މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންނާއި ސިފައިން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
16 ނޮވެމްބަރ 2023 - 16:01
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުވެ ވަޑައިގެންފައިވާ ގޮތަށް، ފުލުހުންނާއި ސިފައިންގެ މުސާރައިގެ އާ އޮނިގަނޑު، ޕޭ ކޮމިޝަނުން އެ އިދާރާތަކަށް މިއަދު ފޮނުވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަށް އެ ދެ އިދާރާގެ އާ އޮނިގަނޑު އެކުލަވާލާފައިވާ ކަމަށެވެ.
ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް ވެވަޑައިގެންނެވި ވައުދެކެވެ.
ނަމަވެސް، ޕޭ ކޮމިޝަނުން އެ މަސައްކަތްތައް ނިންމާފައި މި ވަނީ އެ މަނިކުފާނުގެ ފަސް އަހަރުގެ ދައުރު ހަމަވާން އެއް ދުވަހަށް ވެފައި ވަނިކޮށެވެ.
ފުލުހުންގެ މުސާރައިގެ ތަފްސީލު ދެއްވަމުން، މިދިޔަ އޮގަސްޓް މަހު ބ. ތުޅާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ ކޮންސްޓަބަލް ރޭންކުގެ ފުލުހެއްގެ މުސާރަ 11،000ރ. އިން 15،400ރ. އަށް އިތުރުވާނެ ކަމަށެވެ. ސިފައިންގެ ޕްރައިވެޓް ރޭންކުގެ މީހަކަށް 11،500ރ. މިހާރު ލިބޭއިރު، އަލަށް ގެންނަ ބަދަލުތަކާއެކު 16،300ރ. އަށް މުސާރަ ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު، އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެޗަޕް ބުރޯ
17 November 2023
މަހު މުސާރަ، ހިލޭ ބޭސްފަރުވާ އާއިލާ އެންމެނަށް، ހިލޭ ކާންބޯން ދިނުން، ރޭންކާއެކު ދައުލަތު ހަރަދުގައި ދުއްވާނެ ކާރާ ސައިކަލު، ހިލޭ ޕެޓުރޯލު، ފުލް ސްކޮލަޝިޕް، އަނބިދަރީންގެ ދަތުރުފަތުރު ދައުލަތުންދީފަ ހުންނަ ވެހިކަލުގައި، ބޯހިޔާވެހި ކަމުގެ ކޮންމެ ޕްރޮޖެކްޓަކު ހާއްސަ ފުލެޓާ، ޕެންޓުހައުސް އަގުހެޔޮކޮށް، އަދި ކޮބާ، ހުސްވަގުތު އަމިއްލަ މަސައްކަތްކުރުމުގެ ފުރުސަތާ، 20 އަހަރު ހިދުމަތް ކޮށްލާފަ މަރުވަންދެން މުސާރަ ލިބޭގޮތަށް ރިޓަޔަމަންޓު. ނުވަންނާނަން؟
ޢަމަލު
16 November 2023
މީގައި ނެތް މައްސަލައެއް. ވަރަށް ގިނަ ޢާއިލާތަކަށް ލިބޭ ފައިދާއެއް. މައްސަލަ އަކީ ގިނަ ލާރި ލިބުނީމަ އެ ބައްކޮށްގެން އުޅޭތީވެ. ސަދަޤާތްކޮށް ޒަކާތް ދައްކައި ހެޔޮ ގޮތުގައި ހޭދަކުރާނަމަ މުޖުތަމަޢުގެ އެންމެނަަށް މަންފާކުރާނެ.
ދިވެހިންނޭ
17 November 2023
މީ ދިވެހިންނޭ، ތިމާ ނޫން މީހަކަށް އެއްޗެއް ލިބޭކަށް ނޭދޭނެ.
އައްދުލޮ
16 November 2023
ސިފައިންނާ ފުލުހުންގެ މުސާރަ އެއްމެ ފަހުން ބޮޑުކުރީ 2009 ގަ. މީގެ 14 އަހަރު ކުރިން. އެފަހުން އެތައް ބައެއްގެ މުސާރަ އެކިފަހަރު މަތިން ބޮޑުކޮށްފި. އިބޫ ކިޔާތާ 3 އަހަރު
ތަރާނާ
16 November 2023
ތިމީހުންގެމުސާރަކުޑަކުރަންވީ ޓެކްސީ ޕިކަޕް ކެފޭ ރެސްޓޯރެންޓް ފިހާރަ މިއިންއެއްވިޔަފާރީގާ ނުއުޅޭމީހަކުވަރައްމަދު ތިމީސްމީހުންގެވެސްމާލީބަޔާންނަގަބްފަށަންވީ
ރަދީފްއޮފިޝަލް
16 November 2023
އިބޫ ސަރުކާރު ނިމެނިކޮށް ފުލުހުންގެ ބަޔަކަށް ޕްރޮމޯޝަން ދީގެން ބަނޑު ދިޔާވެގެން އުޅުނު ބައިގަޑު ކޮބާބާ. އަދި ހުވާވެސް ނުކޮށް ސިފައިންނާ ފުލުހުން މުސާރަ ބޮޑުކުރަން ނިންމީ. ތާހިރެއްނު.
އެމީލިއޯ
16 November 2023
ތޭންކްސް އިބޫ
ފުލްސް
16 November 2023
މުއިއްޒުއަށް ވަރަށް ހާޑު ވާނެ. މި ވެރިންގެ މީހުން މި ތަންތާ މިހާރު މުޅިންވެސް ތިބީ. ވަރަށް މޮޅަށް ރާޒުވާ ކުޅެވިގެން މި ނުބައި ކަމުން ސަލާމަތް ކުރެވޭނީ.
ޓިނޭ
17 November 2023
މުއިއްޒަށް ހާޑު ވާކަށް ނުޖެހެ، ވެރިކަމަށް އައުމުގެ ކުރީގަ އެއޮތީ 22 މިލިޔަން ސިފައިންނަށް ދީފަ.
ކޮރަލް
16 November 2023
ލިޔެކިއުން ބިދޭސީ އެއް ހުންނަ ވިޔަފާރި އެއް ނޫނީ ގޮޅިއެއް ގެ ވާހަކަ ރިޕޯޓް ކޮށްގެން ބައެއްފަހަރު ބަލާލާއިރު ސިފައިން ނޫނީ ފުލުހުން ނޫނީ ސިޔާސީ މީހެއްގެ ތަނެތެވެ. ދެން ފިޔަވަޅު އެޅޭކަށް ނެތެވެ.
ކަރަދުއިބްރާހީމް
16 November 2023
ރިޔާސީ ހުވަޔަށް އިތުރު ކުރަންޖެހޭ އެބަ މިބައިވެސް " އަހުރެން ވެރިކަމުން ފައިބަންޖެހޭ ދުވަސް ކައިރިވުމުން ބޯމަތިވެފައިވާ އާ އިންތިޚާބީ ރައީސްގެ ސަރުކާރަށް ބުރައެއް ދިނުމުގެ ގަސްތުގައި އެއްވެސް ކަމެއް ނުކުރާނެކަމަށާއި ... ކިޔާފަ ހުވާކުރާގޮތަށް ހުވަޔަށް މިބައި އިތުރުކުރަން އެބަޖެހޭ. މިބައި ހުވަޔަށް އިތުރު ކުރަން މަޖިލީހުގެ މާގިނަ ބައިކުޅަބައެއް ހަމަކުރާގޮތަށް ހަދާނެ ކަމެއްނެތް ، އެންމެ މެމްބަރަކު މިގޮތަށް ބުންޏަސް މިކަން ފާސްވާގޮތް ހަދާލަދީ އާދޭސް
އަފްރާސިޔާބު
17 November 2023
ތިޔަކަން ހުއްޓޭނީ ގާނޫނަށް ބަދަލު ގެނެސްގެން. އެހެންނޫނީ ކޮންމެ ރައީސަކު ފައިބައިގެން ދަމުން އާ ސަރުކާރަށް ދުއްޕާން ކުރަން އޮންނަ ކަމަކަށް ވެގެންދާނީ. މިހާރުން މިހާރަށް އެބަދަލު ގެންނަންވީ.
ޙުއްތު
16 November 2023
ޙިދުމަތުން ރިޓަޔަރ ވީމީހުންނަށް ކަމެއްނެތްތަ ؟
އެމްސީ
16 November 2023
ތިބުނީ މަގޭ ވާހަކަ ތަ؟