އިޒްރޭލުން ގާޒާ އަށް ދިން ވައިގެ ހަމަލާގައި ގެތަކެއް ބިމާ ހަމަވެފައިވާއިރު، ފަލަސްތީނުގެ ރައްޔިތަކު ކޮތަޅެއްގައި އެއްޗިހިތަކެއް ހިނގާފައި ދަނީ.-- ފޮޓޯ: އޭއެފްޕީ
10 އޮކްޓޯބަރ 2023 - 20:04
ޔަހޫދީންގެ ނަޒަރުގައި، އެނޫން ދީނެއް ނުވަތަ އެނޫން ނަސްލެއްގެ މީހުންނަކީ އިންސާނުންގެ ސިފައިގައި ތިއްބަސް އިންސާނުންނެއް ނޫނެވެ. ވަކިން ޚާއްސަކޮށް މުސްލިމުންނަކީ ޔަހޫދީންގެ ނަޒަރުގައި އެހެން އިންސާނުންނަށް ވުރެ ވެސް ދަށު ދަރަޖައިގެ ބައެކެވެ. އެހެންކަމުން، މުސްލިމުންނާ މެދު އޯގާތެރިވުމާއި އިންސާނިއްޔަތުކަން ބެހެއްޓުމަކީ ޒަޔަނިސްޓް ޔަހޫދީން ދަންނަ ކަމެއް ނޫނެވެ.
ޒަޔަނިސްޓު ޔަހޫދީން ދެކޭ ގޮތުގައި އެހެން ދީންތަކާއި އެހެން ނަސްލުތަކުގެ މީހުންނަކީ، ޔަހޫދީންނަށް ޚިދުމަތް ކުރުމުގެ ގޮތުން އިންސާނުންގެ ސިފައިގައި ދުނިޔެއަށް ފޮނުވާފައިވާ އެހެން ބާވަތެއްގެ މަޚްލޫޤުންތަކެކެވެ. ދަރަޖައިގެ ގޮތުންނާއި މާތްކަމާއި މަތިވެރިކަމުގެ ގޮތުން، ޔަހޫދީންނާ އެހެން އެއްވެސް ދީނެއްގެ ބަޔަކާ އެއްވަރު ނުކުރެވޭނެ ކަމަށް އެމީހުން ދެކެ އެވެ.
ގާޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން މިހާރު ކުރަމުންދާ ހަނގުރާމައިގައި އިޒްރޭލުގެ ޒަޔަނިސްޓު ސިފައިން ގެންދަނީ އަމަލީ ގޮތުން ވެސް އެކަން ދުނިޔެ އަށް ސާބިތުކޮށްދެމުންނެވެ. އަދި ޔަހޫދީންގެ އެ އަމަލުތަކަށް، އެމެރިކާ އާއި ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން އެދަނީ ފާޅުގައި ތާއީދުކޮށް، ފަލަސްތީނު ރައްޔިތުންނަކީ ޓެރަރިސްޓުން ކަމަށް ތުހުމަތު ކުރަމުންނެވެ.
މި ދިޔަ ހޮނިހިރު ދުވަހުގެ މާއިރާ، އަގްސާ ތޫފާންގެ ނަމުގައި ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލުން އިއުލާންކުރި ހަނގުރާމައިގައި، ބޭނުންކުރަމުން އެދަނީ އެމެރިކާ އިން ދީފައިވާ އެންމެ ބާރުގަދަ ހަތިޔާރުތަކެވެ. އޭގެ ތެރެއިން ވެސް އެންމެ ބާރު ގަދަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ، 'ބަންކާ ބަސްޓާ' ނުވަތަ ބިންގަރާސް ބޮން (ބިންގަރާސް ގޮއްވާ ބޮން) އެވެ.
އިޒްރޭލުން ގާޒާ އަށް ދިން ވައިގެ ހަމަލާގައި ގެތަކެއް ބިމާ ހަމަވެފައި.-- ފޮޓޯ: އޭއެފްޕީ
އެއްގަމާއި ވައިގެ މަގުންނާއި ކަނޑު މަގުން އިޒްރޭލުން ހިސޯރުކޮށްގެން އުޅޭތާ 17 އަހަރުވީ ގާޒާ އަށް، ބަންކާ ބަސްޓާ ބޮމުން ހަމަލާ ދެމުން ދާއިރު، އެ ހަމަލާތައް އަމާޒުވަނީ އާންމުން ދިރިއުޅޭ ތަންތަނަށް ކަމެއް އިޒްރޭލުން ނުވިސްނަ އެވެ. އަދި އެ ހަމަލާތަކުގައި މަރުވަނީ ފަލަސްތީނުގެ ކުށެއް ނެތް އާންމު ރައްޔިތުން ކަމަށް ވިޔަސް، އިޒްރޭލަށް ފަރުވާލެއް ނެތެވެ.
އިޒްރޭލުން ބިންގަރާސް ބޮން ބޭނުންކުރަނީ، ގާޒާގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނު ރައްޔިތުން ހަދާފައިވާ ބިންގަރާސްތައް ހަލާކު ކުރުމުގެ ނަމުގަ އެވެ. ގާޒާގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ ބިންގަރާސްތަކަކީ، ގާޒާގެ މުޅި ދިރުމެވެ.
އިޒްރޭލުގެ ހަމަލާތައް ކޮންމެ ވަގުތެއްގައި ވެސް ކުރިމަތިވުމުގެ ނުރައްކާ އަބަދުވެސް އޮތުމާއެކު، ގާޒާގައި ދިރިއުޅޭ އާންމު ރައްޔިތުން، އެބައިމީހުންގެ ކާބޯތަކެއްޗާއި ހަކަތައިގެ ބާވަތްތަކާއި ބޭސް ފަދަ، ޒަރޫރީ ތަކެތި ރައްކާކޮށްފައި ބަހައްޓަނީ ބިންގަރާސްތަކުގަ އެވެ. އަދި ހަމަލާއެއްގެ ނުރައްކާ ކުރިމަތިވެއްޖެ ނަމަ، ރައްކާތެރިކަން ހޯދުމަށް ވަންނަނީ ވެސް ބިންގަރާސްތަކަށެވެ.
އޭގެ އިތުރުން ގާޒާގެ އަސްކަރިއްޔާއަކީ ވެސް ގާޒާގެ ބިމު އަޑީގައިވާ ބިންގަރާސްތަކެވެ. ހަމާސް ފަދަ ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަތިޔާރާއި އަސްކަރީ ހުރިހާ ސާމާނެއް ރައްކާކުރާ އަދި އަސްކަރީ އިދާރީ ހުރިހާ ކަމެއް ހިންގާ ހެޑްކުއާޓަރުތައް ހުންނަނީ ވެސް، ބިމު އަޑީގައިވާ ބިންގަރާސްތަކުގަ އެވެ.
ނަމަވެސް އިޒްރޭލުން މިހާރު ދެމުންދާ ހަމަލާތަކުގައި ބިންގަރާސް ބޮންތަކުން ހަމަލާދެނީ ހަމައެކަނި ބިންގަރާސްތަކަކަށް ނޫނެވެ. އޭގެ އިތުރުން، އާންމު ދިރިއުޅޭ އުސް އިމާރާތްތަކަށާއި އޮފީސް އިމާރާތްތަކަށް ހަމަލާ ދިނުމުގައި ވެސް ބިންގަރާސް ބޮން ބޭނުންކުރުން ވަނީ އިތުރު ކޮށްފަ އެވެ.
ބިންގަރާސް ބޮމަކީ ހަނގުރާމަވެރި ހަތިޔާރުތަކުގެ ތެރެއިން އެންމެ ބާރު ގަދަ އަދި އެންމެ ނުރައްކާތެރި އެއް ހަތިޔާރުގެ ބެލެވޭ އެއްޗެކެވެ. މި ޒާތުގެ ބޮމަކީ އޭގެ އަމާޒަށް ވާސިލުވުމާ އެކު ގޮވުމުގެ ބަދަލުގައި އެތައް މީޓަރެއްގެ ފުނަށް އެ ތަނެއް ފޫއަޅުވާލައި ވަދެގެން ދިއުމުގެ ގާބިލުކަން ލިބިފައިވާ ބޮމެކެވެ.
ބިމުގެ ފަސްގަނޑުގެ އަޑިއަށް ގާތްގަނޑަކަށް 100 މީޓަރު އަޑިއަށް ވަދެގެން ދިއުމުގެ ގާބިލުކަން ލިބިފައިވާ މި ބޮމުގެ މައިގަނޑު ދެ ބާވަތެއް ހުރެ އެވެ. ފުރަތަމަ ބާވަތުގެ ބޮމަކީ އޭގެ ކުރީކޮޅު (ތުންގަނޑު) ވަރަށް ވަރުގަދަ އެކަތައަކުން ހަދާފައި ހުންނަ ބޮމެކެވެ. މިހެންވުމުން، މި ބޮން އަމާޒުވާ ތަނެއްގައި ޖެހުމާއެކު ގޮވައިގެނެއް ނުދެ އެވެ.
ވަރުގަދަ ތުންގަނޑުގެ އިތުރުން، އޭގެ ބަރުދަނުގެ ސަބަބުން މި ބާވަތުގެ ބޮން އަމާޒުވާ ތަނެއްގައި ޖެހުމާއެކު ގޮވުމުގެ ކުރިން، އެ ތަނެއް ފޫއަޅުވާލާފައި އެތެރެއަށް ވަދެގެން ދެ އެވެ. އަދި ބޮމުގެ ގޮވާ ބައި (ހަތިޔާރު) އުފައްދާފައި ވަނީ، ތަނެއްގައި ޖެހުމަށް ފަހު، މަދު ސިކުންތުކޮޅެއްގެ ފަހުން ގޮވާ ގޮތަށް ކަމަށްވާތީ، އެތަނެއް ފޫއަޅުވާލައި އެންމެ ފުނަށް ވަނުމަށް ފަހުގައި ނޫނީ މި ބާވަތުގެ ބޮމެއް ނުގޮވާނެ އެވެ.
ދެ ވަނަ ބާވަތުގެ ބޮމަކީ އޭގެ ޒާތުގައި ދެ ބޮން ނުވަތަ ދެ ގޮވުން އެކުލެވޭ ގޮތަށް އުފައްދާފައިވާ އެއް ބޮމެވެ. މި ބާވަތުގެ ބޮމުގެ ފުރަތަމަ ގޮވުން ގޮވާނީ، އެ އަމާޒުވާ ތަނެއްގައި ޖެހުމާއެކުގަ އެވެ. ބޭނުމަކީ މުޅި ބޮން އެކުގައި އެ ތަނަކަށް ވަދެގެން ދިއުމަށްޓަކައި އެ ތަނެއްގައި ބާކޮޅެއް ނުވަތަ ލޯވަޅެއް އުފެއްދުމެވެ.
އެއަށް ފަހު އެލޯވަޅުގެ ތެރެއިން އެ ބޮން ވަދެގެން ދެވުނު އެންމެ އަޑިއަކަށް ދެވުމާއެކު، އަސްލު ބޮން ގޮވާނެ އެވެ. އެއާއެކު އެ ތަނެއް އެކުގައި ބިމާ ހަމަކޮށްލާނެ އެވެ. އަދި އެއީ ބިމު އަޑީގައިވާ ތަނެއް ނަމަ، އެ ސަރަހައްދުގެ ބިންގަނޑަށް އަންނަ ވަރުގަދަ ލޮޅުމަކާއެކު އެ ތަނެއް ފުނޑުފުނޑުވެގެން ދާނެ އެވެ.
ބިންގަރާސް ބޮން އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި، ޖަރުމަން ވިލާތުގައި ރޮކެޓްތައް ގުދަންކޮށްފައި ހުރި ބިންގަރާސްތައް ގޮއްވައިލުމަށެވެ.
އިޒްރޭލުން މިހާތަނަށް މި ޒާތުގެ ބޮން ބޭނުންކޮށްފައި ވަނީ، ފަލަސްތީނުގެ ހަނގުރާމަވެރިން ހަތިޔާރު ގުދަންކުރުމަށާއި، މިސްރުން ގާޒާގެ ތެރެއަށް ހަތިޔާރާއި އެހެނިހެން ސާމާނު ވަގަށް އެތެރެކުރުމަށް އުފެއްދި ބިންގަރާސް މަގުތައް ހަލާކު ކޮށްލުމަށެވެ. އޭގެ އިތުރުން، އީރާންގެ ނިއުކްލިއާ އެކުވެނިތަކަށް ދިން ހަމަލާތަކުގައި ވެސް މި ބާވަތުގެ ބޮން ބޭނުންކޮށްފައިވެ އެވެ.
އިޒްރޭލުގައި ބޭނުންކުރާ ބިންގަރާސް ބޮމުގެ ގިނަ އެއްޗިއްސަކީ އެމެރިކާގައި އުފައްދައި އިޒްރޭލަށް ވިއްކާފައި ނުވަތަ ދީފައިވާ ބޮމެވެ. އޭގެ އިތުރުން އިޒްރޭލުގައި ވެސް މި ޒާތުގެ ބޮން މިހާރު އަންނަނީ އުފައްދަމުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން 2021 ވަނަ އަހަރު އިޒްރޭލުން ވަނީ ބިންގަރާސް ބޮމުގެ ޖީބީޔޫ-72 މަރުކާގެ ބޮންތަކެއް ގަތުމަށް އެމެރިކާ އަށް އޯޑަރު ދީފަ އެވެ. ބިމުގެ ފަސްގަނޑުން 30 މީޓަރު ފުނަށް ވަދެގަތުމުގެ ނުވަތަ 20 ފޫޓު ފުޅާމިނުގެ ކޮންކްރީޓް ފޫދުއްވައިލުމުގެ ގާބިލުކަން ލިބިފައިވާ މިބޮން ގަތުމަށް އިޒްރޭލުން ދިން އޯޑަރު އަދި އޮތީ ފުރިހަމަ ނުވެ އެވެ.
ބިންގަރާސް ބޮމަކީ ހަނގުރާމަވެރިންގެ ބިންގަރާސްތައް ގޮއްވައިލުމުގެ އިތުރުން، އެކަތިފަހަރުން އުސް އިމާރާތްތައް ވެސް ބިމާ ހަމަކޮށްލުމުގެ ގާބިލުކަން ލިބިފައިވާ ހަތިޔާރެކެވެ. ވިހި ބުރީގެ އުސް ކޮންކްރީޓް އިމާރާތަކަށް މިފަދަ ބޮމަކުން ހަމަލާ ދީފި ނަމަ، ފުރާޅުން ވަދެގެން ހުރިހާ ކޮންކްރީޓް ޝީޓްތައް ފޫއަޅުވަމުން ގޮސް އިމާރާތުގެ ބިންގަލުގައި ޖެހުމާ އެކު ގޮވާނެ އެވެ.
އިޒްރޭލުން ގާޒާ އަށް ދިން ވައިގެ ހަމަލާގައި ގެތަކެއް ބިމާ ހަމަވެފައިވާއިރު، ފަލަސްތީނުގެ ރައްޔިތަކު ހިނގާފައި ދަނީ.-- ފޮޓޯ: އޭއެފްޕީ
އެއާއެކު ވަރުގަދަ އަޑުފައްގަނޑާއެކު އޮލަ ދުންގަނޑެއް އަރައި އަލިފާން ރޯވެ މުޅި އިމާރާތް ބިމާ ހަމަވެގެން ދިއުމަށް ނަގާނީ މަދު ސިކުންތުކޮޅެކެވެ.
ޖެނީވާ މުއާހަދާ ބުނާ ގޮތުން މަދަނީ ސަރަހައްދުތަކުގައި މިޒާތުގެ ބާރުގަދަ ހަތިޔާރު ބޭނުންކުރުން ހުއްދަވާނީ، ވަރަށް މަދު ނާދިރު ހާލަތްތަކެއްގައި، އަމިއްލަ ނަފްސުގެ ދިފާއުގައި އެނޫން ގޮތެއް ނެތިއްޖެ ނަމަ އެވެ. ނަމަވެސް އިޒްރޭލުގެ ކުރިމަތީގައި އެއީ މާ އަގެއް ހުރި މުއާހަދާއެއް ނޫނެވެ.
އެހެންކަމުން، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް، ކިތަންމެ ގިނަ ބަޔަކު ޝަހީދުވިޔަސް އިޒްރޭލަށް ފަރުވާލެއް ނެތެވެ.
އީތާން ޝާމިރު، ބޭގިން-ސާދާތު ސެންޓާ ފޯ ސްޓްރެޓީޖިކް ސްޓަޑީޒްގެ ޑިރެކްޓަރު ވިދާޅުވި ގޮތުގައި ހަމާސްއާ ދެކޮޅަށް ބިންގަރާސް ބޮން ބޭނުންކުރާނެ ކަމާ މެދު ޝައްކެއް ނެތެވެ.
އިޒްރޭލުގައި އެ ޒާތުގެ ބޮން ހުންނާނެ، އަދި ހަމާސްއާ ދެކޮޅަށް ބޭނުން ވެސް ކުރާނެ. އެ ހަތިޔާރު ބޭނުންކުރުމުން ފަލަސްތީނު މީހުންނަށް ކޮންމެ ފަދަ ގެއްލުމެއް ލިބުނަސް އެކަމަށް އިޒްރޭލުން ފަރުވާލެއް ނުބަހައްޓާނެ،" އީތާން ޝާމިރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަދަވި
12 October 2023
މިސާލަކަށް އިންޑިއާ އައުޓް ކީޔާއިރަށް ކީއްވެތަ އިންދިއާ ހައިކޮމިސަން އިން މިހާފޯރިއެއް މިއަރަނީ ބަލަ މީދިވެހި ގައުމޭ މިގައުމުގަ އެހެންގައުމެއްގެ މިލިޓަރީ އޮންނާކަށް ނުޖެހެޔޭ .ދެން އަނެއްކަމަކީ އިޒްރޭލަކީ ގައުމެއްނޫނޭ ގައުމަކީ ފަލަސްތީނޭ އެތަނައްވެރިވެގަނެގެން އުޅޭ ކޮންމެބަޔަކާއި ދެކޮޅައް އެބަޔަކު ނިކުންނާނެޔޭ އެހެންވީމާ ހަމާސްއިން އެކުރަނީ އެމީހުންގެ ގައުމީ ޖިހާދެއް ކޮންމެވެސް ދުވަހަކުން އެމީހުންނަށް ނަސްރް ލިބޭނެ
ލަދުކޮބާ؟
11 October 2023
ކީއްވެތަ އެންމެން ފަލަސްތީނާ އެއްޗިހި މިކިޔަނީ؟ރާއްޖެ މީހުނަށް އިންޑިއާ ސިފައިން މިތާ ހަނގުރާމައެއް ނުކޮށް ތިބެލި ކަމަށްޓަކާ ކެތްނުވެގެން އުޅުނު އިރު ފަލަސްތީނު މީހުނަށް ކެތްނުކުރެވޭތަ 75 އަހަރު ވީއިރު މަޑުން ތިބިއިރު؟އިޒްރޭލުންނަކީ ބިންއޮތް ބައެއް ނޫނޭ. އެއީ އެމެރިކާ މީހުން ގެންގޮސް މެދުއިރުމަތީގެ މެދުގަ ބޭތިއްބި ބައިގަނޑެއް. ކެތްވާނީ ވަކިވަރަކަށްދޯ ފަލަސްތީނު މީހުނަށްވެސް. އެމީހުންގެ އަމިއްލަބިމޭ އެއީ.
ރޮންދާ
11 October 2023
ޢީމާންކަން ބަލިކަށިކަމުން!!! ނުވަތަ އަދި ނުވިސްނެނީ!!! ނުވަތަ އިސްލާމް ދީނާއި ދީނުގެ އަޙްވަންތަކަން ނޭގެނީ!!! ނުވަތަ ޖާހިލުކަން!!!
ލޯޔަރު
11 October 2023
ފަލަސްތީނައް އެއްޗެހި ކިޔަނީ، މާ ފަލަސްތީން ވެގަނެގެން ދިވެހިން އެޅޭތީ.
LaamuonlineDOTcom
11 October 2023
ހަމާސް ޖަމާއަތަށް އިޒުރޭލުބަލިނުކުރެވޭކަމަށްވަންޏާ އިސްވެހަނގުރާމަ ފަށަނީކީއްވެހޭ ސުވާލަކީ؟ ހަމާސްއިން އިޒުރޭލަށް ހަމަލާދިން ކޮންމެފަހަރަކުވެސް ފަލަސްތީނުގެ އެތައްހާސް ރައްޔިތުންނެއް މަރާ ގެދޮރުސުންނާފަތި ކުރުމަކީ އިޒުރޭލުގެ އާދައެއްކަން ސާފުކޮށްއެނގޭއިރު، އިޒުރޭލު ބަލިވެސްނުކުރެވޭއިރު ދެން ހަމަލާއިސްވެދެނީ ކީއްވެހޭ؟ ހަމަ އެކަށްޗެއް ރިޕީޓުވަމުންނޭމިދަނީ، އިޒުރޭލު ފުނޑާލެވޭނެވަރަށް ތައްޔާރުވެެގެން ހަމަލާދީ ތިޔަކަން ކޮޅެއްގައި ޖައްސަންވެއްޖެނުން؟
ރޮންދާ
11 October 2023
ގޭގަ ތިއްބަކަސް ކާމިޔާބެއް ނުވާނެ!! މަސައްކަތް ކުރަނީ ކާމިޔާބު ކުރުމަށް ޓަކައި ނަސްރު ދެއްވާ ފަރާތުން އެމީހުންގެ މަސަކަތައް ނަސްރު ދެއްވާނި!! ތިމާމީހާ ނުވަތަ ވަކިބައެއްގެ މޮޅުކަމަކުން ނުވަތަ ދެރަކަމަކުން ވާކަމެއް ނޫޫންމީ!! ﷲއިރާދަ ކުރެއްވިއްޔާ ވަގުތު އައިސް ޖެހުމާއި އެކު އެކަމެއް ނިމިގެންދޭ ހަމަ އެގޮތައް އިޒޮރޭލުވެސް ބަލިކޮއްނެތިގެންދާނެ އިންޝާﷲ. ފަލަސްތީނުގެ މުޖާހިދުންނަށް ނަސްރާއި ކާމިޔާބު ދެއްވާ އިޒްރޭލި ނެތިކޮއް ހަލާކު ކުރައްވާށި...... ޢާމީން
ޖަލީލީ
12 October 2023
ކަލޭ ކަހަލަ ފިނޑިންގެ އަތްމައްޗަކަށް ނޫން ބައިތިލް މަގުދިސް ފަތަހަވެގެންދާނީ. ކެރޭ ހިތްވަރުގަދަ މުޖާހިދުންގެ މަސައްކަތުން.
ބިންގަރާސް2
11 October 2023
ރިޕޯޓު ނިމުނުއިރު ހީވަނީ އަދި ބޭނުން ނުކުރެޔޭ ނަމަވެސް ކުރާނެކަން ޔަގީނޭ ބުނާހެން. ކޮންމެއަކަސް މުސްކުޅިން ބުނެއުޅޭ ކުޅަނދުރުހަތަޔަށް އޮއްގާ ނޫކާށޭ. ބިންގަރާސްތަކަކީ ގާޒާގެ މުޅި ދިރުމަށްވާއިރު، އަދި ބިންގަރާސްތަކުގައި ހަތިޔާރުވެސް ރައްކާކޮށް އަދި މިލިޓަރީ ހަރަކާތްތައްވެސް ހިނގާއިރު، ހަނގުރާމަ ފެށުމަކީ ރަނގަޅުކަމެއްބާ.
ސަޅިބައިސާ33
11 October 2023
ސަޅިބައިސާ ރިޕޯޓު ލިޔުނުތާ އަދި 24 ގަޑިއިރު ނުވޭ. ހަނގުރާމަކޮށްގެން މިކަން ނުވާނެ. އެއަށްވުރެ ބާރުގަދަ ބައެއް އިޒްރޭލަކީ. ރަނގަޅުވާނީ ހަނގުރާމައަކާ ނުލައި ޓޫ ސްޓޭޓް ސޮލިއުޝަންއަކަށް މަސައްކަތްކުރިއްޔާ.
އަފްރާސިޔާބު
11 October 2023
އަރަބިން ބުނާހެން. އެމީހުނަކީ ގަދަފަދަ ބައެކެވެ. އަހަރެމެންނަށް އެމީހުން ބަލި ނުކުރެވޭނެއެވެ. އަހަރެމެން މިތާއަރާމުކޮށްލަން ތިބޭނޫ އެވެ. ކަލޭމެންނާއި ކަލޭމެންގެ ކަލާނގެޔާއި އެބައި މީހުންނާ ހަގުރާމަ ކުރާށެވެ. މީ މިއަދުގެ އަރަބިންގެ ގޮތުގައި ފެންނަ މީހުންގެ ވާހަކައަކީ. ކޮންމެ އަކަސް ހައްގު ގޮތުގައިތިބި މީހުންނަށް ނަސްރު ދެއްވުމުގައި ﷲ ސުބުހާނަހޫ ވަތަޢާލާ ވޮޑިގެންވާނެތެވެ. ފަލަސްޠީނުގެ ރައްޔިތުން 70 އަހަރު ވަންދެން މަރަމުން އެދަނީ މީދާ މަރާހެން.
ނިއަ
11 October 2023
ސާމިހުކެޕްޓަން ގެ ކޮމެންޓު ވަތަށް މުހިއްމު މި އާޓިކަލް އަށް.
ކުޑަފަރީ ވަހީދު
10 October 2023
ޔަހޫދީންގެ ނަޒަރުގައި، އެނޫން ނަސްލެއްގެ މީހުންނަކީ އިންސާނުންގެ ސިފައިގައި ތިއްބަސް އިންސާނުންނެއް ނޫނެވެ. ވަކިން ޚާއްސަކޮށް މުސްލިމުންނަކީ ޔަހޫދީންގެ ނަޒަރުގައި އެހެން އިންސާނުންނަށް ވުރެ ވެސް ދަށު ދަރަޖައިގެ ބައެކެވެ........ މިކަން އޮންނަނީ މިހެންކަން ފަލަސްތީނުގެ ސިޔާސީ މީހުނަށް. އެގެންޖެހޭނެ. އަދި އިޒްރޭލަށް ހަމަލާއެއް ދީފިނަމަ އަރުވާލާނެ ވަރުވެސް އެމީހުނަށް އެގޭއިރު އެވަރުގެ ހަމަލާއެއް ދީފިނަމަ ބަންކަރުބަސްޓާރ އަޅާނެކަންވެސް އެެެންޖެހޭނެ.
މަދުޚަލީ
11 October 2023
ހަނގުރާމައެއްގައި އެންމެ ފުރަތަމަ ފުރަގަސްދީ ދުވަން ފިލާނީ ކަލޭ ކަހަލަ ފިނޑި މީހުން!
އަނާޒ
10 October 2023
ހަނގުރާމައެއްގަ ހަނގުރާމަވެރިން ހިފާ ތަންތަން އެއީ އެބައެއްގެ މިލްކެއް. ކުރިންވެސް އެހެންވެފަ އޮތް ހިސާބެއް ތިއީ. މިހާރު ޒަމާން ބަދަލްވެއްޖެ ހަމާސް ކަހަލަ ޖަމާއަތްތައްވެސް ވާހަކަ ދައްކައިގެން މިކަން ހައްލު ކުރުން މުހިންމު.
އަޕަން
11 October 2023
އިޒުރޭލުން ހަނގުރާމަކޮށްގެން ހިފިތަނެއް ނޫން އެއީކީ ކަލޭ ކޮން ދޮގެއް ތިހަދަނީ ހަމީދޫ.
1206
10 October 2023
20 ފޫޓު ފުޅާ މިނެއް ނޫން. 20 ފޫޓު ބޯމިިނުގެ ކޮންކްރީޓް ފޫ އަޅުވައިލުމުގެ ގާބިލުކަން ލިބިފައިވާ ބޮން ...
ވަސް
10 October 2023
ޔާﷲ އިސްރާއީލް ހަލާކު ކުރައްވާން ދޭވެ.