ކްރިމިނަލް ކޯޓު: އެ ކޯޓުން އަންނަ މަހު ރިސެސްއަށް ނުދާން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
16 ނޮވެމްބަރ 2023 - 18:06
ކްރިމިނަލް ކޯޓުން އަންނަ މަހު ރިސެސްއަށް ނުދޭން ނިންމައިފި އެވެ.
އާންމު ގޮތެއްގައި ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހު ދަށު ކޯޓުތައް ރިސެސްއަށް ދެ އެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން ބުނީ އަންނަ މަހު ރިސެސްއަށް ނުދާން ނިންމީ ކޯޓުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިއަށް ނުގެންދެވި އޮތުމާއި އޭގެ ސަބަބުން ޝަކުވާތަކެއް ލިބެމުންދާތީ ކަމަށެވެ. އެހެންވެ، އަންނަ މަހު ރިސެސްއަށް ނުދާން ނިންމީ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ޖޫން މަހު ވެސް ރިސެސްއަށް ނުދާން ނިންމާފައިވެ އެވެ.
ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އިމާރާތް ބޭނުން ކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ އެ އިމާރާތުގެ އެއް ބައި މިހާރު އޮތީ ބަންދުކޮށްފަ އެވެ. އަދި އެ ކޯޓު ހިންގުން ހުޅުމާލެއަށް ބަދަލު ކުރަން ނިންމިޔަސް، ބަދަލު ވެވޭނެ ދުވަހެއް އަދި ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy