ދުނިޔެ / ކްލައިމެޓް ޗޭންޖް

މިހާތަނަށް އެންމެ ހޫނު އަހަރު: 2023

ކްލައިމެޓް ޗޭންޖް

05 އޮކްޓޯބަރ 2023 - 12:09

4 comments

އީކުއޭޓަރުން އުތުރަށް އަހަރުގެ ހޫނު މޫސުން ނިންމައި ފިނި މޫސުމަށް ބަދަލުވުމާ ދެމެދު ހޭދަވާ އިންތިގާލީ މަރުހަލާ، ނުވަތަ ޚަރީފު މޫސުން ސެޕްޓެމްބަރު 22 ވަނަ ދުވަހު ފެށިފައި ވިޔަސް، ހޫނު މޫސުމުގެ ގަދަ ހޫނު މަޑުވުމުގެ އަލާމާތެއް އަދި ނުފެނެ އެވެ. އާންމު ގޮތެއްގައި ހޫނު މޫސުމުގެ (ޖޫން 21 ން ސެޕްޓެމްބަރު 23 ށް) ދުވަސްތަކުގެ ތެރެއިން ސެޕްޓެމްބަރު މަހަކީ ހޫނުމިން ދަށަށް ދާން ފަށާ މަސް ކަމަށް ވިޔަސް، މިއަހަރު ކަންތައް ހުރީ އެ ގޮތަކަށް ނޫނެވެ.

ވިލާތުގެ އިއްތިހާދުގެ މޫސުމާ ބެހޭ އެންމެ ބޮޑު އެއް އިދާރާ، ކޮޕާނިކަސް ކްލައިމެޓް ޗޭންޖް ސާވިސް (ސީ3އެސް) އިން އިއްޔެ އާންމުކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ވެސް، ސެޕްޓެމްބަރު މަހުގެ ހޫނުމިން ދިޔައީ އަހަރުން އަހަރަށް މައްޗަށެވެ. އަދި މިދިޔަ ހަތަރު އަހަރަށް ބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހަކީ ހޫނުމިން އެންމެ މަތީގައި ދެމިހުރި ސެޕްޓެމްބަރު މަހެވެ.

ސީ3އެސްގެ ފަރާތުން ދުނިޔޭގެ މޫސުމާ ބެހޭ މައުލޫމާތުތައް، 1940 ވަނަ އަހަރުން ފެށިގެން އެއްކުރަމުން އަންނަ އިރު، އެ މަހެއްގެ އެވްރެޖް ހޫނުމިނަށް ވުރެ އާދަޔާ ޚިލާފަށް އެންމެ ބޮޑަށް ހޫނުމިން މަތިވެފައިވާ ކަމަށް، މިދިޔަ ހަތަރު އަހަރު ވެސް ފާހަގަކުރެވެނީ ސެޕްޓެމްބަރު މަހެވެ.

(FILES) Homeless people take rest under a bridge to get respite from the heat on a hot summer afternoon in New Delhi on May 11, 2022. India has reported in 2023, its hottest and driest August since national records began more than a century ago, the latest in a string of records broken worldwide as climate change intensifies. -- Photo: Sajjad Hussain / AFP

މޫސުމާ ބެހޭ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދުނިޔޭގެ ކަނޑުތަކުގެ އެވްރެޖް ހޫނުމިން ވެސް ސެޕްޓެމްބަރު މަހު ވަނީ މަތިވެފަ އެވެ. ކަނޑުގެ ސަތަހައިގެ އެވްރެޖް ހޫނުމިން، ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުރި ކަމަށް ރެކޯޑް ކުރެވިފައިވަނީ 20.92 ޑިގްރީ ސެލްސިއަސްގަ އެވެ. އަހަރުގެ އޮގަސްޓް މަހަށް ފަހުގައި، ކަނޑުގެ ސަތަހައިގެ ހޫނުމިން އެންމެ މައްޗަށް ދިޔަ މަހުގެ ގޮތުގައި ފާހަގަކުރެވެނީ ވެސް ސެޕްޓެމްބަރު މަހެވެ.

އޭގެ އިތުރުން، އެންޓާޓިކާގެ ގަނޑުފެންތައް، މަހުން މަހަށް ވިރެމުންދާ ނިސްބަތަށް ބަލާއިރު ވެސް، އެންމެ ބޮޑަށް ވިރިފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

ސެޕްޓެމްބަރު މަހުގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަކުރެވިފައިވާ އިރު، ހުސްވި ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުރިމަތިވި މޫސުމީ ކާރިސާތަކުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. މެޑްޓެރޭނިއަން ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާން ޑެނިއަލް، ސެޕްޓެމްބަރު 10 ވަނަ ދުވަހު ލީބިޔާގެ އިރުއުތުރު ސަރަހައްދަށް އެރުމުގެ ސަބަބުން، ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ 20000 އަށް ވުރެ ގިނަ މީހުން ގެނބިގެން މަރުވި އެވެ.

އޭގެ އިތުރުން ގްރީސް، ބުލްގޭރިއާ އަދި ތުރުކީ ވިލާތަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކުގައި ވެސް، އެތައް ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު ހާލުގައި ޖެހުނެވެ. ކެނެޑާ އާއި އެމެރިކާގެ ބައެއް ސަރަހައްދުތަކުގައި ވެސް އާދަޔާ ޚިލާފަށް ހޫނުމިން މައްޗަށް ދިޔަ އެވެ.

4 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަބީއުު

05 October 2023

ކޮންމެ އަހަރަކުވެސް ކިޔާ ލަވައެއް. އާލަވައެއްނޫން. ފޮޓޯތައްވެސްޖަހާ.

The name is already taken The name is available. Register?

ކިރުކަކުނި.

05 October 2023

އަންނަ އަހަރުވެސް ބުނާނެ 2024 އެއީ އެންމެ ހޫނު އަހަރޭ. ދެން ކޮންމެވެސް ކުލައިމެޓު އެޓޮމެސްފިއާ ސަމިޓެއް ބާއްވާފަ ނިންމާލީމަ އެނިމުނީ.

The name is already taken The name is available. Register?

އަމީނު

05 October 2023

މި ވާހަކަ މީގެ 1400 އަހަރު ކުރިން މުސްލިމުން ނަށް އިނގޭ

The name is already taken The name is available. Register?

ދެން ލަލަލ

06 October 2023

އަމީނު ކިތަންމެ ވަރަށް ހިތްދަތިވިޔަސް 1400 އަހަރު ކުރިން އެންގެވި ކަމެއް ވާނީ ހަމަ އެނގޭ ކަމަކަށް..ނޭނގޭ ކަމަކަށް އެކަން ކަމެއް ނުހެދޭނެ..ޖޯކު ޖަހަޖަހަ ހުންނަން ޖެހޭނީ..އަސަރެއް ކުރާނީ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454