަހަރުވެސް ބިންތައް ބަހާލި އިރު މި ތިން މީހުންގެ އާއިލާތަކަށް ވަނީ ހިލޭ ބިން ލިބިފަ. އެހެންވީމަ މިމީހުން ބޭނުމެއްނުވާނެ ނުހައްގުން މިދިން ބިންތައް އަތުލާކަށްވެސް. މިފަހަރު މަގޭ ވޯޓު ގާސިމަށް. ހިލޭ މާލޭ މީހުންނަށް ބިން ލިބެންޏަ އެންމެނަށް ހިލޭ ބޯހިޔާވަހިކަން ލިބެންޖެހޭނެ. ނޯ ޓު މާލޭ ބޭފުޅިޒްމް އަށް
ލީމާ އަހްމަދު
28 August 2023
މާލޭ މީހާއަށް ހިލޭ ގޯތި ބަހާލި މީހާއަކީ ކުޑައިރު މާލޭގެ ގެއެއްގައި ގެންގުޅުނު ކުައްޖަކަށްވިޔަސް އޭނާއަށް މާލޭގައި އެހެން ރަށްރަށުގެ ރައްޔިތުން ދިރިއުލޭ ހާލު ނޭގުނުތާ. އަދި މޭލޭ މީހުންނަކީ ގެދޮރު ކުއްޔަށްދީގެން ކުލިން ކައިބޮއި އުޅޭ ބައެއްކަން ނޭގޭތީތާ އޭނާ މާލޭގައި ގެދޮރު ހުރި މީސްމީހުނަށާއި އެމީހުންގެ ޅަދަރިންނަށް ދަންދެން ފުލެޓާއި ގޯތި ބަހަމުން އެދަނީ. ވަރަށް ނުބައި ކަމެއް ކުރިމީހެއް ތިއީ.
ޖަމީލުބެ
28 August 2023
މާލޭގެ ރައްޔިތުންނަށް އުފާވެރި ކަމެއް
ބަދަލުކުރޭ.
28 August 2023
މިކަންކަން ރަނގަޅު ކުރެވޭނީ ވެރިކަން ބަދަލު ކޮށްގެން. މިހާރު އޮތް ވެރިކަމަށް އިތުރު ފުރުސަތު ދީފިނަމަ އަދި އިތުރަށް މިކަންކަން ފުޅާ ކުރާނެ.
އަފްރާސިޔާބު
28 August 2023
ވެރިކަން ބަދަލު ކުރުމަށް ފަހު ވަކިމީހަކު ނުބަލާ ޕާޓީ ކުދިންނަށް ގޯތިދޭނީ މުއިއްޒުގެ އަމިއްލަ ބިމަކުންތަ؟ ގޯތި ދިނުމާ ދެކޮޅު އެކަމަކު މުއިއްޒު އަތުވެއްޖެއް އިތުރަށް ގޯތި ދީފައި ލޯންވެސް ދޭން ވައުދު ވީމާ ތަމެން ބާރަށް އަތްޖަހާފައި އިބޫ މާލޭ މީހުންނަށް ދިނީމާ ތަންމެން ތިހާ ރުޅިއެއް އަންނަނީ ކީއްވެބާ؟ މުއިއްޒު އެވިދާޅުވީ ފުށި ދިއްގަރު ފަޅުންވެސް ގޯތި ދޭނެ ވާހަކަ. އަދި ލޯންވެސް ދޭނެ ވާހަކަ. ދެން މަބުނަންވީތަ ދީގެންނުވާނޭ. ލޯނޭ ދަރާވިކެނީއޭ.
ޕޫރުބެ
28 August 2023
ތީ ސަރުކާރުން ކަރަޕްޝަނަށް ފަހިވާގޮތަށް ވަކިބަޔަކަށް ފައިދާވާގޮތށް ހިންގާފަވާ ޖަރީމާއެއް! މަގޭވޯޓާއި މަގޭ ބަހެއއ ގަބޫލުކުރާމީހެއްގެ ވޯޓުވެސް ނުލިބޭނެ.
މަގަނަ
28 August 2023
ވޯޓު ނެދެންނާ ނުދީ. ހަމައެކަނި މާލެއިންވެސް އިބޫއަށް 85 ޕަސެންޓް މީހުންގެ ވޯޓު ލިބޭނެ. ބަޔަކު ކިތަންމެ ރުޅި އައި ކަމަށް ވިޔަސް ބިން ދިނީ މާލޭގެ ނިކަމެތި އާއިލާ ތަކުގެ ނިކަމެތިންނަށް. އެމީހުންވެސް ވަންނާނެ ތަނެއް ނެތިގެން ދިރިއުޅެނީ މުޅި އއިލާ ގޮވައިގެން އެންމެ ކޮޓަރި ގަނޑެއްހައޮ. ރާއްޖެތެރޭގެ ބޮޑެތި ގޯތި އޮންނަ މީހުންވެސް މިއުޅެނީ ހަމަ މާލެއިން ގޯތި ހޯދަން.
ލޮލްލޮލީ
28 August 2023
ރޮޒޭނާ ވެސް ހަމަ ނިކަމެތީދޯ؟
އަފްރާސިޔާބު
28 August 2023
މާލޭ މީހުން ދެކެ މިރުޅިއަންނަނީ އެމީހުން މާލޭ މީހުންނަށް ވީމާ. މާލޭ މީހުންތިބެންވާނީ ކުދިންގެ ބޮލަށް ގޯތި ބަހައިގެން އަލިފާން ފޮށީގައި. ރާއްޖެތެރެއިން އެމީހުން ގޯތިނަގާފައި ހެދޭ މީހުން ހަދާފައި ކުއްޔަށް ދީފައި މާލެ އައިސް މިބުނަނީ ތިމަންނައަށް މާލޭންވެސް ގޯތި ދޭންވާނޭ. ޢެހެންނޫނީ ވޯޓެއް ނުދޭނަމޭ. ދިނަސް ނުދިނަސް މިފަހަރު މާލޭ މީހުންނަށް ބިންލިބޭނެ ކަން ކަށަވަރު. ދެން އަންނަ ސަރުކާރަކުން ނުނަގާނަމަ އެމީހުންނަށް ބިން ޔަގީންވީ. ލޯނުވެސް ލިބޭނެ.
ޞޯދު
28 August 2023
މާލޭ މީހުން އެކަނިތަ ވޯޓު ދެނީ… މަބަލާނަން ހޮވޭތޯ
ކަމަނާފާނު
28 August 2023
މުއްސަދިން ނަށް ހުޅުމާލެއިން ގޯތިތައް ބަހާ ލާފަ ނިކަމެތިން ނުހިއްކާ އޮތް ފަޅަކައް އަޅާލީމަވަރަށް އުފަލުން މިތިބީ. ދުވަހެއް އަންނާނެ ކަން ހަދާނުގަބަހައް ޓާތި