އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް. ބޮޑެތި ކުށްތައް ކޮށްފައި ތިބޭ މީހުން ކައުންސިލުގައި ބޭތިއްބުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: މަޖިލިސް
07 ފެބުރުއަރީ 2017 - 11:17
ބޮޑެތި ކުށްވެރިންނަށް ލޯކަލް އިންތިޚާބަށް ކުރިމަތިލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކޮށްގެން ސަރުކާރުން އުޅެނީ ބޮޑެތި ކުށްވެރިން ރައްޔިތުންގެ ލީޑަރުންނަށް ހަދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ހޮޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ މުހައްމަދު (އަލިބެ)، ލާމަރުކަޒީ ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން ރޮޒެއިނާ ވިދާޅުވީ ބޮޑެތި ކުށްތައް ކޮށްފައި ތިބޭ މީހުން ކައުންސިލުގައި ބޭތިއްބުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ، މެމްބަރުން މިކަމާ މެދު ވިސްނެވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
"ވައްކަން ކުރާ މީހަކު ގެނެސް، ރައްޔިތުންގެ ބަޖެޓާ ހަވާލުކޮށްފައި ކައުންސިލްތަކުގައި ބެހެއްޓުން ނުވަތަ ކުޑަކުއްޖަކާ ބެހޭ މީހުންނާއި މީހުން މަރާ ބަޔަކު ގެނެސް ރައްޔިތުންގެ ލީޑަރެއްގެ ގޮތުގައި ބެހެއްޓުމަކީ އަޅުގަނޑަށް ގަބޫލު ކުރެވޭ ކަމެއް ނޫން،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވި ގޮތުގައި މި އިސްލާހު ފާސްވެއްޖެ ނަމަ، ކައުންސިލްތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ކުރިން އޮތް ބައެއް ޝަރުތުތައް އުނިވެގެން ދާނެ އެވެ.
އެ ގޮތުން އިސްލާމް ދީނުގައި ހައްދެއް ކަނޑައަޅާފައި ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ މީހުންނަށް ކައުންސިލް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުން ކަނޑައަޅާފައި އޮއްވައި، ގާނޫނު އިސްލާހު ކޮށްގެން އެ ޝަރުތުތައް އުވައިލުމަކީ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމައެއާއެކު، ކުޑަކުއްޖަކާ އެކު ބަދުއަހުލާގީ އަމަލު ހިންގި ކަން ނުވަތަ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވާ މީހުންނަށް ކުރިމަތިނުލެވޭ ޝަރުތު ވެސް މި އިސްލާހުގައި އުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު މި ގެނެސްފައިވާ އިސްލާހަކީ މިފަދަ މީހުންނަށް ކުރިމަތިލެވޭ ގޮތަށް ހެދުން،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވި ގޮތުގައި މިފަދަ އިސްލާހުތައް ގެންނަން މަޖިލީހުގެ މެމްބަރުން ވޯޓު ދިނުމަކީ ބޮޑެތި ކުށްތައް ކުރާ މީހުންނަށް ދެވޭ ހިތްވަރެކެވެ. އަދި ކުރިމަގުގައި މިފަދަ މަގާމުތަކަށް އަންނަން ބޭނުންވާ ކަމުގައިވާ ނަމަ އަހުލާގީ މިންގަނޑު ވަކި މިންވަރަކަށް ބަހައްޓަން ޖެހޭކަން އަމިއްލަ އަށް ދެނެގަންނަން ލިބޭ ފުރުސަތު ގެއްލުވާލުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަކީ ރައްޔިތުންގެ ލީޑަރުންނަށް އަންނަން ޖެހޭ ބައެއް ނޫން ކަމަށް ވެސް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ ރޮޒެއިނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހުގައިވަނީ އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ނުވަ ޝަރުތެއް ހިމަނައިފަ އެވެ. އަދި ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތައް ގާނޫނުން އުނިކުރަން ހުށަހަޅައިފަ އެވެ.
އިސްލާހުގައިވާ ގޮތުން ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތަކަށްވުން، ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން، ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެ މީހަކު ދިވެހި ރައްޔިތަކަށް ވުމަށް ފަހު ފަސް އަހަރު ފާއިތުވުން، މުސްލިމަކު ކަމުގައި ވުމާއި ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން، އަދި އުމުރުން 18 އަހަރު ފުރިފައިވުމެވެ.
މީގެ އިތުރުން ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން، އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުން، އެއްވެސް ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައިނުވުން، އެއްވެސް ޖިނާއީ ކުށެއް ސާބިތުވެ، އެ މީހެއްގެ މައްޗަށް 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ދެ އަހަރު ފާއިތުވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފް ކޮށްދެވުނުތާ ދެ އަހަރު ފާއިތުވާން ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ އަލީ
07 February 2017
ކުށްވެރިން ލީޑަރުންނަށް ހަދައިގެން އުޅެނީ ސަރުކާރުންތަ ނުވަތަ ކަމަނާތަ ؟ ޓެރަރިޒަމް ގެ 2 މައްސަލަޔާ ވައްކަމުގެ މައްސަލައެއް ސަރީއަތުން ހުކުމް ކޮށްފައިވާމީހަކު ލީޑަރަކަށް ނެރެގެން އުޅެނީ ކާކުބާ ؟
ޒީ
07 February 2017
އެހެން ނޫނަސް އެއުޅެނީ އަންނި އަށް މާލޭ ސިޓީ މޭޔަރ ކަން ދޭންވެގެން. ކިހާ ރަގަޅު
ގުރީންހައުސް
07 February 2017
މޑޕ އާ ސަރުކާރާއި ބޭނުންވަނީ ޕޮލިޓިކަލް ގްރީންހައުސްއެއް ހަދައިގެން އޭގެތެރޭގައި އެދެބައިމީހުން އެކަނި ތިބެން
މޫސާ
07 February 2017
ފަހުޒަމާނުގެ އަލާމާތެއް. ކުށްވެރިން އިސް ލީޑަރަށްވުން. ނުމީހުން މީހުންނަށްވުން. މީހުން ނުމީހުންނަށްވުން. މީހާގެ ނުބައި ނުލަފާކަމުން މީހުން އޭނާއަށް ސަނާ ތައުރީފް ކިޔުން. ޢިލްމުވެރިންގެ ވާހަކަތައް އެމީހުންގެ ދެފުށްދެގޮތް ވުމުގެ ސަބަބުން މީސްތަކުން ޤަބޫލު ނުކުރުން. ޝަރަފާއި ޢިއްޒަތް ލިބޭނީ ހަމައެކަނި ނުގޮތުން ހޯދާފައިވާ ފައިސާއިން މުއްސަނދި ވެފައިވާ މީހުންނަށް ކަމުގައިވުމުން.
ޟާހިބާ
07 February 2017
ޢަންނިއަކީ ބޮޑު ކުއްވެރިއެއް. 13 އަހަރުގެ ހުކުމެއް. މިވަރު ނޭގޭމީހެކޭމީ.
ޒާ
07 February 2017
އެމްޑީޕީއަކީ ތިމާމެންގެ ފޫކޮޅުގައި ހޭކިފައިވާ ނަޖިސް ނުފެންނަބައެއްދޯ؟ ތިމާމެން ލީޑަރަކަށް ހަދަން އުޅެނީ ޓެރަރިސްޓެއްނޫންތަ؟ އެއީ ވަކިން ސަހަލު މީހަކީތަ؟ ތިޔައެއްނޫން ތިވާގޮތަކީ ސަރުކާރުން ކުރަންޏާ ތިމާމެންގެ ފަޔަށް ހިނިއަރާތީ ހިމޭނުން ނުތިބެވެނީ.
މޯ
07 February 2017
އެންމެ ކުށްވެރިން ގިނަ ސަރުކާރު ވެއްޓުނީ މިއަދު. ކުށްވެރިން ގޮަވައިގެން ވެރިކަން ކުރަން ހަނދައިގެން އަތަށް ގޮވީ.
ލަބީދް އެންޑް ކަބީރް
07 February 2017
ވަކިމީހެއް ދިފާއުކޮށްފާ ވާހަކަ ދައްކަނީއެއްނޫން. އެހެން ނަމަވެސް އެމްޑީޕީއަކީ ކުއްވެރިންނަށް އެމީހުންގެ ވެރިކަމުގާ ގިނަދޫތަކެއް ދިންބައެއް.
ސސ
07 February 2017
ދިވެހި އިލްމީ ޤާބިލު ޒުވާނުން ކަންކަމަށް ކުރިމަތިލާ ސިޔާސީ އިލްމީ ޤާބިލުކަމެއް ނެތް މީހުނަށް ފުރުސަތު ނުދޭންވީ އޭރުން ޤައުމު ރަގަޅުވާނީ!
ފަހީމު
07 February 2017
އޮޒޭނާވެސް ތިވާހަކަ ނުދައްކާ ތިވާހަކަ ދައްކާމީހުން ލާން އޮންނަތަނަކި ޖަލު މަހުލޫފަށް ޖެހުނު ހާލުޖެހިދާނެ ފުލުހުންކޮޅެއް ނެރެގެން ތަހުގީގެއް ހިންގާލާފަ ދެންލާނީ ޖަލަށް