ޚަބަރު

ސާޖިދާ އަށް ޑީޖީގެ މަގާމު ނުދިން މައްސަލަ ސުޕްރީމް ކޯޓުން ވެސް ބަލައެެއްނުގަތް

ސާޖިދާ: އޭނާއަށް ޑިރެކްޓާ ޖެނެރަލްގެ މަގާމު ނުދިން މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ނިންމާފައި --- ފޮޓޯ/މިހާރު

08 ނޮވެމްބަރ 2023 - 13:49

42 comments

އިންތިހާބީ ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ނުދޭން ނިންމި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ވެސް ނިންމައިފި އެވެ.

އެމްއެފްޑީއޭގައި ވަޒީފާ ކުރައްވަމުން ގެންދަވާ ސާޖިދާ އަށް އެތަނުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ދޭން ހެލްތު މިނިސްޓްރީން 2020 ވަނަ އަހަރު ނިންމުމަށްފަހު އެ ނިންމުން ބަދަލުކުރީ އިދާރީ އޮނިގަނޑަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ އެވެ. ނަމަވެސް ދެވަނަ ފަހަރަށް އެ މަގާމަށް މީހަކު ހޯދަން އިއުލާންކުރި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ސާޖިދާ ހުށަހެޅުއްވީ އެ މަގާމަށް އޭނާ އައްޔަންކުރަން ނިންމި އިއުލާން ސަރުކާރުން ބާތިލްކުރީ ރަނގަޅަށް ނޫން ކަމަށް ނިންމައި އަދި އެ މަގާމު އޭނާއަށް ދިނުމަށް އަމުރުކޮށް ދިނުމަށް އެދި އެވެ. ނަމަވެސް ޓްރައިބިއުނަލުން ނިންމީ އެގޮތަށް އަމުރު ނުކުރެވޭނެ ކަމަށެވެ.

އެ މައްސަލަ ސާޖިދާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުއްވުމުން އެ ކޯޓުން ނިންމާފައި އޮތީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެހެންވެ، އެ ނިންމުން ސުޕްރީމް ކޯޓަށް އޭނާ ހުށަހެޅުއްވުމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް މިދިޔަ ހަފުތާގައި ނިންމީ ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައިވަނީ ސާޖިދާއަށް އެ މަގާމު ނުދޭން ސަރުކާރުން ނިންމީ މުއިއްޒުގެ އަނބިކަނބަލުންނަށް ވާތީކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި އޭނާއާ މެދު ތަފާތު ކޮށްފައިވާ ކަމަށް ބުނެފައި ވިޔަސް، ތަފާތު ކުރި ގޮތެއް ބުނެ ނުދެވޭ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެހެންވެ، ސާޖިދާ ހުށަހެޅުއްވި އިސްތިއުނާފަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާ ކުރެވޭނެ ފަދަ މައްސަލައެއް ކަމަށް ނުވާތީ އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ނިންމުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.

42 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 8%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑިޖިޓަލް

09 November 2023

ހެލްތު މިނިސްޓްރީއަކީ ދައުލަތުގެ އިދާރާތަކުގެ ތެރޭ މިވަގުތު އޮތް އެންމެ ކޮރަޕްޓް އޮފީސް. އެ މިނިސްޓްރީން ވަނީ އެތަނުގެ ދަށުން ހިނގާ ހުރިހާ ތަންތަނަކީ ސީދާ އެތާގެ ޔުނިޓްތައް ކަމަށް ހީކޮށް ހުރިހާ ކަމަކަށް އަތް ބާނާފަ. މިސާލަކަށް އެންޑީއޭ އެ މިނިސްޓްރީގެ ދަށުން ހިނގިޔަސް މުޅީން ވަކި ގާނޫނަކުން ހިނގާ ތަނެއް. އެކަމަކު އެންޑީއޭގެ ބޯޑުގެ ހިންގުންވެސް މިނިސްޓްރީ ތެރެޔަށް ވައްދައިގެން، އެ ބޯޑުގެ ޗެއަރމަނަކަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއް ލާފަ

The name is already taken The name is available. Register?

ފާތުންމެޑަމް

09 November 2023

ސާޖީ މެޑަމް މިހާރު މާސަޅިއެއްނު ތަފާތު ފަސްޓްލޭޑީއެއް

The name is already taken The name is available. Register?

ގަމާރު

09 November 2023

މިގައުމުގައި އިންސާފުލިބެނީ ފައިސާހުރިމީހުއްނަށާއި ސަރުކާރުބޭނުންވާ މީހާއަށް ޑުރަގް ކިލޯއެއް ޖީބުންފެނުނަސް ސާބިތެއްނުވާނެ މަގުމަތީ މީހަކު މަރާލިޔަސް ސާބިތުނުވޭ ފުލުހެއް ކޯޓެއް ޕީޖީއެއް ކިޔާނެ ކަމެއްނެތް ހުރިހާތަނެއްގައި ގޭންގުއްސްޓާރުން

The name is already taken The name is available. Register?

އަފްރާސިޔާބު

09 November 2023

އެކަން އެގޮތަށް ހިންގުމަށްޓަކައި މުޅި ހެލްތު ސެކްޓަރުގެ ހުރިހާ ތަނަކަށް ބާރު ފޯރުވަމުން ގެންދަނީ. ގާނޫނުން އެމް.އެފް.ޑީ.އޭ ވަކިކުރިއަސް ހެލްތުގެ ތެރެއަށް އެތާގެ ބަޖެޓާއި މުވައްޒަފުން ލެއްވުންވެސް ބަދަލުކޮށް ބަގުޑި ބައްދައިގެން އުޅެނީ ހެލްތުން ބޭނުންވާ ގޮތަށް އެތަނަށް އަތްކޮށްޕަން.

The name is already taken The name is available. Register?

މުއިއް ޓޭ

08 November 2023

ސައްޖޫ މެޑަމް ގެ މިންނެތް ސަބަބުން މަށަށް މިހާ ހިސާބަށް ކަޑައްތު ކުރެވުނީ! ޝުކުރިއްޔާ

The name is already taken The name is available. Register?

ާަުުމާ ރަނގަލު

08 November 2023

ޢެ މަގާމަށް ވުރެ މާ ރަނގަލު މަގާމެއް ތިޔަ ލިބުނީ

The name is already taken The name is available. Register?

ވާން

09 November 2023

އެއީ ކޮން މަގާމެއް.

The name is already taken The name is available. Register?

ސުއާދު ސައީދު

08 November 2023

2020 ގަ ދޭން ނިންމާފަ ފަހުން ބަދަލެކޭ ކިޔާފަ ނުދީ އަލުން އިއުލާން ކުރީމާ ސާފްވަނީ އެއްމެ ކަމެއް. މުއިޒްގެ އަބިމީހާ ވީމަ މަގާމް ނުދިނީކަން.

The name is already taken The name is available. Register?

ހާނިފް އިމްތިޔާޒް

08 November 2023

މަހިޔެއް ނުކުރަން ސުޕްރީމް ކޯޓުން މިހާ ސާފް މައްސަލެއްގަ ގޯސް ނިންމުމެއް ނިންމާނެ ކަމަށް. ވަރަށް ދެރަވެއްޖެ

The name is already taken The name is available. Register?

ޝަފާ މުހައްމަދު

08 November 2023

އަޅުގަނޑަކީވެސް ލޯޔަރެއް. ތީގަ ބުނެފައިން ވަރުން އެކަނިވެސް ފުހުމްވޭ ސީދާ ނުދިނީކަން ސާޖިދާއަށް ވަކި ކަމެއްވެގެން.

The name is already taken The name is available. Register?

ހާސިމާ އަލީ

08 November 2023

އެއްމެ ކޫލް އެއްމެ ރަނގަޅު ބޮސް ތީ އަޅުގަނޑުގެ. ސާޖީ މެޑަމް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454