އިރުގެ ދިރާސާތަކެއް ކުރުމަށް އިންޑިއާގެ ޖައްވީ އުޅަނދެއް ޖައްވުގެ ތެރެއަށް ފުރުވާލަނީ.
03 ސެޕްޓެމްބަރ 2023 - 14:25
އިންޑިއާގެ ޖައްވީ ދިރާސާތަކާ ބެހޭ އިދާރާގެ ޖައްވީ އުޅަނދެއް ހަނދުގެ ދެކުނު ދަނޑި (ސައުތު ޕޯލް) އަށް ކާމިޔާބު ކަމާ އެކު ތިރިކުރުވުމަށް ފަހު، އިރުގެ ދިރާސާތަކެއް ކުރުމަށް އިންޑިއާގެ ޖައްވީ އުޅަނދެއް ޖައްވުގެ ތެރެއަށް އިއްޔެ ފުރުވާލައިފި އެވެ.
މިހާތަނަށް ހަނދުގެ ދެކުނު ދަނޑި އަށް ތިރިކުރި ފުރަތަމަ ޖައްވީ އުޅަނދު، އިންޑިއާގެ ޗަންދްރިޔާން-3 ހަނދުގެ އެ ސަރަހައްދަށް ތިރިކުރީ އޮގަސްޓް 23، 2023 ވީ ބުދަ ދުވަހު އެވެ. ހަނދުގެ އެ ސަރަހައްދަށް މިއުޅަނދު ފޮނުވުމުގެ މައިގަނޑު ބޭނުމަކީ، އެ ސަރަހައްދުގައި ގަނޑުފެން ފަދަ، އިންސާނީ ދިރުމާ ގުޅިފައިވާ އެއްވެސް މާއްދާއެއް ހުރިތޯ ބަލައި ދިރާސާކުރުމެވެ.
ޗަންދްރިޔާން-3 ހަނދަށް ތިރިކުރުމާ އެކު، އިންޑިއާ ވެފައިވަނީ، ޖައްވީ އުޅަނދެއް ހަނދަށް ތިރިކުރުވި ހަތަރު ވަނަ ގައުމަށެވެ. މިހާތަނަށް ހަނދަށް ޖައްވީ އުޅަނދެއް ތިރިކުރުވި ގައުމުތަކަކީ، ސޮވިއެޓް ޔޫނިއަން (ރަޝިޔާ)، އެމެރިކާ، ޗައިނާ އަދި އިންޑިއާ އެވެ.
އިރުގެ އެންމެ ބޭރު ފަށަލަތަކުގެ ދިރާސާތަކެއް ކުރުމަށް، މި މަހުގެ 2 ވަނަ ދުވަހު އިންޑިއާ އިން އުދުއްސައިލި، "އަދިތުޔާ-އެލް1" ރޮކެޓް، އެއަށް ކަނޑައަޅާފައިވާ މަންޒިލާ ހަމައަށް ފޯރާނީ، ހަތަރު މަސް ދުވަސް ވަންދެން ދަތުރުކޮށް 1.5 މިލިއަން ކިލޯމީޓަރު ކަޑައްތު ކުރުމަށް ފަހު އެވެ. އިރުގެ ދިރާސާތައް ކުރުމަށްޓަކައި އަދިތުޔާ-އެލް1 ޖައްވުގެ ތެރޭގައި ބުރުޖަހަމުން ދާނީ، ލަގްރާންޖް ޕޮއިންޓް 1 ގަ އެވެ.
ލަގްރާންޖް ޕޮއިންޓްތަކަކީ، ޖައްވީ ދެ ޖިސްމެއްގައިވާ ދަގަތްފާނީ ބާރު ހަމަހަމަކޮށްދޭ ނުކުތާތަކެވެ. އެގޮތުން އިރަށް ދަމާ ބާރާއި ބިމަށް ދަމާ ބާރު (ޖާޒުބިއްޔަތު) ހަމަހަމަވާ ފަސް ނުކުތާގެ ތެރެއިން، އަދިތުޔާ-އެލް1 އަށް ކަނޑައަޅާފައިވާ މަންޒިލް (ލަގްރާންޖް ޕޮއިންޓް 1)ގައި 5.2 އަހަރު މަޑުކޮށް ދިރާސާތައް ކުރަމުން ދާނެ އެވެ.
އަދިތުޔާ-އެލް1 އިރާއި ބިމާ ދެމެދުގައިވާ ލަގްރާންޖް ޕޮއިންޓް 1ގައި މަޑުކޮށްގެން އޮވެ އިރުގެ ދިރާސާތައް ކުރަމުން ދާނީ، އިންޑިއާގެ ޖައްވީ ދިރާސާތަކާ ބެހޭ ތިން އިދާރާ ގުޅިގެން އުފައްދާފައިވާ ސައެންޓިފިކް އާލާތްތަކުގެ އެހީގަ އެވެ. އެ އާލާތްތައް އުފައްދާފައިވަނީ، އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އައިއެސްއާރްއޯ)، އިންޓަ-ޔުނިވަސިޓީ ސެންޓަ ފޯ އެސްޓްރޮނޮމީ އެންޑް އެސްޓްރޯފިޒިކްސް އަދި އިންޑިއަން އިންސްޓިޓިއުޓް އޮފް އެސްޓްރޯފިޒިކްސް އިންނެވެ.
އިރުގެ ދިރާސާތައް ކުރުމަށް މީގެ ކުރިން ވެސް އެކި ގައުމުތަކުން އިރުގެ ފަލަކަށް ޖައްވީ އުޅަނދުތައް ފޮނުވާފައިވެ އެވެ. ނަމަވެސް އިންޑިއާ އިން މިހާރު ފަށާފައިވާ ދަތުރު ކާމިޔާބު ވެއްޖެ ނަމަ، އިންޑިއާ ވެގެންދާނީ އިރުގެ ފަލަކުގައި ޖައްވީ އުޅަނދެއް ސާބިތުކުރި، އޭޝިޔާގެ ފުރަތަމަ ގައުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަސްބީހަ
05 September 2023
އިރަށް ދެވޭނެ. ހާއްސަކޮށް އިނޑީޔާ ކަހަލަ ކުރިއަރާފަ ވާ ދުނިޔޭގެ ގަދަ ބާރަކަށް. ހެޔޮނުވާނެ އިރަށް ދާއިރު މޯދީ ޖީ ވެސް ގޮވައިގެން އިރުބަލައިލަން ދޭބަލަ.
ޖަހަގަގަ
04 September 2023
ލޮލް
ސާރާ ފާގަދިޔަ
04 September 2023
ހޫނނނނ އިރުގެ ދުވަސް ވެސް އެ ދިޔައީ... އެތާ ކުނި އަންދަން އެ އުޅެނީ އެ ނޫން ކަމަކު ނޫން..
ފޭލްވެފަ
04 September 2023
އިންޑިއާވަނީ އަމިއްލަ ގައުމުގައި ބޮއްސުންލާފައިވާ ކަންކަން ހައްލުކުރަން ފޭލްވެފަ. ހާސްކަނޑާލަން އެކަން ހަނދާންނައްތާލަން ދުނިޔެއިން ބޭރުން ގޮތެއް ފެނޭތޯ ބެލިދާނެ. އެގައުމުގަ ލައްކައިން ގެއްލޭ އަންހެނުން ހޯދާނެ ގޮތެއް ނޫނީ އެމީހުން ނުގެއްލޭނެ ގޮތެއް ހަދާކަށް އެމީހުންނަކަށް ނޭނގޭ. އަމިއްލަ ގައުމުގެ ރައްޔިތުންނާމެދު އެހާ ބޮޑަށް ފެއިލްވެފައިވާ ބައެއް އިންޑިއާއަކީ. ޖައްވަށް ދެވުމަކުން އެ ހަގީގަތް ބަދަލެއް ނުކުރެވޭނެ.
ސޮވެރިން ގެރެންޓީ
04 September 2023
އެއްވެސް ވެރިޔަކު އިންޑިޔާއަށް ގައުމު ވިއކައެއް ނުލާ ވެރިކަން ބޭނުންވެގެން ރައްޔަތުން ބޮލަށް ޗިޕް ޖަހައިގެން ރުޅިވެރިކަން އުފައްދަނީ
ހައިޔަންކާ
04 September 2023
ދުނިޔޭގެ ފޮޓޮޔެއް ފޮނުވާދެއްޗޭ، އެވެރީންނަށް ޔަޤީން ނުވޭކަންނޭނގެ އަދިވެސް ދުނިޔެއޮތީ ވައްކޮށް ކަމެއް ނޫނީ ފަތިކޮށްކަމެއް
ކިރުސައި.
03 September 2023
މިއީ ހުސް ފޭކު. އިންޑިއާއިން ފުރަތަމަ ދިއައީ މަހަށް. އެތަނުން އެއްވެސް އެއްޗެއް ނުބެވުނީމަ މިހާރު އެދިއާ ފަރަށް ބޮލި ހިލަން.
ގުދުގުދާބެއްޔާ
03 September 2023
އިންޑިޔާ އައުޓޭ ގޮވާ ބައިގަނޑައް އިންޑިޔާ އިން އެބުނަނީ ހިޔަނިވެސް އަޅާލަން ނުކެރޭނެކަމަށް!
ދުރު ރާސްތާ
03 September 2023
އިރާ ހަނދާ ދޭތެރޭގަ ކިތަންމެ ދުވަހަކު ތިއްބަސް އަހަރެމެންނަށްހެވޭ. އެކަމަކު މި މުސަްލިމު ދިވެހި ގައުމުގަ މިގައުމުގެ ގާނޫނު ނުހިނގާ ގޮތަށް އިންޑިޔާވިޔަސް އަދި އެހެން ގައުމެއްވެސް ތިބޭކަށް އަހަރެމެން ނޭދެމޭ މިކިޔަނީ ދޭތެރެއަކުން ފާދިރީ އަކު ގެނެސްް ހިންދޫ ދީން ފަތުރަން އުޅެނިކޮށް ފަޅާއެރީމަ އެއްވެސް ފިޔަވަޅެއް ނާޅާ، ނަމުގަ ޑީޕޯޓް އަސްލު ރަސްމީ އިއްޒަތުގަ ގައުމަށް ފޮނުވަނީ
މާމުތް އިރު
04 September 2023
ދުރު ރާސްތާ، ތިގޮތަށް ވަންޔާ ދިވެހި ފަސްގަޑުގަ މިގައުމުގެ ގާނޫނު ނުހިނގާ ގޮތަށް ފާހިސް އަމަލުކުރަމުން އެދަނީ، ފުރަތަމަ އެކަން ހުޓުވާ ފަ ދެން އެހެން ކަމަކާ އުލޭވޭތޯ ބަލާ، އިންޑިޔާ ސިފައިން މިގައުމަށް ދެނީ ހިމާޔަތް.