ހދ. ކުޅުދުއްފުށީގައި ބިދޭސީން ތިބޭ ބްލޮކެއް އަނދާފައި: އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފެއް ނުވޭ --- ފޮޓޯ/އެމްއެންޑީއެފް
16 ސެޕްޓެމްބަރ 2023 - 19:01
ހދ. ކުޅުދުއްފުށީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، ބިދޭސީ މަސައްކަތްތެރިންތަކެއް ދިރިއުޅެމުން އައި ބްލޮކެއް އެއްކޮށް މިއަދު އަނދައިފި އެވެ.
އެމްއެންޑީއެފުން ބުނީ ކުޅުދުއްފުށީގައި ތަރައްގީ ކުރަމުން އަންނަ 400 ހައުސިން ޔުނިޓްގެ މަސައްކަތުގައި އުޅޭ ބިދޭސީންގެ ބްލޮކްގައި ރޯވެގެން އުޅޭކަމުގެ ރިޕޯޓް ލިބުނީ މިއަދު މެންދުރުފަހު 2:30 ހާއިރު ކަމަށެވެ. އޭގެ ބައިގަޑިއެއްހާއިރު ފަހުން، ކުޅުދުއްފުށީގައި ތިބޭ އެމްއެންޑީއެފްގެ ނޮދަން އޭރިއާ ފަޔާ ފައިޓަރުން އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިޔަސް، ޓިނުން ހަދާފައިވާ އެ ލޭބާ ކުއާޓާ ވަނީ އެއްކޮށްހެން އަނދައިފަ އެވެ.
ހދ. ކުޅުދުއްފުށީގައި ބިދޭސީން ތިބޭ ބްލޮކެއްގައި އަލިފާން ރޯވެ، މުޅި ތަން ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައި...-- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފުން ބުނި ގޮތުގައި އެތަނުގެ އެތެރޭގައި ހިފާ ގެންގުޅޭ ސާމާނު ވެސް ބޭނުން ނުކުރެވޭ މިންވަރަށް އަނދާފައިވާ ކަމަށެވެ. އެކަމަކު އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ސާފުނުވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1206
17 September 2023
ފޯލްސް ފްލެގް ގެ ތުހުމަތެއް ހިނގާފައިވާ މި ދަނޑިވަޅުގައި ބިދޭސީން ތިބި ތަނެއްގައި ރޯވުން މިއީ އިއްތިފާގެއްބާ؟
އާނީސް
16 September 2023
ފެށުނީ …
އައްބެ
16 September 2023
ހުރިހާ ކަމެއް ސިޔާސީ ނުކުރޭ. ބިދޭސީން ތިބޭ މިފަދަ ތަންތަނަކީ އެއްވެސް ގަވާއިދަކަށް ނުފެތޭގޮތަށް ދެރަކޮށް ހަދާފައި ހުންނަތަންތަން. ކަރަންޓް މައްސަލައަކުން ވީކަމަކަށްވެސް ވެދާނެ.