ދުނިޔެ / އެމެރިކާ

މެކްސިކޯ ބޯޑަރުގައި ދެ އަހަރު ތެރޭ ފާރު ރާނާ ނިންމާނެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (މ) އާއި ސީނިއާ އެޑްވައިޒަރު ޖާރެޑް ކުޝްނާ އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޖޯން ކެލީ. --ފޮޓޯ:އޭއެފްޕީ

02 ފެބުރުއަރީ 2017 - 13:43

3 comments

ވޮޝިންޓަން (ފެބްރުއަރީ 2) - އެމެރިކާ އާއި މެކްސިކޯގެ ސަރަހައްދީ ރޮނގުގައި ރޭނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރައްވާފައިވާ ފާރުގެ މަސައްކަތް ދެ އަހަރު ތެރޭ ނިންމާލެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ހޯމްލޭންޑް ސެކިއުރިޓީއާ ބެހޭ ވަޒީރު ޖޯން ކެލީ ވިދާޅުވެއްޖެ އެވެ.

"ފާރު ފުރަތަމަ ރާނާނީ އެންމެ ބޮޑަށް ބޭނުންވާ ސަރަހައްދުގައި. ކުރިއަށް އޮތް ދެ އަހަރު ތެރޭ ފާރުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރަން،" ފޮކްސް ނިއުސްއާ ވާހަކަ ދައްކަވަމުން ކެލީ ވިދާޅުވި އެވެ.

ކެމްޕޭން ވައުދާ އެއްގޮތަށް މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި 2،000 މޭލު (3،200 ކިލޯ މީޓަރު) ގެ ފާރު ރޭނުމުގެ އަމުރުގައި ޓްރަމްޕް ވަނީ ހުކުރު ދުވަހު ސޮއި ކުރައްވައިފަ އެވެ. ބޭނުމަކީ ގަވާއިދާޚިލާފަށް އެތެރެވާ މީހުންނާއި މަސްތުވާތަކެތި އެމެރިކާ އަށް އެތެރެކުރުން ހުއްޓުވުމެވެ. މީހުންނާއި ވެހިކަލް ހުއްޓުވުމަށް މިހާރު ވެސް ވަނީ އެމެރިކާ އާއި މެކްސިކޯއާ ދެމެދު 653 މޭލުގެ ފެންސެއް ޖަހައިފަ އެވެ.

މެކްސިކޯ-އެމެރިކާ ބޯޑަރުގައި ގާއިމްކޮށްފައިވާ ފެންސް ބޯޑާ ޕެޓްރޯލް އެޖެންޓުން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

ފާރުގެ މަސައްކަތް ޕްލޭންކޮށް ރޭނުމުގެ މަސައްކަތް ބަލަހައްޓަވާ ކެލީ ވިދާޅުވީ ދެކުނުގެ ބޯޑަރު ވަރުގަދަ ކުރާ އިރު ޓެކްނޮލޮޖިކަލް ސެންސާ ފަދަ ތަކެތި ވެސް ހަރުކުރާނެ ކަމަށެވެ. އަދި މިހާރު ހުރި ގާނޫނުތަކުގެ ދަށުން ވެސް ފާރުގެ މަސައްކަތް ފެށިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ގޮތުން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް ކެލީ ވިދާޅުވި އެވެ.

މެކްސިކޯގެ ބޯޑަރުގައި ފާރު ރޭނުމަށް 4-10 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ޓްރަމްޕް ލަފާ ކުރައްވާފައިވެ އެވެ. ނަމަވެސް ތަޖްރިބާކާރުން ބުނަނީ ބޯޑަރުގައި ރާނާ ފާރުގެ 400 މޭލަށް 11 ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށެވެ. އެމްއައިޓީ ޓެކްނޮލޮޖީ ރިވިއު އިން ލަފާކޮށްފައި ވަނީ 1،000 މޭލުގެ ސްޓީމް އަދި ކޮންކްރީޓް ފާރަކަށް 27-40 ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށެވެ.

މެކްސިކޯ-އެމެރިކާ ބޯޑަރުގައި ގާއިމްކޮށްފައިވާ ފެންސަށް ބަޔަކު އަރަނީ. --ފޮޓޯ:އޭއެފްޕީ

ފާރުގެ އަގު ހޯދާނީ މެކްސިކޯ އިން އެތެރެކުރާ މުދަލުން 20 ޕަސެންޓުގެ ޓެކްސްއެއް ނަގައިގެން ކަމަށް ވައިޓްހައުސް އިން ވަނީ ބުނެފަ އެވެ. މެކްސިކޯގެ މުދަލުން 20 ޕަސެންޓުގެ ޓެކްސްއެއް ނަގަން ފެށުމުން އަހަރަކު 10 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވެސް ވައިޓް ހައުސް އިން ލަފާކޮށްފައިވެ އެވެ. މެކްސިކޯ އިން އަހަރަކު 300 ބިލިއަން ޑޮލަރުގެ މުދާ އެމެރިކާ އަށް އެތެރެކުރެ އެވެ.

މެކްސިކޯގެ ޚާރިޖީ ވަޒީރު ލުއިސް ވިޑެގަރޭ ވިދާޅުވީ އެ ގައުމުގެ މުދަލަށް ޓެކްސް ނަގަން ފެށުމުން އެމެރިކާ މީހުންނަށް މެކްސިކޯގެ ތަކެތީގެ އަގު ބޮޑުވާނެ ކަމަށެވެ. އަދި އެންމެ ފަހުން ފާރުގެ އަގު އަދާކުރަން ޖެހެނީ އެމެރިކާގެ ރައްޔިތުން ކަމަށް އޭނާ ވިދާޅުވި އެވެ.

3 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 5%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަށިމާލި

02 February 2017

އެމެރިކާގެ ދެ ފަރަންޖީން މިޚަބަރަށް ކޮމެންޓްކޮށްފައި އެބައޮތް.. މާތްކަމޯ

The name is already taken The name is available. Register?

ކުޑްބީ

02 February 2017

ސާބަހޭ ޓްރަމްޕް. ހަމަ ޔޫއެސް މެކްސިކޯ ބޯރޑަރ ފާރު ރާނަންވީއެވެ. މައްސަލަ އެއްނެތޭ ޔޫއެސްގެ ކޮންމެ މީހެއްގެ އަތުން ޓެކްސް ނަގައިގެން އެކަން ކުރަން ޖެހުނަސް ކުރަން ޖެހޭނެއެވެ. މެކްސިކޯ ޖެހޭނީ މިފާރު ރާނަން ދާ ޚަރަދު ދޭން އެވެ. 11 ބިލިއަން ޑޮަލަރު ޚަރަދަށް ގޮސްފިނަމަ މެކްސިކޯ އިން ދޭން ޖެހޭނެ 11 ޓްރިލިއަން ޑޮލަރު. އެގޮތަކީ މެކްސިކޯ ބޯރޑަރ ތެރޭން ޔޫއެސް އަށް އެތެރެވާ ހުރިހާ މުދަލުން %25 ބޯރޑަރފީ އެއް ނެގީމާ ނިމުނީ އެވެ. ބޯރޑަރ ފީއެއް ނަގާނަމަ ނުޖެހޭނެ ގާނޫނެއް ވެސް. މިހާރު އޮތް ބޯރޑަރ ކޮންޓްރޯލް ގާނޫނުގެ ދަށުން މިކަން ކުރެވޭނެ ރެގިއުލޭޝަނަށް ގެންނަ ބަދަލުން. މިކަން ކުރަންވީ އެވެ. އެއްގޮތަކަށް ވެސް މިކަން ކުރުން ލަސް ކޮށްގެން ނުވާނެއެވެ. އައި ނޯ ޔޫ ހިއަރ މީ ނައު. ވީއާރ އިން ޑިފެރެންޓް ކައިންޑް ނައު. ވީ ކުޑް ބީ ހީރޯސް ވީ ކުޑް ބީ ހީރޯސް މީ އެން ޔޫ. ވީ ކުޑްބީ.

The name is already taken The name is available. Register?

ގޮޓާޑޫ

02 February 2017

މެކްސިކޯ ބޯރޑަރ ރޭނުމަކީ އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ޔޫއެސްގެ ސަދަން ބޯރޑަރ އަކީ އެއީ ޔޫއެސް އަށް އެންމެ ގިނަ އަދަދަށް ޑްރަގް ފްލޯރ ވާ ޗެނަލް އެވެ. ޔޫއެސް ބޯރޑަރ ޕެޓްރޯލް ފުލުހުން ވެސް މިލިއަން ޑޮލަރުން ކަޓް ކާލައިގެން އެތައް އެމެރިކަނުންނެއް އަދި އެތައް މެކްސިކަނުންނެއް މަރާ އެމެން ވަނީ މަހުޖަނުންނަށް ވެފައެވެ. ލޮސްއެންޖިލީސް، ސެންޑިއޯގޯ، އެރިޒޯނާ، ނިއުމެކްސިކޯ، ޓެކްސެސް އަދި ހުސްޓެން މިސިޓީ ތަކުގެ ޑްރަގް ކާރޓެލް އިން ނަކީ އެއީ މެކްސިކޯ ބޯރޑަރ މެދުވެރިކޮށް ޑްރަގް އެތެރެ ކުރާ މީހުންނެވެ. މީ މެކްސިކޯ ބޯރޑަރާއި އެންމެ ކައިރި ސިޓީ ތަކެވެ. ކަން މިހެން ހުރުމުން ޔޫއެސް މެކްސިކޯ ބޯރޑަރ ފާރު ދެއަހަރު ތެރޭ ކޮންކްރީޓް ކޮށްގެން ރާނާ ނިންމަން ޖެހޭނެއެވެ. ރާނަންވީ 30 މީޓަރު އުސްމިނަށް ޗައިނާގެ ގްރޭޓް ވޯލް އެހުންނަ ގޮތަށެވެ. ނޯވަން އިޒް އެވަރ ގޮނާ ސޭޓު ދިސް ވޯލް. ޔޫ އާރ ގޮނާ ޑޫ ވަޓް ޔޫ ގޮޓާ ޑޫ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454