ޓޫރިސްޓުން ތަކެއް ފްލައިޓުން ފައިބައިގެން އަންނަނީ. މިއަހަރު ޓޫރިސްޓުން އަތުން ލިބުނު އާމްދަނީ ވަނީ 200 މިލިއަން ޑޮލަރު ދަށްވެފައި -- ފޮޓޯ: މިހާރު
03 ނޮވެމްބަރ 2023 - 08:41
މިދިޔަ 8 މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަތުން ލިބުނު އާމްދަނީ ކުރީ އަހަރުގެ އެ މުއްދަތަށް ވުރެ 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން، މި އަހަރުގެ ފުރަތަމަ 8 މަހު ޓޫރިސްޓުންގެ އަތުން ލިބުނު އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ޑޮލަރު (39 ބިލިއަން ރުފިޔާ) ވަނީ ލިބިފަ އެވެ.
އެކަމަކު، އެއީ މިދިޔަ އަހަރަށް ވުރެ 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) ދަށް އަދަދެކެވެ. މިއީ މިދިޔަ އަހަރަށް ވުރެ ފަސް ފަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ 8 މަހު ޓޫރިސްޓުންގެ އަތުން ލިބުނު އާމްދަނީ ހުރީ 2.7 ބިލިއަން ޑޮލަރު (42 ބިލިއަން ރުފިޔާ) ގަ އެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އަށް އައީ އެއް މިލިއަން ޓޫރިސްޓުންނެވެ. މި އަހަރުގެ އެ މުއްދަތުގައި ރާއްޖެ އަށް ވަނީ 1.2 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ. ޓޫރިސްޓުން އިތުރުވިޔަސް އަދި ކުރީ އަހަރަށް ވުރެ ޖީއެސްޓީ 16 ޕަސެންޓަށް ބޮޑު ކުރި ނަމަވެސް ޓޫރިސްޓުންގެ އަތުން ލިބޭ އާމްދަނީ ދަށްވި އެއް ސަބަބަކީ ރިސޯޓާއި ގެސްޓް ހައުސްތަކުގެ ކޮޓަރީގެ އަގު ވަރަށް ބޮޑަށް ދަށްވުން ކަމަށް ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުންޏެވެ.
ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތާއި އޮކިއުޕެންސީ ރޭޓު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ ދަށަށް ގޮސްފަ އެވެ. މި އަހަރު ރާއްޖޭގެ އޮކިއުޕެންސީ ވަނީ ހަތަރު މަހު 50 ޕަސެންޓަށް ވުރެ ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރު އޮކިއުޕެންސީ 50 ޕަސެންޓަށް ވުރެ ދަށަށް ދިޔައީ ތިން މަހު އެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓޫރިސްޓުން ރާއްޖޭގައި އެވްރެޖުކޮށް ހޭދަ ކުރަނީ 7.6 ދުވަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖޭގައި 8.1 ދުވަސް ޓޫރިސްޓުން ހޭދަކުރެ އެވެ.
ޓޫރިސްޓުންތަކެއް މާލޭގެ މަގެއްގައި. ޓޫރިސްޓުން އަތުން މިދިޔަ އަހަރު ވަނީ 2.7 ބިލިއަން ޑޮލަރު ލިބިފައި -- ފޮޓޯ: މިހާރު
ޓޫރިސްޓުންގެ އަތުން އެންމެ ބޮޑު އާމްދަނީއެއް މި އަހަރު ލިބުނީ ފެބްރުއަރީ މަހު އެވެ. އެ މަހު ވަނީ 460 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ލިބިފަ އެެވެ. އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށް ވުރެ 78 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޓޫރިސްޓުންގެ އަތުން 537 މިލިއަން ޑޮލަރު (8.3 ބިލިއަން ރުފިޔާ) ލިބުނެވެ
މިދިޔަ އަހަރު ނިމުނު އިރު ޓޫރިސްޓުންގެ އަތުން ވަނީ 3 ބިލިއަން ޑޮލަރު (46 ބިލިއަން ރުފިޔާ) ލިބިފަ އެވެ. ފްލައިޓް މޫވްމަންޓް މިދިޔަ އަހަރަށް ވުރެ މި އަހަރު ފަސް ޕަސެންޓު އިތުރެވެ. ފްލައިޓް ޝެޑިއުލް ކުރި ވަރު ވެސް މި އަހަރު ވަނީ 1،200 އަށް އިތުރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަބީލަ ކޮށްފައިހުރީ
04 November 2023
ލިބޭއެއްޗެއް މަދުވާނެ ލިބެންހުރިބައި މާފުކުރީމާ. ބަލާލަބަލާ ޓުއަރިޒަމް ޓެކްސްއިން މާފުކޮށްދިނީ ކިހަވަރެއްތޯ. ވެރިމީހާ މާފުކޮށްދިނީމާ އެއް.މިލިޔަން ކަމަށް ވާނަމަ.ހަދިޔާ އެއް ލައްކަ ހަދާލީމާ ސައުލަތަކަށް ފައިސާއެއް ނުލިބޭނެ. މިހެންވެ މިބުނަނީ ޥެރިޔާއަށް ދީފައިވާ ދައުލަތަށް ލިބެންވާ ފައިސާ މާފު ކުރާ ޣާނޫނު އުވާލާށޭ. ޢެއީ ރައްޔިތުންގެ މުދަލޭ ޚިޔާނާތްވާ ފުރުޞަތު ނުދޭށޭ. އެވަނީ ޚިޔާނާތޭ. މަޖިލީހުގައި ތިވީވެސް ބައިވެރިންނޭ.
ކަފުރ
04 November 2023
ދައުލަތަށް ލިބެން ޖެހޭ ފައިސާއިން ގެއްލޭވަރެއް އަންދާޒާކޮށްލެވޭނެ ރާއްޖޭގެ ޜިސޯޓްތަކަށް އަންނަ މީހުން މިހިސާބަށް އަންނަން ދައްކާ ފައިސާގެ ސަރވޭ ހިސާބެއް ހަދާލީމް. ޓުއަރިޒަމް ހަރުދަނާ ކުރެވޭނީ ޓުއަރިސްޓުން ހިނގާ ޚަރަދު ބަލާ ސަރުކަރުންވެސް މިޚަރަދު އަނދާޒާކޮށް ލިބޭ ނަފާއެއްދެނެގަނެގެން. ބޭރުގެ ޓްރެވަލް އެޖެންޓުންނެކޭ އެއްވަރަށް ރާއްޖެ ޢިޝްތިހާރުކުރޭ ރާޖޭގެ ކުދި ވިޔަފާރު ހިންގާ ގެސްޓް ހައުސްތަކުންވެސް މިހާރު. ޓެކްސް މަކަރު އިންތިހާބޮޑު
ފިޒާލު
04 November 2023
ޓެކްސްއެއް ނޫން . ދަޢުލަތް ދަވާލައިފި ... އަވައްޓެރިޔާ 100 އިންވެސްޓު ކުރިއްޔާ 400 ބޭރަށް ގެންދޭ އެކަހަލަ ދެކޮޅުނުޖެހޭ އިންވެސްޓުމަންޓު ގެންނަނީ ދެން އެފަދަ އިންވެސްޓުމަންޓުގެ ސަބަބުން ދެން ވާގޮތަކީ ދާޚިލީ ކަންކަމާއިވެސް އަވައްޓެރިޔާ ބެހެނީ
ހާސަރު
04 November 2023
މި އާޓިކަލްގައި ވަރަށް ބޮޑެތި އޮޅުން އެބަހުރި އެމްއެމްއޭގެ ހިސާބުން އެދައްކަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އެއްނޫން! އާޓިކަލް އޮތްގޮތުން މީހުނަށް ހީވެގެން މިއުޅެނީ ލިބުނު ޓެކްސްދަށްވީއޭ. މިދިޔަ އަހަރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީ އަކީ 32 ބިލިއަން. 46 ބިލިއަަންގެ އާމްދަނީ އޭ އެކިޔަނީ ޓްއަރިޒަމް ސެކްޓަރ އިންދައްކާ ހިސާބުތަކަށް ބަލާ ހާމަ ކުރާ އަދަދެއް. މީގެން އެގެނީ ރިޒޯޓްތަކުން ލިބުނު އާމްދަނީ ވަރަށްބޮޑަށް އޮޅުވާލާކަން.
ފަރުސްތ
04 November 2023
ޓެކްސް ބޮޑު ކުރުމުގެ ނަތީޖާ.
ކަތްދައްތަ
04 November 2023
ޓެކްސްއަށް މަކަރު ހެދުމާއި ޓެކްސް ނުދެއްކުމާއި ސްޕްރީމް ކޯޓުން ޓެކްސްގެ ގާނޫނުތައް ހަމައެކަނި ޓެކްސް ދައްކާ މީހާގެ މަސްލަހަތުގައި ތަރުޖަމާ ކުރަން ފެށުމުގެ ނަތީޖާ. ވަކި ލޯފާމަކުން ރާއްޖޭގެ ބޮޑެތި ރިސޯޓުތަކުގެ ޓެކްސް މައްސަލަތައް ވަކި ނަތީޖާއެއް ނެރެދޭނެ ކަމުގަ ޔަގީންކަން އޮވެގެން ޓެކްސް ނިޒާމު ކޯޓު މެދުވެރި ފުޑާލުމުގެ ނަތީޖާ. ޓެކްސް މިހާރު އެއޮތީ ބާޒާރުކޮތަޅާ ހަމައަށް ހިފެއްޓިފަ. މަހުޖަނުން ސަލާމަތްވާނީ. ނިކަމެތިން ދައްކަންޖެހޭނީ.
2023
04 November 2023
ޢެހެންނުވާނީ ހުވާކުރަންވެގެން ސަގަރޭޕާކްކާރިއަށް ޕަސެންޖަރލައިންގެ ގެންސްޓުން ފާބާކަށް ހުއްދަަވެސް ނުދިންވިއްޔަ..... ބޮއިހަލަކި
ެއޭނާޓޮމް
04 November 2023
ދައްވީ ގެސްޓްމީހާ ފުލްޕޭމަންޓް ހަދަނީ ބޭރުަގަ އޮންނަ ރިސޯޓް ބޮސް ގެ ކުންފުންޏައް ޢޭގެއިން އެއްވެސް ޓެކުހެއް ނުނެގޭ. ރާއްޖެއައިސް ސްޕެންޑް ކުރަނީ ކެއުމަށް އެކަނި. އެންމެން ގުޅިގެން މިކަން ކުރަނީ އިންވެސްޓިގޭޓިވް ޖާނަލިޒަމެއް ހެދީމަ ރަގަނޅައް ފަހުމުވާނީ. އަބަދު އޮންނަ ލޫޕްހޯލުން ބޮޑުންނަށް ބައި ލިބޭ ގޮތައް ވައްކަން ކުރަނީ
ސަލީމު އިދުރީސް
04 November 2023
އަޅުގަނޑު އަބަދުވެސް ބުނަން ދުނިއޭގެ ގިނަބަޔަކު ހުޅަގުގެ ލައިފު ސުޓައިލް ކޮފީކޮއްގެން އޮތައް ނޫޅޭނަމަ ރާއްޖެއައް އެކަމުން ގެލުންނާވާނޭ! ޗައިނާ އިންޑިޔާމީހުން ޓުރެވަލު ކުރިޔަސް ހަރަދު ކުރާބަޔެއްނޫން އަދި އެމިހުން މާގިނަ ދުވަހު ރޭނުރާނެ! ރޫސީންފެށި ހަގުރާމަޔާއެކު ޔޫރަފުގެ އިގުތިސޯދައް ކުރި އަސަރުގެ ކޮޅުމަތި ތީއީ! ކޮބައި މިތާ ޔޫރަޕު ބަނޑައް ޖެހެން އެދި ދުއާކުރާމީހުން! މިދުވަސްވަރު ޓޫރިޒަމް ޓެކުސް ބޮޑުކުރުމަކީ އެޅުނުޅައެއްޗެއް
ބޮޑުމީހާ
03 November 2023
ތި ބޮޑުކުރި ޓެކްސްގެ ބޭނުމެއް ނެތްތާ!
ކޮށި
03 November 2023
ރިޒޯޓްތަކުގެޓްރާންސެކްޝަންތައްރާއްޖޭގެބޭންކިންނިޒާމުގެތެރެއަށްވައްދައިގެންތިކަމަށްހައްލެއްލިބޭނީ