ފިނޭންސް މިނިސްޓްރީގެ އިމާރާތް. އަންނަ އަހަރު ހުށަހަޅާ ބަޖެޓު 50 ބިލިއަން ރުފިޔާއަށް އެރުމުގެ ފުރުސަތު އެބަ އޮތް-- ފޮޓޯ: މިހާރު
13 އޮކްޓޯބަރ 2023 - 10:52
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު 50 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.
އެ މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފިސްކަލް ސްޓްރެޓެޖީ ބަޔާނުގައިވާ ވަނީ އަންނަ އަހަރުގެ ޖުމުލަ ހަރަދު 48 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށްފަ އެވެ. އޭގެ ތެރެއިން ރިކަރަންޓް ހަރަދަށް 33 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ.
މި އަހަރަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވަނީ 42 ބިލިއަން ރުފިޔާގެ ބަޖެޓެވެ. އަހަރުން އަނެއް އަހަރަށް އެ މިނިސްޓްރީން ހުށަހަޅާ ބަޖެޓު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ބަޖެޓު ބޮޑުވަނީ، ދައުލަތުގެ އާމްދަނީ އިތުރުވެ، ކުރަން ޖެހޭ ހަރަދުތައް ވެސް އިތުރު ވާތީ އެވެ.
ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި ބަޖެޓުގެ އަންދާޒާތައް ހާމަކުރި ނަމަވެސް، ބަޖެޓުގެ އަސްލު އަދަދު އެނގޭނީ، މި މަސް ނިމުމުގެ ކުރިން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުންނެވެ. އަންނަ އަހަރުގެ ބަޖެޓު އެކުލަވައިލުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން އަންނަނީ އަންނަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވާ އާ ސަރުކާރާ އެކު ކުރަމުންނެވެ.
އަންނަ އަހަރަށް މަޝްރޫއުތައް ހިންގަން 15 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އޭގެ ތެރެއިން ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ހާއްސަކުރި އަދަދަކީ 11 ބިލިއަނެވެ. "ނިއު ޕޮލިސީ އިނީޝީއޭޓިވް" ގެ ދަށުން އާ ކަންކަމަށް 1.3 ބިލިއަން ހޭދަކުރާނެ އެވެ.
ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރު ބަޖެޓު ޑެފިސިޓް ހުންނާނީ 9.8 ބިލިއަން ރުފިޔާގަ އެވެ. މިއީ ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން 8.5 ޕަސެންޓެވެ.
ފިސްކަލް ސްޓްރެޓެޖީގައިވާ ގޮތުން އަންނަ އަހަރު ވެސް ބަޖެޓުގެ ހަރަދުތައް ހަމަޖައްސަން އާމްދަނީގެ އިތުރުން ބޮޑު އަދަދެއް ހޯދަން ޖެހެ އެވެ. އެގޮތުން 50 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި ނަމަ އަންނަ އަހަރު 13.4 ބިލިއަން ރުފިޔާ ބަޖެޓަށް އިތުރަށް ހޯދަން ޖެހެ އެވެ. އެ ފައިސާ ހޯދަން ބޭރުގެ ބާޒާރަށް ގޮސް ބޮންޑު ނުހޯދި ނަމަވެސް ބައިނަލްއަގްވާމީ އިދާރާތަކުން އެކުވެރި ގައުމުތަކުން ބަޖެޓު ސަޕޯޓަށް ލޯނު ހޯދަން ވަނީ ކަނޑައަޅައިފަ އެވެ. ބަޖެޓު ސަޕޯޓުގެ ގޮތުގައި 50 މިލިއަން އެމެރިކާ ޑޮލަރު ހޯދަން ކަނޑައަޅާފައިވެ އެވެ.
ރާއްޖޭގެ ބާޒާރުން، 6.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ވަނީ ކަނޑައަޅައިފަ އެވެ. އަންނަ އަހަރު ދަރަނި އަނބުރާ ދެއްްކުމަށް 2.5 ބިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. އަދި 2025 ވަނަ އަހަރު ދަރަނި އަދާކުރަން 6.5 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން ހޭދަކުރާ އިރު، އެންމެ ބޮޑު ދަރަންޏެއް ކުރިމަތިވާ، 2026 ވަނަ އަހަރު 11.5 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރަން ޖެހެ އެވެ.
އަންނަ އަހަރު ވެސް ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވަނީ މި އަހަރާ ދާދި އެއްވަރެއްގަ އެވެ. ދަރަނި 111 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތޯ
14 October 2023
ކުރާނެ ކަމެއްނެތް ސޯލިހް ގެ ވެރިކަމުގެ ހިތި އަސަރު ފިލަން ނަގާނެ 10-15 އަހަރު
ސަންބޯސާ
14 October 2023
ދަރަނި ކުޑަކުރަން ކުރަންޖެހޭ ކަންކަމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ މާފު ކުރުމަށް ރައީސަށް ދީފައިވާ ޤާނޫނީބާރު ބާޠިލުކުރުން. އެކަމަކު ބަޖެޓް ކުރެވިގެން ރައީސް ދެއްވާ ޚާއްޞަ ޢިނާޔަތްތައް ކަނޑައެޅެންވީ. ރައީސަށް ދީފައިވާ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް މާފުކުރި ފައިސާ ވަކިބަޔަކަށް މާފުކޮށްފައި އަނެއްބަޔަކަށް ނުކޮށްދީވާތީ މިފައިސާގެ މައްސަލަވެސް ޝަރުއީ ގޮތުން ބާތިލުކުރަންވީ. އަނިޔާއަކީ އެކި ސިފައިގާ ކުރެވޭކަމެއް.
ބޮޑުމީހާ
13 October 2023
ކުރީގެ ސަރުކާރުތަކުން 40 އަހަރުން 4 ރައީސުންގެ ދަރަނި 48 ބިލިއަން. އިބޫ ސޯލިހު 5 އަހަރުން 60 ބިލިއަން. މިގައުމު މިހާބޮޑަށް ދަރުވާމިލީ އިބޫސޯލިހު.
ހުސް ނަރުދަމާ އަޅަނީ
13 October 2023
އަހަރުމެން ބޭނުމީ ޕޭމެންޓްތައް އެކައުންޓަށް ލިބޭނެ ޕޭމެންޓް ގޭޓްވޭތަކެއް. މުޅިދުނިޔެ ޔޫޓިއުބުން ފައިސާ ލިބިގެން އޮންލައިން ވިޔަފާރިކޮށްގެން މިއުޅެނީ. އަހަރުމެން ދިވެހިންނަށްވީތީ އެއްވެސް ވަސީލަތެއްނެތް. ވެރިކަންކުރާވަރަކަށް އެބަކުރޭ
1206
13 October 2023
ކުރީ ސަރުކާރުތަކުން ފެށިގެން އޮބި ނޯންނަ ބޯޑު ދަރަންޏެއް މުޢިއްޒުގެ ސަރުކާރަށް މިއޮތީ ވާރުތަވެފައި. ކަން މިހެން އޮތް ނަމަވެސް ކުރީ ސަރުކާރަށް ފޫޅު ކަނޑައި ބޮލުން ކަޓުވާލުމުގެ ސަގާފަތް ދޫކޮށް މި މައްސަލަތައް ހައްލުކުރުމަށް މުޢިއްޒު ސަރުކާރުގައި މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރަން. 40-50 އަހަރުގެ ދަރަނީގެ މައްސަލަ 5 އަހަރުން ހައްލު ނުކުރެވޭނެ. ނަމަވެސް އެ ދިމާލަށް މަސައްކަތް ކުރާކަން ސާބިތުކޮށްދެވިއްޖެ ނަމަ 2 ވަނަ ދައުރެއްގެ އުއްމީދު ބޮޑު.
ބޮޑުމީހާ
13 October 2023
ކުރީ ސަރުކާރުތަކޭ ނުކިޔާ. 40 އަހަރުން 4 ރައީސުންނަށް 48 ބިލިއަން. އިބޫ ސޯލިހު އެކަނި 5 އަހަރުން 60 ބިލިއަން.
ކޮރަލް
13 October 2023
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު 50 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ. ދަރަނި މެނޭޖް ނުކުރެވޭނަމަ ބަޖެޓް 100 ބިލިއަނަށް ވެސް އަރާފާނެ އެވެ. ފުރަތަމަ ކޮރަޕްޝަން ހުއްޓު ވަން ވީ އެވެ. ވޭތުވެދިޔަ ސަރުކާރު ތަކުގަ ހިންގާފަ ހުރި ކޮރަޕްޝަންގެ އަމަލު ތައް ބަލާ ތަހުގީގު ކޮށް ވަގަށް ނަގާފަ ވާ ފައިސާ އާ އެސެޓް ތައް ހޯދަން ވީ އެވެ. މައާފް ކުރަން ވީކީ ނޫނެވެ. އެއީ ރައްޔިތުންގެ ފައިސާ އެވެ.
ހެވެއްނު
13 October 2023
މިސަރުކާރު މީހުން އެ ފައިބައިގެން ދަނީ. ދެން ހެވެއްނު. އަރާ މީހަކަށް ހުރިހާ އުނދަގުލެއް.
ހުސްކުރަންވީއޭ
13 October 2023
މާލޭން އެބަޖެހޭ މީހުން މަދުކުރަން ވަރަށް ބޮޑަށް އެކަން ކުރުމަށް ޓަކައި އެއްފަހަރާ ހުޅުމާލޭގައި 1 ލައްކަ ހައުސިންގް ޔުނިޓްސް އިމާރާތް ކުރަން ފަށަންވީ ޗައިނާގެ އެހީގައި އަދި ވެލާނާގެ ބިލްޑިންގް އާއި ސަރުކާރުގެ ހުރިހާ އޮފީސް އިމާރާތް ތަކާއި ދައުލަތުގެ ކޯޓް ތަކާއި އަދި ދައުލަތުގެ ހުރިހާ މުވައްސަސާ ތައް ވެސް ހުޅުމާލެ އަށް ބަދަލު ކުރުމަށް ޓަކައި ބައެއް ތަންތަނަށް ބިން އަދި ހުރިހާ މިނިސްޓްރީ ތަކަށް 25 ބުރީގެ ޓަވަރެއް ބިނާކޮށް ހަދާ ވެލާނާގެ ބިލްޑިންގް
1206
13 October 2023
ކޮބާ ބިން. ހިއްކި ބިންކޮޅު ވެސް، ގާތް ކުދިން ބަހާލީ ހުޅުމާލެއިން. ދެން ތިބި މީހުންނަށް ދުރު ބިންތަކުން. މާލެ އަށް އަސާސީ ކަމަކަށް ކުރާ ޚަރަދުގެ ބޭރުން ދެން އިތުރަށް އެންމެ ފައިސާ ފޮއްޗެއް ވެސް ހޭދަ ނުކޮށް، ރާއްޖޭގެ އުތުން ހަނިމާދޫގައި ނުވަތަ ކެލާގައި ދެން ދެކުން ހުވަދު އަތޮޅު ވިލިނގިލި ތިނަދޫ އަދި ފުވައްމުލަކާއި އައްޑު އަތޮޅު ބޮޑެތި ޝަހަރުތަކުގެ ގޮތުންގައި އާބާދު ކުރަންވީ. ކޮންމެ ޝަހަރެން 50 ހާހާއި 75 ހާހާއި ދެމެދުގެ އާބާދީއަކަށް އަމާޒުކޮށްގެން.
ވިސްނާތި
13 October 2023
އާމްދަނީ އިތުރު ކުރަން އެބަޖެހޭ ހުޅުމާލޭގެ އިރުން އޮތް ފަޅު ހިއްކާ އެތަނުގައި އެމްބަސީ ޓަވަރު ތަކެއް ހަދަން ކޮންމެ ޓަވަރެއް 25 ބުރިއަށް ނެގޭނެއޭ ޓަވަރެއްގައި ހުންނަން ޖެހޭނެއޭ 2 ހެކްޓަރުގެ ފްލޯރ ސްޕޭސް ކޮންމެ ދެ ހެކްޓަރު ކުއްޔަށްދޭނީ ސަރުކާރުން ރާއްޖޭގައި ހުންނަ އެމްބަސީ ތަކަށް އެއިރުން އެމެން ފްލޯރ ސްޕޭސް ހަދާނެއޭ އެމެން ބޭނުންވާ ގޮތަށް މިގޮތުން ބިމުގެ ވިޔާފާރި ފުޅާކުރަންވީ މަހަކު 100 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ބިމުގެ ވިޔާފާރިން ލިބެންދެން
ވިސްނާށޭ
13 October 2023
ރާއްޖޭގައި އިންޑަސްޓްރިއަލް މަސައްކަތް ކޮށް އޭގެ ނަފާ ލިބޭނެ ކަން ތިލަފުށި ބަލާލުމުން އިނގެއޭ މާލޭގައި ހުރިއްޔާ ހުރި ހުރިހާ ވާރކްޝޮޕްސް ތަކާއި ގަރާޖް ތަކާއި ހޮޓާ ތަކާއި އަދި ރެސްޓޯރެންޓްސް ތައް ކުއްޔަށް ހިފައިގެން އެމެން ހިންގާތީވެ އެއިން ކޮންމެ ތަނަކަށް ދޭންވީއޭ ހެކްޓަރެއްގެ ފްލޯރ ސްޕޭސް ހުޅުމާލޭން އެމެން ބޭނުން ގޮތަކަށް ފްލޯރ ސްޕޭސް އެތެރެ ހަދާނީ އެމްޓީސީސީން ބިނާ ކުރަންވީ 2 ހެކްޓަރުގެ ބިން ހުޅުމާލޭން ހިއްކާ މިފަދަ އިންޑަސްޓްރިއަލް ޓަވަރެއް