އައިކެއާއިން ވިއްކާ ނޯވާ ބްރޭންޑުގެ އަވިއައިނު: އައިކެއާއިން ގައުމީ ދުވަހާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ފަށަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
14 ސެޕްޓެމްބަރ 2023 - 19:59
އަންނަ ހޮނިހިރު ދުވަހު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް އައިކެއާ އިން އިއުލާނު ކޮށްފި އެވެ.
އަންނަ ހޮނިހިރު ދުވަހު އައިކެއާއިން ފަށާ އެ ޕްރޮމޯޝަންގެ ދަށުން އަވި އައިނާއި އައިނު ދުނިގަނޑު އަދި ކޮންޓެކްޓް ލެންސުން 20 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
އައިކެއާ އޮޕްޓިކަލްސް އަކީ ބްރޭންޑެޑް އަވިއައިނާއި އައިނު ދުނިގަނޑު ވިއްކާ ތަނެކެވެ. އައިކެއާ އިން ކުއިކްސިލްވާ އާއި ރޭބަން އާއި ރޮކްސީ އަދި މައިކަލް ކޯސް ފަދަ މަޝްހޫރު ބްރޭންޑްތަކުގެ އައިނު ލިބޭނެ އެވެ. އެތަނުގައި އެކި ވައްތަރުގެ އެކި ކުލަތަކުގެ އައިނު ދުނިގަނޑާއި އަވިއައިނު ހުންނައިރު ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ ގިނަ ޑިޒައިންތަކެއް ވެސް އެތަނުން ލިބެ އެވެ.
އެ ތަނުން މަޝްހޫރު "ސީޑް" ބްރޭންޑުގެ ލެންސް ވެސް ވިއްކަ އެވެ.
މި ޕްރޮމޯޝަން މާލޭގެ އައިކެއާ ފިހާރަތަކުގެ އިތުރުން ފުވައްމުލަކާއި އައްޑޫގައި ހުންނަ އައިކެއާގެ އައުޓްލެޓްތަކުގައި ވެސް ކުރިއަށް ދާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy