ޚިޔާލު

ކޮލަމް ފަސް މިނެޓް: ހިންމަފުށީ ގޭގެ އަށް ވަޒަން، އެކަމަކު ވެސް ބިރެއް ނެތް!

ހިންމަފުށީ ގެއެއްގެ ދޮރަށް ވަޒަން އަރާފައި.

ސިފައިންގެ އަސްކަރީ މަރުކަޒުތައް އާންމު ގޮތެއްގައި ހަދާފައި ހުންނަނީ، މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރުގަ އެވެ. އަދި އެއީ ހަތިޔާރުގެ ތަމްރީންތައް ހަދާ ތަނެއް ނަމަ، އާންމުން ދިރިއުޅޭ ސަރަހައްދުތަކާ ވަރަށް ދުރުވާނެ އެވެ. އެއީ އެ ތަނުގައި ބޭނުންކުރާ ހަތިޔާރެއްގެ ސަބަބުން، ނުވަތަ ހިނގާ އެކްސިޑެންޓެއްގެ ސަބަބުން އާންމުންގެ މީހަކަށް ގެއްލުމެއް ލިބިދާނެތީ އެވެ. އަދި އެކްސިޑެންޓެއް ހިނގުމުގެ ފުރުސަތު ބޮޑު ކަމުންނެވެ.

މާލެއާ ކައިރީގައި ސިފައިންގެ އަސްކަރީ ތަމްރީނުތައް ހަދާ މައި މަރުކަޒަކީ ކ. ގިރިފުއްޓެވެ. އެ ރަށުގެ އިރުން 1.2 ކިލޯމީޓަރުގައި އޮތީ ޓޫރިސްޓު ރިސޯޓެއް ކަމަށްވާ ސިނަމަން ދޮންވެލި ރިސޯޓް (ކަނުހުރާ) އެވެ. އަދި އެއަށް ވުރެ ކައިރިން ގިރިފުށީގެ ދެކުނުން 1،000 މީޓަރު ދުރުގައި އޮތީ މީހުން ދިރިއުޅޭ ހިންމަފުށްޓެވެ.

މި ދެންނެވި ދުރުމިންތަކަށް ބަލާއިރު، ހިންމަފުއްޓާއި ކަނުހުރާ ވެސް އެ އޮތީ ގިރިފުއްޓާ ވަރަށް ކައިރީގަ އެވެ. އެހެންކަމުން، އަސްލު ވަޒަން ބޭނުންކޮށްގެން ގިރިފުށީގައި ތަމްރީނުތަކެއް ހަދާ ނަމަ، ރައްކާތެރިކަމުގެ ގޮތުން ވަރަށް ގިނަ ފިޔަވަޅުތައް އަޅަ އެވެ. ބަޑި ޖަހާ ސަރަހައްދުގައި (ރޭންޖުގައި) ވަނީ ރަށުގެ ބޭރަށް ވަޒަން ނުދާނޭހެން ސަލާމަތީ ފިޔަވަޅުތައް އަޅައިފަ އެވެ.

އޭގެ އިތުރުން އެ ސަރަހައްދުގެ މަތިން މަތިންދާބޯޓެއް ދަތުރު ކުރާ ނަމަ، ބަޑިޖެހުން މެދުކަނޑައިލަ އެވެ. އަދި ބަޑީގެ ވަޒަން ދަތުރުކުރާ މިސްރާބާ ސީދާވާ ސަރަހައްދުގެ ކަނޑުމަތީގައި އުޅަނދެއް ހަރަކާތްތެރިވާ ނަމަވެސް ބަޑިޖެހުން ހުއްޓައިލަ އެވެ. އޭގެ އިތުރުން އަސްލު ވަޒަން ބޭނުންކޮށްގެން ތަމްރީން ހަދާ ވަގުތެއްގައި ނަމަ، އެކަން އެންގުމަށްޓަކައި ގިރިފުށީގެ މައްޗަށް ރަތް ކުލައިގެ ދިދައެއް ނަގާފައި ހުންނާނެ އެވެ. ބޭނުމަކީ އެ ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުތަކަށް ވެސް އެކަން އަންގައި ސަމާލު ކުރުވުމެވެ.

މި ހުރިހާ ކަމެއް މިހެން ހުރި އިރު، ހިންމަފުށީގެ އުތުރު ފަރާތުގައި ހުރި ގެއެއްގެ ދޮރަކަށް ވަޒަނެއް އަރާފައި ހުއްޓައި މިދިޔަ ބުދަ ދުވަހު ވަނީ ފެނިފަ އެވެ. އެ ވަޒަން އެރީ ކޮން ދުވަހަކު ކަމެއް ނޭނގުނަސް، މި ދިޔަ ހަފުތާގެ ތެރޭގައި ގިރިފުށީގައި ސިފައިން ބަޑިޖަހާ އަޑު އިވިފައިވާ ކަމަށާއި ބަޑިޖަހާއިރު އާންމުކޮށް ނަގާ ރަތް ދިދަ ވެސް ނަގާފައި ހުރި ކަމަށް އެ ރަށުގެ ބައެއް މީހުން ބުނެ އެވެ. އެހެންކަމުން 2015 ވަނަ އަހަރެކޭ އެއްގޮތަށް މިފަހަރު ވެސް މި އެރީ ގިރިފުށިން ޖެހި ވަޒަނެއް ކަމަށް އެ ރަށުގެ މީހުން ގަބޫލުކުރެ އެވެ.

ސިފައިން ބުނި ގޮތުގައި ގިރިފުށީ ރޭންޖުގައި ޖަހާ ވަޒަނެއް ހިންމަފުށްޓަށް އެރުމަކީ މުސްތަހީލު ކަމެކެވެ. ސަބަބަކީ ރޭންޖުގައި ބަޑި ޖަހަނީ ހިންމަފުށްޓާ ދިމާލަށް ނޫން ކަމަށް ވާތީ އެވެ. އެއީ ވަރަށް ރަނގަޅު ވާހަކަ އެކެވެ. ހިންމަފުއްޓާ ދިމާ ދުރަށް ވާ ގޮތަށް ޖަހާ ބަޑިއެއްގެ ވަޒަނެއް އަނބުރާލާފައި އައިސް ހިންމަފުއްޓަކަށް ނުވެއްޓޭނެ އެވެ.

ޖޫން 30، 2015 ގައި ހިންމަފުށީ އަޅިވިލާގޭ ދޮރަށް އެރި ވަޒަނަކީ ގިރިފުށިން އައި އެއްޗެއް ކަމަށާއި ގިރިފުށިން ޖަހާ ވަޒަނެއް މާ ރީއްޗަށް ވެސް ހިންމަފުށްޓަށް އަރައިފާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުގައި އޭރު ލިޔެފައިވެ އެވެ. ނަމަވެސް މިފަހަރު އެ ރަށު ލިލީ ނައިޓް ކިޔާ ގޭގެ ދޮރަށް އެރި ވަޒަނާ ބެހޭ ގޮތުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވިދާޅުވީ ހިންމަފުށީ ގެއަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން ކަމަށެވެ.

ހިންމަފުށީ ލިލީ ނައިޓްގޭގެ ކުޑަ ދޮރަކަށް ވަޒަން އަރާފައި. މި މައްސަލަ މިހާރު ދަނީ ފުލުހުން ތަހުގީގުކުރަމުން.

މިނިސްޓަރު ވިދާޅުވީ ގިރިފުށީ ތަމްރީނުތަކުގައި ބޭނުންކުރާ ހަތިޔާރުން ހިންމަފުއްޓަށް ވަޒަނެއް އެރުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ. މިނިސްޓަރު އެހެން އެ ވިދާޅުވީ އާންމު ގޮތެއްގައި އެ ޒާތުގެ ވަޒަން ބޭނުންކުރަނީ 9އެމްއެމްގެ ފިސްތޯލައިގައި ކަމަށް ވެފައި، އެ ޒާތުގެ ފިސްތޯލައަކީ ޝޯޓް ރޭންޖް (ކުރު ރާސްތާ)ގެ އަމާޒުތަކަށް ހަމަލާ ދިނުމަށް ބޭނުންކުރާ އެއްޗަކަށް ވާތީ ކަމަށް ވެދާނެ އެވެ. ހިންމަފުށިން ވަޒަން އެރި ގެ އާއި ގިރިފުށީ އަތިރިމައްޗާ ދެމެދު ގާތްގަނޑަކަށް 1،000 މީޓަރު ހުރެ އެވެ.

ސުވާލަކީ 9އެމްއެމްގެ ފިސްތޯލައަކުން ޖަހާ ވަޒަނެއް އެ ދުރުމިނަށް ދަތުރުކޮށްފާނެ ހެއްޔެވެ؟ އިންޓަނެޓްގައި ލިބެން ހުރި އަސްކަރީ މައުލޫމާތުތަކަށް ބަލާއިރު، ބިމުގެ ސަތަހަ އިން 45 ދަރަޖައިގެ އުސްމިނުގެ މިސްރާބަކަށް އަމާޒުކޮށް، އާދައިގެ ސައިޒެއްގެ ފިސްތޯލައަކުން 9އެމްއެމްގެ ވަޒަނެއް ފޮނުވާލައިފިއްޔާ އޭގެ ބާރު ކެނޑި ބިންމައްޗަށް ވެއްޓުމުގެ ކުރިން 2300 މީޓަރަށް ދަތުރުކުރާނެ އެވެ. ގިރިފުއްޓާއި ހިންމަފުށްޓާ ދެމެދު ހުރީ މީގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ވެސް ކުޑަ ދުރުމިނެކެވެ.

އަސްކަރީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ތަނަކަށް ނުވަތަ އެއްޗަކަށް އަރާފައި ހުރި ވަޒަނެއް އައީ ކޮން މިސްރާބަކުން އަދި ކިހާ ދުރުމިނަކުން ކަން ދެނެގަތުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެއީ އެ ވަޒަން އެ ތަނަކަށް އަރާފައި ހުރި ގޮތަށް ބަލައިގެންނެވެ. ވަޒަން ހުރީ ތަނެއްގައި ހަރުލާފައި ކަމަށްވާ ނަމަ، އޭގައި ވަޒަން ހަރުލާފައި ހުރި ގޮތަށާއި، ވަޒަން އަރާފައި ހުރި އެތީގެ ހަރުކަމާއި ބޯމިނާއި މި ކަންކަމަށް ބެލުމުން އެ ވަޒަން އައީ ކޮން މިސްރާބަކުން ކިހާ ދުރުމިނަކުން ކަން ދެނެގަނެވިދާނެ އެވެ. އަދި ތަނެއް ފޫއަޅުވާލާފައި ހުއްޓަސް އެ ތަނުގައި ލޯވަޅު ހެދިފައި ހުރި ގޮތް ބަލައިގެން ވެސް އެކަން ދެނެގަނެވިދާނެ އެވެ.

މި ކަންކަމަށް ރިއާޔަތްކުރާ އިރު، 2015 ވަނަ އަހަރު ހިންމަފުށީ ގެއަކަށް އެރި ވަޒަނާ ބެހޭ ގޮތުން، ސިފައިންގެ އޮފިސަރަކާ ހަވާލާދީ މީޑިއާތަކުގައި އޭރު ލިޔެފައިވަނީ، އެއީ ގިރިފުށިން ޖެހި ވަޒަނެއް ކަމަށް ބެލެވޭ ކަމަށެވެ. ވަޒަން އެރި ދޮރުގެ ފިލާގަނޑު ފޫއަޅުވާލާފައި ނުގޮސް ދޮރުގައި ވަޒަން ހަރުލާފައި ހުރުމުން، ސިފައިންގެ އެ އޮފިސަރު ލަފާ ކުރެއްވީ އެއީ ދުރުން ޖަހާފައިވާ ވަޒަނެއް ކަމަށެވެ. އަދި ވަޒަނުގެ ކުރީކޮޅު ކުޑަކޮށް ތިރިއަށް ކަތިކޮށް ހުރުމުން، އެއީ ދުރުން އައި ވަޒަނެއް، އޮއްސިގެން އައިސް ދޮރަށް އެރީ ކަމަށް ބެލެވެ އެވެ.

މިފަހަރު ހިންމަފުށީ ގޭގެ ދޮރަށް އަރާފައި ހުރި ވަޒަން ވެސް ހުރީ ކުރީ ފަހަރު ހުރި ކަހަލަ ގޮތަކަށެވެ. އެހެންކަމުން އެއީ އެހާ ކައިރިން ޖަހާފައި ހުރި ވަޒަނެއް ނޫން ކަން އެނގެ އެވެ. އަދި ވަޒަން އިނީ މަތިން ތިރިއަށް ކައްޗަށް ކަމަށްވާތީ، އެއީ ވެސް އޮހިގެން އަންނަ ގޮތަށް އައިސް އަރާފައި ހުރި ވަޒަނެއް ކަން އެނގެ އެވެ.

މި ފަހަރު ހިންމަފުށީ ގެއެއްގެ ދޮރަށް އެރި ވަޒަނަކީ، ގިރިފުށީ ރޭންޖުގައި ޖެހި ފިސްތޯލައަކުން ނުކުތް ވަޒަނެކޭ ބުނަނީކީ ނޫނެވެ. ނަމަވެސް އެކްސިޑެންޓެއް ހިނގުމުގެ ފުރުސަތު ކޮންމެ ކަމެއްގައި ވެސް އޮންނަ ފަދައިން، ގިރިފުށީގައި ސިފައިން ހަތިޔާރު ހިފައިގެން އުޅޭއިރު ވެސް އެކްސިޑެންޓެއް ހިނގުމަކީ މުސްތަހީލު ކަމެއް ނޫނެވެ.

ޖޫން 30، 2015 ގައި ހިންމަފުށީ ގެއެއްގެ ދޮރަށް ވަޒަނެއް އަރާފައި.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ތީމުގޭގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގައި އުޅުނު ސިފައިންގެ މީހެއްގެ އަތުން އެހެން މީހެއްގެ ބޮލަށް ފިސްތޯލަ ޖެހިގެން އެ މީހާ މަރުވި އެވެ. އައްޑޫގައި ބޭއްވި ސާކް ސަމިޓަށް ސިފައިންގެ ހަށިފާރަވެރިންނަށް ލ. އަތޮޅުގައި ބޭއްވި ތަމްރީނުތަކެއްގެ ތެރޭގައި ވެސް ސިފައިންގެ މީހެއްގެ އަތުން އެހެން ސިފައިންގެ މީހެއްގެ ބޮލަށް ފިސްތޯލަ ޖެހިގެން މަރުވި އެވެ. މިހިރީ ފުރިހަމަ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ހުރި އިރު ވެސް ހިނގާފައި ހުރި އެކްސިޑެންޓްތަކެވެ. ވީއިރު ގިރިފުށީގައި އެކްސިޑެންޓެއް ނުހިނގާނެއެކޭ ނުބުނެވޭނެ އެވެ.

ދެން އޮތް އަނެއް ކަންބޮޑުވުމަކީ، ހިންމަފުށީ ގެއެއްގެ ދޮރަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން ކަމަށާއި އެހެންކަމުން ހިންމަފުށީ ރައްޔިތުންނަށް ބިރެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވުމެވެ.

ނޫނެކެވެ! ތިޔަ ވިދާޅުވެވުނީ ރަނގަޅަކަށް ނޫނެވެ. އެއީ ގިރިފުށިން ޖެހި ވަޒަނެއް ނޫނިއްޔާ ހިންމަފުށީ ރައްޔިތުންނަށް އޮތް ބިރުވެރިކަމާއި ނުރައްކާތެރިކަން އަދި މާ ބޮޑެވެ. ސިފައިންގެ ބައެއް މީހުން "މަތި އޮމާންކުރަން" ބުނަނީ، އެއީ މަރުތޭލައަކުން ޖަހައި އެ ދޮރަށް ވައްދާލާފައި އިން އެއްޗެއް ކަމަށް ވެސް ވެދާނެ ކަމަށެވެ.

ކަންކަމުގައި ވާހަކަ ދައްކަން ވާނީ ވެސް ހަމަ ބުއްދި ގަބޫލުކުރާ ޒާތަށެވެ. ހިންމަފުށީ ގޭގެ ދޮރަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން ކަމުގައިވާ ނަމަ، އެކަމާ ހިތްހަމަޖައްސާލައިގެން ތިބެންވީކީ ނޫނެވެ. އެއީ މާ ސީރިއަސް މައްސަލައެކެވެ. އެކަން މާ ފުޅާ ގޮތެއްގައި ތަހުގީގު ކުރަންވީ އެވެ. އެ ރަށުގައި އެފަދަ ހަތިޔާރެއް ގެންގުޅެނީ ކާކުތޯ ބަލަންވީ އެވެ. ފިސްތޯލަ ނުވަތަ ފިސްތޯލަ އާއި ވަޒަން ފަދަ ތަކެތި އާންމުން ގެންގުޅެނީ ހެއްޔެވެ؟

އެނގިފައިވާ ގޮތުގައި ސިފައިން ވެސް ހަތިޔާރު ހިފައިގެން އުޅެނީ، ތަމްރީންތަކުގަ އާއި އެ މީހުންގެ ރަސްމީ ޑިއުޓީތަކުގަ އެވެ. ޑިއުޓީ ނޫން ވަގުތުތަކުގައި ނުވަތަ ސިފައިންގެ އާންމު ދިރިއުޅުމުގެ ވަގުތުތަކުގައި ގެންގުޅެން ހަތިޔާރު ދޫކޮށްފައި ނުހުންނާނެ ކަމަށް ސިފައިންގެ އޮފިސަރުން ބުނެ އެވެ. އެހެން ކަމަށްވާ ނަމަ، ހިންމަފުށީ ގޭގެ ދޮރަށް އެރި ވަޒަނުގެ ހަގީގަތް ހޯދައި ބަލަން ޖެހެ އެވެ. ނަމަވެސް ހިންމަފުށީ ކައުންސިލުން ބުނި ގޮތުގައި އެ ވަޒަނުގެ ހަގީގަތް ހޯދުމުގެ ގޮތުން ފުލުހުން ވެސް ނުވަތަ ސިފައިން ވެސް މިހާތަނަށް އެ ރަށުގެ ގޭގެ ބަލައި ފާސްކޮށް އެފަދަ ކަމެއް ކޮށްފައެއް ނުވެ އެވެ.

15 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 12%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޭފް

07 February 2017

ހުރިހައި އާޓިކަލްސްތައް ވެސް މި ގޮތަށް ހުންނާނެނަމެއޭ ހިތަށް އަރާ. އަޅުގަނޑު ގަބޫލުކުރާ ނޫސްވެރިކަމުގެ ހަމައަކީ މިއީ. ކަންކަމުގެ އެކޮޅު މިކޮޅު ހެއްކާ ބުއްދި ގަބޫލުކުރާ ކަހަލަ ގަރީނާތަކާއެކު ދެ ފުއް ދައްކައިދިނުން މިއީ ޒިންމާދާރު ނޫސްވެރިކަމަކީ. ތިމާ ބޭނުންވާގޮތެއް ޕޮރޮމޯޓްކުރުމެއް ނޫން..ވަރަށް ޝުކުރު ހުރި އަޚް އަހްމަދު އަބްދުﷲ

The name is already taken The name is available. Register?

އުދުހޭ

07 February 2017

މަދުންނަމަވެސް މިފަދަ ފުރިހަމަ އާޓިކަލް މިހާރު ނޫހުން ފެންނާތީ އުފާކުރަން. އަހްމަދު އަބްދުﷲ ސައީދަށް ޝުކުރިއްޔާ. މިނިސްޓަރުވިޔަސް ދޯހަޅި ވާހަކަފުޅެއް ދައްކަވައިފިއްޔާ އެކަން އެނގޭނެ. މިހާރަކީ ހަމަ މީހަކު އެއްޗެއް ބުނާއިރަށް އޭގެ ދޮގުތެދު ސާފުނުކުރެވޭނެ ޒަމާނެއްނޫން. މިނިސްޓަރަށްވުރެ ބޮޑަކަން ކަންކަން އެގޭ ފަރާތްތަކުގެ ދިރާސާތަށް ވަގުތުން ބަލާލެވޭ ޒަމާނެއްގާ ދޮގުހެދުމުން އެމީހާ ބޭޒާރުވެ ފަލީހަތްވުންނޫންކަމެއް ނުވާނެ!!! އެކަމަކު ހެއްވާ ކަމަކީ ދޮގެއް ހަދާއިރުވެސް ބުއްދި ގަބޫލުކުރެވޭގޮތަށް އެކަން ކުރަން ނޭނުންގުން. ރާއްޖޭގެ އެހެން އެއްވެސް ރަށެއްގެ ދޮރަށް ވަޒަން ނާރާއިރު ހިންމަފުއްޓަށް ތަކުރާރުކޮށް ވަޒަން އެރި ސަބަބެއް އޮންނާނެކަމާ، އެވަޒަން އައިތަނެއް ނޭންގެންޏާ ނޭންގޭވާހަކަ ބުނީމަ އެނިމުނީ، ކޮންމެހެން ވަކިތަނަކުން ނާންނާނެއޭކިޔާ ނޭންގޭ ވާހަކަ ނުދެއްކުން ބުއްދިވެރީ. މި ވަޒަނާ ބެހޭގޮތުން އިންޓަރނެޓްގައިވާ މައުލޫމާތު ކިޔާ ކުރިން ކޮމެންޓްކުރި ބައެއް މީހުން ބުނެފައިވަނީ ވަޒަން ދަތުރުކުރެވޭ އެންމެ ދުރުމިނަކީ 50 މީޓަރޭ. މެކްސިމަމް އިފެކްޓިވް ރޭންޖްގެ ގޮތުގައި 50 މީޓަރު ހުރީމާ އޭގެ މާނައަކީ ހަމަބިމުގައި ފޮނުވާލެވޭ ވަޒަނެއް އޭގެ ދުވެލީގައި އެެއްވެސް ވަރަކަށް ނުއޮއްސި ދަތުރުކުރެވޭ އެންމެ ދުރުމިނަކީ 50 މީޓަރޭ. 45 ޑިގްރީ އޭންގަލުގައި ވަޒަން ޖެހީމަ އެއްލާ ގާބުރިއެއް ފަދައިން އޭތި އޮއްސެމުންދާއިރުވެސް ދުރަށް ދަތުރުކުރަންދާނެ.

The name is already taken The name is available. Register?

ބެލެސްޓިކް ސައިންސް

07 February 2017

"އިންޓަނެޓްގައި ލިބެން ހުރި އަސްކަރީ މައުލޫމާތުތަކަށް ބަލާއިރު، ބިމުގެ ސަތަހަ އިން 45 ދަރަޖައިގެ އުސްމިނުގެ މިސްރާބަކަށް އަމާޒުކޮށް، އާދައިގެ ސައިޒެއްގެ ފިސްތޯލައަކުން 9އެމްއެމްގެ ވަޒަނެއް ފޮނުވާލައިފިއްޔާ އޭގެ ބާރު ކެނޑި ބިންމައްޗަށް ވެއްޓުމުގެ ކުރިން 2300 މީޓަރަށް ދަތުރުކުރާނެ އެވެ. ގިރިފުއްޓާއި ހިންމަފުށްޓާ ދެމެދު ހުރީ މީގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ވެސް ކުޑަ ދުރުމިނެކެވެ." ޔެސް! މިޕޮއިންޓް މީހުންނަށް ގެޓު ވާނަމަ މިކަންމިވަނީ ކިހިނެއްކަމާމެދު ޝައްކެއްނުކުރާނެ. މިގޮތަށް ރޭންޖްގައި ފަޔަރ ކުރެވިގެން ނުވާނެ. އެކަމު މިގޮތަށް ކަންތައް ހިނގާތީ މިހެންވަނީ. ޓްރޭނިންގގަ މީހުން މަރުވެގެންވެސް ނުވެއެއްނު، އެކަމު އެކަންވެސް ހުރީ ވެފަތާ.

The name is already taken The name is available. Register?

ބަލްކު އެންޑް ބަލަކް

07 February 2017

ބިރުފަހަނައަޅާ ދިޔަައިމަ ދެން ބިރެއްނޯންނާނެދޯ.

The name is already taken The name is available. Register?

ސިމިޔުލޭޓް

07 February 2017

ބަޑި ބޭނުންކުރުމާ އަމާޒަށް ބަޑި ޖެހުމުގެ ވަރަށް ހުނަރުވެރި ކުދިން މިހާރު ސިފައިންގޭގަ އެބަތިބި. އެއް ފަހަރުވެސް އަޅެ ބުނެދޭން ވީނު އެވަރުގެ ވަޒަނެއް ހިންމަފުށީގެ އެގެއަށް އެހެރަތޮތަށް އަރާނީ ކިހާ ހިސާބަކުން ޖެހިނަމަތޯ؟

The name is already taken The name is available. Register?

ރައީސް

07 February 2017

ބަޑި ގުދަނުގެ ހަތިޔާރު ހަމަތޯ ބާލާލިނަމަ ރަނގަޅު ވީސް. މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން އެ ގުދަނުގެ ހުންނަންޖެހޭ ހަތިޔާރު ފަޅު ރަށެއްގެ ފަރުންނާއި މާލޭގެ އިމާރާތަކުން ހޯދިވިއްޔާ!

The name is already taken The name is available. Register?

ވަޠަން

07 February 2017

ސިފައިންނާއި ފުލުހުންނަކީ ސިޔާސީ އަޅުންނަށް ވީމާާ ތިކަހަލަ އެއްވެސް ކަމެއްގެ ޚަބަރެއް ނީވޭނެ. އެކަން އެގޮތަށް ވެގެން ދިޔައީ މީގެ ފަސް އަހަރު ކުރިން މިއަދު.

The name is already taken The name is available. Register?

ތަކުރު

07 February 2017

ސަރުކާރުގެ ވެރިން ދައްކާ ވަހަކައިން ހިނިއާދޭ. ޑިފެންސް މިނިސްޓަރަށް ކޯންޗެއް ތި އެނގެނީ. އެމް.އެން.ޑީ އެފް ދުވަހެއް ދުވަހަކަށް ފހަތަށް ދާތަން މިފެންނަނީ ތިކަލަހަ ވާނުވާ ނޭގޭ މީހުން މިނިސްޓަރުންނަށް ތިބޭތީ. ދެން ތިބޭނީ ޔެސް ސަރ އޭ ކިޔާފަ މަޤާމު ދަމަހައްޓަން އެޅިހާ ބަތަކަށް ރިހަ ކިޔައިގެން ތިބޭ ރެޕްޓައިލްސް

The name is already taken The name is available. Register?

ދޮންބެ

07 February 2017

ބެސްޓް ކޮމެންޓް އެވަރ!

The name is already taken The name is available. Register?

ދިރާސާ

07 February 2017

މި ޤައުމުގެ ސިފައިންނާއި ފުލުހުންނަށް ކޮން އިރަކުތޯ ވިސްނޭނީ އެމީހުން އަޅާ ޔުނިފޯމް އަކީ ޤައުމީ ބޮޑު ހައިބަތެއްކަން. ޤައުނުގައިވާހާ ތަރިތަކާއި ހަނދާއި ފަތްތަކާއި އެއްޗެއްސެއް ޖެހިއެއްކަމަކު ޤައުމިއްޔަތު ލޯބި ނެތިއްޔާ އޭގެ އެއްވެސް އަގެއް ނެތް.ޔުނިފޯމްގައި ދަރިން ސްކޫލަށް ގެންގޮސް މާލޭގެ ތެރޭގައި ބުރުޖެހުމުން ތި ޔުނިފޯމްގެ އަގު އަރާއިގެން ނުދާނެ. ވެރިންނާއި ރައްޔިތުން ޤާނޫނާއި ޤަވާޢިދުތެރޭގައި މަސައްކަތް ކުރުމަށް ބާރު އެޅުވުމަކީ ތި ޔުނިފޯމްގެ ބޭނުން. އެކަން އެހެންކުރެވޭނަމަ ތި ވަޒަނެއްގެ ހަޤީޤަތެއްވެސް މިހާރު އޮންނާނީ އެގިފައި.

The name is already taken The name is available. Register?

ރޯނުަައެދުރު

07 February 2017

އަހުމަދު އަބުދުﷲ ސައީދު ވަރަށް އްާދޭހާ އެކު ދަހްނަވަން މިކަން ކޮޅެއްގ ޖެހެންދެން އަސްކަރިއްޔާށ1 އަދި ޑިފެންސް މިނިސްޓަރަށް ސުވާލުކޮށް ހެދުމަށް ކޮބައިބާ މިކަމާ ގުޅިގެން ބޢްވަން ބުނި ނިއުސް ކޮންފަރެސް...ހިއްމަފުށި ރަތްޔިތުން އެތިއްބަވަނީ ނުހަނު ކަންބޮޑުވުންތަކެއްގަ/...ސިފައިން އަތުން ވީކަމެއް ނޫނީއްްޔާ ބަޔަކު އެބަ ވަޒަނއް ގެން ގުޅެނީ ތާ؟؟؟ނޫސްވެރިޔާއަށް ދަންނަވަން މިކަން ވަރަށް ސީރިއަސް ކަމެއް ގޮތުގަ ނަގާގަނެ މިކަން ކޮޅެއްގަ ޖެހެންދެން ސުވާލުކުރުމަށް..ޝީފް އޮފް ޑިފެްސް ފޯސް ޝިޔާމުގެ ވެސް ބަހެއް ގެނެސް ދެއްވަވާ...އަސްކަރިއްޔާ އަށް ވަރަށް އާދޭހާއެކު ގޮވާލަން ހިންމަފުށޑި ބަލާ ފާސްކުރުމަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454