ކަމާ ބެހޭ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގައި ފަސްޖެހެމުން ދާތީ މޯޝާއިން ކަންބޮޑުވޭ.
ލޭންޑިންގް ކްރާފްޓު ބަންޑުން ޖަހާލި ސަރަހައްދު ފާހަގަ ކޮށްފައި.-- ފޮޓޯ: އެމްއެންޑީއެފް
07 ޖުލައި 2025 - 15:13
ސިފައިންގެ ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގެ ތަހުގީގު ކުރިއަށް ގެންދާ ގޮތާ މެދުގައި މޯލްޑިވްސް އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު އޯގަނައިޒޭޝަން (މޯޝާ) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މަސައްކަތުގެ މާހައުލުގައި މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ވަކާލާތުކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މޯޝާ އިން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ މަހުގެ 25 ވަނަ ދުވަހު ސިފައިންގެ ސިވެކްގެ ކޮޅުވެއްޓި ބަންޑުންޖަހާލައި ހިނގި ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށާއި ގެއްލުނު ބިދޭސީގެ މަޢުލޫމާތު ހާމަކުރުމަށާއި އަދި ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވުމަށް ގޮވާލާ ކަމަށެވެ.
ސިފައިންގެ މީހަކު މަރުވެ، ބިދޭސީއަކު ގެއްލުނު އެ ހިތާމަވެރި ހާދިސާއާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގައި ފަސްޖެހެމުން ދާތީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މޯޝާ އިން ފާހަގަކުރިގޮތުގައި އެ އުޅަނދުގައި ހަ މީހަކު ތިބި ކަމަށާއި އެއީ ސިފައިންގެ ތިން އޮފިސަރުންނާއި ތިން ބިދޭސީއެކެވެ. ގެއްލުނު ބިދޭސީ މީހާ މި ހާދިސާ ހިނގި ވަގުތު ހުރީ އިންޖީނު ރޫމްގައި ކަމަށް ބެލެވޭ ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މީޑިއާތަކަށް ދީފައިވާ މައުލޫމާތްތަކުން އެނގޭ ކަމަށް މޯޝާ އިން ބުންޏެވެ.
ނަމަވެސް، ގެއްލުނު ބިދޭސީ މީހާގެ އައިޑެންޓިޓީ އާއި ގައުމު އަދި ވަޒީފާގެ މައުލޫމާތު ފަދަ އަސާސީ މައުލޫމާތު ވެސް ސިފައިން ހާމަކޮށްފައި ނުވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ޑިފެންސް މިނިސްޓްރީން އެ މައުލޫމާތު ހާމަނުކުރުމަކީ ޒިންމާދާރުކަން ކުޑަ އަދި މަސައްކަތުގެ ރައްކާތެރިކަމާއި ސިއްހަތުގެ ގާނޫނާ ހިލާފުވުން ކަމުގައި އެ ޖަމިއްޔާއިން ދެކޭ ކަމަށް ބުންޏެވެ.
މޯޝާ އިން ބުނި ގޮތުގައި، މަސައްކަތުގެ ރައްކާތެރިކަމާއި ސިއްހަތުގެ ގާނޫނުގައި ޔުނީފޯމްޑް ވުޒާރާތައް އިސްތިސްނާވި ކަމުގައި ވިޔަސް، އާންމު މީހުން ހިމެނޭ މަސައްކަތުގެ މާހައުލުގެ ހާދިސާތައް ތަހުގީގުކޮށް ހާމަކުރުމަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އެހެންވެ. މި ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށާއި ގެއްލުނު ބިދޭސީގެ މައުލޫމާތު ހާމަކުރުމަށާއި ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އެ ޖަމިއްޔާއިން ގޮވާލި އެވެ.
"އެހެންކަމާއެކު، ކަމުގެ ކަންބޮޑުވުން ހުރި މިންވަރަށް ބަލައި، ކަމާ ގުޅުންހުރި މުއައްސަސާތަކުން ލަސްނުކޮށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް މި އެސޯސީއެޝަނުން އިލްތިމާސްކުރަމެވެ،" މޯޝާގެ ބަޔާނުގައި ބުންޏެވެ.
މޯޝާ އިން ބުނީ މިފަދަ ހިތާމަވެރި ހާދިސާތަކުގައި ފުރާނަ ގެއްލޭ އާންމު މީހާގެ ހައްގުތައް ގެއްލިގެން ނުވާނެ ކަމަށެވެ. އަދި ޖަވާބުދާރީވުމަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ޖަމިއްޔާއިން ވަނީ ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށާއި ލޭބާ ރިލޭޝަންސް އޮތޯރީޓީ އާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި ކަމާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކަށް އެ ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށާއި ގެއްލުނު ބިދޭސީ މީހާގެ މައުލޫމާތު ހާމަކުރުމަށާއި ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ގޮވާލައިފަ އެވެ.
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރު ކުރަނިކޮށް ކާށިދޫ ކަނޑަށް ސިފައިންގެ ކޮޅުވެއްޓި ބަންޑުން ޖަހާލީ، ދިޔަވެ، ކުއްލިއަކަށް އަރިއަޅާލައިގެން ކަމަށް އެމްއެންޑީއެފުން މިދިޔަ ހަފުތާގައި ވަނީ ބުނެފަ އެވެ.
އެ ހާދިސާގައި ސިފައިންގެ މީހަކު މަރުވެ، އެ އުޅަނދުގެ ފަޅުވެރިޔަކަށް އުޅުނު ބިދޭސީ މީހަކު ވަނީ ގެއްލިފަ އެވެ. އެ ހާދިސާގައި ނިޔާވީ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު އެވެ. ތ. ހިރިލަންދޫ، ހާމިދަކީ ސިފައިންގެ ހިދުމަތުގައި 27 އަހަރު ވަންދެން އުޅުއްވާފައިވާ އޮފިސަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަތޫ
08 July 2025
ރޭންކު ޖަހަން ކެރޭ، ޒިންމާ ނަގަން ނުކެރޭ ސިފައިން. މިހެން ބުނީމަ ދެ އަޅުން ޤުރުބާން ކުރާނީ އެއްނޫން.
އިބު
08 July 2025
ދިވެހިންނަށް މިހާރު ހެޔޮ ހަމަ އެއްގޮތްވެސް ނޯވެއެވެ. ފުރާޅުމައްޗަށް ވެއްޓުނު ކުއްޖާގެ ވީޑިއޯ ހާމަ ނުކޮށްގެ ހީވަނީ އެހެން ފަދަ ކަމެއްހެންނެވެ. ހާމަ ކުރީމަ ފުލުހުންހާ ގޯސްބަޔަކު ނެތެވެ. މިއީ މިއަދުގެ ހާލަތެވެ. ދީ.
ނޭނގޭމީހާ
08 July 2025
މޯޝާ މީ މިއަދު އުފެދިގެން އުޅޭ ޖަމިއްޔާ އެއްބާ؟... މި މާލޭގެ މަގުމަތީގައި އެތަށް ބައެއް ކޮށާލާ ހަދާއިރު ތި ޖަމިއްޔާ ނިދާފަތަ؟...ބިދޭސީން ގެ ޙައްގުގެ ވާހަކަ މިއަދު ދައްކަނީ ކޮންކަމެއްގެ ކްރެޑިޓް ހޯދަންބާ؟ ކިތައް ބިދޭސީން މިތާ ޙާލުގަޖެހި އަމިއްލަ ގައުމަށްދެވޭނެ ފަދަ ނެތިފައެބަތިބި. ކީއްވެބާ އެމީހުން ގެންގުޅޭ ކުންފުނިތައް ޒިއްމާނަގުވަން މަސައްކަތެއް ނުކުރަނީ.
ބަބޫ
07 July 2025
ނިޔާވީ ދިވެސްސަކަށއވިޔަސް ބިދޭސީއަކަށް ވިޔަސް އެމީހުންގެ އާއިލާމީހުންނަކީ ރައްޔިތުން. އެމީހުނަށް މައުލޫމާތު ދޭން ޖެހޭނެ. ކޮޅުވެއްޓިއެއް ކަނޑު މަދު ދުވަހެއްގައި ބަންޑުން ޖަހާލުމަކީ ނާދިރު ކަމެއް. ގާނޫނު އިސްތިސްނާ ވާތީ އޮޑީގެ ހަލް ފަޅައިގެން ގޮސް އޮތަސް އެޔެއް މިޔެއް ނުބަލާ ދުއްވަމުންދަނީ. އޭގެ އެޑްވާންޓޭޖް ނަހަމަ ގޮތުގައި ނަގަނީ. ޒިންމާ ނަގަން ޖެހޭ ހިސާބަކުން ޒިންމާ ނަގުވަން އާއިލާއިން މަސްކަތް ފަށަންވީ
ބަނަހެއް
07 July 2025
މިރަށު ސަކީނާވެސް ކުރީދުވަހު ތިކަހަލަ އެއްޗެކޭ ކިޔާ ހޮޓާތެރޭ، އެކަމަކު އަނެއްދުވަހު ނޫހުގަ ނުޖަހާ އޭނަގެ ވާހަކައެއް.
ރަޓުމީހާ
07 July 2025
ކޮންރަށެއްތަ ތިއީ؟
ޔޫކޭ
08 July 2025
ރަށްބުނޭ، ޖަހާނަށް، ގެރޭ
މޯޝާޔޯ
07 July 2025
މޯޝާ ހަމަޖެހިބަލަ. އަދި ތި މައުލޫމާތު ނުލިބިގެން ތެޅޭކަށް ނުޖެހެއެންނު!! ތި މައުލޫމާތު ހާމަކުރަންޖެހޭ ވަގުތު އައުމުން ޑިފެންސުން ހާމަކުރާނެއޭ. ކޮންކަމެއްގެ ކްރެޑިޓް ނަގަންތަ ކަކޭމެން ތިއުޅެނީ؟
ޒަހީނު
07 July 2025
ކުދި ބޮއްކުރާފަހަރުތައް ޗިސްކޮއް ލޯންޗުފަހަރު ދިއުމާ .. ބުރަފަތިންޖެހި އެތައްބަޔަކު މަރުވިއިރު މި ޖަމިއްޔާ އަދި ނުއުފެދެނީ ތޯއްޗެ ..
ޔޫނުސް22
07 July 2025
ޒިކުރާ މިސްކިތް ބުޑުން ހޮވައިގެން ގެންގޮސް ހުރިމީހެއްގެ މައުލޫމާތެއް އިގޭނީ ކިހިނަކުންދޯ!
ކޮރަލް
07 July 2025
ބޮޑު ކަމެއް ހިނގައި ގޯސް ތަކެއް ހެދުނަސް ވެރީން އިސްތިއުފާ ދިނުމަކީ ރާއްޖޭގަ އޮންނަ ކަމެއް ނޫނެވެ. ސަރުކާރުން ވެސް އެހެން ދިމާލަކަށް ބަދަލު ކޮށްލާނީ އެވެ.
ސުރުހީ
07 July 2025
އަބަދުވެސް ސިފައިންނާއި ފުލުހުން އޮންނަނީ އަތަށް ގަވާފަ. މިއަށްވުރެ ރަނގަޅުވާންޖެހޭ. މުސާރަ ބޮޑުކުރަންވީމަ މޮޅެތި ޕީއާރު އިވެންޓް ޖައްސާ. އެކަމަކު ކަމެއްޖެހޭއިރު އޮންނަނީ ގޯހުން
ޕިސް
07 July 2025
އަސްލުވެސް!! Hama އަތަށް ގަވާފަ އޮންނަނީ!!