ޚަބަރު / ފާރިސް މައުމޫން

އިންތިޚާބީ ނިޒާމު ކިލަނބުކޮށްފި، ވަގުތުން ބިލް ބޭރުކުރަން ޖެހޭ: ފާރިސް

ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

ރާއްޖޭގެ އިންތިޚާބީ ނިޒާމް ކިލަނބުކޮށްފައިވާ ކަމަށާއި ކުށްވެރިންނަށް ވާދަކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅީ ވެސް އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންނާ އެކު ބަދުއަހުލާގީ އަމަލު ހިންގުމާއި ރޭޕްކުރުމާއި މަސްތުވާތަކެތީގެ މައްސަލަތައް ފަދަ ބޮޑެެތި ޖިނާއީ ކުށްތައް ސާބިތުވެފައިވާ މީހުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ 28 ވަނަ މާއްދާ އާއި 44 ވަނަ މާއްދާ، މަޖިލީހުން މިއަދު ބަލައިގަތް އިސްލާހުގައި ވަނީ އުނިކޮށްފަ އެވެ. އެހެންކަމުން މި އިސްލާހުތަކަށް އަމަލުކުރަން ފެށުމުން، މިފަދަ ކުށްތައް ސާބިތުވެފައިވާ މީހުންނަށް ވެސް ލޯކަލް އިންތިހާބުގައި ވާދަކުރެވޭނެ އެވެ.

ހޮޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ މުހައްމަދު (އަލިބެ) ހުށަހެޅުއްވި އިސްލާހާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ފާރިސް "މިހާރު" އަށް ވިދާޅުވީ މިއީ، އިންތިހާބަށް ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނާއި އެކި ދާއިރާތަކުގައި ތިބި ވޯޓުލާ މީހުންގެ ވެސް ހައްގުތައް ނިގުޅައިގަނެވިގެންދާ ކަމެއް ކަމަށެވެ. އިންތިހާބަށް ކުރިމަތިލާ ބައެއްގެ ޝަރުތުތަކަށް ބަދަލު ގެންނަން، ކުއްލިއަކަށް ހުށަހެޅުމަކީ ވަރަށް ގިނަ ސުވާލުތަކެއް ވެސް އުފެދޭ ކަމެއް ކަމަށް ވިދާޅުވެ ބިލް ވަގުތުން ބޭރުކުރަން އޭނާ ގޮވާލެއްވި އެވެ.

"އެއް ކަމަކީ، ވަކި ބަޔަކު ބޭނުންވާ ބަޔަކަށް ފުރުސަތު ދޭން އުޅެނީތޯ؟ ނޫނީ ކުރިމަތިލާފައި ތިބި އެހެން ބައެއް ފަރާތްތަކަށް ފުރުސަތު ހަނިކުރަން ބޭނުންވަނީތޯ؟" ފާރިސް ސުވާލު އުފެއްދެވި އެވެ.

މި އިސްލާހުގައި ހުރި މާއްދާތަކާއި ކަންކަމަށް ބަލާއިރު މިއީ އިންތިހާބަށް ނުފޫޒު ފޯރުވުން ނޫން، ދެ ވަނަ ކަމެއް ނޫން. --ފާރިސް

އިސްލާހު ހުށަހެޅުއްވި މެމްބަރު އަލީ މުހައްމަދު މަޖިލީހުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި ކުޑަކުދިންނާ އެކު ބަދުއަހުލާގީ އަމަލް ހިންގުމާއި ރޭފްކުރުމާއި މަސްތުވާތަކެތި ފަދަ ކުށްތައް ސާބިތުވެފައި ތިބި މީހުންނަށް އިންތިހާބީ މަގާމެއް ފުރަން ފުރުސަތު ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

"އަޅުގަނޑުމެން ތިބި މަޖިލީހެއްގައި މިކަން ފާސްވުމަކީ ވަރަށް ދެރަ ކަމަކަށް ވާނެ،" ފާރިސް ވިދާޅުވި އެވެ.

އެ އިސްލާހުން ލާމަރުކަޒީ ނިޒާމަށް އަންނާނެ އެއްވެސް ހެޔޮ ބަދަލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ކުށެއް ކުރި މީހެއް ނަމަވެސް ހުކުމް ތަންފީޒުވެ މުޖުތަމައުން ފުރުސަތު ލިބެން ޖެހޭނެ ކަމަށް އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ. އެކަމަކު ކުޑަކުދިންނާ އެކު ބަދުއަހުލާގީ އަމަލު ހިންގުން ފަދަ ކުށްތަކުގައި ހިމެނޭ މީހުންނަށް އިންތިހާބީ މަގާމްތަކުން އެ ފުރުސަތު ފަހިކޮށްދީގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

"ޕްރައިވެޓް ސެކްޓާ އިން ވެސް މިއަށް ވުރެ ހަރުކަށި މިންގަނޑެއް ގެންގުޅޭނެ، ބައްލަވާ. މި އިސްލާހުގައި ހުރި މާއްދާތަކާއި ކަންކަމަށް ބަލާއިރު މިއީ އިންތިހާބަށް ނުފޫޒު ފޯރުވުން ނޫން، ދެ ވަނަ ކަމެއް ނޫން،" ފާރިސް ވިދާޅުވި އެވެ.

"މި އިސްލާހު ފާސްވެއްޖެ ނަމަ މިހާރު އިއުލާންކޮށްފައި އޮތް އިންތިހާބު ބާތިލްވީ. ކުރީގެ ޝަރުތުތައް ބަދަލުވުމާ އެކު އެއީ ބާތިލް އެއްޗަކަށްވެ އަލުން އާ އިންތިހާބެއް އިއުލާން ކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި، މުޅި އިންތިހާބީ މާހައުލު ވެސް މިއޮތީ ކިލަނބުވެފައި. މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް. --ފާރިސް

އާ އިންތިހާބާ ގުޅިގެން ކުށުގެ ރެކޯޑާއި އެހެން ވެސް ކަންކަން ސާފުކުރަން ޖެހޭއިރު، މި ގެންނަ ބަދަލަކީ ވެސް އިންތިހާބު ލަސްކުރަން ފުރުސަތު ލިބި ގާނޫނު އަސާސީއާ ހިލާފަށް ބައެއްގެ ދައުރު ވެސް އިތުރުވެގެންދާ ކަމެއް ކަމަށް ފާރިސް ވިދާޅުވި އެވެ.

ރައްޔިތުންގެ އިހްސާސްތަކާ ނުބައްދަލު އެތައް ކަންތައްތަކެއް ހިންގާއިރު، ފާރިސް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް، އެ މެމްބަރަކު ނިސްބަތްވާ ދާއިރާގެ ރައްޔިތުންނާ މަޝްވަރާކޮށް ހިޔާލު ހޯދަން ވެސް ފުރުސަތެއް ނުދެ އެވެ.

މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ

ފާރިސް ވިދާޅުވީ އިންތިހާބު ލަސްކުރުމާ އެކު އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ ގޮތުން ރާއްޖޭގައި މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހަކީ ވެސް އޭގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންތިހާބެއްގެ މަސައްކަތް ފެށިގެން ނިމުމާ ހަމައަށް މިހިރީ ނުފޫޒު ވަދެފައި،" ފާރިސް ވިދާޅުވި އެވެ.

"ރާއްޖޭގައި، މުޅި އިންތިހާބީ މާހައުލު ވެސް މިއޮތީ ކިލަނބުވެފައި. މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް."

އީސީގެ މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ކޮމިޝަނުގެ އަމަލުތަކާ މެދު ފާރިސް ފާޑުވިދާޅުވި.

ސަރުކާރުގެ ވިސްނުމާ ހިޔާލުތަފާތުވާ މީހުންނަށް ފުރުސަތު ހަނިކުރުމަކީ، ފާރިސް ވިދާޅުވި ގޮތުގައި، ކުރިން ވެސް ފެންނަ މަންޒަރެކެވެ. އެ މީހުންނަށް ކޯޓުތަކާއި އެހެން ގޮތްގޮތުން ވެސް ދަތިކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އިންތިހާބުތައް ރާވާއި ހިންގަން ގާނޫނުން ލާޒިމްކޮށްފައިވާ އިލެކްޝަންސް ކޮމިޝަނަކީ ނުފޫޒުން އެއްކިބާވެ މިނިވަންކޮށް އޮންނަން ޖެހޭނެ ތަނެއްކަން ފާހަގަކުރައްވައި ފާރިސް ވިދާޅުވީ އެ ކޮމިޝަނުގެ ހާލަތު ހުރިހާ ރައްޔިތުންނަށް ވެސް މިހާރު ސާފުވެފައިވާ ކަމަށެވެ. ލޯކަލް އިންތިހާބަށް އެ ކޮމިޝަނުން ކުރަން ޖެހޭ މަސައްކަތްތައް ނުނިމި ލަސްވެގެންދާއިރު، ފެންނަނީ ކޮމިޝަންގެ ދައުރާއި މަސްއޫލިއްޔަތު ވެސް އޮޅިވަޑައިގެން މަސައްކަތް ކުރައްވާ ތަން ކަމަށް ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީތައް ހިންގުމުގެ ދާއިރާގައި ވެސް ތިބީ ކޮން ބޭފުޅުންނެއް ކަމެއް އަދި ޕާޓީތައް ހިނގަނީ އަސާސީ ގަވާއިދާ އެއްގޮތަށްތޯ ވެސް އިލެކްޝަނުން ނުބަލަ އެވެ.

"އަޅުގަނޑުގެ ހިތެއް ނުބުނޭ، އިންސާފުވެރިކަމާ އެކު އިންތިހާބެއް ބޭއްވިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނަށް އެކަނި ބެލި ނަމަވެސް،" އޭނާ ވިދާޅުވި އެވެ.

ލޯކަލް އިންތިހާބަށް، ވެސް ދައުލަތު މުދަލާއި ވަސީލަތް ބޭނުންކޮށްގެން ކެމްޕޭން ކުރަމުންދާއިރު، ފާރިސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެކަން ދިގުދެމިގެންދާނެ ކަމަށެވެ. މިނިވަން އިންތިހާބަކަށް މަގު ފަހިވާނީ، މިހާރު އޮތް ހާލަތުން ވަރަށް ބޮޑެތި ކަންތައްތައް ބަދަލުވެގެން ކަމަށް ފާރިސް ވިދާޅުވި އެވެ.

އަންނަން އޮތް އިންތިހާބުތަކުގެ ވާހަކަތައް މަޑުޖައްސާލާފައި މި އިންތިހާބާ ގުޅިގެންނާއި މިހާރު ހައްލުކުރަން ޖެހިފައި ހުރި ކަންކަމަށް އިސްކަންދިނުމަށް ސިޔާސީ ފަރާތްތަކަށް ފާރިސް ގޮވާލެއްވި އެވެ.

"މިކަންތައްތައް ހައްލު ނުކޮށް، ދުރުގައި ހުރި އިންތިހާބަކަށް މަސައްކަތް ކުރުމަކީ ބޭކާރު ކަމަކަށް ވާނެ. އަދި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތުގެ ނާޖާއިޒު ފައިދާ ވެސް އެހެން ބަޔަކު ނަގާނެ ކަމެއް،" ފާރިސް ވިދާޅުވި އެވެ.

5 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 10%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢޯލްޕާޓީ

08 February 2017

ސިޔާސީ ޕާޓީ އަކުން ނޫން ގޮތަކަށް ސިޔާސީ މަޤާމު ތަކަށް ކުރިމަތި ނުލެވޭ ގޮތް ހެދުން މާ މުހިއްމެވެ.ޕްރައިމަރީގައި ވާދަކޮޮށް ބަލިވާ މީހުނަށް ކުރިމަތި ނުލެވޭ ގޮތް ހެދި ފަދައިން ނެވެ. ޕާޓީ ނިޒާމަށް ރައްޔިތުން އަހްލުވެރި ކުރުވުމަށް ޓަކައި މި އިސްލާހު ކޮންމެހެން ވެސް މުހިއްމެވެ

The name is already taken The name is available. Register?

އަބީރު

07 February 2017

ކުޑަކުދިންނާ ނަހަމަ ގޮތުގައި ބެހުމާ މަސްތުވާތަކެތި ނަހަމަގޮތުގަ ބޭނުންކުރުން މިއިން ކުށެއް ހިމެނޭ މީހަކު 10 އަހަރު ފަހުން ކުރިމަތި ލެވޭގޮތަށް އަދި ކުރި ކުށުގެ ފަހުން އިތުރުކުށެއް ނުކުރާނަމަ

The name is already taken The name is available. Register?

ކޭކޭ

07 February 2017

ކޮރަޕުސަނާފަސާދައިގެ ހާއްޔަކައް މިގައުމުހަދާނިއްމައިފި ފަހަތައް %1000 އިސްލާމުން،

The name is already taken The name is available. Register?

ޕީ.ޕީ.އެމް މީހާ

07 February 2017

ތިބިލާ ބެހޭގޮތުން ތިޔަ ފާޅުކުރެއްވި ހިޔާލަކީ ވަރަށްވެސް ރަނގަޅު އަދި ވަރަށް ފުންކޮށް ވިސްނަން ޖެހޭނެ ކަންކަން. މިހާރު ކަންކަން މިދާގޮތުން ކުށްވެރިންނަށް އިތުރަށް ކުށްކުރުމަށް ޖެހިލުން ނުވާފަދަ ގޮތަކަށް ބިލްތައް ފަރުމާކުރެވެމުން މިދަނީ. މީކީ ބަލައިގަނެވެނެ ކަންކަމެއް ނޫން.

The name is already taken The name is available. Register?

ކުޑަހުވަދޫ މީހާ

07 February 2017

ސާބަހޭ ދަރިޔާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454