އިންތިހާބީ ރައީސް ޑރ. މުއިއްޒަށް، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް، އެ ޖަމިއްޔާގެ ފަރާތުން ފިލައެއް އަރުވަނީ.
30 އޮކްޓޯބަރ 2023 - 08:34
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަންހެނުން ހޮވައި ދިނުމަށް އެހީތެރިކަން ދިނުމަށް ދިވެހި ވިޔަފާރިވެރިންގެ ކިބައިން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އެދިވަޑައިގެންފި އެވެ.
އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން މަދުވެގެން 20 ޕަސެންޓް ގޮނޑި އަށް ވާދަކުރުމަށް މުއިއްޒު ބޭނުންފުޅުވެ އެވެ.
އަންނަ މަހުގެ 17 ގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ މުއިއްޒު އިއްޔެ ވިދާޅުވެފައި ވަނީ އެ ލަނޑުދަނޑި ހާސިލް ކުރުމަށްޓަކައި ވީހާ ވެސް ގިނަ އަންހެނުން މަޖިލިސް އިންތިހާބުގައި ހޮވުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިސްނަގައިގެން ވަރަށް ގިނަ ދިވެހި ވިޔަފާރިވެރިންތަކެއް ބައިވެރިވި ބައްދަލުވުމުގައި މުއިއްޒު ރޭ ވިދާޅުވީ، ވީހާ ވެސް ގިނަ އަންހެނުންނަށް ރައްޔިތުންގެ މަޖިލިހުން ފުރުސަތު ހޯދައި ދިނުމަށް އެ ވިޔަފާރިވެރިންގެ އެހީތެރިކަން ދީ، ސްޕޮންސަ ކޮށްދިނުމަކީ އެ މަނިކުފާނު ވަރަށް އުފާފުޅުވާނެ ކަމަކަށް ވާނެ ކަމަށެވެ.
އިންތިހާބީ ރައީސް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގައި އިންތިހާބުގެ 93 ގޮނޑީގެ ތެރެއިން 19 ގޮނޑި އަށް އަންހެނުން ނެރުމަށް ދިވެހި ވިޔަފާރިވެރިން ނުކުމެ، މަސައްކަތް ކޮށްދިނުން ވާނީ ގައުމަށް ކޮށްދެވޭނެ ވަރަށް ބޮޑު ކަމަކަށެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒު ރާއްޖޭގެ ބައެއް ވިޔަފާރިވެރިންނާ އެކު ރޭ ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
"މާނަވީ ކަމެއްގައި މިހެން ކޮށްދެވޭ ކަންކަމުން އަޅުގަނޑުމެންގެ ގައުމަށް ހަމަޖެހުން އަންނާނީ. ކުރިއެރުން ލިބޭނީ. އުންމީދު ހާސިލް ވެގެން ދާނީ،" ޖެން ހޮޓަލުގައި ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، އަބަދު އެކައްޗެއް ކިޔައި، ކުރިއަށް އަޅާ ފިޔަވަޅުތަކަށް ވުރެ ގިނަ ފިޔަވަޅު ފަހަތަށް އަޅަން ވެއްޖެ ނަމަ ދުވަހަކު ވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހަށް އަބަދު އިންތިހާބު ކުރަން ޖެހެނީ ފިރިހެނުން ނޫން ކަމަށާއި ގާނޫނުގައި ހަމަހަމަ ފުރުސަތެއް ދީފައި އޮތް ނަމަވެސް މަޖިލިހަށް އަންހެނުން ނެރުމަށް އިތުރު ބާރެއް ލާން ޖެހޭ ކަމަށެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަދި ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ރޭގެ ބައްދަލުވުމުގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
"އަޅުގަނޑުމެން އެބަޖެހޭ އެ ކަމަށް ހިތްވަރު ދޭން. އެބަހުރި ބެރިއާސް. ލިޔެކިޔުމުގައި އެބަހުރި ހަމަހަމަކަން. އެހެން ނަމަވެސް އަޅުގަނޑުމެން، އަޅުގަނޑުމެންނޭ މި ދަންނަވަނީ އަޅުގަނޑުމެން އެންމެން އެބަޖެހޭ މި ކަމުގައި ވެސް، މި ގައުމު ކުރިއަށް ގެންދަންޏާ ތެދުވާން. އެހީތެރިކަން ދޭ ބަޔަކަށް ވާން،" އިންތިހާބީ ރައީސް ވިދާޅުވި އެވެ.
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ 87 މެމްބަރުންގެ ތެރެއިން އަންހެނުންގެ އަދަދަކީ އެންމެ ހަތަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ އަ
01 November 2023
މިހާރުވެސް ވިޔަފާރިވެރިން މަޖިލިސް މެމްބަރުން ގަނޭ ، މި ވަބާ ނައްތާނުލެވޭ އެއްސަބަބަކީ ކެމްޕެއިނަށް ފައިސާ ދޭ ފަރާތްތައް ހާމަ ކުރުން މަޖުބޫރު ނުވުން، އަދި މެމްބަރުންގެ މުއްސަންދިކަން ހާމަކުރަން މަޖުބޫރު ނުވުން
ވގތގޔގޔގޔ
31 October 2023
އާން މިސާލަކަށް 20 މެންބަރު ހޮވުނީ..20 މީހުން އެއް ދުވަސްވަރެއްގަ ނުވަތަ ގާތްގާތުގަ ވިހައިގެން 6މަސް-1 އަހަރުގެ ޗުއްޓީއަށް ދިޔައީމަ ރަނގަޅުވާނެ ނޫންބާ
ރައްޔިން
31 October 2023
ވަރަށް ރަނގަޅު ނިންމުމެއް ތިއީ. ވަރަށް އުފާވެ މިއަދު މިކަހަލަ ވެރިޔަކު ގައުމުގެ ވަލިއްޔުލް އަމްރުގެ މަގާމްގަ ހުރީމަ.
ޖައިލަމު
31 October 2023
ކަނބަލުންނަށް ވާނެ. ކަނބަލުންނަށް ކުރެވޭނެ. އަހަރެމެންގެ ރަޢީސް މިހުރީ ކަންބަލުންނާއި އެއްކޮށް
ގިޔާސު
31 October 2023
އަހަރެމެން މިހުރީ ރެޑީގައި މުޢިއްޒު އަށް ތިކަން ކޮށްދޭން.
ފައިސަލު
31 October 2023
މުއިއްޒު ވަރެއް ނެތް. ވަރަށް އުފާވެއްޖެ
ފާތުމަތު
30 October 2023
އުފާވެރި ހަބަރެއް އަޅުގަނޑުމެން ކަނބަލުންނަށް އިސްކަންދޭތީ މުއިޒްއަށް ހަމަ ފަށްފަށުން ޝުކުރު ދަންނަވަން
ސޭބޫ
30 October 2023
ކޮންކަނބަލެކޭ ކިޔާކަށް؟
ދަގަތްފާނު
30 October 2023
ވިޔަފާރިވެރިން ސްޕޮންސާކޮށްގެން ގެންގުޅޭ ޕަޕެޓުންލައިގެން ހިންގާ މަޖުލީހެއް އަހަރެމެން ބޭނުމެއްނޫން، ވިޔަފާރިވެރިން އަތްބާނަން އޮންނާނެ ވިޔަފާރިވެރިންގެ ޖަމުއްޔާ.
އަސްނާ އަލީ
30 October 2023
އަޅުގަނޑު ފަހުރުވެރިވޭ އަޅުގަނޑު ވޯޓް ދިން ކެނޑިޑޭޓް އަޅުގަނޑުމެން ކަނބަލުންނަށް އިސްކަންދޭތީ.
ޔުސްރާ.
30 October 2023
މިޔާއެކު އަޅުގަނޑުވެސް މަޖިލިސް އިންތިހާބަށް ވާދަކުރާނަން. ޝުކުރަން ޑރ.މުއިޒް