މަސްތުވާތަކެތި ފެނުނު ޕެކޭޖްތައް: އެ މައްސަލާގައި ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައި --- ފޮޓޯ/ކަސްޓަމްސް
28 ސެޕްޓެމްބަރ 2023 - 19:17
އެއާކާގޯ ޝިޕްމަންޓެއްގައި ރާއްޖެ އެތެރެ ކުރަން އުޅުނު ފަސް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، އެ މައްސަލާގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ކަސްޓަމްސް އިން ބުނިގޮތުގައި އެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ދުބާއީ އިން ރާއްޖެ ގެނައި އެއާކާގޯ ޝިޕްމަންޓަކުންނެވެ. އެ ޝިޕްމަންޓް ފާސް ކުރިއިރު އޭގެ ތެރޭގައި ހުރި ދެ ޕެކޭޖުގެ ތެރެއިން ހަތަރު ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ބުނިގޮތުގައި މި ތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ރުފިޔާ އަށް އަރަ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ދެ ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ ބިދޭސީއަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ އެ ފޮށިގަނޑުތަކާ ހަވާލުވާން ދިޔަ މީހުންނެވެ.
އެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ކުރިން އިތުރުކޮށް ދިނެވެ. އަދި ދެ ބިދޭސީންގެ ބަންދުގެ މުއްދަތަށް އިތުރު 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން މިއަދު ވަނީ އިތުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިފެންނަނީކޮޅުމަތި
29 September 2023
އެއީ ދިވެހިންގެ ރާއްޖެ ލިބުމުގެ ކޮޅުމަތި. ތިވާނީ ހަދިޔާ ބަހަންގެނައި އެތިކޮޅަކަށް. މިވަރުން ހުރިހާ ގައުމެއް އަޢުޓުކުރަން ޖެހޭނެތާ. އޭރުންތާ ކޮލަމްބިޔާގައި ހިތުހުރިގޮތަކަށް އުޅެވޭނީ
ދެފަންސުރު
29 September 2023
އެއާކާގޯ ޝިޕްމަންޓެއްގައި ރާއްޖެ އެތެރެ ކުރަން އުޅުނު ފަސް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، އެ މައްސަލާގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.## ކީއްވެ އެތެރެ ނުކުރަނިސް އަތުލެވެންވީ. ފަންސުރު ހަމަ ނުވަނީސް ކުށްވެރި ވެގެން މިއުޅެނީ. ދެން ދޫކޮށްލާ
މިހާރު ކސް
29 September 2023
2 މީހުންކުރެން މަސްތުވާ ތަކެތި ނައްތާލަން ވައުދެއް ވެފައެއް ނެތް އެކަކުވެސް،އެހެން ވީމަ ވ ބޮޑު ކަމެއް ހާމަވެގެން ގޮސްފަ އޮތީ،ނުދާނަން ވޯޓް ލާކަށް ވ ސާފް،ރައްޔިތުންވެސް ސަމާލުވޭ ޑްރަގް ގޭންގް ވައްކަމުގެ ވިޔަފާރި ކުރަން ކުރިއަރުވަން ބާއްވާ އިންތިހާބެއް
ރުންކުރު
29 September 2023
މުއިއްޒު ވެރިކަމަށް ކުރިމަތިލީ ގޮތާ ދޭތެރޭ ވިސްނާލިންތޯ؟؟؟ މައިޕާޓީގެ ނައިބަކަށް ހުރެފައި ވަލުދޮރާށިން ޕީ.އެން.ސީއަށް ސޮއިކޮށް ވަގުތުން ރަނިންގް މޭޓެއް ހޯދައިގެން. ވެރިކަމާ ދޭތެރޭ ކޮންކަމެއްތޯ ވިސްނިފަ އޮންނާނީ؟؟ އެނގިފަ އޮންނާނީ؟؟ ވެރިކަން ބަދަލު ކުރަން ޖެހޭތީ މީހަކަށް ވެރިކަންދެންޏާ މުއިއްޒު ނޫނަސް އެހެން މީހަކަށްވެސް ވެރިކަން ދޭންވީ!!! އެއީތޯ މިއަދު ދިވެހިން ޤަބޫލުކުރާ ހަމައަކީ؟؟؟
އެދުރުބޭބެ
29 September 2023
މިރާއްޖޭގެ މުޅި ޒުވާން ޖީލު އެއްކޮށް މިއޮތީ ހަލާކުވެ ދެން ރަނގަޅު ނުކުރެވޭ ހިސާބަށް ގޮސް. އެމީހުން ވެސް ވޯޓުލާނެ. އެކަމަކު އެމީހުން ބޭނުންވަނީ އެމީހުންގެ ދަރިންގެ މުސްތަގުބަލެއް ނޫން ކިއެއްތަ އެމީހުންގެ ވަގުތީ އުފަލާ އަރާމު. އެކަމަށްޓަކައި އެލިބޭ ވަގުތީ އުފާ ލިބިގަނެ ތިމާގެ ވޯޓު އެއެއްލާލަނީ އެއްވެސް ފިކުރެއްނެތި. އެހެންކަމުން ދެން ވާންވިގޮތަށް ކަންކަން މިހިރަދަނީ ވެގެން. މިކަމާ ތަންދޮރުފިލާ މީހުން އެތިބީ ވަރިހަމަކޮށްލައިގެން. މަށަށް ވަކި ކީއްތަ؟
މިއޮތީ
28 September 2023
ތަރައްޤީގެ ހުޅުކޮޅު ނިއްވާ ނުލާ ދެމެހެއްޓެވީ ރައީސް އަދި ދެންވެސް ދަމަހައްޓަވާ ދިރުވާނީވެސް ހަމަ ރައީސް. އަހަރެމެން ތަރައްޤީ ބޭނުން. އެހެން ވީމާ ނަންބަރު 3 އަށް ވޯޓު ދެއްވާ.
ގޮށި
28 September 2023
divehinqge rAwqjEga den denq fenqnAnI mibAvatuge kanqkanq.
އާވަސް
28 September 2023
ތިހިރީ އިބޫ ގޯސްވާ ކަންކަން.
ޖަމީލުބެ
28 September 2023
މިހެން ވީމަ އެކުދިންނަށް ވިސްނައިދީފަ އޮތީ އިބޫ ނޫން ގޮތެއް ހޯދަންޖެހޭކަން!
ބަލިމީހާ
29 September 2023
ކޯޓުން ވެސް މުއްދަތި އިތުރުކޮށް މިދިނީ ފޮށިގަނޑު އުފުލަންދިޔަ ބަންގާޅީ ކުއްޖާ. އޭނަ ފައިސާކޮޅެއް ދިނީމަ އެދިޔައީ މަޖޫރީ އަކަށް. "އަސްލު މީހާ" އިންނާނީ ކާރުތެރޭގަ މަންޒަރު ބަލަން.