މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވި ހާދިސާގައި މަރުވި ދެ މީހުންގެ ގުނަވަންތަކެއް ޗިސްވެ، ގައިގެ ބައިތައް ގޮސްފައިވާ ތަން ފާހަގަ ކުރުމަށް ފަތް ކޯޅި ބަހައްޓާފައި: އެ މީހުންގެ ހަށިގަނޑުތައް އާއިލާއާ ހަވާލުކުރުމަށް މިހާރު ވަނީ އިންޑިއާއަށް ފޮނުވާލާފައި..-- ފޮޓޯ: އަބްދުލް ހަމީދު މުހައްމަދު
25 އޮކްޓޯބަރ 2023 - 11:22
ހދ. މަކުނުދޫގައި، ވެލްޑިންކުރަން ގެންގުޅޭ ގޭސްފުޅިއެއް ގޮވައި މަރުވި ދެ މީހުންގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ހިނގި ހާދިސާގައި މަރުވީ އިންޑިއާގެ، މުހައްމަދު ރާޖާ އަންސާރީ، 27، އާއި ސުދީރާ ސެތީ، 25, އެވެ. އެ ދެ މީހުންގެ ވެސް ހަށިގަނޑު އެއްކޮށް ކުދިކުދި ވެފަ އެވެ. ގޮވުމުގެ ބާރު ގަދަކަމުން އެ ދެ މީހުންގެ ހަށިގަނޑުގެ ބައިތައް ވަރަށް ދުރަށް ބުރައިގެން ގޮސް ހުއްޓެވެ.
ފުލުހުން ބުނީ ބަލަން ޖެހޭ ކަންކަން ހުރުމުން ހަށިގަނޑުގެ ބައިތައް އާދީއްތަ ދުވަހު މާލެ ގެނައުމަށް ފަހު އާއިލާއާ ހަވާލުކުރަން އިންޑިއާ އަށް ފޮނުވާލީ އިއްޔެ ކަމަށެވެ.
މަކުނުދޫގައި އެއްޗެއް ގޮވި ސަރަހައްދު-- ފޮޓޯ: ސޯޝަލް މީޑިއާ
މަރުވި ދެ މީހުންނަކީ މަކުނުދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތްކުރާ ކުންފުނީގެ ދެ މީހުންނެވެ.
ގޭސްފުޅި ގޮވުމުގެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ސިފައިންނާއި ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
25 October 2023
ދެން ކިޔާނީ މައްސަލަ ބަލަނީ ބަލަނީ ބަލަނީ ބަލަނީ އޭ. ދުވަހަކު އެ ބެލުމަކުން ނާރާނެ.
ޢެޑްމުންޑޯ
25 October 2023
އިންތިޒާރު މިކުރަނީ ތިޔަ ހާދިސާ އާއި ގުޅޭ ތަފްސީލީ ރިޕޯޓެއް ފުލުހުންނާއި އެމްއެންޑީއެފުން ހާމަކުރާނެ ދުވަހަކަށް ، ތިބޮޑު ހާދިސާ ހިގަން މެދުވެރިވި ސަބަބު ވަރަށް ސާފްކޮށް އެގުން މުހިއްމު
ސީތާ
25 October 2023
އެއީ 2 ޢާއިލާއަކަށް ނިޞްބަތްވާ 2 މީހަކު ނަމަ އެމީހުންގެ ހަށިގަނޑުގެ ބައިތައް ބަހާނީ ކިހިނެއް؟ ހަމަގައިމުވެސް ކުދިކުދިވެފައިވާ މަސްކޮޅުތަކުން މީހާ ފާހަގަ ކުރަންޏާ ޖެހޭނީ ލެބް ޓެސްޓްތަކެއް ހަދަން. ތިހުރިހާ ސަކަރާތެއްނުޖަހާ ވަޅުލީނަމަ މާރަނގަޅުވީސް
ސޭކުސްތާން
25 October 2023
ރާއްޖެގަ ކަންކަމަށް ގަވައިދު ހެދިފައި ހުއްޓަކަސް އެކަށީގެންވާވަރާ ގާތަށްވެސް އެގަވައިދެއް ތަންފީޒުނުކުރޭ. ހޮޓަތަގުގައިވެސް ތިބޭ "ސިގިރެޓް ބުއިން މަނާ" ބޯޑުޖަހާފަ. އެކަމަކު ބޯމީހާބޯނެ އޭތި ލޯކުރިމަތީ ހުންނައިރުވެސް، އެތާ ތިބޭ ބޭރުމީހުންނަކަށް ނުކެރޭ ބިރުން އެއްޗެއްކޭ ބުނަން. ހުރިހާ ކަމެއް ހިނގަނީ އެބީދައިން. ސިގިރެޓް ވަކިން ވިއްކުންމަނާ، އެކަމަކު މިހާރު ވަކިން ނުވިއްކާ ފިހަރައެއް ނެތް، ދެން ބުނާނެ ރައްޖެ ސިންގަޕޯއާ ދާދި އެއްވަރުއޭ، ކުޑަ ތަފާތެކޭ