ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރު ކާމިޔާބުކުރެއްވި އިންތިހާބާއި މިފަހަރު އިންތިހާބުގެ ފުރަތަމަ ބުރުން އައި ބޮޑު ބަދަލު ފެންނަ ޗާޓެއް
10 ސެޕްޓެމްބަރ 2023 - 11:46
އޭރުގެ ރައީސް އަބްދުﷲ ޔާމީންއާ ވާދަކޮށް އެމްޑީޕީން މުޅި ރާއްޖޭގެ ޗާޓް "ރަން ރީނދޫ" ކުލައިން ފަވާލީ ފަހުރުވެރިކަމާ އެކު އެވެ. އެކަމަކު، އެ ފަހުރުވެރިކަން ހިފަހައްޓާނުލެވި ފަސް އަހަރު ތެރޭ އެ ކުލަ ފިލައިގެން ގޮސް، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކުލަ ގަދަކޮށްފި އެވެ.
އިއްޔެ ކުރިއަށްދިޔަ ރިޔާސީ އިންތިހާބުގައި ނުކުތް ނަތީޖާ އަކީ ސަރުކާރުން ޖަހަމުންދިޔަ ހިސާބުތަކާ މުޅިން އިދިކޮޅަށް އައި އުއްމީދުކޮށްގެން ތިބި ނަތީޖާއެއް ނޫނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔަގީންކުރައްވައިގެން ހުންނެވީ 130،000 ވޯޓާ އެކު މާލެ އާއި އައްޑޫގެ މެޖޯރިޓީ އެވެ.
ތަފާސްހިސާބުތައް ބަލަހައްޓަވާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ޖެއްސެވި ހިސާބަކީ 56 ޕަސެންޓަށްވުރެ އެންމެ ވޯޓެއް ވެސް ދަށް ނުވާނެ ކަމެވެ. އެކަމަކު، ވަގުތީ ނަތީޖާއަށް ބަލާއިރު ރައީސަށް ލިބިފައިވަނީ 39 ޕަސެންޓް ވޯޓެވެ. މި ނަތީޖާ އައީ އެމްޑީޕީގެ މޫގަނޑު ފެތުރިފައި އޮތް އެތައް ދާއިރާތަކެއް ލުހެލައިގެންނެވެ.
ރައީސް ކާމިޔާބު ކުރެއްވި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް މާލޭން ލިބުނީ 22،000 ވޯޓެވެ. ވާދަވެރި ކެންޑިޑޭޓް ޔާމީނަށް ލިބުނީ 16،000 ވޯޓެވެ. އެ ނަތީޖާ، އިއްޔެ ބޭއްވި އިންތިހާބުގައި އެއްކޮށް ވަނީ އެނބުރިފަ އެވެ.
ރައީސަށް ލިބިފައިވަނީ 16،000 ވޯޓެވެ. އެއްވެސް ކޯލިޝަނެއް ނެތި، ގިނިކަންޏާ ވާދަކުރެއްވި މުއިއްޒު ވަނީ މާލޭން 22،000 ހޯއްދަވައިފަ އެވެ.
މިއީ އެމްޑީޕީ އަށް ފަސް އަހަރު ތެރޭ މާލޭން ތާއިދު ގެއްލިފައިވާ މިންވަރެވެ. ރައީސަށް މާލޭގެ މެޖޯރިޓީ ގެއްލުނުއިރު، މި ސަރުކާރުން ވަނީ މާލޭގެ އެތައް ބަޔަކަށް އިންތިހާބު ގާތްވެފައިވަނިކޮށް ގޯއްޗާއި ފްލެޓް ވެސް ދޫކޮށްފަ އެވެ.
ހުޅުމާލެ ހިމެނޭ ގޮތަށް މާލޭގެ ފަސް އަވަށަށް ބަލާއިރު ވެސް އެއްވެސް ތަނަކުން އެމްޑީޕީ އަށް ކުރިއެއް ނުހޯދެ އެވެ. މިއީ، މިފަދަ ދަށް ނަތީޖާއެއް އެމްޑީޕީ އަށް މާލޭން ލިބުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އޮތް މަޖިލިސް އިންތިހާބުގައި މާލޭގެ ހުރިހާ ދާއިރާއަކަށް ނެގީ އެމްޑީޕީގެ މެންބަރުންނެވެ.
އެމްޑީޕީން ކެމްޕެއިން ނިންމަން ބޭއްވި ހަރަކާތުގައި ޒުވާނުންތަކެއް ބައިވެރިވަނީ: މާލޭން ލިބުނީ ދަށް ނަތީޖާއެއް - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ތިން ސިޓީ ކަމަށްވާ ފުވައްމުލައް، ކުޅުދުއްފުށި އަދި ތިނަދުއަކީ 2018 ވަނަ އަހަރުގައި ވަރަށް ފޯރީގައި އެމްޑީޕީ އަށް މެޖޯރިޓީ ނަގައިދިން ތިން ތަނެވެ. އެކަމަކު، އިއްޔެ ބޭއްވި އިންތިހާބުގައި އެކަން ވެސް ވަނީ އެނބުރިފަ އެވެ.
އިއްޔެގެ އިންތިހާބުގައި ފުވައްމުލަކުން ރައީސަށް ލިބުނީ 2،500 ވޯޓެވެ. އޭގެ ކުރީ އިންތިހާބުގައި 3،800 ވޯޓު ހޯއްދެވި އެވެ. މުއިއްޒަށް މި އިންތިހާބުގައި 3،300 ވޯޓު ލިބުނެވެ. ކުރީ އިންތިހާބުގައި ޕީޕީއެމްއަށް ހޯދުނީ 2،900 ވޯޓެވެ.
ކުޅުދުއްފުށީގެ ނަތީޖާ ވެސް ގާތްގަނޑަކަށް އޮތީ މިހެނެވެ.
ކުޅުދުއްފުށިން 2018 ވަނަ އަހަރު އެމްޑީޕީ އަށް މެޖޯރިޓީ ދިން ނަމަވެސް، އިއްޔެގެ އިންތިހާބުގައި މުއިއްޒަށް ވަނީ ތާއިދު ދީފަ އެވެ. އޭނަ އަށް 2،000 ވޯޓު ލިބުނުއިރު ރައީސަށް ހޯދުނީ 1،400 ވޯޓެވެ. އިންތިހާބު ކައިރުވެފައިވަނިކޮށް، ސިޓީއެއްގެ ދަރަޖަ ދިން ތިނަދޫން ރައީސަށް ހޯދުނީ 800 ވޯޓެވެ. އެއަށްވުރެ އިތުރަށް 1،200 ވޯޓު މުއިއްޒު ހޯއްދެވި އެވެ.
އދ. އަދި ބ. އަތޮޅު ފަދަ ތަންތަނަކީ ޕީޕީއެމް އިން މެޖޯރިޓީ ލިބޭނެ ކަމަށް އުއްމީދު ކުރާ ތަންތަނެއް ނޫނެވެ. އެމްޑީޕީން އެ ތަންތަނުގައި ކުރި ވަރުގަދަ ކެމްޕެއިނާ ބަލާއިރު ވެސް ޕީޕީއެމްގެ އުއްމީދު ލިސްޓްގައި އެ ދެ އަތޮޅެއް ނޯންނާނެ އެވެ.
އެކަމަކު، އިންތިހާބުގެ ނަތީޖާ އައިއިރު، މި ދެ އަތޮޅު ވެސް އެމްޑީޕީ އަށް ވަނީ ގެއްލިފަ އެވެ. އދ. އަތޮޅުން މި އިންތިހާބުގައި މުއިއްޒު ކުރި ހޯއްދެވީ 2،300 ވޯޓުންނެވެ. އެމްޑީޕީ އަށް ހޯދުނީ 1،900 ވޯޓެވެ. ކުރީގެ ރިޔާސީ އިންތިހާބުން އެމްޑީޕީން 4،600 ވޯޓު ނެގި އެވެ.
އިއްޔެގެ ރިޔާސީ އިންތިހާބުގައި ބަޔަކު ވޯޓުލުމަށް ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު
ބ. އަތޮޅަށް ބަލާއިރު، މުއިއްޒު ވަނީ 3،500 ވޯޓު ހޯއްދަވައިފަ އެވެ. ރައީސަށް ލިބުނީ 3،300 ވޯޓެވެ.
މިހެން ގޮސް ހުރިހާ އަތޮޅަކަަށް ބަލާއިރު، ވެރިކަމުގައި އޮތް އެމްޑީޕީ އަށް މެޖޯރިޓީ ހޯދިފައިވަނީ އެންމެ ތިން އަތޮޅުންނެވެ. އެއީ، އައްޑޫ ސިޓީ އާއި ޅ. އަތޮޅު އަދި އއ. އަތޮޅުންނެވެ.
އައްޑޫ އަށް ބަލާއިރު ހުޅުދޫ، މީދޫ އަދި ފޭދޫގެ މެޖޯރިޓީ ގެންދިޔައީ މުއިއްޒެވެ. ހުޅުދޫ އަކީ "ދަ ޑިމޮކްރެޓްސް" ގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަށެވެ. މީދޫ އަކީ އެމްޑީޕީ ކެމްޕެއިންގައި ވަރަށް އިސްކޮށް އުޅުއްވި ރޮޒައިނާ އާދަމްގެ ދާއިރާ އެވެ. ފޭދޫ އަކީ މެންބަރު މުހައްމަދު ނިހާދުގެ ދާއިރާ އެވެ.
ގެއްލުނު ބޮޑެތި އެހެން ދާއިރާތަކަށް ބަލާއިރު، ލ. ގަން ފާހަގަކޮށްލެވެ އެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ ބޮޑު ތާއިދެއް އޮންނަ އެ ދާއިރާއިން މުއިއްޒު ވަނީ 1،100 ވޯޓު ހޯއްދަވައިފަ އެވެ. ރައީސަށް 1،000 ވޯޓެވެ.
ރައީސްގެ ވަރަށް އަރިސް މެންބަރެއް ކަމަށްވާ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިންގެ ދާއިރާ ވެސް އެމްޑީޕީ އަށް ގެއްލުނެވެ. އެ ދާއިރާއިން ވެސް ކުރީގައި އުޅެނީ މުއިއްޒެވެ. ރައީސްގެ ކެމްޕެއިން މެނޭޖަރު މުހައްމަދު ނާޝިޒުގެ ދާއިރާގެ މައި ރަށް، ކިނބިދޫން ވެސް މެޖޯރިޓީ ހޯދީ މުއިއްޒެވެ.
އެމްޑީޕީގެ މައި ރަށެއްގެ ގޮތުގައި އޮތް، ހއ. ދިއްދޫގެ މެޖޯރިޓީ ވެސް އެ ޕާޓީ އަށް ވަނީ ގެއްލިފަ އެވެ.
ދައުރުގެ މެދު ތެރެއިން ބޭއްވި މަޖިލީހުގެ ބައި-އިލެކްޝަންގައި އެމްޑީޕީން ޕީޕީއެމްއާ ވާދަކޮށް ކާމިޔާބު ހޯދި ގުރައިދޫ ދާއިރާ ވެސް ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ވަނީ ނާކާމިޔާބުވެފަ އެވެ. މާފުށި، ކާށިދޫ ވެސް ހިމެނޭ ގޮތަށް ކ. އަތޮޅުގެ ހުރިހާ ރަށެއްގެ މެޖޯރިޓީ ހޯދީ މުއިއްޒެވެ.
ރައީސްއާ އެކު ކޯލިޝަން ހަދާފައި އޮތް އެމްޑީއޭއަކީ އެމަނިކުފާނަށް މި އިންތިހާބުގައި ލިބުނު އެންމެ ބޮޑު "އެސެޓް" ކަމަށް ވިދާޅުވެފައިވެ އެވެ. އެއީ، ބައެއް އަތޮޅުތަކުގައި އެމްޑީއޭގެ ތާއިދު އިންތިހާއަށް އޮތުމުން ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
އެ އަތޮޅަކީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ އުފަން އަތޮޅު ނ. އަތޮޅާއި އޭނާގެ ގިނަ ރިސޯޓްތަކެއް ހިންގައި އަދި މަޖިލިސް މެންބަރުކަން ކުރައްވާ ދާއިރާ ހިމެނޭ ދ. އަތޮޅެވެ.
އެކަމަކު، އިއްޔެގެ ނަތީޖާ އިން އެމްޑީއޭގެ އެ ތާއިދެއް ފެންނަން ނެތެވެ.
މިއަހަރުގެ ރިޔާސީ އިންިހާބުގެ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނު ނިންމާލުމުގެ ގޮތުން އެ ޕާޓީ އިން އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ހިނގާލުމުގައި ޕާޓީ އަށް ސަޕޯޓުކުރާ ދެ ގިނަބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
ސިޔާމްގެ ދާއިރާގެ މައި ރަށް، މީދޫ އިން ރައީސަށް މެޖޯރިޓީއެއް ނުލިބެ އެވެ. އެމްޑީއޭގެ މަޖިލިސް މެންބަރު އަހުމަދު އާމިރު ހުންނެވި ކުޑަހުވަދޫ ދާއިރާ އިން ވެސް ކުރި ހޯދީ މުއިއްޒެވެ. މުޅި އަތޮޅަށް ބަލާއިރު މުއިއްޒަށް 2،300 ވޯޓު ލިބުނުއިރު، ރައީސަށް ހޯދުނީ 1،900 ވޯޓެވެ.
ނ. އަތޮޅު ކަށަވަރުވާ މިންވަރު ހާމަކުރެއްވުމަށް ރައީސް ވިދާޅުވެފައިވަނީ "ނ. އަތޮޅު އަދި މާބޮޑަށް އެއްބުރުން" ކަމަށެވެ. އެކަމަކު، ނަތީޖާ އިން ދައްކަނީ އެހެން މަންޒަރެކެވެ. ޖުމްލަ 13 ރަށް ހިމެނޭ ނ. އަތޮޅުގެ ނުވަ ރަށެއްގެ މެޖޯރިޓީ އެމްޑީޕީ އަށް ހޯދުނު ނަމަވެސް، މުޅި އަތޮޅުން ލިބުނު ވޯޓަށް ބަލާއިރު މުއިއްޒު އުޅެނީ ކުރީގަ އެވެ.
މުއިއްޒަށް 3،800 ވޯޓު ލިބުނުއިރު، ވަރަށް ގާތުން ރައީސަށް ލިބުނީ 3،700 ވޯޓެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާޢީލު
12 September 2023
ނިދިން ހޭއިރު ކިރު ގަރުދިޔަ މިހުރީ ފިޔާތޮށި ކަސްޑަޑަށް ބަދުވެފަ
އެތަފާތު
11 September 2023
އެހާ ބޮޑު ތަފާތެއް އެ ފެނުނީ އިބޫގެ މި 5 އަހަރު އޭގެ ކުރީ 5 އަހަރާ އަޅާކިޔަން ލިބުނީމަ. އަޅާކިޔާލިއިރު ކުރީގެ 5 އަހަރަށްވުރެ މި 5 އަހަރު ގޯސްވީމަ އެވަރަށް ވޯޓް ލިބޭނީ.
ވާވާ
11 September 2023
ދިވެހިން އަބަދުވެސް ބޭނުންވާނީ ބަދަލެއް! މުއިއްޒު ހޮވުނަސް ބަރާބަރު 06 މަސް ފަހުން ޖެހޭނީ "މުއިއްޒު ނޫން ގޮތެއް" ހޯދަން! އެންމެން ނިކުންނާނެ އެހެން ކިޔަމުން އެކަމާ!
އެހެން
11 September 2023
'ބަދަލަކަށް' ކިޔާ ބައްޔެއް އެންމެންނަށް ޖެއްސީ އަންނި މައުމޫން ބާލަންވެގެން
ބަލަގަ
10 September 2023
ސިޔާސީ މީހުންތިބޭ ބޮޑެތި ރަށްތަކުން ލިބޭ 2 މީހުންގެ ތާއީދަކީ އާދައިދެ 2 ވޯޓުކަމަށް ހީކޮށް އަދިވެސް ހޭބޯނާރައި ބޮޑުހިލަޖެހޭތޯ އުޅުއްވާ.ދެން އޮތް އިންތި ޚާބުވެސް ޗޮކުން ދާނީ އެއިރުން.
މަ ބުނީ
10 September 2023
ހިން ގާލަ އިފި ، ރަން ރަށުގައި ފަޅުވެފައި ހު ރި ޖަގަހަތައް ޕާޓީއަށް ލިބޭ ފައިސާ ފޮނު ވައި ގެން ހަބޭސް ކިޔާފަ ހިންގާލައިފި.
ލަނގިރި ފައި
12 September 2023
އެމްޑީޕީ ރައްރަށުގެ ގޮފިތަކުން ލާރިތަށް ބަނޑުއަޅާލީ..................... ޕީޕީ.އެމް ޕީ އެންސީ އިން ހިންގާލީ.............ހަމަތެދެއް ތީ
ޓްރަމްޕޭ
10 September 2023
ރައީސަކަށް ހުރި މީހަކު ބާރުގަދަ ނުފޫޒާއި ބަރުހަތިޔާރާއި ހަރު މުދަލާއި ވަރު ނޭނގޭ ވަރަށް ފައިސާ ބޭނުން ކޮށްގެން އިންތިޚާބުން %37 ލިބުނީމާ އޭނާ ފެއިލް ވެއްޖެ ކަމަށް ނިންމަން ނުވޭ ހެއްޔެވެ؟
މުޙުއްމާ
10 September 2023
ސިޔާސަތު ބަދަލުކއްގެންނޫނީ ދެން ރަނގަޅުވާކަށްނެތް. ޝާހިދު މެންކަހަލަ ކޮރަޕްޓް މީހުނާ މާރިޔާމެން ޝަމީލް ކަހަލަ ނާޤާބިލް މީޙުން ވަކިކޮށް އިންޑިއާ ސިފައިން ފޮނުވާލައިގެން ނޫނީ ކާމިޔާބެއްނެތް.
ކޮތަރު
10 September 2023
އެމްޑީޕީއަށް ލިބުނު ބޮޑުގެއްލުމުގެ ޒިންމާ އެންމެ ބޮޑަށް ނަގަންޖެހޭނީ ފެނަކަ އާއި ސްޓެލްކޯގެ އެމްޑީން! ފާޅުގައި ސަރުކާރުގެ މުދަލާ ވަސީލަތްތައް ބޭނުންކުރުމުގެ އިތުރުން ދެ ކުންފުނި ބޭންކްރަޕްޓް ވާ ވަރަށް ޕާޓޭންނާ ފެންވަރެއް ނެތް މީހުންނަށް ހާހުން ވަޒީފާދީ އަދި ކުންފުނީގެ ފައިސާ ވެސް މިލިއަނުން ބެހީ! އަދި ކޮބާ މާލެ ސަރަހައްދުގެ އަގުބޮޑު ބިންތައް ވޯޓްލިބޭނެކަމަށް، ހުޅުމާލޭން ގިނައިން ޕާޓީ މީހުންނަށް ނާއިންސާފުން ބެހި ބެހުން!
ކކކކކ
10 September 2023
ކޮރަޕްޝަނަށް ޒީރޯ ރޮލަރެންސް ރައީސް 100 ޕަސެންޓް ކޮރަޕްޓްވެފަހުރި މީހަކަށްވެ ގައުމުގެ މިނިވަންކަން ވިއްކާލާ ބޮޑު ބުދު ދީނުގެ މީހެއްގެ އަޅަކަށްވެ ގއުމަށް ގސއްދާރުވެފަ ހުރުމުން ދިވެހި ލޭ ހިނގާ ދިވެހި ދަރިން ނުކުމެ މިގައުމު ރައްކާތެރިކުރުމަށް ކުރެވެންހުރި ހުރިހާމަސައްކަތެއް ކުރީ.
ބަނގުރޫޓު
10 September 2023
ގައުމު މުޅިން ބަނގުރޫޓުވެއްޖެ. އެޗްޑީސީއަށް ލާރި ލިބެން ހުރި ފްލެޓުތަކުން ދެން ލާރިއެއް ނުލިބޭނެ. ބޮޑު އަގުގަ ލޯނު ނަގައިގެން ހިއްކި ބިންކޮޅު ބަހާލަނީ. އަދި އެތަންތަން ތަރައްގީކުރުން އޮތީ. ބިން ބެހީ މާލެ މީހުންނަށްވެސް ބޭއިންސާފުން. ހުޅުމާލެ ހަލާކުކޮށްލީ. އެއްވެސް ވިޝަންއެއް ލީޑަރޝިޕެއް ނެތް ވެރިކަމެއް. ވޯޓަށް ކޮންމެ ކަމެއްވެސް ކޮށްފާނެ ބައެއް.
ހަސަން އައްބާސް
10 September 2023
މަރުހަބާ މޭޔަރު މިކަންވާނެ އިންޝާﷲ