ދުނިޔެ / އަގްސާ ތޫފާން

ގާޒާގެ ރެފިއުޖީން މިސްރަކަށް ނުގެނެވޭނެ: ސީސީ

18 އޮކްޓޯބަރ 2023 - 15:05

17 comments

ގާހިރާ (އޮކްޓޯބަރު 18) - ގާޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ގާޒާގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ގެނެސް މިސްރުގެ ސީނާގައި ނުގެންގުޅެވޭނެ ކަމަށް އެ ގައުމުގެ ރައީސް އަބްދުލް ފައްތާހް އައް ސީސީ މިއަދު ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ޗާންސެލާ އޮލާފް ޝޯލްޒްއާ އެކު ގާހިރާގައި މަޝްވަރާ ކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވަމުން ސީސީ ވިދާޅުވީ މިސްރުގެ ސީނާގައި ފަލަސްތީނުގެ ރެފިއުޖީން ބޭތިއްބުމަށް މިސްރު ދެކޮޅު ހަދާ ކަމަށެވެ.

"ފަލަސްތީނުގެ ރެފިއުޖީން މިސްރަށް ގެނެސްފިއްޔާ، އިޒްރޭލުން އިސްނަގައިގެން ގާޒާގައި އެ ހިންގާ އަސްކަރީ ހަރަކާތްތައް ކުރިއަށް އޮތް އެތައް އަހަރަކަށް ދެމިގެންދާނެ. އެފަދަ ހާލަތެއްގައި ކުރިމަތިވާ ކޮންމެ ނަތީޖާއަކާ ކުރިމަތިލާންޖެހޭނީ މިސްރު. އަދި ސީނާއަކީ އިޒްރޭލާ ދެކޮޅަށް ހަމަލާ ދޭ މައި މަރުކަޒު ކަމުގައި ވެގެންދާނެ،" ސީސީ ވިދާޅުވި އެވެ.

އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މިސްރަކީ ޓެރަރިސްޓުންނަށް ހިޔާވަހިކަން ދޭ ގައުމެއްގެ ގޮތުގައި ހުނިޖެހިގެން ދާނެ."

ރައީސް ސީސީ ވިދާޅުވި ގޮތުގައި އިޒްރޭލުން ގާޒާ ހިސޯރުކުރުމުގެ މައިގަނޑު ބޭނުމަކީ، ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން މިސްރުގެ ސީނާ އަށް ހިޖްރަކުރަން މަޖުބޫރު ކުރުމެވެ.

"ގާޒާގައި އިޒްރޭލުން މިހާރު އެ ހިންގާ ކަންކަމަކީ ހަމައެކަނި ހަމާސް އަށް އަމާޒުކޮށްގެން ހިންގާ ކަންކަމެއްނޫން. އޭގެ ބަދަލުގައި އެހަރަކާތްތަކުގެ ފޮރުވިފައިވާ ސިއްރަކީ ގާޒާގެ ރައްޔިތުން އެ ބިން ދޫކޮށް މިސްރަށް ހިޖްރަކުރަން މަޖުބޫރު ކުރުން،" ރައީސް ސީސީ ވިދާޅުވި އެވެ.

"ގާޒާ އިން ކަރަންޓާއި ފެން ކަނޑައިލުމުގެ ހަގީގީ މަގްސަދަކީ، ސީނާ އަށް ބަދަލުވާން ފަލަސްތީނު މީހުންނަށް މަޖުބޫރު ކުރުން. އެއީ އަހަރެމެން މުޅިން ދެކޮޅު ހަދާ ކަމެއް."

އޭނާ ވިދާޅުވީ ގާޒާގައި ޚާއްސަ އަސްކަރީ ހަރަކާތެއް ހިންގަން އިޒްރޭލު ބޭނުންވާއިރު، އާންމުން ހިމާޔަތްކުރަން ބޭނުންވާ ނަމަ، ގާޒާއާ އިންވެގެން އިޒްރޭލުގައި އޮތް ނެގާވް ސަރަހައްދަށް ވެސް ފަލަސްތީނު މީހުން ވަގުތީ ގޮތުން ބަދަލުކުރެވިދާނެ ކަމަށެވެ.

"އިޒްރޭލުގައި އެ އޮތީ ނެގާވް ސަހަރާ ވެސް. ގާޒާގައި އުޅޭ ހަނގުރާމަވެރިންނާ ދެކޮޅަށް އިޒްރޭލުން ކުރަން ބޭނުންވާ ކަމެއް ކުރުމަށް ފަހު، އަނބުރާ ގާޒާ އަށް ގެނެވެންދެން، ގާޒާގެ ރައްޔިތުން ނެގާވްގައި ވެސް ވަގުތީ ގޮތުން ބޭތިއްބިދާނެ."

ސީސީ ވިދާޅުވި ގޮތުގައި އިޒްރޭލުގައި ވެސް ހުސް ބިންތައް އޮތް އިރު، އިޒްރޭލުން ހިސޯރު ކޮށްގެން ގެންގުޅޭ ބަޔަކު، އިޒްރޭލުގައި ބޭތިއްބުމުގެ ބަދަލުގައި، މިސްރަށް ފޮނުވައިލަން އުޅުމުގެ ބޭނުމެއް ނުވިސްނެ އެވެ. ގާޒާގައި ދިރިއުޅޭ ރައްޔިތުން އެ ސަރަހައްދުން ބޭރަށް ނުނިކުމެވޭ ގޮތަށް، މުޅި ގާޒާ ހިސޯރުކޮށްފައި އޮންނަތާ މިހާރު 16 އަހަރުވީ އެވެ.

އިޒްރޭލުން މިހާރު ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އަށް މިއަދަށް 12 ދުވަސްވީ އެވެ. އިޒްރޭލުން މިސްރުގެ ސަރުކާރުގައި އެދެމުން ދަނީ، ގާޒާ އިން ނުކުންނަށް ބޭނުންވާ މީހުންނަށް މިސްރުން ހިޔާވަހިކަން ދިނުމަށެވެ. ނަމަވެސް ގާޒާގެ ރައްޔިތުން ބުނަމުން ދަނީ، އެމީހުން އަމިއްލަ ވަޒަން ދޫކޮށްފައި ދާން ބޭނުންނުވާ ކަމަށާއި، އަމިއްލަ ގައުމުގައި ދިރިއުޅުމުގެ ހައްގު ބައިނަލްއަގުވާމީ މުޖްތަމައުން ކަށަވަރުކޮށްދޭންޖެހޭނެ ކަމަށެވެ.

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް އަގްސާ ތޫފާންގެ ނަމުގައި، ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ފެށި ހަނގުރާމަ އަށް ރައްދު ދިނުމުގެ ގޮތުންނެވެ. އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، ފަލަސްތީނު ރައްޔިތުންގެ ތެރެއިން 3،500 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޝަހީދުކޮށްލައިފި އެވެ.

އިޒްރޭލުން ހަމާސްއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ފަލަސްތީނުން ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ 11،000 އަށް ވުރެ މަތިވެފަ އެވެ. ދެ ހާހެއްހާ ގެދޮރު ބިމާ ހަމަވެ، 1.5 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތި ހާލުގައި ޖެހިފަ އެވެ.

މި މަހުގެ 7 ވަނަ ދުވަހު ހަމާސް އިން ފެށި ހަނގުރާމައިގައި ދިން ހަމަލާތަކުގައި މަރުވި އިޒްރޭލު ރައްޔިތުންގެ އަދަދު 1،400 އަށް ވުރެ މައްޗަށް ހިނގައްޖެ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 304 މީހަކު ވެސް ހިމެނެ އެވެ. ޒަހަމްވި އިޒްރޭލު މީހުންގެ އަދަދު ވަނީ 3،900 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

17 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަތްކައްކާ

21 October 2023

ވިސްނާ ބަޔަކަށް އެނގޭނެ އެހެންގައުމުތަކުގެ ބޯޑަރުހުޅުވުން އެއީ އިޒްރާއީލުން ބޭނުންވާނެގޮތްކަން. އެގޮތަށް ފަލަސްތީނުދޫކޮށް ހިމާޔަތްހޯދި އެންމެ މީހަކަށްވެސް އަނބުރާގައުމަށް އައުމުގެ ހައްގެއް އިޒްރާއިލުން މިހާތަނަށް ދީފައެއް ނެތް. ބަޔަކު މަރުވެގެން ނަމަވެސް ފަލަސްތީނުމީހުން ތިބެންޖެހެނީ ފަލަސްތީނުގައ. އެމީހުންވެސް އެކަން ގަބޫލުކުރޭ. މިހާރު ދުނިޔޭގެ ގިނަ އާއްމުރައްޔިތުންނަށް ފަލަސްތީނުގެ 'ވާހަކަ'އިގެ ވާނުވާ އެނގިއްޖެ. އެމީހުންގެ އަޑުގަދަވާނެ

The name is already taken The name is available. Register?

އަބްޑޫޅް +

20 October 2023

މިސުރި، ޖޯޑްން، އެކުވެރި އަރަބި އިމާރާތުތައް، ބަޙުރޭން، މޮރޮކޯ، ސޫދާން މިރަށްރަށަކީ މަދީނަތު އިސްރާއީލާއި ފުރިހަމަ ޑިޕްލޮމެޓިކު ގުޅުން އޮތް ރަށްރަށް. މީގެ އިތުރުން، ދޭދޭރަށުގެ ގުޅުން އޮންނަ، އިސްލާން އަގުލަބީ ރަށްރަށަކީ، ކުވޭތު، އިރާގު، ކޮމޯރޯ، ޖިބޫޓީ، ލީބިޔާ، މޮރިޓޭނިޔާ، އޮމާނު، ގަތޯރު، ސޯމާލިޔާ، ސީރިޔާ، ޓިޔުނީސިޔާ، ޔަމަނު، ސުއޫދީ އަރަބި ރަސްކަން. އަދި އަރަބިބަހުން ވާހަކަދައްކާ ކިރިޝްޓިޔަން ރަށެއް ކަމުގަވާ ލެބަނާން ވެސް ހިމެނޭ. ކަލޭމެން ބާކީ.

The name is already taken The name is available. Register?

އަބްޑޫޅް +

20 October 2023

މިސުރު ހާސްވާކަށެއް ނުޖެހެޔޭ. ސުއޫދީގަ އެއޮތީ މުޅިންހެން ހުސް ބިން. އެތަނަށް މުޅި ދުނިޔޭގަތިބި ހުރިހާ ފަލަސްތީނު މީހުން ގެންދެވޭނެ. ހަނަފަސް ހިކި ސަހަރާއަށް މަސްނޫޢީ ވާރޭ ވެއްސައި، ރުއްގަސް ހައްދައި، ދަނޑު ގޮވާން ކުރުމުގެ ޓެކްނޯލޮޖީ، މާތްވެގެންވާ ޔަހޫދީ ދައުލްތުން ފަހިކޮށްދޭނެ. މިއީ، މި މައްސަލައަށް އޮތް ދާއިމީ ހައްލަކީ. ހައްޖުވެ އުމްރާ ވުމަށްވެސް ފަސޭހަވާނެ. އޭރުން ފަލަސްތީނު އޮންނާނީ ދެ ހަރަންފުޅު ދޭތެރޭ. ކިހާ ބަރަކާތްތެރި ވެފަ، ރަނގަޅު!

The name is already taken The name is available. Register?

1206

20 October 2023

ފަލަސްޠީނަކީ މުސްލިމުންގެ ބިމެއް. ޔަހޫދީންނަކީ ބޭރުން އަރައި އެ ބިމަށް އަތް ގަދަކޮށްފައި އިސްތިއުމާރީން. ޔަހޫދީން ހިޖުރަ ކުރަންވީ ހަމަ ޔޫރަޕާއި އެމެރިކާއަށް ބޯކޮށް. އެ ބިންތަކުގައި ތިބި ފަލަސްޠީނީންނަށް އަނބުރާ އެ މީހުންގެ ވަޒަނަށް ރުޖޫއަވެވޭނެ.

The name is already taken The name is available. Register?

1206

20 October 2023

ޔަހޫދީންގެ ޒަބޫރުގައި މާތް ﷲ އަންގަވައި ވަހީ ކުރައްވައިފައި ވަނީ މާތް ﷲ ބިން ވާރުތަ ކުރައްވަނީ އެ އިލާހުގެ ސާލިޙް އަޅުތަކުންނަށް ކަމުގައި. ފާތިޙާ ސޫރަތުން އެނގެނީ ޔަހޫދީންނަކީ ލައުނަތް ލެއްވިގެންވާ ބަޔެއްކަން. މާތް ﷲ އެ އިލާހުގެ ސާލިޙް އަޅުންނަށް ލައުނަތެއް ނުލައްވާނެ. މި ދެބައި އެކެއް ނުވާނެ.

The name is already taken The name is available. Register?

1206

20 October 2023

މާތް ﷲ ޒަބޫރު ގައި ބާވައިލެއްވި އާޔަތުގެ ވާހަކަ ނަންގަނެ އަހަރެންކޮށްފައި ކޮމެންޓަށް ޑިސްލައިކް ދިން މީހާއަށް ނަސޭހަތްތެރިވެ ބުނަމެވެ. މާތް ﷲ އެ ފަދައިން ޒަބޫރުގައި ވަހީކުރެއްވިކަން، އަހަރުމެންގެ ފޮތް މާތް ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ ވަހީކުރައްވާފައެވެ. އެހެންވީމާ ތިޔަ ދެވުނު ޑިސްލައިކް އާ މެދު އަލުން ވިސްނައިލުން އެދެމެވެ. އޮޅިގެން ކުރެވުނު ކަމެއް ކަމެއް ނަމަ ތިބާޔަށާއި އަހުރެނަށް ވެސް ފާފަ ފުއްސަވާށިއެވެ. އާމީން ޔާ ރައްބް

The name is already taken The name is available. Register?

6021

21 October 2023

1206 އެ ބިމުގައި ނެތް އެހެން ލިޔެފައެއް. އެބިން މުސްލިމު ޚިލާފަތުން "ފަތަޙަ" ކުރީ. ދެން އަނެއްކާ އެހެން ބަޔަކު، ފަހަރަކު ބައެއް "ފަތަޙަ" ކުރަމުން ގޮސް، މިހާރު ޔަހޫދީން "ފަތަޙަ" ކޮށްގެން އެއުޅެނީ. އަނެއްކާވެސް "ފަތަޙަ" ކުރާ ބަޔަކަށް ލިބޭނެ. މިކަހަލަ ވަރަށް ގިނަ "ފަތަޙަ" ތައް އިސްލާމީ ތާރީޚުން ފެނޭ.

The name is already taken The name is available. Register?

ޙަހާ

19 October 2023

ސީސީ ކެމްޕެއިން ބޯމަތީ، ޚަރަދު ކުރާނީ އެމެރިކާއިން. ދެން ކޮންހާލެއްގަ ސީސީ ހުންނާނީ

The name is already taken The name is available. Register?

1206

20 October 2023

ސީސީ ގެ ވާހަކަ ނުދަ ބައިދަން ގެ ވާހަކަ ދައްކާ. ޔަހޫދީން ނުރުއްސާ ދެވަނަ ދައުރެއް ނެތް ލިބޭކަން. އެމެރިކާ އެއީ. ބައިދަން ނޫން ގޮތެއް ކިޔޭކަށް ވެސް ނެތް. އަރަން ހުރީ ތަރަންފަތި.

The name is already taken The name is available. Register?

ވާނުވާ ހޭ

19 October 2023

ސީސީ ގޯސް ކުރާ މީހުންނަށް ނޭނގެނީތަ އެއީކަމެއް ޔަހޫދީން ބޭޏުންވާ ގޮތަކީ. ސީސީ އަކީ ރަނގަޚު މީހެއް ނޫން. އެކަމަކު މިފަހަރު އެބުނަނީ ރަނގަޅު ވާހަކަ އެއް. ޔަހޫދީން މީގެ ކުރިންވެސް ކަންތައް ކުރި ގޮތަކީ ފަލަސްތީނު މީހުން ވަޒަނުން ބޭރުކޮށް އެބިންތަކަށް ވެރިވެގަރުން. ގާޒާ އިން މީހުން ނެރެނީވެސް އެހެންވެ

The name is already taken The name is available. Register?

އިއްޕަޓޭ

19 October 2023

މުޅިދުނިޔޭގަވެސް މުސްލިމުން ގިނަ ގައުމުތަކުގަ ތިބެނީ މިކަހަލަ ތާކުންތާކުން ނުޖެހޭ ވެރިން. އާއްމު ރައްޔިތުންގެ ޝުއޫރުތަކާ ނުބައްދަލު އިބިލީހުން. އިރާދަކުރެއްވިއްޔާ ދެން މާގިނަދުވަހެއް މިކަހަލަ މީހުންނަކަށް ނެތް.

The name is already taken The name is available. Register?

ބުނަން

19 October 2023

"އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މިސްރަކީ ޓެރަރިސްޓުންނަށް ހިޔާވަހިކަން ދޭ ގައުމެއްގެ ގޮތުގައި ހުނިޖެހިގެން ދާނެ." ކަލޭމެން ތީ މިހާރުވެސް ޓެރެރިސްޓުން އަށް ހިމާޔަތްދޭ ބައެއް. އިސްރާއީލްގެ އަޅެއް..

The name is already taken The name is available. Register?

މާހިރު

19 October 2023

ސީސީއަކީ މިސްރުގައި އުފެދުނު ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުރުސީގެ ވެރިކަން ބަޣާވާތަކުން ވައްޓާލާ މުރުސީ މަރުވަންދެން ކުޑަގޮޅީގައި ގެންގުޅުނު މީހާނޫންހެއްޔެވެ. ސީސީއަކީ މުސްލިމުންނަށް ހެޔޮއެދޭކަހަލަ މީހެއްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. މުސްލިމުން ޙިމާޔަތުގައި ތެދުވާނެފަދަ ލީޑަރުން އަރަބި ޤައުމު ތަކުގައި ތިބިނަމަ އިޒްރާއީލަށްވެސް ފަލަސްތީނަށް ބޭނުންހާގޮތެއް ނުހެދޭނެއެވެ.

The name is already taken The name is available. Register?

ޖުއްބާ

19 October 2023

ގާޒާގެ ރެފިއުޖީން ދިވެހި ރާއްޖެއަކައްވެސް ނުގެނެވޭނެ!

The name is already taken The name is available. Register?

އާބިރު

19 October 2023

ގެނެވޭނެ! ގެންނަންވީ! ގެންނަންޖެހޭނެ!

The name is already taken The name is available. Register?

ގަން

19 October 2023

ބައްލަވާ..ސީސީބޭ ވެސް ތިޔަ ބުނަނީ ޔަހޫދީންގެ އަމަލުތަކަކީ ފަލަސްތީނު ތައްޔިތުން ވަޒަނުން ބޭރު ކުރުން ކަމުގަ. ޢެކަމަކު ކަލޭމެން އިޒްރޭލާ އޮތިއްޔާ އޮތް ގުޅުމެއް ތިޔަ ގަައުމްު ކުރަނީ..ގާޒާ ހިސޯރުކޮށްފައި ބޭއްވުމަށް އެއްމެ ބޮޑު އެއްބާރުލުމެއްދޭ ގައުމަކީވެސް މިސްރު. މުސްލިމްނގައުމުތަކުގަ ތިބި ވެރިންގެ ކިބައިގައި އިޚުލާޞްތެރިކަން ނެތީ.. ހަގީގީ އިސްލާމީ ވަންތަކަން ހުރި ވެރިން ބޭނުންވަނީ. މިހެން ބުނާއިރަށް ބަޔަކު bunaane އަފްޣާނިސްތާނޭ ފަޅޮލޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454