ފުލުހުންގެ އިދާރާ: ދިވެހި ބޭސް ކުލިނިކެއްގައި ހަށިވިއްކަނިކޮށް ވަނީ ތިން މީހަކު ހައްޔަރުކޮށްފައި
12 އޮކްޓޯބަރ 2023 - 18:21
ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މާލޭގައި ހިންގާ ދިވެހި ބޭސް ކްލިނިކެއްގައި ހަށި ވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ތިން ދިވެހިންނެވެ.
އެއީ 35 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހެނެއްގެ އިތުރުން 41 އަހަރުގެ ފިރިހެނެކެވެ.
މި ތިން މީހުން ހައްޔަރު ކޮށްފައިވަނީ ހަށި ވިއްކާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށް އެ އިދާރާއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިހްސާސް
13 October 2023
ތިތަނުގެ ނަން ވެސް ބުނެލާ. ރަށްރަށުގެ ގެސްޓުހައުސްތަކުގަވެސް ތިކަން ފުޅާދާއިރާއެއްގެ ވިޔަފާރިއަކަށް ހަދައިގެން ހިންގާ.
އަބްޑޫޅް +
13 October 2023
ބަލަ، އެއީ ތަޔޮ ދަމަނީއޭ. ދިވެހި ބޭހެއް ނުކުރެވޭނެ ތެޔޮ ނުދަމައެއް. މިހާރު ކޮސްވެސް ގޮވަނީތަ؟
ހޯހޯހޯ
13 October 2023
ވިއްކާތީ ގަންނަނީ އަދި ގަންނާތީ ވިއްކަނީ. މިއީ ބޮޑު ވިޔަފާރިއެއް. މި ވިޔަފާރި ހިންގުމުގެ އަޑީގައި ފުލުހުންގެ ވެރިން ތިބޭކަމަށް ނޫސްތަކުގެ ކޮމެންޓް ސެކްޝަނުން ކުރިން ފެނިގެން ގޮސްފައިވޭ. މިއީ ސީރިއަސް މައްސަލައެއް.
ސަންގައްޕާ
12 October 2023
މާލޭގައި އެކިނަންނަމުގައި ހިންގާ ތަންތަނުގެ ތެރޭގައި ކުރަނީ ކޮންކަމެއްކަން ނޭގޭބަޔަކުނެތް. ވިކިންހާއްސަކޮށް ސްޕާއޭކިޔައިގެން ތެޔޮދަމާތަންތަން. މިތަންތަން ހިންގުމުގެ އަޑީގައި އުޅެނީ ކޮންބައެއްކަމާއި ކުރަނީ ކޮންކަމެއްކަން މިތަންތަން ރެއިޑުނުވެގެން އުޅެނީ ކީއްވެކަން ނޭގޭބަކުވެސް އިގޭބަޔަކުވެސް ނެތް. މިހިރީ ކަމާއިބެހޭ މީހުން ދައްކަން ބޭނުންނުވާ ވާހަކަ.
ޓަތޫރަ
12 October 2023
މާލޭގަ ހިންގާ މަސާޖްސެންޓަރުތަކުގަ ކީއްތަ ކުރަނީ
ޔެސްޓރ
12 October 2023
ދިވެހި ނޫނަސް . ބޭސްވިއްކާ ތަންތަނާއި ..ޑަކުޓަރަށް ދައްކާ ކުލިނިކު ތަކުގައިވެސް ތިޔާކަހަލަ ކަންކަން ހިނގާކަމީ ދަންނަކަންކަން
ދިއްދޫމީހާ
12 October 2023
ތުހުމަތުގައި ދެއްތޯ؟؟ ތުހުމަތުގައި ހައްޔަރު ކުރީމާ ވެދާނެ ދެމަފިރިންނަވެސް އަދި ދެން ހުރި މީހާ ވެދާނެ އަންހެން މީހާގެ ވަލީވެރިޔާއަވެސް ދެއްތޯ؟ނަސީބެއް ތުހުމަތުގައި ދެތިން ކަކުނި ހައްޔަރު ނުކުރިކަން…
ސާމިހް ކެޕްޓަން
12 October 2023
ތިތަނުގެ ނަންޖަހާބަލަ. ސީރިޔަސްކޮށޭ ދާކަށްނޫން.
LaamuonlineDOTcom
12 October 2023
ވާއޯ އިންޓެލިޖެންސް، ކޮންތާކު އޮންނައިންޓަލިޖެންސެއް، މީހަކު ގުޅާފަރިޕޯޓުކުރީމާ ބޮޑުވާން މިކިޔަނީ ފުލުހުންގެ އިންޓަލިޖެންސޯ، މިލިޓުރީ ނުވަތަ މަދަނީ އިންޓެލިޖެން ޑާޓާ އެކަށީގެންވާ ފެންވަރެއްގައި މިރާއްޖޭގައި ބަލަހައްޓަމަކުންނުދޭ! ކޮބައިތޯ އަފުރާޝީމުގެ ގާތިލުން، ކޮބައިތޯ ދެންވެސްހުރި މިފަދަކަންކަން، މިކަންކަމަށް ވިސްނާލީމަވެސް އިންޓެލިޖެންސްނެތްކަން ހާމަވޭނޫންތޯ؟ މާލޭގަ ގޭގެ ދޮރުބުޑުގަ ކަތިލީ އަދިވެސް ވީނުވީއެއްނޭންގެ!
ގެދާނޯމޮސް
12 October 2023
ޚާއްސަކޮށް އެކަން ކުރަން ހުންނަ ތަންނަކީ ގަވައިދުން ހިންގާ ތަންތަން ހެއްޔެވެ؟