ހދ. ކުޅުދުއްފުށީގައި ގެއެއްގައި މިރޭ އަލިފާން ރޯވެއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަލިފާން ރޯވީ އެ ރަށުގައި މީހުން ދިރުއުޅޭ ގެއެއް ކަމަށްވާ ސަމޭދާންގަ އެވެ. ރަށުގެ ސްޓޭޑިއަމް ސަރަހައްދުގައި ލަކުޑިން ހަދާފައި ހުންނަ ގޭގައި ރޯވި އަލިފާންގަނޑު ބައިގަޑިއެއްހާއިރުގެ ތެރޭގައި ވަނީ ނިއްވާލައިފަ އެވެ.

ދެމަފިރިއަކު އެކަނި ދިރިއުޅޭ ގޭގައި އަލިފާން ރޯވީ އެ ދެ މީހުން ވެސް ގޭގައި ނޫޅޭ ވަގުތެއްގަ އެވެ. އެކަމަކު އަލިފާން ނިއްވައިލެވުނުއިރު، އެ ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފް އަދި ރަށު ކައުންސިލްގެ ބަހެއް ނުލިބޭތީ އިތުރު ތަފްސީލެއް ނުލިބެ އެވެ.