ގެއްލިގެން ހޯދަމުންދާ ޔޫސުފް --
14 އޮކްޓޯބަރ 2023 - 14:58
އެކަނި މަހަށް ނުކުތް މީހެއްގެ ހަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.
ގެއްލިގެން ހޯދަނީ އދ. ދަނގެތި ޔޫސުފް އިބްރާހިމް، 65 އެވެ.
އެމްއެންޑީއެފުން ބުނީ، އެ މީހާ ގެއްލުނީ ކުޑަ ދޯންޏެއްގައި މަހަށް ނުކުމެ އުޅެނިކޮށް ކަމަށާއި އެ ރިޕޯޓް ލިބުނީ މިއަދު 11:42 ހާއިރު ކަމަށެވެ.
އެމީހާ މަހަށް ނުކުތީ މިއަދު ފަތިިހު ކަމަށްވެ އެވެ. އެއީ އާންމު ގޮތެއްގައި ވެސް އެކަނި މަހަށް ނުކުމެ އުޅޭ މީހެކެވެ.
އެމްއެންޑީއެފް އިން ބުނީ އެ މީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރޯ މޯޑިސް
15 October 2023
ކޮބާ ޗައިނާ އިން ދިން ސާރޗް އެންޑް ރެސްކިއު ފްލީޓް އަދި ނުލިބޭ، ނޮވެމްބަރ 17 އަށް މިކޮޅަށް ފޯރާނެ ދޯ.
ނާބަ
15 October 2023
އެކަނި މަހައް ނުކުތުމަކީ ދިވެހިމް އާމުކޮން ކޮށް އުޅޭކަމެއް އެކަން އެހެން ވިޔަ ނުދިނުމައް ކައުންސިލްތަކުން ހަރު ކަށި ގަވައިދެއް ހަދހަން ޖެހޭ ކަމައް ފެންނަނީ
ސުކުންފަޅި
15 October 2023
މީހާ ގެއްލުނީ ދޯންޏާ އެކުގަތޯ؟ ދޯނި ފެނިއްޖެތޯ.
އައްޓަމަސް
14 October 2023
އެކަނި ކަނޑަށް ނުކުތުމަކީ ގާނޫނީ ކުށެއް, މިކަހަލަ ކަންތަކުގައި ކައުންސިލުގެ ޒިންމާކޮބާ?
މުހަށްމަދު
14 October 2023
ކައުންސިލްތަކުގެ ޒިންމާ ކޮބާ. ސިފައިން ގާނޫނު ބަލަހަށްޓާނަމަ މިހެން ނުވީސް.
ފައިވްސްޓަރ
15 October 2023
ކޮންމެ ރަށެއްގެ ނެރުމަތީ މަނަވަރެއް ދޯ ދެން ބާއްވަންވީ. މިގައުމުގެ މީހުން ނަކީ ހެޔޮބަސް އަހާ ބަޔަކަށް ނުވާތީ ތިޔަ ކަހަލަ ދެރަ ކަންކަން ދިމާވަނީ
ދަނގޭތީމީހާ
15 October 2023
މީހާގެ ޒިންމާކޮބާ؟ ޢެމީހާއަަށްވެސް އެނގޭނެ އެއީ މަނާކެއްކަން...
މުހައްމާ
15 October 2023
ބަލަ ސިފައިން ގާނޫނު ބަލަހައްޓަން ތިއްބަސް އެއަށް އަމަލު ކުރަންތިބޭ މީހުން ގާނޫނުގެ މަތިން ދާން ފެށީމަ ސިފައިންނަށް ކުރެވޭނެ ކަމެއް ނޯންނާނެ.