ޚަބަރު / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

މަހްލޫފް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ

މާލޭ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމަވާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް --

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ މަގާމަށް އިންތިހާބުވުމާ ގުޅިގެން ހުސްވާ މޭޔަރު ކަމުގެ މަގާމަށް ވާދަކުރައްވާނެކަން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އިއުލާނުކުރައްވައިފި އެވެ.

މޭޔަރުކަމުގެ މަގާމު ހުސްވާނީ ނޮވެންބަރު މަހުގެ 17 ދުވަހު މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވުމާ އެކުގަ އެވެ.

މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރައްވާނެ ކަމަށާއި އެކަމަށް މާލޭ ރައްޔިތުންގެ ތާއީދަށް އެދޭ ކަމަށެވެ.

ބައި-އިލެކްޝަންގައި ވާދަކުރައްވާނެ ކަން މަހުލޫފް ފިޔަވައި އިތުރު ބޭފުޅަކު، މިހާތަނަށް އަދި ހާމައެއް ނުކުރައްވަ އެވެ.

ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެ ނަމަ އެކަން 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އަންގައި، އެލްޖީއޭއިން އަންގާ ތާރީހުން ފެށިގެން ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކައުންސިލަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ.

101 ކޮމެންޓް, 71 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަންޑީ

05 October 2023

މަހޭ އަށް ވޯޓްލާން ޖެހޭނީ ގުރޭޓާމާލެ އޭރިޔާގެ ރަށްޔިތުންނަށް މާލޭ އޭރިޔާގެ ރަށްޔިތުންނަށް މަހޭއަށް ވޯޓްދޭނެ، އެހެންރަށްތަކުގެ މީހުންގެ ވޯޓެއް ބޭނުންނުވާނެ . .

The name is already taken The name is available. Register?

އަޒިއްޔުއަޒީޒް

05 October 2023

ކޮބާ ތިބޭފުޅާ ސޯސަންވިލާއައް ދޭންބުނި ސްޕީކަރު.

The name is already taken The name is available. Register?

ދޮންއަމާ

05 October 2023

ދޮންއަމާ ތިކަމުގަ ބުނަން އޮތީ... ކުރިންހުރި މީހައަށް އެކަން ވެފަ އޮތިއްޔާ މަހުލޫފަށް ވެސް ވާނޭ....

The name is already taken The name is available. Register?

ވެންތިލޭޓަރު

04 October 2023

"އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ހިފި ކަމުގެ ތުހުމަތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ކުރާ ދައުވާ ކޯޓުތަކުގައި ހިނގަމުންދާތާ އަހަރެއް ފަހުން، އެ މައްސަލަ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފި އެވެ. ދެން މިމައްސަލައަށް ވާނީކިނެތް ؟ ރައްޔިތުންގެ މާލިއްޔަތަށް ވަންނަން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ

The name is already taken The name is available. Register?

ބަންސީ

04 October 2023

މަހޭގެ މިނިސްޓްރީއަކީ ވަރަށް ބޮޑު މިނިސްޓްރީއެއް. ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓް. މަހޭ ކުރެން އަހާބަލަ ކޮމިޔުނިޓީ އެމްޕަވަރކުރަން މަހޭއަށް ކުރެވުނީ ކީއްތޯ. މަގުމަތީގައި ބިއްޖެހިފައިތިބި ޒުވާނުންނަށް ކޮށްދިނީ ކޮންކަމެއްތޯ؟ ދެތިން ފުޓްސަލްދަނޑު ހެދީމަ މިނިސްޓްރީގެ 3 ދާއިރާގެ ކަންކަން ނިމުނީކަމަށް ބާ ހީވަނީ.

The name is already taken The name is available. Register?

މަގޭ ފެމިލީ ތާޢީދު

04 October 2023

މަޚްލޫފަކީ މޭޔަރުކަމަށް ޤާބިލު ބޭފުޅެއް!

The name is already taken The name is available. Register?

ގަލޮޅު ދަނޑު

04 October 2023

މަގޭ ވާހަކަ ދައްކަބަލަ

The name is already taken The name is available. Register?

2000

04 October 2023

އަހަރެންގެ ވޯޓް ދޭނީ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ މޭޔަރ ކަމަށް ކުރުމަތި ލާނަ،މަ އެކަމަނާއަށް

The name is already taken The name is available. Register?

ސުޕަވައިޒާ ހަމީދު

05 October 2023

އުހުނ، އޭނަ އަނބުރާ ގެންދޭ އެމްއެންޔޫ އަށް

The name is already taken The name is available. Register?

ބެލެނިވެރިން

04 October 2023

އަޅުގަނޑު މެން ބޭނުން ވަނީ ތިބޭފުޅާ އަވައް ޔޫތްމިނިސްޓަރ ކަމުން ވަކިވުމައް ތިބޭފޫޅާ ގެ ބާރުން ބާސްކެޓް ހުންގަން އަރާތިބި ބަޔަކު ހަދަނީ ހަދާނެ އެއްޗެއް .

The name is already taken The name is available. Register?

ކުޑަތުއްތު

04 October 2023

މާލޭގެ ލޮބުވެތި ރައްޔިތުންނޭ. ނަމަނަމަ ތި މަޅީގައި ނުޖެހޭތި. އެބޭފުޅުންގެ ވެރިކަމުގައި ކަންހިނގިގޮތް އެއޮތީ ވަރަށް ސާފުކޮށް ފެންނަން. އިންތިޚާބު ކުރަންވާނީ ޑރ. މުޢިއްޒުގެ ސަރުކާރުގެ ފަރާތުން ދައްކަވާ ބޭފުޅެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454