އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލާ ކުރި އިހުތިޖާޖުގެ ބައިވެރިންތަކެއް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
15 ނޮވެމްބަރ 2023 - 12:29
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އަށް މީހުން އެތެރެވުން މަނާކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ކުރިމަތީގައި އިހުތިޖާޖުކޮށް، އެ ކަން އެ ގޮތަށް ނިންމަން ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަން ފަށައިފި އެވެ.
ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަން ފެށީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ކުރިމައްޗަށް މިއަދު ހެނދުނު 10:00 ގައި ފެހި ހެދުމުގައި ގިނަ ބަޔަކު އެއްވެ ކުރި އިހުތިޖާޖުގަ އެވެ. އެ މީހުން ގޮވައިލީ އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި އެ ގައުމުގެ ޕާސްޕޯޓް މަނާކުރުމާއި އިޒްރޭލަށް ފަންޑު ކުރާ ބްރޭންޑުތައް ބޮއިކޮޓް ކުރުމަށެވެ.
މަޖިލިހުގެ އިދާރާގެ ކުރިމަތީގައި އެއްވެ ތިބި މީހުންނާ ބައްދަލުކުރަން އެންމެ ފުރަތަމަ ނުކުމެވަޑައިގަތީ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް ޕާޓީގެ މެންބަރުންނެވެ.
އިހުތިޖާޖުގެ ބައިވެރިންނާ މުހާތަބު ކުރައްވައި ނަޝީދު ވިދާޅުވީ، އެ މަނިކުފާނުގެ މުޅި ހަޔާތްޕުޅުގައި ވެސް ހުންނެވީ ފަލަސްތީނާ އެކު ކަމަށާއި މުޒާހަރާއެއް ކުރި ނަމަވެސް އެ ތަނަކަށް ވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް، އިޒްރޭލު ޕާސްޕޯޓު މަނާ ނުކުރެވޭނެ ކަމަށާއި ޒަޔަނިޒަމާއި އިޒްރޭލަކީ ތަފާތު އެއްޗެއްކަން ދަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލާ ކުރި އިހުތިޖާޖުގެ ބައިވެރިންނާ މަޖިލީހުގެ ކުރީގެ ރައީސާއި އަރިސް މެންބަރުން ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
"ޒަޔަނިޒަމާއި އިޒްރޭލާ، ވަރަށް ނުބައި ކަމެއް ޒަޔަނިޒަމަކީ. ވަރަށް އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ޒަޔަނިޒަމަކީ،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގައި ޑިމޮކްރެޓްސްގެ މެންބަރުންގެ އަދަދު މަދުކަމާ އެކު، މާ ބޮޑު ކަމެއް ނުކުރެވޭނެ ކަމަށް އެ ޕާޓީގެ މެންބަރުން ވިދާޅުވުމުން، އިހުތިޖާޖުގެ ބައިވެރިން ވަނީ އެ މައްސަލަ ސިޔާސީ ނުކުރަން ގޮވާލައިފަ އެވެ. އެއާ އެކު އެ މެންބަރުން އަނބުރާ މަޖިލިހުގެ އިދާރާގެ ތެރެއަށް ވަޑައިގަތީ އެވެ.
އޭގެ ފަހުން، އެމްޑީޕީގެ ބައެއް މެންބަރުން ނުކުމެވަޑައިގެން ވިދާޅުވީ، މަޖިލިހަށް ގަރާރެއް ހުށަހަޅާފައި އޮތަސް އެ ގަރާރުގެ މަސައްކަތް ކުރިއަށް ނުގެންދާ ކަމަށެވެ. މި ވަގުތު އެންމެ މުހިންމު ކަމަކަށް އޮތީ ސަޕްލިމެންޓަރީ ބަޖެޓާއި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމުގެ މަސައްކަތް ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.
"އާސަންދަ ބޭނުންވެފައި ތިބި އެތައް ބަޔަކު އެބަ ތިބި. ދިވެހި ރައްޔިތުން ބަނޑަށް ޖެހުމުން ސަލާމަތް ކުރުމަށް ވެސް މި ބަޖެޓު ފާސްކުރުން މި ވަގުތަށް ވަރަށް މުހިންމު،" އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލާ ކުރި އިހުތިޖާޖުގެ ބައިވެރިންނާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ކެލާ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ހުރިހާ ގޮތަކުން ފަލަސްތީނަށް އެހީވަމުން އަންނަ ކަމަށާއި ކުރެވެން އޮތް ކަމެއް ވެއްޖިއްްޔާ ކުރަމުން އަންނަ ކަމަށެވެ. ސަރުކާރުން ބަޔާން ނެރެފައިވާ ކަން ފާހަގަކޮށް މި މައްސަލައިގައި އާންމުންނާއި މަޖިލިހުގެ މެންބަރުން އެއް ހަމަކޮށް އޭނާ ވާހަކަ ދެއްކެވުމުން އިހުތިޖާޖުގެ ބައިވެރިން އެ ވާހަކައާ ދެކޮޅަށް އަޑު އުފުލި އެވެ.
"ދެން އަޅުގަނޑު ކީއްތޯ ކުރާނީ؟ އަޅުގަނޑު ދާންވީތޯ ހަނގުރާމަ އަށް ފަލަސްތީނަށް،" ބައިވެރިންގެ ނުރުހުން އަމާޒުވުމުން ޝަރީފް ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލާ ކުރި އިހުތިޖާޖުގެ ބައިވެރިއެއް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ވަނީ އިހުތިޖާޖުގެ ބައިވެރިންގެ އަޑު އައްސަވައި މިއަދު އެ މައްސަލައިގައި މަސައްކަތްތައް ފަށަން ވައުދުވެވައިޑައިގެންފަ އެވެ.
އިހުތިޖާޖުގެ ބައިވެރިންގެ ކަންބޮޑުވުންތަކާ އެކު، އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމާ ބައްދަލުކޮށްދެއްވުމަށް މަޖިލީހުގެ އަމީންއާންމަށް ދަންނަވައިފަ އެވެ. އަމީންއާންމު ފާތިމަތު ނިއުޝާ ވެސް ބޭރަށް ވަޑައިގެން ބައިވެރިންގެ ވާހަކަތައް އަޑުއެއްސެވި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލާ ކުރި އިހުތިޖާޖުގެ ބައިވެރިންތަކެއް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އެހެންވެ، އެއްވުމުގެ އިސް މީހުންނާ އަސްލަމް މިވަގުތު ބައްދަލު ކުރައްވަމުން ގެންދަވާއިރު، ފިއްތުންތައް ބޮޑުވެ، ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިއަދު އެ މައްސަލަ ވަނީ ފަށައިފަ އެވެ. ހެނދުނު 11:30 ގައި ފެށި އެ ކޮމިޓީއަށް އެޖެންޑާކޮށްފައި އޮތީ ވީ އެންމެ އަވަހަކަށް އިޒްރޭލު ޕާސްޕޯޓާއި އިޒްރޭލްގެ ޓޫރިސްޓުން ރާއްޖެ އައުން މިހާރުން މިހާރަށް ހުއްޓުވުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ މަޝްވަރާތަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯގުޑި
15 November 2023
ތާރީޚްގަ ވެސް ދުވަހަކުވެސް އިޒްރޭލުން ފަލަސްތީނަށް އިސްވެ ހަމަލާއެއް ނުދޭ. އަބަދު ވެސް އަރަބިން ހައިޖާނެއް ހަދާ ހަމަލާ ދިނީމަ ރައްދު ދިފާޢީ ހަމަލާ ދިނީ
ހޭބަލި
15 November 2023
މޮޔަގޮވަން ތަނެއް ތަނެއް ނޯވޭ
މޮޔަ
15 November 2023
ތަންދޮރު އޮޅުންފިލުވާ ބަސްބުނުމުގެ ކުރިން. ހަނގުރާމަ ފެށީ 75 އަހަރު ކުރިން އިޒްރޭލުން
ޢަލްއަރަބް
15 November 2023
1948 ގަ ފުރަތަމަ ހަނގުރާމަ އިއުލާނު ކުރީ އަރަބިން. ފަލަސްތީނު ދައުލަތް ނުހެދި އިޒްރޭލް ހެދުނީ އިޒްރޭލުން ހަގުރާމަ ނުކޮށް ފަލަސްތީން ބަލައިގަތުމުން އަދި ފަލަސްތީނުން އިޒްރޭލް ގަބޫލްނުކޮށް ހަގުރާމަ ފެށުމުން..
ހެހެ ބާ
15 November 2023
ޢިޒުރޭލް ޕާސްޕޯޓް ބޭން ކުރަންވީ، އަދި އިންޑޮޔާ ބަންގުލަދޭސް ލަންކާގެ މީހުން މިގައުމުގަ ކޮންމެސް ދިވެއްސެއްގެ ނިވައިގަ ތިބެ ކުރާ ވިޔަފާރިތައްވެސް ހުއްޓްވާންވީ މަޖުލީހުގަ ޗަރުކޭސް ނުކުޅެ
ޢޮއިިއުަޖ
15 November 2023
އިޒުރޭލުގަ އުޅޭ މުސްލިމުން ވެސް.. ދެން؟
އަބުސީ
15 November 2023
ޖަޒުބާތުވެގެން މިގައުމުގަ އަދި ބަޔަކު ތަޅާފޮޅާނެ. ކޮލަމްބިއާ ތަންތަނުގަ ވާ ހެން ވަކި ޖަމާއަތެއް އުފެދި މީހުން ކިޑްނޭޕްކުރަން ނުފެށިއްޔާ ވާނީ.
މާހިރު
15 November 2023
ސައްތައިން ސައްތަ މުސްލިމް މިޤައުމުގައި އިޒްރާއީލާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާ ޢާއްމުން މަގުމައްޗަށް ނުކުންނަށް ޖެހުމަކީ ވަރަށް ހުތުރު ކަމެކެވެ. އިސްރާއީލާ ދެކޮޅަށް ފިޔަވަޅެއް ނޭޅުމަކީ އިސްރާއީލްގެ އަނިޔާވެރިކަމަށް ތާއީދުކުރުންނޫން ދެން ކޮންކަމެއް ހެއްޔެވެ. އެފަދަ ލާއިންސާނީ ބައެއްގެ ފަރާތުން ލިބިދާނެ މަންފާއަކަށް ބެލުމަށްވުރެ މުހިއްމީ އިންސާފަށް ލޯބިކޮށް އަނިޔާވެރިކަމާދެކޮޅަށް ތެދުވުމެވެ.
ފަރުސިނނ
15 November 2023
މަށަށް ހީވަނީ ޖަޒުބާތު ކަންތައް މާމައްޗަށް ދަނީ ހެން މި. މިތާ ދިވެހިން ކުރާކަމަކުން ހަގުރާމައެއް ނުހުއްޓޭނެ. އަދި އިޒުރޭލަކަށް ވާނެ ގެއްލުމެއްވެސް ނޯންނާނެ. އެކަމަކު ދިވެހިރާއްޖޭގެ ޓޫރިޒަމް އަށް ގެއްލުން ވާނެ ބައިވަރު ކަންކަން ކުރެވިދާނެ. ދިވެހި އިގުތިސާދަށް ނުރަގަޅު ކަންކަން ނުކުރަން ގޮވާލަން.
އަމީނު
15 November 2023
މަހުށަރު ދުވަަހު ތިހެން ތަ ބުނާނީ
ބޯގޮވި
15 November 2023
ހަމާސްއިން އިޒްރޭލްގެ ޢާންމުން ގަތުލު ކުރީމަ އަދި ރަހީނު ކުރީމަ ރަހީނުން ސަލާމަތް ކުރަން އިޒްރޭލުން ކުރާ ހަގުރާމައެއް. ބޯ ގޮވިޔަސް ބޮޑުވަރު މީ
ބޯގޯސް
15 November 2023
1948 އަހަރުން ފެށިގެން ބަލާލާ ކިތައް ފަލަސްތީން މަރާފަވޭތޯ؟ ގޫގަލްކޮށްލާ
ސަމޫ
15 November 2023
ބޯ ގޮވާފަ ތިހުރީ އަމިއްލަ މީހާ. މައްސަލައަކީ ކޮބާކަމާ ދީން ރަނގަޅަށް ނީނގެނީސް އަނގަބާނާތި
މާހިރު
15 November 2023
ބޯގޮވިތިހުރީ ވާނުވާނޭނގޭވަރަށް ބޯގޮވާފައެވެ. އިޒްރާއީލަކީ އަބަދުވެސް ފަލަސްޠީން މީހުންގެ ގެތައް ސުންނާފަތިކޮށް ފަލަސްޠީން މީހުން ޝަހީދު ކުރަމުންދާ ޓެރަރިސްޓުން ތަކެކެވެ. އެފަދަބަޔަކާ ދެކޮޅަށް ހަމަލާދިނުމަކީ ކުރަންޖެހޭ ކަމެކެވެ. ހަނގުރާމައިގާވެސް އަރައިގަންނަނީ މުޅިންވެސް ހަނގުރާމައިގެ ކުށްތަކަށެވެ. ހަނގުރާމައިގާވެސް ބޭނުންކުރުން މަނާ ހަތިޔާރާއި ޙަމަލާދިނުން މަނާ ތަންތަން ހުރެއެވެ. ބޯގޮވީގެ ޖާހިލުކަމުން އެކަންކަން ނުފެންނަނީކަމަށް ވެދާނެއެވެ.
ވިސްނާލުމަށް އެދެމޭ
15 November 2023
ތިކަހަލަ ބޯގޮވާފަތިބި ބަޔަކު ވޯޓުދީގެން އުފައްދާފައޮތް ޓެރަރިސްޓް ޖަމާއަތެއް އިޒުރޭލަކީ..ބައެއްގެ ބިމަށްއަރާ ގޯތިގެދޮރުން ބޭރުކުރީމަ ފިނިފެންމާ އުކަންނުތިބޭނެ މުސްލިމުން...މޮޅުވާހަކަ ނުދައްކާ ޔަހޫދީންނަ ތާއިދުކުރާނީ ޔާހޫންގެ ދަރިކޮޅުމީހުން...ފަލަސްތީނުގެ މުޖާހިދުންނަ ﷲނަސްރާ ފަތަހަމިންވަރުކުރައްވާ ޔަހޫދީން ނެތިކުރައްވާށި..އާމީން.
ބޯގުޑާ ލަތީފް
15 November 2023
ބޯގޯސް، 1948ން ފެށިގެންވެސް ގިނަ ފަހަރަށް އިޒްރާއީލުން ފަލަސްތީނަށް ހަމަލާދެނީ ފަލަސްތީނުން ހަމަލާދޭތީ. ކަމެއްކުރަންޏާ ހަމާސް ޖްމާއަތާ އިސްލަމިކް ޖިހާދު މައިތިރިކޮއްބަލަ.
ދޮން ހަސީނާ
15 November 2023
މޮޔަފުޅުވީތޯ؟ އަޅުގަނޑުމެނަށްވުރެ މުއްސަންދި، ބާރުގަދަ ބޮޑެތިގައުމު ތަކުން ނުކުރާ ކަންތަށް އަޅުގަނޑުމެން ކުރަނޖެހޭތޯ ތިކަމުގެ ހުރިހާ ގެއްލުމެއް ލިބޭނީ މި ކުޑަކުޑަ ރާއްޖެއަށް. ލާރި ލިބޭނަމަ ނުހިފަންވީ ކީއްވެތޯ. މާގިނައިން ލިބެނީތޯ؟
ގޮން
15 November 2023
ތިޔަ ޑޮލަރުކޮޅު ހިފައިގެން ކައްވަޅައްވެސް ދާތި