ޓްރާންސިޓަކަށް އެއާޕޯޓުގައި މަޑުކުރި ޖަޕާނުގެ ސިފައިން.
16 އޮކްޓޯބަރ 2023 - 09:54
ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި ވީޑިއޯއިން ފެންނަ ބޭރުގެ ސިފައިންނަކީ ޓްރާންސިޓަކަށް ރާއްޖޭގައި މަޑުކުރި ޖަޕާނުގެ ސިފައިންތަކެއް އެނގިއްޖެ އެވެ.
އެ ވީޑިއޯ އިން ފެންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބަނދަރު ސަހަރައްދުގައި، އަސްކަރީ ޔުނިފޯމުގައި ތިބި ގިނަ އަދަދެއްގެ ބޭރުގެ ސިފައިންނެވެ.
އެނގިފައިވާ ގޮތުގައި، އެއީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ރާއްޖެ ޓްރާންސިޓަކަށް ރާއްޖޭގައި މަޑުކުރި ޖަޕަނީސް ސެލްފް ޑިފެންސް ފޯސް ބައެކެވެ. އެއީ ރާއްޖޭގައި ހިންގާ އެއްވެސް ތަމްރީނަކަށް އައި ބައެއް ނޫނެވެ.
Miyo? pic.twitter.com/5I8j6Tsad1
— Dhumey Irshad (@dhumpass) October 15, 2023
އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުކޮށް އެއީ ރާއްޖެ އައި ޗައިނާގެ ސިފައިންގެ ބައެއް ކަމަށް ބުނެ ވެސް އަޑު ފަތުރާފައިވެ އެވެ.
ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ބުނާ މައްސަލަ އަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރެއިން އެންމެ ބޮޑުވި އެއް މައްސަލަ އެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކުރި ޕީޕީއެމް/ޕީއެންސީގެ އެންމެ ބޮޑު ވައުދަކީ ވެސް އެ ޕާޓީތަކުގެ ވެރިކަމުގައި ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާގެ އަސްކަރީ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްބެ
19 October 2023
އެހެންނުކިޔާކިޔަންވާނީއިންޑިއާސިފައިންނޭ
1206
17 October 2023
ޖަޕާނަކީ ރާއްޖެ ގޮތަށް ޖަޒީރާ ގައުމެއް. ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއް. ޓެކްނޮލޮޖީ ގޮތުން ކުރި އަރައިފައިވާ ގައުމެއް. ރާއްޖޭގައި ކަނޑާއި ވައިގެ އަސްކަރިއްޔާއެއް އޮތުން ލާޒިމު. ގައުމީ ސަލާމަތަށް ނުހަނު ބޭނުން ބޮޑު ކަމެއް. ޖަޕާނަކީ މާޒީގައި ވެސް ރާއްޖެއަށް ގިނަ އެެހީތަކެއް ފޯރުކޮށް ދީފައިވާ ގައުމެއް. ދިގު މުއްދަތު ރޭވުންތެރި ސިޔާސަތަކުން ދިވެހިންގެ ފުރިހަމަ ކޮންޓްރޯލު ހިނގާ އަސްކަރީ ނޭވަލް އަދި ވައި ބޭސްތަކެއް ޖަޕާނުގެ އެހީގައި ގާއިމުކުރަން ފެނޭ.
1206
17 October 2023
އިންޑިޔާ ސިފައިން މި ގައުމުގައި ތިބޭ ތިބުން ދިފާއުކުރާ މިއަދުގެ އިބޫ ސޯލިހުގެ ސަރުކާރުގެ ވިސްނުން؛ އިންސާނީ އެހީގެ ވިސްނުމުން ބަލާނަމަ، އިންޑިޔާ ސިފައިންނަށް ވުރެ ޖަޕާނު ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުން މާ އައުލާ ވެގެންވޭ. އިންސާނީ އެހީގެ ގޮތުން، ޖަޕާނުން "ދިވެހީންގެ ރާއްޖެ" އަށް ވެ ދީފައި ހުރި އެހީ ކޮށްދީފައި ހުރި ކަންކަމާ އަޅައި އެއް ހަމަޔަކުން މިނައިކިރޭނެ އެއްވެސް ގައުމެއް މި އުޑު ހިޔާ ދަށަކު ނުއޮންނާނެ. ޖަޕާނު ސިފައިންވެސް ވެސް ބައިތިއްބާ
މުޑަހަންޖާ
16 October 2023
ޖަޕާނަކީ އެމެރިކާބަޔަކު ދެފަހަރެއްގެމަތިން އެޓަންބޮން އަޅައިގެން މައިތިރިކޮށްގެން އެތާގެ އެކިހިސާބުގައި އެމެރިކާނުންގެ ސިފައިން ލަސްކަރުޖަހައިގެންތިބޭ ގައުމަކަށްވެފައި، މިހާދުރުހިސާބެއްގައި ތިބަޔަކު ޓުރާންސިޓުވުމަކީ އަހަރެމެން ތާއީދުކުރާކަމެއްނޫން.
ކަރީމުބެ
18 October 2023
"ޓުރާންސިޓް ކުރުން" އޭގެ މާނަ އިނގޭތަ ކަލޯއަށް؟
ްައަސް
16 October 2023
ފުދޭ ވަރަކަށް ޖަޕާން މިލިޓަރީ ފްލައިޓް ވެސް ސްޓޮޕް އޯވަރ ހަދާނެ. ގިނަފަހަރަށް މި ސިފައިން ނަކީ އިންސާނީ އެހީ އަށް ޖެހިފައިވާ ތަންތަނަށް އެކަމުގަ އުޅޭ ބައެއް. މިވެސް މިލިޓަރީ މީހުން. ދިވެހިން ތިބެނީ ހޭބަލި ވެފައެކޭ މަ ނުބުނާނަން
ތަހުޒީބު
16 October 2023
ނަސްލީ ތަފާތުތަކުން މީހުން ސިފަކުރުން އެއީ ދުނިޔޭގައި މިހާރު ވަރަށް ބަލާނުގަނެވޭ ކަމެއް. ދިވެހިން ވެސް ސިޔާސީ ޒުވާބު ކުރިއަސް ނަސްލީ ތަފާތުކުރުންތަކާ ބޭރު ގައުމުތަކާ ބެހިގަތުމާ ނުލާ ޒުވާބުކުރާށާ ވާދަކިޔަންވެސް އާދަކުރަން ފެނޭ. އަރާރުން ވިއަސް ތިންވަނަ ބަޔަކާ ޖެހިނުގަނޭ.
ބާބް
16 October 2023
ޖަޕާނަށްވުރެން އަޚުލާގު ދަށްބައެއް. ޖަޕާނު ސިފައިންނަމަ ވަރަށް ތަރުތީބު ލައިނެއް އޮންނާނެ. ބަލާބަލަ ހަދާފައި އޮތް ސަފު. ޓިބެޓް ހިސާބު، އިންޑިޔާގެ ބަޔަކަށް ވާނީ. ތިއީ ޖަޕާނު ބައެއްނޫން.
ދޮލްމް
16 October 2023
ކަލޯ މި ފިވެހިން ތިބެނީ ވީޑިއޯކޮށްލަން ތަނެއް ނުފެނިފަދޯ.
ޓިޕިކަލް ދިވެހިން
16 October 2023
ކުރީޒަމާނުގައި ދިވެހިންނަކީ ރުއްގަހަށް އަރާ ގިފިލިބަލަން އުޅުނު ބައެއް، އޭރު ވީޑިއީ ކުރަން ސްމާޓު ފޯނުނުހުންނަކަން ނަސީބު
އެކްސިސް
16 October 2023
މީގެން މި ފެނުނީ ދިވެހިންގެ ރޭސިޒަމް
އަހުމަދޭ
16 October 2023
އަހަރުމެން ދިވެހިންނަކީ ފަހުރުވެރިކަމާ އެކު ރޭސިސްޓް ގައުމެއް.
ރަދީފްއޮފިޝަލް
16 October 2023
ތީ ޖަޕާން ސިފައިންކަމަށްވެދާ، އެކަމަކު ދެން ފެންނާނީ އެމީހުނަށް ވައްތަރު ޗައިނާ ސިފައިން. އިންޑިޔާ ސިފައިން ތިބެގެން މިނިވަންކަން ގެއްލިގެން ނުނިދިގެން އުޅުނު ބައިގަޑު ތިބޭނެ ފިސާރި ހުތްވއފަ.
ޏާއްކޮ
16 October 2023
ޗައިނާއަކީ ތަންތަނަށް ސިފައިން ފޮނުވާ މިލިޓަރީ ބޭސް ހަދާ ބައެއް ނޫން. މޮޔަ ނުވޭ
ބޮސް ގެ ބޮސް
17 October 2023
ހުތްކޮށްފަ އޮންނަނީ އިންތިހާބުން!