ބަންޑާރަ ނައިބު ރިފްއަތު: ސުޕްރީމް ކޯޓުގައި މަޖިލިސް ތަމްސީލް ކުރާނީ ބަންޑާރަ ނައިބުގެ ފަރާތުން - ފޮޓޯ: މިހާރު
05 ނޮވެމްބަރ 2023 - 12:13
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުދާތީ، މަޖިލީހުގެ ގަވައިދު މާނަކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރާނީ ބަންޑާރަ ނައިބު ކަމަށް އެ އޮފީހުން ބުނެފި އެވެ.
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު "މިހާރު" އަށް ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރާ މެދު ގޮތެއް ނުނިންމައި، މަޖިލީހުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތް އެޖެންޑާ ކުރުމުން، ބަންޑާރަ ނައިބު ވަނީ އެކަމާ ދެކޮޅަށް ގާނޫނީ ލަފާ ކުރިން ދެއްވައިފަ އެވެ. އަދި، އެ ލަފާގެ މަތިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ދުވަހު މަޖިލީހަށް ވަޑައިވެސް ނުގަންނަވަ އެވެ.
މަޖިލީހާ ދެކޮޅަށް މީގެކުރިން ކޯޓަށް ހުށަހެޅި މައްސަލަތަކުގައި ވެސް އެ މުއައްސަސާ ތަމްސީލްކޮށްފައިވަނީ ބަންޑާރަ ނައިބެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅީ އެމްޑީޕީންނެވެ. އެ ޕާޓީން ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ އެއްވެސް މަސައްކަތެއް އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ކަނޑަނާޅައި ކުރިއަކަށް ނުގެންދެވޭނެ އެވެ. މިގޮތަށް ކަނޑައަޅައިދިނުމުގެ އިތުރުން މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާ މައްސަލަތަކުގައި ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް އޮތަސް ނައިބު ރައީސް އުޒުރުވެރިވާ ހާލަތުގައި ގަވައިދުގައި އޮންނަ ގޮތަށް އެހެން މެންބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ކަނޑައެޅުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ 49 މެމްބަރުން ސޮއިކުރައްވައި ހުށަހެޅި މައްސަލައިގެ ނޯޓިސް މުއްދަތު ހަމަވުމަށް ފަހު މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން އެހެން ހުރިހާ މަސައްކަތްތައް ހުއްޓާލުމަށް ފަހު އެ މައްސަލަ ކުރިއަށް ގެންދިޔުމަށް މަޖިލީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ޖަލްސާތަކަށް ސަލާން ފޮނުއްވައިފަ އެވެ. މިއަދުގެ ޖަލްސާއަށް ވެސް އެ ގަރާރު އެޖެންޑާކޮށްފައިވަނިކޮށް އީވާ ވަނީ ސަލާން ފޮނުއްވައިފަ އެވެ.
މަޖިލީހުން ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ ހަމައެކަނި ނައިބު ރައީސް ރިޔާސަތުގައި އިންނަވައިގެންނެވެ. އެއީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައި އެގޮތަށް ބަޔާންކޮށްފައިވާތީ އެވެ.
ނަމަވެސް، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންގެ ތެރެއިން ބޭފުޅަކު ރިޔާސަތު ބެލެހެއްޓެވުމެވެ.
މީގެ އިތުރުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށް ވެސް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.
މި މައްސަލައަށް ނަޝީދާއި އީވާ ނިސްބަތްވާ ދަ ޑިމޮކްރެޓްސް އާއި އަންނަ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވާ ޕީއެންސީ/ޕީޕީއެމް އިން ތަދައްހުލްވާން ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
06 November 2023
ގަބޫލު ކުރެވެނީ ނަސީދު އުޅެނީ ޑރ މުއިއްޒު ހުވާ ކުރައްވާ އިހްތިފާލަށް ވަޑައިގަންނަވާ ބޭރުގެ މެހްމާނުންނަށް ތުއި ދައްކަން އެތާ އޭނަގެ ކުރިމަތީ ހުވާ ކުރާ ގޮތަށް ކަންކަން ކުރެވޭތޯ! ގަދަ ބާރުން މަޖްލިހުގެ ރައީސް ކަމުން ނުފައިބާން ވެގެން އުޅޭ ކަމަށް ގަބޫލު ކުރެވެނީ! ކީކޭ ދެން ބުނާނީ! ޑިމޮކްރަސީގެ ބައްޕަ ކަމަށް ދައުވާ ކުރާ މީހެއް އުޅޭ ފާޑު މި ހުންނަނީ!
ޓެރޭސްސ
05 November 2023
މީނަ އެންމެފަހުން ފެނުނީ ކަނޑުވިއްކާލި މައްސަލާގައި. އެތަނުން އައިސް ބުނީ ބޮޑުބައި ލިބުނީ ތިމަންނަމެންނަށޭ.
ޕޫރުބެ
05 November 2023
ކިހިނެއް އޭޖީ މަޖުލިސް ތަމްސީލުކުރާނީ؟ ތިންބާރުުުުުު ކައިވެނި ކުރީތަ؟ ޖުޑިސަރީވެސް ތަމްސީލު ކުރާނީ އޭކީތާ؟
އަހުމަދު އަލީ
05 November 2023
ތީގެ ހުކުމް މިހާރު ސާފު !!!!!
އޭކު ސަވާލް
05 November 2023
ތިންބާރު އެއްކޮތަޅަކަށް ލުމުގެ މިސާލެއް
އިސްމާލު2.0
05 November 2023
މިއީ ކޮންކަހަލަ ބެލެންސް އެންޑް ޗެކެއް؟ މިހާރު މަށަށް ވިސްނިއްޖެ ބަރުލަމާނީކަން އެންމެ ބަރާބަރު ވާނީ.
ޠާހިރު
06 November 2023
މަޖިލީހުގެ ރައީސްގެ ނައިބަކަށް އެހުންނަވަނީ ކޮއްކޮ! ބޭބެ ވަކިކުރާ މައްސަލައިގެ ރިޔާސަތުގަ! އެކަމަކާހުރެ ހަރަތެސްކަން ހަމަވެގެން މިއުޅެނީ! މީ ކޮންކަހަލަ ބެލެންސެއް؟ ދެން ބަރުލަމާނީ ވިއްޔާ ކިހާވަރެއް ވާނެބާ؟ ވިސްނިއްޖެތޯ؟
އިސްމާލު2.0
06 November 2023
ޠާހިރު، ބޭބެވެސް ކޮއްކޮވެސް އެތަނަށް ގޮސްފައި އެހުރީ ރައްޔިތުން އިންތިހާބުކުރީމާއި. އެހެންވީމާ އެއީ ޑިމޮކްރަސީ.
ބަލާމީހެއް
05 November 2023
އިޓްލޮސް ގައި ރާއްޖެ ދިވެހިންގެ ނަމުގައި ވަކާލާތު ކުރިގޮތަށް ސުޕްރިމް ކޯޓުގައި ވަކާލާތް ވިޔަދީގެންނުވާނެ، ދިވެހިންގެ ކަނޑު ދޫކޮށްލީ ހިރިއެއް ވެސް ނުލިބޭގޮތަށް، ވަކިވެދާން ތައްޔާރުވަނީ ދިވެހިންގެ ކަނޑުގެ ގާނޫނު އިސްލާހު ނުކޮށް.
ސަމްތިންގ
05 November 2023
މިސާލަކައް ވައްކަން ކުރިމީހާ ވައްކަންކޮއްފައި އަނެއްކާ ހެކިބަސް ދޭންވެސް މިދަނީ. ކޮންވައްތަރު ހުންނަނީ
ޞާބް
05 November 2023
ވެނުމަސް ވެނަށް ކާންދިނުން ތިއީ.
ޤާނޫނުއަސާސީ ކޮބާ؟
05 November 2023
މަޖިލީހަކީ ދައުލަތުގެ 3 ބާރުގެ ތެރެއިން 1 ބާރު. ސަރުކާރާ މުޅިން ވަކިވެފަ އޮންނަ މިނިވަން ބާރެއް. ވަކި ޝަހްސެއް. ދެން ކިހިނެއް ސަރުކާރުގެ ބަންޑާރަ ނައިބު މަޖިލިސް ތަމްސީލުކުރާނީ؟ މިފަދަ ކަންކަން ސުޕްރީމް ކޯޓުން ހުއްޓުވާނެކަމަށް އުއްމީދުކުރަން.
ބޭރު
05 November 2023
ގާނޫނު އަސާސީ ބުނާގޮތުން ބަންޑާރަ ނައިބަކީ ދައުލަތުގެ ބަންޑާރަ ނައިބު. ސަރުކާރުގެ ބަންޑާރަ ނައިބެއް ނޫން.
ލޯޝާ
05 November 2023
ކަލޯ ބަންޑާރަނައބަކީ ސަރުކާރުގެ ބަންޑާރަނައިބެއް ނޫން. އެއީ ދައުލަތުގެ ބަންޑާރަނައިބު. ޤާނޫނު އަސާސީގައި ބަޔާންކުރާ ގޮތަކީވެސް ބަންޑާރަނައިބަކީ ދައުލަތުގެ ބަންޑާރަނައިބު ކަމަށް. އެހެންވީމާ ދައުލަތުގެ ތިންބާރުގެ ތެރެއިން ކޮންމެ ބާރެއްވެސް ޤާނޫނީ ގޮތުން ތަމްސީލު ކުރުމުގެ ބާރު ދައުލަތުގެ ބަންޑާރަނައިބަށް ޤާނޫނު އަސާސީއިންވަނީ ލިއްބައި ދީފައި. މަށަށް ދެރައީ ވާނުވާނޭގި ކޮމެންޓް ކުރާތީ.
ޑެލްބޯއި
05 November 2023
ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކަށް ހާޒިރުވެ ވާހަކަދެއްކުމުގެ ޙައްޤު ބަންޑާރަނައިބަށް ލިބިގެންވެއެވެ. އަދި މި ޤާނޫނުއަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅައިފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަނައިބު، ނުވަތަ އޭނާ ކަނޑައަޅާ މީހެކެވެ.
ބަންޑާރަގޮލާ
05 November 2023
އެއީ ދަވްލަތުގެ ބަންޑާރަ ސަރުކާރުގެ އެއްނުން