ޕީޖީ ޝަމީމް: ޕީޖީ އޮފީހުން ކޯޓުގެ ހުރުމަތް ކެނޑި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
16 ނޮވެމްބަރ 2023 - 15:26
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި، އެ އޮފީސް 10،000ރ. އިން ޖޫރިމަނާކުރި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.
ޕީޖީ އޮފީހުން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި، އެ އޮފީސް ޖޫރިމަނާ ކުރަން އެ ކޯޓުން ނިންމީ ޖިނާއީ އެ ކޯޓުން ނެރުނު އަމުރަކަށް ޕީޖީ އޮފީހުން އަމަލު ނުކުރުމުންނެވެ. މިއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ޕީޖީ އޮފީހުގެ މައްޗަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.
އެ ނިންމުން އިސްތިއުނާފް ކުރަން ޕީޖީ އޮފީހުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ އިއްޔެ ނިންމެވި ނިންމުމުގައިވަނީ ކޯޓުތަކުގެ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދުގެ ދަށުން ހައި ކޯޓުގައި އިސްތިއުނާފް ކުރެވޭނީ ދަށު ކޯޓަކުން ނެރޭ އަމުރުތަކާއި ޝަރީއަތުގެ ކުރީގެ ނިންމުންތައް ކަމަށެވެ. އެކަމަކު ފޭދޫ ކޯޓުގެ ނިންމުމަކީ އެފަދަ ނިންމުމެއް ނޫން ކަމަށާއި އެހެންވެ، އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.
ފޭދޫ ކޯޓުން އެގޮތަށް ނިންމީ ދައުލަތުގެ ހެކިވެރިންތަކެއްގެ ކުށުގެ ރެކޯޑް ހާމަކުރަން ދައުލަތުގެ މައްޗަށް އެންގުމުން އެ އެންގުމަށް އަމަލު ނުކުރި މައްސަލާގަ އެވެ. އެ އެންގުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ތާއީދު ކުރިޔަސް، އެ އެންގުމަށް ދައުލަތުން އަމަލު ކޮށްފައެއް ނުވެ އެވެ.
އެ މައްސަލާގައި ޕީޖީ އޮފީހުގެ މައްޗަށް އިއްވީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށަށް ދެވޭ އެންމެ ބޮޑު ޖޫރިމަނާ އަދަބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮދު
16 November 2023
ށަމީމް އަކީ ވަރަށް ގޯސް މީހެއް
ޞާލަހު ހުސެއިން
16 November 2023
މީނާ ހައްޔަރުކޮށް ފިޔަވަޅު އަޅަންޖެހޭ
އަބްޑޫޅް +
16 November 2023
ޕީޖީ އޮފީހުގެ ހަތަރެސްފައިގަ ބިޑި އަޅާ ހިލިހިލާ ޖަހައިގެން ޖަލުގެ އަށް ގެންގޮސް، އަނދަގޮޑި ޖަހާ، އެންގަލަށް އަރުވާފަ ބަހައްޓާ. އޭރުން އެއޮފީހަށް އަޅާ ވޭނަށް ކެތް ނުކުރެވިގެން، ބީރަށްޓެހި ރަށެއްގެ މެޖިޝްޓުރޭޓު ކޯޓަށް ހާމަކުރުމަށް ތިޔަ އަންގާ ކަންކަން، ކޯޓުގެ ގަބުޅި ކަތީބަށް ހާމަކުރާނެކަން ކަށަވަރު.
ބީރައްޓެހި
16 November 2023
މަނިކުފާނަށް ހާދަ އަސަރެއް ތިކުރަނީ؟
ޑީޑި
16 November 2023
ކޯޓުތަކުގަ ގަބުޅި ކަތީބުން އުޅޭތަ؟