ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓް --
28 ޖޫން 2025 - 19:50
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރު ކުރަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ ސިވެކްގެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ވަގުތުން ފެށިގެން ސިފައިންގެ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުންނާއި، އަދި ކޯސްޓްގާޑުގެ އުޅަނދުތަކުން ކަނޑުމަގުން ސާޗްކުރަމުންދާ ކަމަށެވެ. ނަމަވެސް، މިހާތަނަށް ވެސް އެ މީހާ ފެނިފައެެއް ނުވެ އެވެ.
ސާޗް އޮޕަރޭޝަންގެ ތަފްސީލް:
- ސާފަސް ސާޗް - 1035 ސްކްއާ ނޯޓިކަލް މޭލް.
- އޭރިއަލް ސާޗް - 1496 ސްކްއާ ނޯޓިކަލް މޭލް.
ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލިއިރު އެ އުޅަނދުގައި ހަ މީހުން ތިއްބެވެ.
ސިފައިންގެ ތިން މީހަކާއި ބަންގްލަދޭޝްގެ ތިން މީހަކު ތިބި އެ ލޭންޑިން ކްރާފްޓުން ދަތުރުކުރި ބިދޭސީ މީހާ އާއި ސިފައިންގެ މީހަކު އެ ހާދިސާގައި ގެއްލުނެވެ. އޭގެ ތެރެއިން ސިފައިންގެ އެކަކު ކަނޑު އަޑިން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ހާދިސާގައި ނިޔާވެފައި ވަނީ އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު އެވެ. ތ. ހިރިލަންދުއަށް ނިސްބަތްވާ ހާމިދަކީ ސިފައިންގެ ހިދުމަތުގައި 27 އަހަރު ވަންދެން އުޅުއްވާފައިވާ އޮފިސަރެކެވެ.
ނަމަވެސް ދެން ތިބި މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.
އެ ހާދިސާ ހިނގި ގޮތް އަދި ސާފުނުވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެއްލުނު މީހާ
28 June 2025
ގެއްލުނު މީހާގެ ވަނަވަރު ނުވިތާގަ ނަމެއްވެސް ނޭގޭނެތާ އެމްއެންޑީއެފް އަކަށް ވެސް އެއީ ކާކުކަމެއް ނޭގޭ އިމިގްރޭޝަން ގެ ބަލަދު ވެރިޔާ
އައްމަޑޭ
28 June 2025
ދަ ވީކެސްޓް ލީޑަރޝިޕް އެޓް އެމް.އެން.ޑީ.އެފް އެވަރ.
ސދާޘ
28 June 2025
ވަރަށް ކަނޑަށް ގަދަކޮށް ބަނދެފައި އޮތް އެއްޗަކާ ވައްތަރުދޯ؟