ރިޕޯޓް / ދުޅަހެޔޮ ދިރިއުޅުން

ޒުވާނުންތަކެއްގެ ކުއްލި މަރު: އާންމު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ!

ރަސްފަންނުގައި ބަޔަކު މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ /މިހާރު

21 ސެޕްޓެމްބަރ 2023 - 10:09

27 comments

މީހާގެ ހަށިގަނޑަށް ބަލާ ބެލުމަށް ފެންނަނީ ވަރަށް ފިޓްކޮށެވެ. އެކަމަކު، އުނދަގޫތަކެއް ވާތީ ހެދި ޓެސްޓުތަކުން ކޮލެސްޓްރޯލް ހުރީ އާދަޔާ ހިލާފަށް މަތީގަ އެވެ. ހިކިކޮށް ހުންނާތީ ސިއްހަތަށް މާ ބޮޑު ބެލުންތަކެއް ނެތީ އެވެ. ބައެއް މީހުން ވިސްނާ ގޮތުގައި ކޮލެސްޓްރޯލަކީ ހަމައެކަނި ފަލަ މީހުންގެ ގައިގައި ހުންނަ އެއްޗެކެވެ. އެކަމަކު އެއީ ވަރަށް ބޮޑު ކުށްހީއެކެވެ.

ހަށިގަނޑު ކޮންމެ ގޮތަކަށް ހުއްޓަސް ކޮލެސްޓްރޯލް މަތިވެދާނެ އެވެ. ނޫނީ ހުންނަންޖެހޭ ވަރަށް ވުރެ ދަށްވެދާނެ އެވެ. މެޑިކަލް ޓާމުން ބުނާނަމަ ހަށިގަނޑުގައި "ބޭޑް ކޮލެސްޓްރޯލް" މާ ބޮޑަށް މަތިވުމަކީ ސިއްހީ ބޮޑެތި އެހެން މައްސަލަތަކަށް ޖަހާލާ ވަރަށް ވަރުގަދަ ރަނގަބީލެކެވެ.

ހަށިގަނޑުގައި ޒަމާން ވަންދެން ކޮލެސްޓްރޯލް ގިނައިން ހުރެއްޖެނަމަ ހިތުގެ ލޭ ހޮޅިތަކުގައި ސަރުބީ ޖަހަ އެވެ. ބޮޑެތި އެހެން ބަލިތައް ޖެހެނީ އޭގެ ސަބަބުންނެވެ. ހާޓް އެޓޭކާއި ސްޓްރޯކަކީ އޭގެ އެއް ހެއްކެކެވެ.

ހާޓް އެޓޭކާއި ސްޓްރޯކުގައި ގިނަ ޒުވާނުންނެއް ނުކުޅެދިއްޖެ އެވެ. ވަކިވެގެން ހިނގައްޖެ އެވެ.

ޒުވާނުންގެ ކުއްލި މަރުތަކާއެކު ދިރިއުޅުމުގެ ވައްޓަފާޅީގެ ވާހަކަތައް ވެސް އަލުން މިވަނީ ދައްކަން ޖެހިފަ އެވެ.

މީހަކު ވޭޕް ބޭނުންކުރަނީ. ވޭޕްގެ ސަބަބުން ޒުވާނުންގެ ފުއްޕާމެއަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށް ޑޮކްޓަރުން ބުނޭ-- ފޮޓޯ: އޭޕީ

ހާޓް އެޓޭކު ޖެހޭ ޒުވާނުންގެ އަދަދު އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރެއްވި އެއް ބޭފުޅަކީ، ހިތުގެ ބަލީގެ ފުރަތަމަ ޑޮކްޓަރު، ޑރ. އަލީ ޝަފީގެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުއްލި މަރުގައި ގިނަ ޒުވާނުން ވަކިވެގެން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެކަމާ ބޮޑަށް ގުޅިފައިވަނީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި ހާޓްއެޓޭކް ޖެހިގެން ވެސް މިހާރު ގިނަ ޒުވާނުން އަންނަ ކަމަށެވެ. ނަމަވެސް، އެ މީހުންގެ ބެކްގްރައުންޑަށް ބަލާއިރު ގިނައިން ހުންނަނީ ދިރިއުޅުމުގެ ވައްޓަފާޅީގެ މައްސަލަތައްކަން ފާހަގަކުރައްވައި ޑޮކްޓަރު ވިދާޅުވީ ސިނގިރޭޓް ބުއިމާއި ހަށިގަނޑަށް ފައިދާހުރި ކާނާ ނުކެއުން އަދި އެ މީހުންގެ ނިދުން ވެސް ރަނގަޅު ނޫން ކަމަށެވެ.

ރޭގަނޑު އެއްކޮށް މަސައްކަތް ކުރަން ނުވަތަ ހޭލާ ހުންނައިރާއި ވަގުތަށް ކެއުން ނުނެގޭތީ ގިނަ ފަހަރަށް ސިނގިރެޓާއި ކޮފީން ހަމަޖައްސާލާ އެވެ. ގިނައިން ފެންނަނީ ދިރިއުޅުމާ ގުޅޭ ކަންތައްތައް ކަމަށާއި މަދުން ނަމަވެސް ޖެނެޓިކް މައްސަލަތައް ވެސް ހުންނަ ކަމަށް ވިދާޅުވި އެވެ.

"ބޮޑަށް ލައިފްސްޓައިލް ބަދަލުތަކަށް ބުނެވެނީ ގެންނަން ޖެހޭ އެ ކަހަލަ ކަންތައްތައް ޕްރިވެންޓްކުރަން." އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ދުވުމުގެ މުބާރާތެއްގައި ބަޔަކު ދުވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މީހަކު މަރުވެއްޖެނަމަ، އެ މަރުވި ސަބަބު ދެނެގަނެވޭނީ އޮޓޮޕްސީ ހަދައިގެންނެވެ. އެކަމަކު، އަލީ ޝަފީގު ވިދާޅުވީ ގިނަ ފަހަރަށް ކުއްލި މަރަކީ ހާޓް އެޓޭކް ޖެހިގެން މަރުވުން ކަމަށެވެ. މާނައަކީ، ލޭ ހޮޅިތައް ބެދިފައި ހުރުމެވެ. ނޫނީ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދީފިނަމަ ހާޓް އެޓޭކު ޖެހުން ދުރުކޮށްދެ އެވެ.

"ވަރަށް ކަންބޮޑުވާ ކަމެއް. ހާއްސަކޮށް ޒުވާނުންނަށް އެހެން ދިމާވަންޏާ. އަޅުގަނޑުމެންގެ އެންމެ މުހިއްމު ވޯކްފޯސް ވާނީ ޒުވާނުންނަށް. އަދި ހާޓްއެޓޭކް ނޫނަސް ހެލްތީކޮށް އޭޖް ވުމަކީ ވެސް ރަނގަޅު ކަމެއް. ޒުވާން ދައުރުގައި ފަށަންޖެހޭ ކަމެއް އެއީ. އެހެން ނޫނީ، އުމުރުން ދުވަސްވާ ވަރަކަށް މީހާ އެހެން މީހަކަށް ޑިޕެންޑުވާން ޖެހޭނެ." އޭނާ ވިދާޅުވި އެވެ.

ފާއިތުވި ދެ ތިން ހަފުތާގެ ތެރޭގައި ގިނަ ޒުވާނުންގެ ކުއްލި މަރާއެކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ވެސް ވަނީ ކޮވިޑަށް ފަހު މިފަދަ މަރުތައް ގިނަ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމަކު އަލީ ޝަފީގު ވިދާޅުވީ ކޮވިޑުގެ ފަހުން ހާޓްއެޓޭކް ނުވަތަ ކުއްލި މަރުތައް ވަކި ގިނައެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ޒުވާނުންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ސިނގިރޭޓުން ވޭޕަށް ބަދަލުވެ، ނިދުމުގެ ޕެޓާން ވެސް ރަނގަޅުނޫން ކަމަށެވެ. އެކަމުން، ހަށިގަނޑަށް ބަދަލުތައް އަންނާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

27 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 87%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަންވިދަންވިހެން ކެފޭ ތަކުގަ ކޮފީ އާއި ވޭޕްކުރަން

05 October 2023

ދިވެހިންގެ ވިޔާނުދާ ލައިފް ސްޓައިލްގެ ސަބަބުން ވާގޮތް!

The name is already taken The name is available. Register?

ޚޮސޮވީރު

22 September 2023

މިތާ ކޮމެނޓްކުރަން ތިބޭނެ އަލީ ޝަފީގަށްވުރެ މޮޅެތި ޑޮކްޓަރުން. ކޮމެންޓްތައް ކިޔާލީމަ މީގެ އަސްލު ސަބަބު އެނގޭނީ

The name is already taken The name is available. Register?

މޮޅުގޮތް ދެނެގަނެވޭތަ!

22 September 2023

ކޮލެސްޓެރޯލް އެއް ޖަމަލުބުރޯ ބޭނުމެއް ނޫން. މުސްލިމަކައްހުރެ އަވަސް ކޮއް ނިޔާވީމަ ދެފައިދާ! ނުބައިކަންކަން ގިނަ ނުކޮއް ހުއްޓާ ސުވަރުގެ އައް! ވައްސަލާމް! ބީޓެއް ނުކުރެވޭނެ!

The name is already taken The name is available. Register?

ދެނެގަނެވިއްޖެ

22 September 2023

ހަށިގަނޑަކީ އެކަލާންގެ ދެއްވާފައިވާ އަމާނާތެއް. އެއަށް ބޭނުންހާގޮތެއްހަދާ ގެއްލުންދީފަ އަވަހަށްގޮސްގެން ވަންނާނެތަނެ ރަނގަޅުތަނެއް ނޯންނާނެ

The name is already taken The name is available. Register?

ސުދީރުބޭ

21 September 2023

އެއްބަޔަކީ ބުރަކޮށް މަސައްކަތްކުރާންޖެހިފައި ތިބިބައެއް، މާލެސަރަހައްދުގައި ކުލިދައްކައިގެން ދިރިއުޅުން ހަމަޖައްސައިގެން އުޅޭބަޔަކު ވިއްޔާ އާއިލާއަކަށް ހަމަޖެހިގެން އުޅެވެނީ މަދުވެގެން 40ހާސް ރުފިޔާ މަހަކު ލިބިގެން. އެއްވަޒީފާ އަދާކޮށްގެން އެންމެ ގިނަވެގެން މިލިބެނީ 20ހާސް ރުފިޔާ ދެން ނުނިދައި ހޭލާ ތިބެގެންވެސް ބޭނުންވާވަރަށް ފައިސާ ހޯދަން އެބަޖެހޭ. ދެން ތިބީ ސަރުކާރުގެ ހަޒާނާ ނޮޅާލައިގެން އުޅޭމީހުން. ދެންތިބީ މަގުމަތީގައި ބިއްޖެހިފައިތިބިމީހުން.

The name is already taken The name is available. Register?

ޖޯކް

21 September 2023

ކުޑައިރު ހަލާކުވުން އެއީ އެންމެ ބޮޑު ފެކްޓާރ. ގިނަ ކުދިން ބޮޑުވަނީ ވަރީގެ ތެރޭގަ، ދޮންމަންމަ ނުވަތަ ބައްޕައެކާ އެކު. ކުޑި އިރުންފެށިގެން ކޮންފިޑެންސް، އައިޑެންޓިޓީ ހަލާކުވެފަ ތިބޭ ކުޑަކިދިންނަށް ވާނުވާއެއް ނޭނގި ބޮޑުވަނީ. އެޔާޑީލްކުރަނީ ކޮންމެސް ސިގިރޭޓެއް، ރަލެއް،ގޭންގަކާގުޅުމެއް،އަބަދު ރައްޓެހިންނާއެކު، ދީނީ ހައްދުފަހަނައެޅުން މިހެންގޮސް އެތައްކަމެށް. ހުރިހާ ބައްޔެއްގެ ފެށުން ގުޅެނީ އެބިއުސްޑް ކުޑައިރާ. ހައްލު ކުރަން މާލަސްވެސްވެއްޖެ.

The name is already taken The name is available. Register?

ރޮޖަރ

21 September 2023

މިކަހަލަ މަރުތަކުގެ ޕޯސްޓްމޯޓްަމްހަދަންޖެހޭ. ހާޓްއެޓޭކަކީ ސްކޭޕްގޯޓެއް ގޮތަށް ބޭނުންކުރެވޭނެ އެެއްޗެއް

The name is already taken The name is available. Register?

12123

21 September 2023

ތިނޫން އެއްޗެކޭ ކިޔަން ހަމަ ނޭގެނީ ދިވެހީ ދިބުނާ ވައްޓަފާޅިއެއް ދިވެހީންގެ ދިރުއުޅުމަށް އައީ 2010 ވަނަ އަހަރުގެން ފަހުންތަ؟ އެހެންވިއްޔާ ގަވާއިދުން ކަސްރަތުކުރާ މީހުންނާއި އެތުލީޓުން މި ކުއްލި މަރުތަކުގެ ޝިކާރައަށްވާންޖެހުނީ ކީއްވެޔޯ؟

The name is already taken The name is available. Register?

ވިސްނާލާ ރަނަގަޅަށް

22 September 2023

ޤަވައިދުން ކަސްރަތު ކުރާ މީހާ، ކުޅެންދާ މީހާ، އެކަންކަންކުރުމުގެ ކުރިން އެނަރޖީ ޑރިންކަކާ ސިނގިރޭޓެއް ބޮއި، ކަސްރަތު ނިންމާފަވެސް އެހެން. ދަނޑުމަތީގައި ކުޅެން ހުރެފަވެސް ވޭޕް ކޮށްލާ. ކެފޭތަކަށްގޮސް، ޖަންކް ފޫދް ކައިގެން ހޭލާ، އަދި ނުވިތާކަށް ދުމުން ފުރިފަ އޮންން ޝީޝާ ލައުންޖް ތަކުގަ އެ ރޭނގަޑު ހޭދަކުރަނީ، ރަނަގަޅަކަށް ނުނިދާ. ކުރާ ކަސްރަތުގެ ފައިދާ ހަށިގަނޑަށް ލިބުނަސް އެހެން ކަންކަން ހައދުފަހަނައެޅީމާ ގޮތްގޮތް ވާނެ

The name is already taken The name is available. Register?

އަސޭލ

21 September 2023

ރެޑްބުލް އަދި ، އެވަރައް ރާބޮއެ.

The name is already taken The name is available. Register?

ބިސް

21 September 2023

ވޭޕު ކުރުންވެސް.

The name is already taken The name is available. Register?

ޢިބޫ

21 September 2023

އޯކޭ! ހޮސްޕިޓަލްއަށް ދިޔައީމަ ބުނަނީ ނޯމަލްކަމަށް، ތީ އެންޒައިޓީ ނޫނީ ގޭސްކަމަށް. ޢެމީހަކަށް އިނގޭނެ އެމީހަކަށް ވާގޮތް ސިއްހީނިޒާމް ފަރުވާކުޑަކަމުން އިތުބާރުގެއްލުނީމަ ފެގަކާ ކޮފީއަކުން ޒުވާނުން އެންޒަރިޓީ އާއި ގޭސްގަނޑު ދުއްވާލާތާ 15 ވަރަކަށް އަހަރުވެެއްޖެ.

The name is already taken The name is available. Register?

ކޮރަލް

21 September 2023

މީރާ ކައިރި ގަލޮޅު ޕޮލިސް އާ ޖެހިގެން ހުންނަ ބަންދު ގޯޅި ގަނޑުގަ ހުންނަ ކެފޭ ކައިރީ ކޮންމެ ދުވަހަކު އެކި ގަޑި ތަކުގަ ސަރުކާރު މުވައްޒަފުން އެހުންނަނީ އޮފީސް ހެދުމުގަ ގްރޫޕް ފަދާފަ ސިނގިރޭޓް ބޯށެވެ. އެތާ އުޅޭ މީހުންނަށް ހިނގާ ނުލެވެ އެވެ. ކުޑަކުދީންނާ މުސްކުޅީން ނަށް އޭގެ އުނދަގޫ ވެ އެވެ. ގޯޅި ގަނޑު ތަކުގަ އާ ބޮޑެތި މަގުތަކުގަ ހުންނަ ކެފޭ ދޮރުމަތީ ގަ އެހުންނަނީ ސިނގިރޭޓް ބޮއި ދުންގަނޑު މަގުން ހިނގާ މީހުންގެ މޫނަށެވެ. ނޫ ޔުނީފޯމް ލީ މީހުންވެސް އުޅެ

The name is already taken The name is available. Register?

1828

21 September 2023

ދެރަވަރުގެ ކަންކަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454