ޚަބަރު / ސިވިލް ކޯޓް

ފުލުހުން ޓޯކުރި ކާރެއް އުސޫލާ ހިލާފަށް ނައްތައިލުމުން 250،000ރ. ބަދަލަށް ދޭން ޖެހިއްޖެ

ޓްރެފިކް ފުލުހުންތަކެއް މަގުމަތީގައި: ފުލުހުން ޓޯކުރި ކާރެއް އުސޫލާ ހިލާފަށް ނައްތާލުމުން ބަދަލު ދޭން ކޯޓުން ވަނީ އަމުރު ކޮށްފައި --- ފޮޓޯ/މިހާރު

ފުލުހުން ޓޯ ކުރި ކާރެއް އުސޫލާ ހިލާފަށް ނައްތާލުމުން ކާރުގެ ވެރިފަރާތަށް 250،000ރ. ގެ ބަދަލެއް ދޭން ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން ޓޯ ކުރާ އުޅަނދުތައް ނައްތައި ލެވޭނީ އެ އުޅަނދެއްގެ މައުލޫމާތު އާންމު ކުރުމަށް ފަހު އަދި 60 ދުވަސް ތެރޭގައި ވެރިފަރާތުން އުޅަނދާ ހަވާލު ނުވެއްޖެ ނަމަ އެވެ. ނަމަވެސް 2019 ވަނަ އަހަރު ފުލުހުން ޓޯ ކުރި ކާރެއް ނައްތައިލީ އެ މައުލޫމާތު އާންމު ކުރުމެއް ނެތި އަދި އެ ކާރުގެ ވެރިފަރާތަށް ވެސް ނޭނގި އެވެ.

އެ މައްސަލާގައި ކާރުގެ ވެރިފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރުމުން ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ޓޯ ކުރާ އުޅަނދުތައް ނައްތައިލުމުގެ ކުރިން އުޅަނދުގެ މައުލޫމާތު އާންމު ކުރަންޖެހޭނެ ކަމަށް އެއްގަމު ދަތުރުފަތުރާބެހޭ ގާނޫނުގައި ބުނާއިރު، އެ ކާރު ޓޯ ކުރި ކަން ފުލުހުންގެ ވެބްސައިޓްގައި އާންމުކުރީ ކާރު ނައްތާލި ފަހުގެ ތާރީހެއްގައި ކަމަށެވެ. އެހެންވެ، އެ ކާރާ ހަވާލުވުމަށް ކާރުގެ ވެރިފަރާތަށް ފުރުސަތު ލިބިފައި ނުވާ ކަމަށް ހުކުމުގައި ވެ އެވެ.

ފުލުހުންގެ އެ އަމަލުގެ ސަބަބުން ކާރުގެ ވެރިފަރާތަށް އޭނާގެ މުދަލެއް ގެއްލިފައިވާއިރު، އެ ކާރުގެ މައުލޫމާތު ފުލުހުން އާންމު ކުރި ނަމަ އެކަން އެ ގޮތަށް ދިމާވުމުގެ ފުރުސަތު ނެތީސް ކަމަށް ހުކުމުގައި ފާހަގަކުރި އެވެ. އެހެންވެ، އެކަމުގެ ބަދަލު ފުލުހުން ދޭން ޖެހޭނެ ކަމަށް ހުކުމުގައި ވެ އެވެ.

ކާރުގެ ވެރިފަރާތުން ކޯޓުގައި އެދުނީ އެ ބްރޭންޑްގެ ކާރެއް ނުވަތަ އޭގެ އަގު ހޯދުމަށް ކަމަށް ވާތީ އާއި އޭގެ އަގު ސާބިތުކުރަން ހެކި ހުށަހަޅާފައިވާތީ ކޯޓުގެ ހުކުމުގައި ވަނީ އެ ބްރޭންޑްގެ ކާރެއްގެ އަގު ކަމަށްވާ 250،000ރ. އެއް މަސް ތެރޭގައި ދައުލަތުން ކޯޓަށް ދައްކަން ޖެހޭނެ ކަމަށެވެ.

މީގެ ކުރިން ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ޓޯޔާޑުގައި ހުރި ސައިކަލެއްގެ މައްސަލާގައި ދައުލަތުން ބަދަލު ދޭން ޖެހުނެވެ. އޭރު ބަދަލު ދޭންޖެހުނީ ގެއްލުނު ސައިކަލެއް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަން ސައިކަލުގެ ވެރިފަރާތަށް ފުލުހުން ނާންގާ ތިބުމުން އެ މީހާ އާ ސައިކަލެއް ގަންނަން ޖެހުމުންނެވެ.

12 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 8%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީބްމާ

20 October 2023

ގާނޫނާއި ޚިލާފު ވެގެން ފުލުހުން ފިޔަވަޅެއް އެޅިޔަސް، މީހަކު ހައްޔަރުކުރިޔަސް ކޯޓުތަކަށް ގޯސްވާނީ ފުލުހުން. މިވަރުން ކިހިނެއް ރައްޔިތުން ގާނޫނަށް ބޯލަންބުވާނީ

The name is already taken The name is available. Register?

ކެކެކެކެކެކެކެ

20 October 2023

ގާނޫނުގެ އެއްމާއްދާ އައް އަމަލު ކޮއްފަ އަނެއް މާއްދާ އަމަލު ނުކުރެވެންޔާ ވާނީ އެހެން!

The name is already taken The name is available. Register?

ކޮރަލް

20 October 2023

ޓޯޔާޑް ގަ ހުންނަ ސައިކަލް ވެހިކަލް ތަކުގެ ސްޕެއަރ ޕާޓްސް ތަކަށް ވާ ގޮތެއްވެސް ބަލާލަ ބަލާށެވެ. ދާދި ފަހުން ނީލަމަކަށް ދިޔަ އިރު ހުރީ 50 ހަކަށް ސައިކަލް ގެ މައިގަނޑުތައް އެކަންޔެވެ.

The name is already taken The name is available. Register?

ބްރޯސް

20 October 2023

ތީދެން ރާވައިގެން ކޮށްލަށް ވަރަށް ފައްކާކަމެއް. ކާރޫބާވީމާއި ފުލުހަކާ ގުޅާލައިގެން ކާރު ދައުލަތަށް ވިއްކާލަން. ނޫނޭ ދައުލަތުން ވައްކަން ކުރަން ދިވެހިން ވަރަށް މޮޅު.

The name is already taken The name is available. Register?

ކ‫ެރީބިއަން

20 October 2023

ފ‫ައްޅޯސަރ މެންނަށް އެނގޭނީ ވޮޅީބޯލައިގަ ބާރަށް ޖަހަން

The name is already taken The name is available. Register?

ކާރު

20 October 2023

ޑިއުޓީއައްގޮސް ފިލްމް ނޫނީ ފުޓުބޯޅަ ބަލާފަނުވޭ ޤާނޫކިޔާ އެއައް ވިސްނާކައް ވަގުތެއް ލިބޭމުސާރަކޮޅުން ކޮފީބޮއި މަޖާކޮއްލާފަ އަތަކުނޯވޭ އެއްޗެއް މަސްނިމޭއިރު ގޭންގަކުން އެއްޗެއްނުނަގައި ދެކޮޅެއްނުޖެހޭ ދެން ގޯސްވާނީ މަތަ ނޫނީ ކާރުތަ!

The name is already taken The name is available. Register?

Draw

20 October 2023

އިތުބާރު ގެއްލިފައިވާބައެއް

The name is already taken The name is available. Register?

ސަލާ

19 October 2023

އެމްޑީޕީ އިން ހިންގި ބޮޑު ޖަރީމާއެއް. ރައްޓެހިންނަށް ލާރިގަނޑެއްދޭންވެގެން. ދައުލަތުން ފައިސާ ޚަރަދުކުރާކަށް ނުޖެހޭ.

The name is already taken The name is available. Register?

ރައްޔިތުންގެ

19 October 2023

މިއީ އެތެރެއިން ހިންގާފައިވާ ޖަރީމާ އަކާ ވައްތަރީ. މިކަމުގައި ޒިންމާ އުފުލަންޖެހޭ ފުލުހުންގެ އަތުން މި ފައިސާ ހޯދަންޖެހޭނެ.

The name is already taken The name is available. Register?

ފައިސާ

19 October 2023

އެމްޑީޕީ ބޮޑެތިން ފަހަތުގައި ތިބެގެން އެމްޑީޕީ މީހުނަށް ފައިސާހޯދައިދޭންވެގެން ފުލުހުން ލައްވައި ހިންގާ ޖަރީމާއެއްނޫންތޯ؟

The name is already taken The name is available. Register?

48343

19 October 2023

ދަންވިދަންވިހެން ކިހިނެއްތަމިވަނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454