ސިފައިންގެ ކޮޅުވެއްޓި ބަންޑުން ޖަހާލާފައި: އެ ހާދިސާގައި އެކަކު މަރުވެ، އެހެން މީހަކު ވަނީ ގެއްލިފައި.
30 ޖޫން 2025 - 18:48
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރު ކުރަނިކޮށް ކާށިދޫ ކަނޑަށް ސިފައިންގެ ކޮޅުވެއްޓި ބަންޑުން ޖަހާލީ، ދިޔަވެ، ކުއްލިއަކަށް އަރިއަޅާލައިގެން ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އެ ހާދިސާގެ ތަހުގީގާ ގުޅޭ ގޮތުން އެމްއެންޑީއެފުން ނޫސްވެރިޔާ އަލީ ސުލައިމާނަށް ދިން މައުލޫމާތުގައިވާ ގޮތުގައި، އެ ކޮޅުވެއްޓި ކާށިދޫ ކަނޑަށް ބަންޑުން ޖަހާލީ ޅ. އަތޮޅާއި ފަސް ވަރަކަށް މޭލު ކައިވެރިވެފައި ވަނިކޮށް ދިޔަވާން ފަށައި، ކުއްލިއަކަށް އަރިއަޅާލައިގެން ކަމަށް އެ އުޅަނދުގެ ކެޕްޓަން ބުނެފައިވެ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، އެ ކޮޅުވެއްޓި ދިޔަވި ވަގުތު ކުއްލިއަކަށް ބަންޑުން ޖަހާލި ކަމަށް މިހާރު ލިބިފައިވާ މައުލޫމާތުން އެނގެ އެވެ. އަދި އެ އުޅަނދު ބަންޑުން ޖަހާލީ ޅ. އަތޮޅާއި އެއް މޭލު ދުރުން 550 މީޓަރު އަޑިއަކަށް ވަނީ ކަށަވުކުރެވިފަ އެވެ.
މި މައްސަލައިގެ ތަހުގީގަށް ކަނޑައަޅާފައިވާ ބޯޑުން މި ހާދިސާ ހިނގިގޮތް އިތުރަށް ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިދިޔަ ބުދަ ދުވަހު ހިނގި އެ ހާދިސާގައި ސިފައިންގެ މީހަކު މަރުވެ، އެ އުޅަނދުގެ ފަޅުވެރިޔަކަށް އުޅުނު ބިދޭސީ މީހަކު ވަނީ ގެއްލިފަ އެވެ. އެ ހާދިސާގައި ނިޔާވީ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު އެވެ. ތ. ހިރިލަންދޫ، ހާމިދަކީ ސިފައިންގެ ހިދުމަތުގައި 27 އަހަރު ވަންދެން އުޅުއްވާފައިވާ އޮފިސަރެކެވެ.
އެމްއެންޑީއެފުން ބުނީ ކޮޅުވެއްޓިއަށް އެއްވެސް އެއްޗެއް ބަރުކުރެވޭނީ ސީދާ ކެޕްޓަންގެ ބެލުމުގެ ދަށުން ކަމަށާއި އުޅަނދު އެއްވެސް ބަނދަރަކުން ފުރާނީ ވެސް އުޅަނދުގެ ހާލަތާއި މޫސުމަށް ބަލައިގެން ކެޕްޓަން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ. އެހެންވެ، އުޅަނދަށް ބަރުކުރުމާއި ފުރުމުގައި ކެޕްޓަންގެ މައްޗަށް މަޖުބޫރުން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ކޮޅުވެއްޓި ބަންޑުން ޖަހާލި ވަގުތު ކެޕްޓަނާއި ވޮރަންޓް އޮފިސަރު ހާމިދު ހުރީ އޭގެ ވީލްހައުސް ނުވަތަ ކޮޅުވެއްޓީގެ ގެގަނޑުގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިހާރު ގެއްލިގެން ހޯދަމުން އަންނަ ބަނގުލަދޭޝް މީހާ އޭރު ހުރީ ކޮޅުވެއްޓީގެ އިންޖީނު ރޫމުގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ވޮރަންޓް އޮފިސަރު 2 ހާމިދުގެ ހަށިގަނޑު ނެގީ ކޮޅުވެއްޓި ބަންޑުން ޖަހާލާފައި އޮއްވައި އޭގެ ވީލްހައުސްގެ ތެރެއިން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ސިފައިން އަދިވެސް އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިބޯނި
01 July 2025
ތިޔަ އުފުލިއަކީ މިނިސްޓަރ އުމަރު ޒާހިރު އިރުގަ ކުނި އުފުލަން ގެންގުޅުނު ތަކެތި ފުށުން ޖަހާފަ އޮތް ތަސްވީރުން އެނގޭ މީންދުވަހަކު އެހެލާ މަރާމާތު ނުކުރާކަން ފުލުގައި ގާފޮރި ޖަހާ ފުރިފަ ހުރުމާ އެނޮއިޑެއް ފެންނަން ނެތުން ބުރަފަތި ވެސް ގާފޮރިން އޮތީ ފުރިފަ މީގެން އެންގޭ އެއްޗަކީ ސަލާމަތީ ހެއްދުމަށް ބޭނުންވާ ބޯޓު އެހެލުން ފުރިހަމަ ނުވާކަން ގަވައިދުން ކޮންމެ 3 އަހަރަކުން ދަނގަޑު ބޯޓެއްވިއްޔާ އެހެލަން ޖެހޭ, ހުރިހާ ކަމެއް ކައްޕި ބޮލަން ޖެހުން ކަމަކުނުދޭ
ޙަސަންބެގެ
01 July 2025
ސިފައިންގެ ތެރޭގައި އާދައިގެ ރެންކްގެ މީހެއްގެ ބާރެއް ނުހިނގާނެ.. ރަތް ފޮތިކޮޅު ޖެހި މީހުން ބުނީމަ ކުރަން ޖެހޭނީ.. އެނގިފައިވާ ގޮތުގައި ކެޕްޓަނަކީ އާދައިގެ ރޭންކްގެ މީހެއް.. އެހެންވީމާ އެ ސޮރުގެ ބާރެއް ނޯންނާނެ.. ތިކަމުގެ ތަހްގީގެއް ރަނގަޅަށް ނުދާނެ.. ހަގީގަތަށް ފަސްއަޅާ ފޮރޮވަން އޫޅޭ ގޮތަށް ތި މަޢުލޫމާތު ދީފައި ތިއޮތީ
ބަރަކޫޑާ
30 June 2025
ރީއްޗެއްނު، ޑުރައިވަރު ބޮލަށް އެކަނޑާލީ.
ދޭސީ
30 June 2025
ސިފައިންގެ ތެރޭގައިވެސް ބިދޭސީ މުވައްޒަފުން އުޅޭކަމެއް މީގެކުރިން އެނގިފައިނެތް. އެހެންވީމާ ބިދޭސީން ނެތް އެއްވެސް މުޢައްސަސާއެއް ރާއްޖޭގައި ނެތީތާ
ހިފައިން
30 June 2025
އަދިވެސް to ކޮޅުވެއްޓީގަ އުފުލި އެއްޗެއް ބުނެނުދެވިގެން އުޅެނީ ކީއްވެތަ، ހެވީ ވެހިކަލް އެއްތަ
ގެއްލުންލިބުނު އާއިލާތަކަށް ތައުޒިޔާ
30 June 2025
މިކޮޅުގަ ބަނދެފަ އިން އެއްޗެއްތޯ، ބަނުމުގެ މިންގަޑުތަށް ދިމާވޭތޯ ބަލަންޖެހޭނެ ދެއްތޮ. އިހްމާލެއް އޮތްތޯ ތަހްގީގް މުހިންމު ކަމުގަ ދެކެން ވަކިން ޚާއްސަކޮށް މިކޮޅުގަ ބަނދެފަ އިންއެއްޗެއް ނަމަ މެޓީރިއަލް އަށް ދާންދެން؟
ހީވުން
01 July 2025
ކޮރަޕްޝަންގެ ތެރެއިން ދައުލަތުގެ ޚަރަދުގައި ގަނެފައި އިން ބާ ދަނގަނޑު ގަނޑެންހެން ހީވަނީ..... ތި ގަތް އިރު އެކަމުގައި އުޅުނު މީހުންނާއި ޓެކްނިކަލް އެނަލިސިސް ހެދި ސިފައިންގެ ވެރިންގެ އިންވެސްޓިގޭޝަން ހިންގަންޖެހޭ
ބަބޫ
30 June 2025
އަރުވާ ބަރު މުދާތަށް ބަނދެފަބނުބަހައްޓާތީ ރާޅެއް ޖަހާއިރަށް އަރިއަޅަލަނީ. ފްލެޓް ބޮޓޮމް އެއްޗެހި ބަންޑުން ޖަހާނެ ވަރަށް ފަސޭހައިން
ފެމުނު ތުއްތު
30 June 2025
ރެއާދުވާލު ވާރެއާއި އަވީގަ ތިޔަކޮއްދެއްވާ މަސައްކަތައް ޝުކުރު. އެކްސިޑެއްޓެއް ދިމާވެދާނެ ކުރިމަގު ރަނގަޅުކޮއްލާ.
ތުކޭ
30 June 2025
ރެއާ ދުވާލު ކޮންކަމެއްތަ ކޮއްދެނީ….
އލށފތ.
01 July 2025
"ތުކޭ" ބުނަން، މަ ފުލުހުންނަން އިތުބާރެއް ނުކުރަން އެކަމަކު އިހްތިރާމް ކުރަން، ސިފައިންނައް އަދި އިތުބާރު ކުރަން އިހްތިރާމް ވެސް، ތަފާތު ކުރާކައް ނޫން މިހެން މިބުނަނީ. އެމީހުން ކޮއްދޭ ހިދުމަތް ފެންނާނީ އެމީހުންގެ ތެރޭ ތިބި އިޚްލާސްތެރި ހިދުމަތްތެރިން ފެނި އުޅޭތީ މިތަން މި ހާލުގަވެސް މި އޮންނަނީ ގަބޫލުކޮއްގެން.
ދެރަ
30 June 2025
ހުރިހާ ކަމެއް ކެޕްޓަންގެ ބޮލަށް ކަނޑާލީ ދޯ..!!
އަލީބޯ
30 June 2025
ކަނޑައެޅިގެންދޮގު ކެޕްޓަނަކަށްނޫން ތިމުއައްސަސާގަ އިހްތިޔާރުދީފަ އޮންނަނީ ފިނިކޮޓަރީގަތިބި ރަތްފޮތިކޮޅުޖެހިމީހުންނަށް އެމީހުންބުނެފިއްޔާ ބޮލަށް ކޮޅުވެއްޓިލައިގެންވެސްނައްޓާލާނެ