01 ނޮވެމްބަރ 2023 - 15:07
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ގަރާރު އަނެއްކާ ވެސް އެޖެންޑާކޮށް، މާދަމާ އަށް ވެސް ޖަލްސާއެއް ތާވަލުކޮށްފި އެވެ.
މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ 49 މެމްބަރުންގެ ސޮޔާ އެކު، ހުށަހަޅާފައިވާ ކުރީގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލުކުރި ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ ވަނީ ސަލާން ފޮނުއްވައިފަ އެވެ.
އެއީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމައިފަ އެވެ.
ބުރާސްފަތި ދުވަހަކީ އާންމުކޮށް މަޖިލީހުގެ ޖަލްސާއެއް އޮންނަ ދުވަހެއް ނޫން ނަމަވެސް، ނަޝީދުގެ ގަރާރު އެޖެންޑާގައި ހިމަނައި މާދަމާ ވެސް ޖަލްސާ އޮންނާނެ ކަމަށް މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވި އެވެ.
މާދަމާ ޖަލްސާއެއް ބާއްވަން ތާވަލުކުރީ، އެކަމަށް އެދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ރަސްމީކޮށް މަޖިލީހުގެ އިދާރާގައި އެދިފައިވަނިކޮށެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީ ޕީޖީ މެންބަރުން ވަނީ މިއަދު ވެސް މަޖިލީހުގައި އިހުތިޖާޖެއް ކޮށްފަ އެވެ.
ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގޮސް، މުޅި މަޖިލިސް މި ވަނީ އަނެއްކާ ވެސް ހުއްޓިފަ އެވެ. މަޖިލީހުގައި ހުރި މުހިންމު ބިލުތަކުގެ އިތުރުން، މި އަހަރުގެ ބަޖެޓަށް އިތުރު ކުރާ ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައިވާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ވެސް ވަނީ ހުއްޓިފަ އެވެ.
މި މަހުގެ 17 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރައްވަން ބާއްވަން ޖަލްސާގެ ސައްހަ ކަމާ މެދު ވެސް އެމްޑީޕީން ވަނީ ސުވާލު އުފައްދައިފަ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރާއެކު މަޖިލިސް ހުއްޓިފައި އޮތް މައްސަލަ އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލާގައި އެދިފައިވަނީ އެކަމުގައި ގޮތެއް ނުނިންމާ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
އެ މައްސަލައިގެ އަޑުއެހުންތައް އަންނަ ހޯމަ ދުވަހު ފަށަން ވަނީ ތާވަލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޒާގު
01 November 2023
މިއޮތް ހުރިހާދުވަހު މަންޑޭލާގެ ގަމީހެއްލައިގެން އަހަރެމެންގެ ތެރޭގަ މިއުޅުނީ މުގާބޭ.
ބޮޑުހުސޭނުބެ
01 November 2023
ރައްޔިތުން ޑިމޮކްރަސީއަށް ފައްކާވެއްޖެޔޭ ކިޔާފަ މީނަ މިއުނީ ކޮން ވައްތަރަކަށްތަ؟ މީހަކު ހޭބަލި ނުވާނެތަ.
މީހެއްގެ ވެއްޖެއްޔާ، ކޮންމެވެސް ހަމަޔާ އުސޫލެއް ހުންނަންވާނެ.
01 November 2023
މިކަހަލަ މީހަކަށް 15 ވަރަކަށް އަހަރު ތާއީދު ކުރެވުނީތީ ހިތާމަ ކުރަން.
ހާލިދު އަލީ
02 November 2023
މަވެސް ހިތާމަޔާ އެކު އަމަށަކު ރުޅިޔެއް ނޫން ގަދަވަނީ ފޮޓޯގަޑެއްފެނުނަސް
ޔޫސް
01 November 2023
ކިތަންމެވަރަކަށް އެޖެންޑާ ކުރިޔަސް އީވާއެއް ނާންނާނެ. ތީހަމަ ބޭކާރުކަމެއް. މާދަމައިވެސް ފޮނުވާނީ ސަލާމް.
އެޗް އެމް
01 November 2023
ރައްޔަތުންނަށްޓަކައި ވެރިކަމުން ފޭބި ގޮތަށް މަޖްލިަސް ރައީސް ކަމުންވެސް ފައިބައި މަޖްލިސް ކުރިޔަށް ގެންދެވޭނެ ގޮތެއް ހަދައި އަނެއްކާވެސް ނަމޫނާ ދައޮކަންވީ. ފުރުސަތު ގެއްލުވާނުލާ!
ޖެރާ
01 November 2023
އަސްލަމް ބާއީ.. ތިކަމެއްނުވާނެ.. ދެން އީވާއަށް ޖެހޭނީ ގުއިރޯގާ.. އެހިސާބުން ދެން ހުވާކުރާ ރަސްމިއްޔާތަށް އެކަނި ރަގަޅުވެލާނީ..
އައްޑޫކޮއްޔާ
01 November 2023
އަދިވެސް ހުން އެބަހުރި ކުޑަކޮށް ނެތް ދެވޭކަށް ވަރަށް ސަލާމް! އަޅެ ތިމާޔަށް ވޯޓު ދިން މީހުންގެ ވާހަކައަށްވުރެ ބޮދަށް މިހާރު ތިއިން ކޮންމެ މެންބަރަކީ މުޅިރާއްޖޭގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކޮށް ޙައްގުތަށް ކަށަވަރުކޮށްދިނުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިބެ ރައްޔަތުންގެ މާލިއްޔާއިން ބޮޑުމުސާރަ ނަގައިގެން ތިބި ބައެއް ނޫންތަ؟ އެކަން ހަނދާން ނައްތާލާފަ ދުނިޔާޭގެ އެދުންވެރިކަމުގައި ޖެހި ހިތަށް އެރިހާ ގޮތަކަށް ނޫޅެބަލަ އީއްޓީ ވެސް!
ޕޫރުބެ
01 November 2023
ނަމުން ޑިމެކްރެސީގެ އައްޕަ، ކަމުން ޑެސިމަން ތުއްތު! މިބޭފުޅާ މައުމޫނު ވެރިކަން ކުރި އިރު ލިބުނުނަމަ އަދިވެސް ހުރީހީ ވެރިކަމުގައި، މިބޭފުޅާ ފާޑެއްގެ ރަސްކަމެއް ބޭނުންވަނީ.
ދުއްޕާން
01 November 2023
ޑިމޮކްރަސީގެ ކަންފުޅެއް ހުރިނަމަވެސް ނަޝީދު މިހާރު ހުންނަވާނީ އިސްތިއުފާ ދެއްވާފައި.
އަލިކާ ދިއްދޫ
01 November 2023
ސިޔާސީ ގޮތުންނާއި ފަރުދީގޮތުންވެސް ނަޝީދުގެ ކިބައިން ގައުމު ސަލާމަތްވާނެގޮތެއް ހަމަނެތެވެ. މުއައްސަސާތަކުގެ އިތުބާރު ގެއްލުވާލުމާއި ގައުމު ހަލަބޮލިކުރުމާއި މީހުންގެ އަނބުރުކަތިލާ މުޖުތަމައުގެގުޅުން ގެއްލުވާލުމުގެ ލީޑަރަކީ ނަޝިދެވެ ދިވެހިން އެކަކުއަނެއްކަކައް ކުރިއިހުތިރާމް ދުލުގެމިނިވަންކަމޭކިޔާ ގެއްލުވާލީވެސް ހަމަ މީނައެވެ. ތިމާބޭނުންވާގޮތް މޮޅުކަމައްދެކި އަނެއްކާ ނިކަމެތި ކޮއްލީވެސް މީނައެވެ ނަސިދުނޫންގޮތެއް އެބަމިގައުމައް ހޯދަން ޖެހިއްޖެއެވެ